Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

ކުށުގެ އިހްސާސް

Blackbeuty Level 1
December 18, 2015 4 Mins Read
13 Comments

އައިޝަތު ޝައިނާ ޝަފީޤް، ސްޓޭޖްމަތިން އިވިގެން ދިޔަ ނަމާއެކު އަހަރެންނަށް ހިނިތުންވެލެވުނެެވެ.  މަޑުމަޑުން ހިނގާލާފައިގޮސް ސްޓޭޖްމަތިން ދަރިފުޅު ކުރިމަސައްކަތުގެ ހައްގު އިނާމު ލިބިގަންނަ މަންޒަރު ވެގެން ދިޔައީ އަހަރެންގެ ހިތަށް ބަޔާން ނުކުރެވޭފަދަ އުފާވެރި އިހްސާސްތަކެއް ކުރެވިގެން ދިޔަ މަންޒަރަކަށެވެ. އެއީ މީގެ 16 އަހަރުން ކުރިން ފެށިގެން އެ ދުވަހަކަށްޓަކައި އަހަރެން އެތަކެއް ބުރަތަކާއި، އުނދަގޫތަކެއް ތަހައްމަލުކުރި ކުރުމުގެ ފޮނި ނަތީޖާއެެވެ. މިއަދަކީ އޭލެވެލްއިމްތިހާނުން މުޅި ރާއްޖެއިން  އެއްވަނަ ހޯދި 9 ދަރިވަރުންގެ ތެރޭގައި އަހަރެންގެ ދަރިފުޅު ހިމެނުނު ދުވަހެވެ. އަހަރެންގެ އިހްސާސްތައް ހިފަހައްޓާަލައިގެން ހުރެވުނީ ޖަލްސާ ނިމެންދެނެވެ. ޖަލްސާނިމުމާއެކު ދަރިފުޅު ދުވެފައި އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. އެއާއެކު އަހަރެން ހިފަހައްޓައިގެން ހުރި ކަރުނަތައް އޮހިގަތެވެ. މަންމާ! މަންމަ ކީއްވެ ތި ރޮނީ. އަޅުގަނޑު ހީކުރީ މިއީ މަންމަ އެންމެ އުފާވާނެ ދުވަސްކަމަށް. އަބަދުވެސް މަންމަ ބޭނުންވީމެންނު އަޅުގަނޑަށް އެއްވަނަ ލިބެން.” މަންމާ!  މި ކާމިޔާބީގެ އަސްލު ހައްގުވެރިއަކީ މަންމަ. އަޅުގަނޑަށްޓަކާއި  މަންމަ ކުރި ބުރަ މަސައްކަތުގެ ނަތީޖާ މިއީ. ދަރިފުޅުގެ އެ ބަސްތަކުން އަހަރެންގެ ހިތް އުފަލުން ފޮޅުނެވެ. ދަރިފުޅުގެ ހިތުގައި އަހަންނަށްޓަކައި އޮތް ލޯތްބާއި ކުލުނު އެބަސްތަކުންވެސް ހާމަވިއެެވެ. ދަރިފުޅާ! މަންމަ މިއަދު މިރޮނީ އުފަލުންނޭ. މަންމަގެ ބަސްއަހާ ދަރިފުޅު މަންމަގެ އުއްމީދުތައް ފުރިހަމަކޮށްދިނުމަށް ތި ކޮށްދިން މަސައްކަތަށް މަންމަގެ ހިތުގެ އަޑިން ދަރިފުޅަށް ޝުކުރުއަދާކުރަން” އެ ދެމައިންނަށް މިއަދު އެ ހޯލުތެރޭގައި އިތުރު މީހުންަތައް ތިބިކަމުގެ އެއްވެސް ހިލަމެއް ނުވާފަދައެވެ. އެވަގުތު ދުރުގައި އެ ދެމައިންގެ އެމަންޒަރުތައް ބަލަން މީހަކު މީހަކު ހުރިއިރު އެމީހާގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ހިނިތުންވުމެވެ. އެހެންނަމަވެސް އެމީހާގެ ލޮލުން ފެންނަމުންދިޔަ އުދާސްތަކުން އެމީހާގެ ހިތުގައި ކޮންމެވެސް ނުތަނަވަސްކަމެއް ވާކަން ހާމަވެއެވެ.

