ދެވަނަބައި

މިސްކިތުން ފައިބައިގެން އެންމެން ދިޔައިރުވެސް ހައިފާ ނުނެރެއެވެ.

***

ހެޔޮހާލުގައި ނުވަމަހާއި ނުވަދުސްކޮށްފައި ހައިފާ ލޯބިލޯބި އަންހެން ކުއްޖެއް ވިހެއެވެ. ލޯބިކަމުން އެންމެންވެސް ފުށްގަނޑެއްހެން މޮޑެލާހިތްވާހައި ލޯތްބެވެ. ކުޑަކުޑަ ލޮލަކާއި ކުޑަކުޑަ ނޭފަތަކާއި ލޯބި ތުންފަތް ކޮޅެކެވެ. ހީވަނީ ހައިފާގެ ހުރިހާ ރީތިކަމެއް ހުސްކޮށްގެން އޮތް ކުޑަކުޑަ ޕަރީ އެއްހެންނެވެ. ކުޑަ ދަރިފުޅު އުރާލި ވަގުތު ނޫހުގެ ލޮލުން ކަރުނަ އައެވެ. އެންމެން ވެސް ތިބީ އެދެބަފައިންނަށް ބަލަހައްޓައިގެން އުފާވެފައެވެ.

***

ގޭތެރެއިން އިވެނީ ކުޑަކުދިން ސަކަރާތް ޖަހާ އަޑެވެ. ނަމަވެސް އައިނާ އަޝްހާ ތިބީ ކާގޭގެ މޭޒު ދެފަރާތުގައި އިށިންދެގެންނެވެ. މެދުގައި އޮތީ އައިނާގެ ފޯނެވެ. ކޯލެއް އަންނަ އިރަށް ނަގަން ތައްޔާރައްކަން އެދެމީހުންނަށް ބަލާލީމައިވެސް އެނގެއެވެ. އެހެން ތިއްބައި ކޯލެއް އަންނަ އިރަށް ބަލައިވެސް ނުލައި ސިކުންތެކެ ތެރޭގައި ނެގިއެވެ.

“ހަލޯ!!” އަވަސް އަވަހަށް އައިނާ ބުނެލިއެވެ. އަޝްހާ އިނީ ކަންފަތް ވީ އެންމެ ބޮޑަކަށް ހުޅުވައިގެންނެވެ. “ހަލޯ އަނާ..!! ކާކުގެ ކޯލަކަށް އިންތިޒާރު ކޮށްގެން އިނީމަ ތިހާ އަވަހަށް ތިނެގީ..” އެކޮޅުން އެއިވުނީ ރީމާގެ އަޑެވެ.

“ރީމް ދޯ..” އައިނާ އަޝްހާ ކައިރީ ބުނެލީ ރީމާ ކަމަށް ކަމަށެވެ. އައިނާ ހަމަޖެހިލާފައި ވީގޮތް ކިޔައިދިނެވެ. “އެވާހަކަ ބާއްވާފަ ރީމް ތިގުޅި ސަބަބެއް ބުނެބަ..” އައިނާ ފޯނު ސްޕީކާ އޮން ކޮށްލަމުން ބުނެލިއެވެ. “އޯހް.. އެވާހަކަ ދޯ.. އަހަރެން ފުރަން އުޅޭތީވެ ކުޑަކޮށް މީޓް ކޮށްލެވޭނެތޯ އަހާލަން ކަމަށް..” ރީމާ އަހާލިއެވެ. “އާނ.. އެކަން ވާނެ އެއްނު..؟ ކޮން އިރަކު ފުރަނީ ރީމް..؟” އަޝްހާ އަހާލިއެވެ.

“އަންނަ ހަފްތާގަ.. ދެން ގޮއްސަ އަންނަނީ މެރީކޮށްގެން މަހެއްފަހުން..” ރީމާ ބުނެލިއެވެ. “އޯހްހްހް… ރީމްމް.. ކޮންގްރެޓްސް އެނގޭ ހަމަ…” ރީމާގެ ލަދުގަނެފައިވާ އަޑު ފޯނުން އިވުމުން އައިނާ އާއި އަޝްހާ ރީމާ އިތުރަށް ލަދުގަންނަވާލަން ބުނެލިއެވެ. އަދި މަރުހަބާ ކިއެވެ. “އެހެން ވީމައި ކޮންއިރަކަށް ހަދަނީ.. ކޮންމެ ދުވަހެއްވެސް އަހަރެމެންނަށް ފްރީވާނެ އެހެންނު އަޝޫ..؟” އަޝްހާ އަށް ބަލާލަމުން އައިނާ ބުނެލިއެވެ. އަޝްހާވެސް އެއްބަސް ވެލުމުގެ ގޮތުން ބޯޖަހާލިއެވެ.