ޖަލްސާނިމުމާއެކު ޝިޔާމާ އޭނާގެ ދަރިފުޅާއެކު ގެއަށް އައެވެ. ގެއަށްވަދެވުމާއެކު ގޭތެރެއިންވެސް ފެނިގެންދިޔައީ ދަރިފުޅުގެ ކާމިޔާބީއަށްޓަކައި އާއިލާގެ އެހެން މެންބަރުން ގެ ފަރާތުން  ކީ ހޫނު މަރުހަބާއެވެ. ކުޑަގޮތަކަށް ގޭތެރޭގައި ބޭއްވި ހަފްލާ ނިންމާލުމަށްފަހު އެންމެން ގެއަށް ދިޔުމުން ޝިޔާމާވެސް ދަރިފުޅުގާތު ނިދަން ދިޔުމަށް ބުނުމަށްފަހު، ވެފައިވާ ވަރުބައްޔާއެކު ނިދާލުމަށްޓަކައި އޭނާގެ ކޮޓަރިއަށްދިޔައެވެ. ކޮޓަރިއަށްގޮސް ނިދަންތައްޔާރުވެގެން އެނދުގައި އޮށޯވެ ދެލޯ މަރާލިއެވެ. މިރޭ އޭނާއަށް އިހުސާސުކުރެވެމުން ދިޔައީ ކުރިން ދުވަހަކުވެސް އިހުސާސްނުކުރެވޭ ފަދަ ހިތްހަމަޖެހުމެކެވެ. ކުއްލިއަކަށް ޝިޔާމާއަށް ސިހިގެން ދިޔައީ އޭނާގެ ފޯނު ރިންގްވާ އަޑަށެވެ. ލޯހުޅުވާލުމަށްފަހު ފޯނަށްބަލާލިއެވެ. މިގަޑީގަ ކާކުބާ މި ގުޅަނީ. ނުވެސް ދަންނަ ނަމްބަރެއް. ހިތާހިތުން ޝިޔާމާ އެހެންކިޔާލުމާއިއެކު ފޯނު ނެގީ މުހިންމު ކަމަކު މީހަކު ގުޅާފާނެކަމަށްޓަކައެވެ. ހަލޯ! ޝިޔާމާތޯ! އެކޮޅުން އިވިގެން ދިޔަ އަޑާއެކު ޝިޔާމާއަށް ކުއްލިއަކަށް އެނދުން ތެދުވެވުނެވެ. 16 އަަހަރަށްފަހު ފުރަތަމަ ފަހަރަށް އެއަޑު އިވުމުން ވާންވީ އުފާކަމެއް ނޫނީ އަންނަންވީ ރުޅިކަމެއްވެސް ނޭނގުނެވެ. ހޫމް! މީ ޝިޔާމާ. ތީކާކުބާ؟ އެއީ ކާކުކަން އެނގޭކަމަށް ޝިޔާމާ ނުހަދައެވެ. ”ހަމަ ނޭނގިގެންތަ ތި ސުވާލުކުރީ. އަހަންނަށް ޔަގީން ޝިޔާމާއަށް އަހަރެންގެ އަޑު ނޯޅޭނެކަން. އަދި އަހަަންނަށް އެނގޭ މިގޮތަށް ޝިޔާމާއަށް ގުޅުމުގެ ހައްގެއް އަހަރެންނަކަށް ނެތްކަންވެސް. އެހެންނަމަވެސް އަހަރެންވެސް މިރޭ މި ހުރީ ވަރަށް އުފަލުން. ހީކުރަން އަހަރެންނާ ވާހަކަ ދައްކަން ވަގުތުކޮޅެއް ދޭނެކަމަށް. އަސްލު އަހަރެން ޝިޔާމާގެ ފަރާތުން މާފަށް އެދެން ލަދުވެސް ގަނޭ. އަހަންނަށް ޝިޔާމާއާއި ދޭތެރޭ ކަންތައްކުރެވިފައިވަނީ އެއަށްވުރެ މާ އިހާނެތިކޮށް ރަހުމްކުޑަކޮށް. އެކަމަކު އަހަރެން މިއަދު ހަމަ ޝިޔާމާއަށް ޝުކުރުއަދާކުރަން ބޭނުން. އަހަރެންގެ ދަރިފުޅަށްޓަކައި ތި ކޮށްދިން މަސައްކަތަށް. އަހަންނަށް އެނގޭ އެދަރިފުޅުގެ ބައްޕައަށް އަހަރެން ވިޔަސް އެއީ ހަމަ ނަމެއްގައިކަން. އެދަރިފުޅަށް ބައްޕައެއްގެ ހައިސިއްޔަތުން އަދާކޮށްދޭން ޖެހޭ އެއްވެސް ހައްގެއް އަހަރެންނަށް އަދާކޮށްދެވިފައިނުވާކަން. މިހާ ހިސާބަށް ވާހަކަ ދެއްކުމަށްފަހު އެމީހާގެ ވާހަކަ މެދުކަނޑާލިއެވެ. ”ޝަފީގު! މިހާ ދުވަސްފަހުންވެސް ޝަފީގަށް ހަމަ ވިސްނުން ލިބުނީތީ އަހަރެން އުފާކުރަން. އަދި އަހަރެންގެ ދަރިފުޅުގެ ހައްގުގައި ޝަފީގަށް މާފްވެސް ކޮށްފިން. އަދި ޝަފީގުއަށް ބައްޕައެއްގެ ހައިސިއްޔަތުން އަދިވެސް އެދަރިފުޅުގެ މައްޗަށް އޮތް ހައްގަކަށް އަހަރެން ހުރަހެއް ނާޅާނަން. އަދި އަހަރެންގެ ފަރާތުން ޝައިނާއަކަށް ދުވަހަކުވެސް ޝަފީގުއާ ދޭތެރޭ ގޯސްކޮށް ވިސްނާނެ ފުރުސަތެއް ނުދެން. އަހަރެންނާ ދޭތެރޭ ޝަފީގު ކަންތައްކުރި އެއްވެސް ގޮތެއްގެ ވާހަކަ އެއް ޝައިނާ ކައިރިއަކު ދުވަހަކުވެސް ނުބުނަން. ކޮންމެ ގޮތެއްވިޔަސް ތިއީ ޝައިނާގެ ބައްޕަ. އަހަރެން ބޭނުމެއްނުވޭ ބައްޕައާއި ދޭތެރޭ އެ ދަރިފުޅުގެ ހިތުގައި ނަފްރަތު އުފައްދާކަށް.”