އެފޯނުކޯލު ކުރުކޮށްލިއިރު ހިޝާންގެ ދެ މިސްޑް ކޯލް އިނެވެ. އައިނާ އަވަހަށް ހިޝާންގެ ނަމްބަރަށް ގުޅަން ޑައިލް ކޮށްލިއެވެ. “ސޮރީ.. ރީމް ގުޅީމަ ނުނެގުނީ..” އެކޮޅުން ފޯނު ނަގާއިރަށް އައިނާ ތަފްސީލް ދިނެވެ. “ދޮންތި ވިހައިފި.. ގާލް އެއް.. ދެމީހުންވެސް ރަނގަޅު..” ފޯނު ސްޕީކަރަށް ލައިގެން އިނުމުން އައިނާ އާއި އަޝްހާ އަށް ހިޝާންގެ ހަމަޖެހިފައިވާ އަޑު އިވުނެވެ.

ހިޝާން އޭނާގެ ކަންފަތުގައި ޖަހާފައިއިން ފޯނު ދުރުކޮށްލަން ޖެހުނީ އެކޮޅުން އިވުނު ބާރު އަޑުންނެވެ. ހީލާފައި ފޯނު ކަނޑާލުމަށްފަހު އެންމެން ތިބި ދިމާއަށް ހިނގައިގަތެވެ.

އައިނާ އާއި އަޝްހާ ދެމީހުން ހަޅޭއްލަވަމުން ދެމީހުންގެ ގައިގައި ބައްދާލިއެވެ. ދެމީހުން ވެސް މާތް ﷲ އަށް ޙަމްދު ކުރިއެވެ. “އޭރުވެސް މަބުނީމެއްނު ގާލް އެކޭ.. ހަމަ ހައި ދައްތަ ނުބުނަން އުޅުނޭ.. ބޭބީގެ އެއްޗެހިން ވެސް އެނގޭ ގާލް އެއްކަން..” އަޝްހާ ޝަކުވާ އެއް ކޮށްލިއެވެ. އައިނާ ދެފަރާތައް ބޯހޫރުވަމުން ކުދި ގުރޫޕު ކޮބާތޯ ބަލަން ހިނގައި ގަތެވެ.

ހަފްތާއެކެ ތެރޭގައި ހައިފާ އާއި ކުޑަދަރިފުޅު ގެއަށް ދޫކޮށްލެވުނެވެ. ‘ނީހާ’ ނަމުން ނަން ކިޔާ އަޤީޤާ ކަތިލިއެވެ. އަދި އެކަންތައް ނިމުމުން އެއާއިލާގެ މީހުން އެރަށް ދޫކޮށް ފުރިއެވެ. ނުދަނީ ހަމަ އެކަނި ނޫހުގެ މަންމަ އާއި ބައްޕަ އެވެ.

***

ހަފްތާއެއް ފަހެވެ. ހާޖަރާ މަންޒިލްގެ ގޭގެ ޓެރަސް އޮތީ ދިއްލާފައެވެ. އެތާގައި އިން މޭޒެއް މަތީގައި އަތުރާފައި ހުރި ކާތަކެތީގެ މީރުވަހުން ބަނޑުފުރި އަރާހައި ވެއެވެ. ޓެރަސް މަތީގައި ހަ ޒުވާނުން އޮލަވާހަކައެއްގައި ތިއްބެވެ. މުޅި މާޙައުލުގައި ވަނީ އުފާވެރިކަމެވެ. އެމާހައުލު ފަޅު ފިލުވާލައިފައި ވަނީ އެމީހުންގެ ހުނުމުގެ އަޑުންނެވެ.

“ކޮންމެހެންނެއްވެސް އަނާ އާއި އަޝޫ އަންނަން ވާނެ އެނގޭ.. އެހެން ނޫނީ އަހަރެން ވަރަށް ދެރަވާނެ..” ރީމާ ތުން ދަމާލަމުން ބުނެލިއެވެ. “ބަލަ އަނާ އާއި އަޝޫ އެކަނި ތަ.. އަހަރެމެން ނަކަށް އިންވައިޓެއް ނުކުރޭތަ..؟ އެހެންނު ހިޝާން..” ހިޝާން އަށް ބަލާލަމުން ނައިލް ބުނެލިއެވެ.

“ނޫނޭ ނައިލް އާއި ހިޝާން ވެސް ޖެހޭނެ އަންނަން..” މައުލާން ބުނެލިއެވެ. “އެކަމަކު އަނާ.. އަހަރެމެން ކިހިނެތް ދަނީ.. ރީމް ވެސް ބުނީ އަހަރެމެންގެ ވެޑިން އަށް އާދެވޭނެ ކަމެއްވެސް ނޭނގެ އޭ އެއްނު.. އަހަރެމެން ނަކަށްވެސް ނޭނގެ ދެވޭނެ ކަމެއް..” އަޝްހާ ރީމާ އަށް ނުބަލަން ދުރަށް ބަލަން އިނދެ ބުނެލިއެވެ.

ވަގުތުން ރީމާ އަތުގައި އޮތް ކުޝަން އަޝްހާގެ ގަޔަށް އެއްލިއެވެ. ހުޝިޔާރުވެ ހުރި އަޝްހާ ހެމުން އެކުޝަން ހިފިއެވެ. “ކޮން އެއްޗެކޭ ކިޔާކަށް.. އަހަރެން ތިދެމީހުންނަށް ސަޕްރައިޒެއް ދޭން ވެގެން ބުނި އެއްޗެކޭ އެއީ.. އަހަރެންވެސް ތައްޔާރުވީމޭ.. ހަފްތާއެއްގެ ކުރިން ޓިކެޓްވެސް ހަމަ ޖެއްސިން..” ރީމާ ބުނެލިއެވެ.

“ބަލަ އިނގޭ އެކަން އަހަރެމެންނަށް.. ހަމަ މަޖަލަކަށް ބުނެލީ..” އަޝްހާ ބުނެލިއެވެ. “ބަލަ އަހަރެންވެސް މިބުނީ ހަމަ މަޖަލަކަށޭ.. ހެހެ” ރީމާވެސް ރައްދުގައި ބުނެލިއެވެ.

އެގޮތައް އެކިވާހަކަ ދައްކަން އެހަމީހުން ތިއްބެވެ. އެތަނުން ތެދުވަން ހިތުވެސްލީ ދަންވަރު އަނބުރާ ބާރަވެސް ޖެހިފަހުންނެވެ. ފިރިހެނުން ވާހަކަ ދައްކަން ތިބި ވަގުތު ތަށިތައް ނެގުމުގައި އައިނާ އަށް އެހީވަން އަޝްހާ އާއި ރީމާ ތިއްބެވެ.

***

ދުވަސްތައް ފާއިތުވެގެން ގޮސް ރީމާ އާއި މައުލާން ކައިވެނި ކުރެވޭދުވަސް ގާތް ވެއްޖެއެވެ. ދެދުވަހަށް އައިނާ އާއި ހިޝާންގެ އިތުރުން އަޝްހާ އާއި ނައިލްވެސް މާލެ އަތުވެއްޖެއެވެ. އެމީހުން ތިބެން ހަމަ ޖެހުނީ އައިނާ އާއި އަޝްހާގެ މުނިކާފަ އަދި ހިޝާންގެ ކާފަގެ ބޮޑު ގޭގައެވެ. އެގެ ދިހަ ބުރިއަށް ހިއްލާލައި ފައި ވާއިރު އެންމެ މަތީ ދެފްލޯ ފިޔަވާ ހުރިހާ އެޕާރްމަންޓް ތަކެއް ވަނީ ކުއްޔައް ދޫކުރެވިފައެވެ. ދެދުވަހަށް އައުމުން ގެންނާނެ މާކަ ބޮޑު އެއްޗެއް ނެތެވެ. ހިޝާން އާއި ނައިލް ފޮށިތައް ކޮޓަރިއަށް ލާފައި އައި އިރު އައިނާ އާއި އަޝްހާ ވެގެން ގެ ބަލައި ފާސް ކުރަނީ އެވެ. ހީވާނީ ޑިޓެކްޓިވް ތަކެއް ހެންނެވެ. އުލަކަސް ސަމްސަލަކަސް ނަގައި ބަލައެވެ. އެގެއަކީ އަޝްހާ އާއި ހިޝާން އަށް އައިސް އާންމު ވެފައި އޮތް ތަނަކަސް ނައިލް އާއި އައިނާ އަށް އާތަނަކަށެވެ.