ޝިޔާމާގެ އެވާހަކަތަކުން މިއަދު ޝަފީގަށް އޭނާގެ ކުށް އިތުރަށް އިހުސާސު ކުރެވިގެން ދިޔައެވެ. ވަފާތެރި ތެދުވެރި އޭނާ ދެކެ އިންތިހާއަށް ލޯބިވި އަނބިމީހާ އާއި މެދު ކަންތައްކުރެވުނު އިހާނެތިގޮތުގެ އިހްސާސް މިއަދު މާބޮޑަށް ކުރެވިއްޖެއެވެ. އެމަންޒަރުތައް އޭނާގެ ލޮލުގެ ކުރިމަތީގައި ސިފަވެގެން ދިޔައެވެ. ކިތައް ރޭ އޭނާގެ އިންތިޒާރުގައި ނުނިދާ ހޭލާ ޝިޔާމާ އިންހެއްޔެވެ.؟ އެގޮތަށް އިންތިޒާރުގައި އިނދެ އެފަކީރަށް ނިދިފައި އޮންނަ ރޭރޭވެސް ގެއަށް އައިސް  ޝިޔާމާއަށް ކޮންމެވެސް އުނދަގުލެއް ނުކޮށްލާ ޝަފީގަށް ހިތްހަމަޖެހުމެއް ނުލިބޭކަހަލައެވެ. ކިތައްމެ ރަނގަޅު ކާއެއްޗެހި ތައްޔާރުކޮށްފައި ހުއްޓަސް އޭގެ ބަދަލުގައި އިތުރު ކޮންމެވެސް އެއްޗެއް ތައްޔާރުކުރަން ޖައްސާނެއެވެ. ކޮންމެހެން ކާކަށްވެސް ނޫނެވެ. ހަމަ ގަސްތުގައި ޝިޔާމާއަށް ޖެއްސުންކުރާށެވެ. އެފަދަ ގިނަ ރޭރޭ ކައްކާ ނިންމާފައި ޝިޔާމާ ދާއިރު ޝަފީގު އޮންނާނީ ނިދާފައެވެ. އެހެންނަމަވެސް އެއްވެސް ޝަކުވާއެއް ޝިޔާމާނުކުރެއެވެ. ޝައިނާއަށް ބަނޑުބޮޑު އިރުވެސް ޝަފީގުގެ އެ އުޅުމަށް ބަދަލެއް ނާދެއެވެ. ދޮންނަ މެޝިނުން އެއްޗެހި ދޮވެގެން އެ އެއްޗެހިން ދާ ފިލާކަމަކަށް ޝަފީގަކަށް ނުވެއެވެ. އެއޮއްބޮނޑު ބަނޑާއެކު އިށީނދެ އިނދެ ޝަފީގުގެ އެއްޗެހިތައް މުޅިންވެސް ދޮންނަނީ އަތުންނެވެ. މިއީ އަދި އެއްބައެވެ. މީގެ އިތުރަށް ގަސްތުގައި ޝިޔާމާ ދަށް ކޮށް ދެރަކޮށްލުމުގެ މަގްސަދުގަާ ގޭ މީހުންގެ ކުރިމަތީގަޔާއި ރައްޓެހިންގެ ކުރިމަތީވެސް އެކި އެއްޗެހި ބުނެލާ ހަދާނެއެވެ. މިގޮތުން އެއްދުވަހަކު މަގުމަތިން އޭނާގެ ރައްޓެއްސަކާއި ދިމާވެގެން ޝިޔާމާއާއި ދިމާއަށް ”މަންމައަކަށް ވަނީ ދޯއޭ” ބުނި ދުވަހު ” އާނ! ދެން ނުކިޔަވާ ގޭގައި ތިބޭ އަންހެނުންނަށް އޮންނާނީ އެކަހަލަ ކަންތައްތަކެއް ނޫންހޭ، ބުނެލި ހަނދާން މިއަދު ޝަފީގު ރޮއްވާލިއެވެ. މާ ބޮޑު ތައުލީމެއް ލިބިފައި ނެތަސް ޝިޔާމާއަކީ ގެވެހި، އޯގާތެރި ކިޔަމަންތެރި، އަޚުލާގު ރަނގަޅު އަންބެކެވެ. މީގެ އިތުރަށް ޝަފީގު އާއި އޭނާއާއި އެއް އޮފީހެއްގައި މަސައްކަތް ކުރަމުންދިޔަ ދިޔާނާގެ ގުޅުންވެސް ވެގެން ދިޔައީ ޝަފީގުގެ ފަރާތުން ލިބެމުން އައި އަނިޔާތަކަށް އިތުރުވި ބޮޅަކަށެވެ. ގަސްތުގައި ޝިޔާމާއަށް އަޑު އިއްވުމުގެ މަގްސަދުގައި ނިދަން އަރާ އޮވެ ދިޔާނާއަށް ގުޅައިގެން ، ދިޔާނާއަށް ތައުރީފުކޮށް ޝިޔާމާގެ އެފަދަ ސިފަތައް ނުހުންނަ ވާހަކަ ދައްކާނެއެވެ. އޭނާ ބޭނުންވަނީ ދިޔާނާ ކަހަލަ ކިޔަވައިގެންހުރި، ވަޒީފާ އަދާކުރާ އަންބެއްކަމަށާއި، އެފަދަ އަންބެއް ލިބޭނެ ދުވަހަކަށް އިންތިޒާރުކުރާކަމަށް ބުނާނެއެވެ. އެންމެ ފަހުން ދިޔާނާ ޝަފީގުގެ ގެއަށްވެސް ގެންނަންފެށީއެވެ. ޝަފީގުގެ މައިންބަފައިންވެސް އެ ގުޅުމަށް ހިތްވަރުދީ ޝަފީގާއި ގުޅެނީ ދިޔާނާ ކަހަލަ ކިޔަވައިގެން ސަރުކާރުގެ ވަޒީފާ އަދާކުރާ އަންބެއްކަމަށް ބުނަމުން އެ ގުޅުމަށް ހިތްވަރު ދިނެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ޝައިނާ ވިހެއުމާއިއެކު ޝަފީގު ޝިޔާމާ ވަރިކުރުމެވެ.

އެދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އެ ދެމައިންގެ ހާލު ދުވަހަކުވެސް ޝަފީގު ބަލާލާފައެއް ނުވެއެވެ. އެހެންނަމަވެސް މިއަދު ހާލަތަު ބަދަލު ވެއްޖެއެވެ. ޝަފީގަށްވެސް ބަދަލުތަކެއް އަތުވެއްޖެއެވެ. އެދަރިފުޅު ފެނުމުން އޭނާގެ ހިތުގައި ނިދާފައިވާ ބަފައިވަންތަކަމުގެ އިހްސާސްތައް ހޭލައިގަތެވެ. އެ ދަރިފުޅަށް ގޮވާލަން އިންތިހާއަށް ހިތް އެދެން ފެށިއެވެ. މާފަށް އެދެންވެސް ބޭނުންވީއެވެ. ދަރިފުޅަށް އަލުން ބައްޕައެއްގެ ލޯބިދޭން ބޭނުންވީއެވެ. ޝިޔާމާގެ ފަރާތުންވެސް މާފަށް އެދެން ބޭނުންވީއެވެ. ކުރިން ޝިޔާމާއަށް މަލާމަތްކުރި ޝަފީގުގެ ހިތުގައި މިއަދު ޝިޔާމާއަށްޓަކައި ވަނީ  ތައުރީފެވެ. ޝިޔާމާގެ ހިތްވަރަށްޓަކައެވެ. އެކަނި މާއެކަނި ދަރިފުޅު ބަލާ ބޮޑުކޮށް ޝިޔާމާފަދަ އަޚުލާގު ރަނގަޅު ދަރިއަކަށް އޭނާގެ ދަރިފުޅު ހެދީތީއެވެ. އެދަރިފުޅުގެ ހިތުގައި ބައްޕައަށްޓަކައި އޮންނަންޖެހޭނެ ލޯތްބާއި އިހުތިރާމް ދެމެހެއްޓުމަށްޓަކައި ޝިޔާމާ މަސައްކަތްކުރީތީއެވެ. އެއީ ރަނގަޅު މަންމައެކެވެ. އެހެން ހުރިހާ އަންހެނުންނަށް މިސާލެއްފަދަ މަންމައެކެވެ. މިއަދު ޝިޔާމާ ދޫކޮށްލެވުނު މޮޔަ ޝަފީގުގެ ހިތަށް ކިތަންމެ ވަރަކަށްވެސް އަރައެވެ. އަލުން އެ ދެމައިން ޝަފީގުގެ ހަޔާތަށް ގެންނަށްވެސް އިންތިހާއަށް ބޭނުމެވެ. އެދެމައިންނަށް ގެއްލުނު ލޯބި އަލުން އަނބުރާ ދޭން ޝަފީގުގެ ހިތް ބޭނުންވެއެވެ. އެހެންނަމަވެސް އެ ހިތްވަރެއް އޭނާގެ ނެތެވެ. އެހެންނަމަވެސް ޝިޔާމާގެ ފަރާތުން މާފް ލިބުންވެސް ވީ ޝަފީގުގެ ހިތަށް ބަޔާންކުރަން ދަތި އުފަލެއް ލިބުނުކަމަކަށެވެ. އޭނާ ފަދަ މީހަކަށް އެއީވެސް ބޮޑުވަރެވެ. މިއަދު ޝަފީގަށް އޭނާއަށް ކުރެވުނު ކުށުގެ އިހްސާސް ވަރަށް ބޮޑަށް އެބަކުރެވެއެވެ. އާއެކެވެ. އަހަރެންނަކީ ކުށްވެރިއެކެވެ. ކުށްވެރިއެކެވެ.