އަޝްހާ ދިޔައީ އައިނާ އާއި ނައިލް އަށް ގޭގެ ޓުއާރ އެއް ދެމުންނެވެ. ނުވަނަފްލޯ އާއި ދިހަވަނަ ފްލޯ އިންނަނީ ގުޅި ފައެވެ. އެތާގެ އެތެރެ ހީވަނީ ގެއެއްހެންނެވެ. އެންމެން ވެސް ބަނޑުހައި ވެފައި ތިބުމުން އަޝްހާގެ ލަފަޔައް ޕިއްޒާ އަށް އޯޑަރު ކުރިއެވެ. ހިޝާން އޮފީސް ކަމެއްގައި ބޭރަށް ނިކުމެލިއެވެ. ނައިލް ވެސް ހިޝާންގެ ފަހަތުން ދިޔައީ އޭނާވެސް ފޫހިވެފައި ހުރީމައެވެ.

އެގޭގައި ހުމައިދު މެން އުޅުމަށް ފަހު ފަހުން އެގެއަކަށް ގިނަ ދުވަހު މަޑު ކުރާކަށް ނާދެއެވެ. އޮފީސް ދަތުރަކު އަނީލް، ހިޝާން، ނުނީ ހުމައި އައިސް މަޑު ކޮށްލިއަސް އެތަނުގެ އެއްވެސް އެއްޗެއް ބޭނުން ކުރަން ނުޖެހެނީ ބޭނުން ކުރާނެ ވަގުތެއް ނުލިބޭތީވެ އެވެ.

އެހެން ކަމުން ގިނަ ދުވަހު ބޭނުން ނުކޮށް އޮތުމުން ގެއަށް ހުރީ ހިރަފުސް ވާ ގޮތް ވެފައެވެ. ހަފްތާއަކު ފޮޅައި ސާފުކުރަން މީހަކު އަޔަސް ހިރަފުސް ވެފައި އޮތުމުން ޕިއްޒާ އަންނަން ވާ އިރަށް އައިނާ އާއި އަޝްހާ ވެގެން ބަދިގެ އާއި ލިވިންގ ރޫމް ސާފުކޮށްލިއެވެ. ޕިއްޒާ އައި އިރުވެސް ހިޝާން އާއި ނައިލް ނައެވެ.

އެހެން ތިބެން ޖެހުމުން އައިނާ އާއި އަޝްހާ ފޫހި ވާގޮތް ވިއެވެ. ދެމީހުން ވެގެން ފެށި ކުރީގެ ވާހަކަ އެވެ. އެގެ އަށް އައިސް އޭނަ އާއި ހައިފާ އާއި ހިޝާން ޖަހާ ސަކަރާތެވެ. އައިނާވެސް ގަޔާވެފައި އޭނާގެ އާއިލާގެ ވާހަކަ އަޑު އަހަން އިނެވެ. އެހެން އެކި ވާހަކަ ދައްކަން ތިބެފައި އަޝްހާ ބުނި ވާހަކަ އަކާ އައިނާ ހެދި ރުޅި އައިސްގެން އަޝްހާ އަށް ހަމަލައެއް ނުދެވެނީސް ހިޝާން އާއި ނައިލް އައިސް ވަދެއްޖެ އެވެ. އަޝްހާ އަށް ކަޅި އަޅާލާފައި އައިނާ އަވަސް ވެގަތީ ޕިއްޒާ ތައް ހިހޫން ވެފައި ހުރުމުން އޭޗެހިތައް ހުނު ކޮށްލާށެވެ.

އެންމެން ވެސް ޕިއްޒާ ކައިގެން ބެލީ ވެފައި ހުރި ވަރު ބަލިކަން ފިލުވާލާށެވެ. އެރޭގައި ރީމާ އަށް ވެސް ގުޅާފައި ބުނީ ޖެހިގެން އަންނަ ދުވަހު ބައްދަލު ކުރާނެ ކަމަށެވެ. ޖެހިގެން އަންނަ ދުވަހަކީ ރީމާ އަށް ބޮޑު ދުވަހެކެވެ.

***

ޖެހިގެން އައި ދުވަހެވެ. އެރި އިރާއެކު އައިނާ އާއި އަޝްހާ ވެގެން އާދައިގެ ގޮތަކަށް ރީތި ވެލައިގެން ދިޔައީ ރީމާ ކައިރިއަށެވެ. ރީމާ ކުރަން ހުރި ކަންތައް ތަކުގައި އަޝްހާ އާއި އައިނާ ދިޔައީ ބައިވެރި ވަމުންނެވެ.

ޕާރޓީ ފެށެން ދެގަޑިއިރު ވެފައި ވަނިކޮށް ރީމާ ފެންވަރާލައިގެން ފާހާނައިން ނިކުތެވެ. މާގިނައިރެއް ނުވެ ރީމާ ތައްޔާރު ކޮށްދެން މީހަކު އައެވެ. އެއީ މައުލާޏް މަންމަ ކޮންމެހެން ކުރަން ޖެހޭނެ ކަމެއްކޭ ކިޔާފައި ހަމަ ޖެއްސި ކަމެކެވެ. “ރީމް އަށް ލިބުނީ ހާދަ ރަނގަޅު މަންމަ އެކޭ..” އަޝްހާ އަނގަ ލައްޕައިގެން ނީންދެވިގެން އެއްޗެކޭ ބުނެލިއެވެ.

އެމީހާ ރީމާ ތައްޔާރު ކޮށްދީފައި އެވެޑިން ހެދުމުގެ ބުރުގާ ވެސް ރީތިކޮށް އަޅައިދިނެވެ. “ވާއު…….” އައިނާ އާއި އަޝްހާގެ އަނގައިން އެންމެ ފުރަތަމަ ވެސް ނިކުތީ އެބަހެވެ. އެހެދުމާއި ބުރުގަލުގައި ރީމާ ހީވާނީ އެހެން ކުއްޖެއް ހެންނެވެ. “ރީމް ޔޫ ލުކް ބިއުޓިފުލް…….” އަޝްހާ ބުނެލިއެވެ. އައިނާ ވެސް ގޮސް ރީމާގެ ގައި ގައި ބައްދާލިއެވެ.

“އަހަރެން އެކަންޏެއް ނޫނެއްނު..؟ އަނާ އާއި އަޝޫ ވެސް އަހަރެންނަށް ވުރެ ރީތި..” ރީމާ ލަދުން ހުރެ ބުނެލިއެވެ. “ދެން ރީމް ލަދުން ހުރެ ތިހެން ނުކިޔަ.. މައުލާން އަށް މިހާރު ފެނުނަސް އެހެން ދިމާލަކަށް ނުބެލޭނެ…” އަޝްހާ މިހެން ބުނުމުން އެތާގައި އެތިން އެކުވެރިންގެ ހުނުމުގެ އަޑު އިވިލިއެވެ. އޭރު މޭކަޕް ކޮށްދެން އައި މީހާވެސް ގޮއްސިއެވެ. އެމީހާ ނިކުމެގެން ދިޔަ ފަހުން ރީމާގެ މަންމަ އާއި ބައްޕަ ވެސް އައެވެ. އަދި މައުލާންގެ މަންމަވެސް އައެވެ.

އޭގެ އިރުކޮޅެއް ފަހުން ޕާރޓީ ފެށިގެން ދިޔައެވެ. ޕާރޓީ އޮތީ ވަރަށް ބޮޑު ޓެރަހެއްގެ މަތީގައެވެ. އޭރު ގަޑިން ހަވީރު ހަތަރުގަޑި ބައި ވީއެވެ. ޕާރޓީ ގައި ރީމާގެ އެއްބަނޑު އެއްބަފާ ދައްތަ ތަކެއް ހެން އައިނާ އާއި އަޝްހާ ހަރަކާތް ތެރި ވަމުން ދިޔައެވެ. ހިޝާން އާއި ނައިލް ވެސް އެދެމީހުން ފެންނަ ހިސާބުގައި އުޅެއެވެ.