 

 

Share Article

Follow Me Written By

Blackbeuty

Level 1

Other Articles

Previous

ލޯބި އަހަރެން ވާނަމޭ… (8)

Next

އާރްޔާން

Next
December 18, 2015

އާރްޔާން

Previews
December 18, 2015

ލޯބި އަހަރެން ވާނަމޭ… (8)

13 Comments!

  1. Xani says:
    December 18, 2015 at 12:47 pm

    Nice..v ibrai theri….

  2. hajj says:
    December 18, 2015 at 1:24 pm

    Reeti eburai teri vaahakaeh

  3. Sodhu says:
    December 18, 2015 at 1:33 pm

    Reethi

  4. black rose says:
    December 18, 2015 at 2:52 pm

    Mashah ves libunu nulafaa firieh… eyna vagu bitun gengulhifa mafakeeru vari kur… hithaku nei dhuvahaku ves eyna ah maaf kuraane ekey… story v salhi.. v moral

  5. tiana says:
    December 18, 2015 at 3:43 pm

    nice

  6. aalaa says:
    December 18, 2015 at 5:25 pm

    Feshunu iru vaahakaiga aharennaky shiyaama bt nimuny iru aharennaky shafeeq. ..ehnve odd hen hyvey e than …. hope u will understand. Btw vahaka vrh nice keep it up.. waiting for more stories ?☺☺☺☺☺???????

  7. ina says:
    December 18, 2015 at 6:06 pm

    wowwwwwwwwwww.this story is v v v heart touching.v v v v rythi this story.v v v nice moral eh dhey story eh.kyp it up…….

  8. anonymous says:
    December 18, 2015 at 6:35 pm

    ވާހަކަ ރީތި. ބަފޔަކާ ނުލައި ދަރިޔަކު ބޮޑުކޮށް އެއްޗަކަށް ހެދި މައެއްގެ ޝުޢޫރުތައް ގެނެސްދެވިފައި ހުރިލެއް ފުރިހަމަ. މިސައިޓުގައި ޖަހައިފައި ހުންނަ ގިނަ ވާހަކަތަކާ ޚިލާފަށް ލިޔުމުގެ ކުށްތަކާއި އިމްލާ ކުށްތައް މަދުކަން އެއީވެސް ވާހަކަޔާއި އަދި ލިޔުންތެރިޔާގެ ފެންވަރާއި ތަޖުރިބާއާ މެދު ހިތްހަމަ ޖެހުނު ސަބަބުތައް. ލިޔުންތެރިޔާއަށް ފަށްފަށުން ޝުކުރިއްޔާ.

  9. Shyhaa says:
    December 18, 2015 at 9:24 pm

    Salhi story eh….Iburai theri vaahaka eh….

  10. fathun says:
    December 18, 2015 at 11:45 pm

    Nice

  11. Axee says:
    December 19, 2015 at 1:50 am

    V nice

  12. Anonymous says:
    December 19, 2015 at 6:53 am

    Thanxxxxxxxxx all

  13. ravupinky says:
    December 19, 2015 at 8:50 am

    v v v v v v v reethi

Comments are closed.



All Right Reserved!