އައިނާ އުޅުނީ ތަށި ތަކަށް ބުއިން އަލާށެވެ. ސްޕަރައިޓް ފުޅިއެއް ކަނޑަމުން ކުރިއަށް ނުބަލައި އައިނާ ހިނގައި ގަތެވެ. ފުޅި ކެނޑުނު ތަނާހެން އައިނާ މީހެއްގެ ގައިގައި ލައިގަތެވެ. އެމީހާ ލައިގެން ހުރި ހުދު ގަމީސް ތެމުނީ ސްޕްރައިޓުންނެވެ.

_ނުނިމޭ

އެޕިލޮގް

“އަނާ ހަނދާން ވޭތަ ކްރިސްޓަލް ގެއަށް ބަދަލުވީމެއްނު ދޮންބެ އާއި ދޮންބެ ދައްތަ މާލެ އައި ފަހަރަކު؟” އަޝްހާ ވާހަކަ ދައްކަމުން ގޮސް ވަރަށް ދުރު ހަނދާނެއް އާކޮށްލިއެވެ. އައިނާ ވެސް ހަނދާން ކޮށްލަމުން އާނ އެކޭ ބުނެލިއެވެ. “ފުރަތަމަ ރޭގައި އަނާ ނިކުތީމެއްނު ޓިއުޝަން އަށް ދާން.. އަހަރެން ހުރީ ހަމަ ރަނގަޅު ވަގުތަކަށް ބަލަން..”

***

އައިނާ ޓިއުޝަނަށް ދާވަގުތު ކައިރި ވޭތޯ އަޝްހާ ހުރީ ބަލަ ބަލަ އެވެ. ފަނަރަ މިނިޓައް ވުމުން އަޝްހާ ދިޔައީ އާޝިޔާ ހޯދާށެވެ. “މަންމާ.. އަނާ ޓިއުޝަނަށް ދާގަޑި ޖެހެނީ.. ދޮންބެ ބުނީ އަނާ އެކަނި ނުފޮނުވައްޗޭ.. އަހަރެންނަކަށް ނުދެވޭނެ މިގަޑި އަކު.. ވަރަށް ބޮޑައް ބޮލައް ތަދުވާތީވެ މިއުޅެނީ… އާހްހް.. އާން މަންމާ އަހަރެން ބުންޏޭ ނުބުނައްޗޭ..” ބޮލުގައި އަތް އަޅަމުން އަޝްހާ ޑްރާމާ އެއް ޖައްސާލިއެވެ.

އަޝްހާ މިހެން ބުނުމުން އާޝިޔާ ކަންބޮޑުވެފައި އައިނާގެ ކޮތަރި ކައިރިއަށް ދިޔައެވެ. ލިބުނު ކާމިޔާ ބީގައި އަޝްހާ ކޮޓަރިއަށް ވަދެ ދޮރުގެ އެއްތަން ކޮޅު ހުޅުވާލައިގެން ބޭރުން ބަލަން ހުއްޓެވެ. ހިޝާން އަކީ އެގަޑީ ގައި އަބަދުވެސް ގްރޫޕް ސްޓަޑީ ހަދަން ކުލާސް ކުއްޖެއްގެ ގެއަށް ދާކުއްޖެކެވެ. އަޝްހާ ހުރީ ހުރިހާ އެއްޗެއް ޕްލޭން ކޮށްލައިގެން ރެޑީ އަށެވެ.

“އެކަނިތަ ދަނީ.. އިޔާޒުބެ އެހެން ނޫނީ ހައިފާގެ މީހަކަށް ގޮވާލަންތަ..؟” އާޝިޔާ އައިނާގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިނދެ ބުނެލިއެވެ. އަޝްހާގެ މޫނު ވަގުތުން ހަނދު އޮއްސުނީ ހިޝާންގެ ނަން ނުކިޔުމުންނެވެ.

“ނޫން.. އެ އޯކޭވާނެ.. އެކަނި ގޮސްފާނަމޭ.. އަދި އެބައިނޭ ދިހަވަރަކަށް މިނިޓު..” އައިނާ ބަހަނާއެއް ހޯދާލިއެވެ. އެވަގުތު ކޮޓަރިއެއްގެ ދޮރު ހުޅުވުނެވެ. އައިނާ ބަލާލިއި އައިނާގެ ކޮޓަރީގެ ދޮރާއި ޖެހިގެން އިން ދޮރު ހުޅުވާލައިފައި ނިކުތީ ހިޝާން އެވެ.

އަޝްހާ ހުރިހާ ދަތް ތަކެއް ދައްކާލައިގެން ޔެސް އޭ ބުނެލިއެވެ. ޝަހާދަތް އިނގިލީގައި ކާރުގެ ތަޅުދަނޑި އަނބުރަމުން ނިކުތް ހިޝާން މަޑު ޖެހިލެވުނީ އާޝިޔާ ގޮވާލުމުންނެވެ. އައިނާ އަށް ދެލޯ މަރާފައި “ޑޭމިޓް” އޭ ބުނެލެވުނީ ވާން މިއުޅޭ ގޮތް ފަހުމު ވުމުންނެވެ.

“ދޭބަލަ އައިނާ ޓިއުޝަނަށް ލާން..” އާޝިޔާ ވަގުތުން ބުނެލިއެވެ. ހިޝާން ވެސް ބަލާލީ އައިނާ އަށެވެ. އެއްވެސް ދެކޮޅު ހެދުމެއްނެތި ހިޝާން ހިނގައި ގަތުމުން އައިނާ އަށް ވެސް ޖެހުނީ ހަތިޔާ ރު ބަހައްޓާފައި ހިނގައި ގަންނާށެވެ. ޕްލޭން ކާމިޔާބު ވުމުގެ އުފަލުގައި އަޝްހާ އަށް ހަޅެއް ލަވައި ގަންނަން ނުފެށުނީ ކިރިޔާ އެވެ.

“ހިޝާން ނުވަގަޑި ބައިގައި އައިނާ ބަލައި ވެސް ދާތި އިނގޭ..” އާޝިޔާ މިހެން ބުނުމުން އައިނާ އަނެއްކާވެސް ޑޭމިޓް އޭ ބުނެލެވުނެވެ. “ޕާރްފެކްޓް.. ދެޓްސް މައި މޯމް.. އުފަލުން އަޝްހާ ހީވަނީ އެހެން ކަމެއް ހެންނެވެ.

***

“އެއީ އަޝޫ ކުރި ކަމެއްތަ..؟” އައިނާ ބުނެލިއެވެ. “އަޅެ އަހަރެން އޭރު ހިތައް އެރި އެކްޓްރެސް އެއްގެ ކެރިއާރ ފެށިއަސް އަހަރެންނަކަށް ގެއްލުމެއްނުވާނެއޭ.. އޮސްކާ އެވާރޑެއް ވެސް ލިބިދާނެ..” އައިނާގެ ރުޅި ގަދަ ކުރަން ވެގެން އަޝްހާ ބުނެލިއެވެ. އަޝްހާ އަށް ހަމަލައެއް ނުދެވެނީސް ހިޝާން އާއި ނައިލް އައިސް ވަދެއްޖެ އެވެ. އަޝްހާ އަށް ކަޅި އަޅާލާފައި އައިނާ އަވަސް ވެގަތީ ޕިއްޒާ ތައް ހިހޫން ވެފައި ހުރުމުން އޭޗެހިތައް ހުނު ކޮށްލާށެވެ.

19

4 Comments

  1. luvza

    June 19, 2021 at 9:23 pm

    rangalhu gadi wakah dhw mi vadhevuny
    masha allah mibaives vvv reethi…
    kurin cmnt nukuriyas gavaaidhun kiyan ingey…
    varah lwbi vaahaka eh mee..
    tvgc
    ss
    lysm

    • A aaR

      June 20, 2021 at 12:53 pm

      jazaakallah khairan luvza.. lym 🙂

  2. fregle

    June 20, 2021 at 11:45 am

    Hey. Salhi ingey..😊
    wht does :tvgc: and :ss: mean. Just kpt wondeing about tht. Can you tell me luzva.plzzzz 😘😘

  3. Ninni0910

    June 20, 2021 at 2:46 pm

    vrh loabi vaahakaeh….luvv itt…
    lysm A aaR

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!