Skip to content
އެސްފިޔަ

ޔާރު މިވަނީ ލޯތްބޭ ހަޤީގީ (ފަސްވަނަ ބައި)

“ޔާލް…. ޝައުންވެސް ދޭ…” އިރުކޮޅެއްގެ ހިމޭންކަމަށްފަހު މިޝްޔާ ބުނެލިއެވެ. ޔަލްވީ މިޝްޔާއަށް ބަލާލިއެވެ. އޭރު އޭނާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއްވެސް ވެރިވެއްޖެއެވެ.

“އަސްލުވެސްތަ….؟؟؟ އެކަމް މިޝްއަށް ކިހިނެއް އެނގެނީ އޭނަ ދާނެކަމެއް…..” ދެބުމަ ހިއްލާލަމުން ޔަލްވީ ސުވާލުކޮށްލިއެވެ.

“ޒީކް ބުނީމައެއްނު…. އޯހް…. އަދި އަހަންނަކަށް ނުބުނެވޭ ދޯ…. ޝައުން އެއީ ޒީކްގެ ކަޒިންއެކޭ…. ޒީކް ބުނި ޝައުންވެސް ދެޔޯ…. އެހެންވެ އަހަންނަށް އެނގުނީ….” މިޝްޔާ އޮޅުން ފިލުވައިދިނެވެ.

“ޔާލް ދާނަން ދޯ އެހެންވީމަ…..” ޝިއުރީ އަހާލީ ޔަލްވީ ގެންދަން ބޭނުންވާވަރުންނެވެ.

“އަހަރެންނަށް ދެވޭނީ މަންމަ ހުއްދަ ދިނިއްޔާ….” މަންމަ ހުއްދަ ނުދޭނެކަން އެނގި ހުރެމެވެސް ޔަލްވީ ބުނެލިއެވެ. އެވަގުތު ބެލްޖެހި އަޑު އިވުމުން ހަތަރު ކުދިން މިސްރާބުޖެހީ ކްލާހަށް ދިއުމަށެވެ.

——————–

 

ޔަލްވީހުރީ ބޮޑުކޮޓަރީގެ ކުޑަދޮރު ކައިރީގައެވެ. އޭނާގެ ނަޒަރު ސީދާވެފައިވަނީ ބަނބުކެޔޮގަހުގެ ހިޔަލުގައި ހުރި ޖޯލީގައި އިށީނދެގެން އިން ނޫރައިންއަށެވެ. މިއަދު މަދަރުސާއިން އައި ފަހުން އެތައް ފަހަރަކު، ޔަލްވީ، ނޫރައިންގެ ގާތުން ދަތުރު ދިއުމުގެ ހުއްދައަށް އެދެން މަސައްކަތް ކޮށްފިއެވެ. ނަމަވެސް އޭނާއަށް އަހާލާކަށް ހަމަ ނުކެރުނެވެ. ނޫރައިން އެއްބަސް ނުވެދާނެތީ ޖެހިލުންވަނީއެވެ.

“ދަރިފުޅާ މިތާ ތި ހުރީ ކިހިނެއްވެފައި….؟؟” ޔަލްވީ ސިހުނީ އޭނާގެ ކޮނޑުގައި އަތް ބާއްވާލަމުން އޭނާގެ މާމަ ހަލީމާ ވާހަކަ ދެއްކުމުންނެވެ. ޔަލްވީ ހަލީމާއަށް ބަލާލަމުން ކަމެއް ނުވެއޭ ބުނެލިއެވެ.

“ވަރަށް ހޫނުގަދަ ދުވަސްކޮޅެއް ދޯ…. ހިނގާ ޖޯއްޔަށް ފިނިކޮށްލަން ދާން….. ނިކަން ފިނި ވައިޖެހޭނެ އެތަނަށް…..” ހަލީމާ މިހެން ބުނުމުން އޭނާއާއިއެކު ޔަލްވީ ގޯތިތެރެއަށް ނުކުތެވެ.

ނޫރައިންގެ އެއްފަރާތުގައި ހުރި ޖޯލީގައި ހަލީމާ އިށީނުމުން ޔަލްވީ އިށީނީ ނޫރައިންގެ އަނެއް ފަރާތުގައި ހުރި ޖޯލީގައެވެ. ޖޯލީގައި އިށީންގޮތަށް ހަލީމާއާއި، ނޫރައިން އޮލަވާހަކައެއްގައި ޖެހުމުން ޔަލްވީ ޖޯލީގައި ހަށިގަނޑު ދަމާލިއެވެ. އިރުކޮޅަކު އެގޮތުގައި އޮތުމަށްފަހު ތެދުވެ ހަށިގަނޑު ތެދުކޮށްލަމުން “މަންމާ” އޭ ކިޔާ ގޮވާލިއެވެ. ޔަލްވީ ގޮވާލުމުން ނޫރައިންގެ އިތުރުން ހަލީމާގެ ސަމާލުކަންވެސް އޭނައަށް ހުއްޓުނެވެ.

“ކިހިނެއްވީ ދަރިފުޅާ…” ޔަލްވީއަށް ބަލަހައްޓައިގެން އިން، ނޫރައިން ސުވާލުކޮށްލިއެވެ.

“ކަމެއް ނުވެ…. ހަމަ ގޮވާލީ….” ޔަލްވީއަށް އަސްލު މައުޟޫއަށް ދާން ނުކެރުމުން ބުނެލިއެވެ. އަދި ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިކުރުވުމަށްފަހު، އަނެއްކާވެސް ޖޯލީގައި ހަށިގަނޑު ދަމާލިއެވެ.

“އެކަމަކު މަންމައަށް ހާދަ ހީވޭ ދަރިފުޅު ވާހަކައެއް ބުނަން އުޅޭހެން….” ޔަލްވީގެ ޙަރަކާތްތަކުން ޝައްކުވެފައި އިން ނޫރައިން ބުނެލިއެވެ.

“ބުނެބަލަ ދަރިފުޅާ…. އެއްޗެއް ބޭނުންވީތަ….؟؟؟” ޔަލްވީ އެއްޗެއް ނުބުނެ އޮތުމުން އަނެއްކާވެސް ނޫރައިން އަހާލިއެވެ.

“އެއްޗެއް ބޭނުންވީކީ ނޫން…. ހުއްދައެއް ބޭނުންވެގެން….” އަތުގެ ބޮޑުވާއިނގިލީގެ ނިޔަފަތިގަނޑުގައި ދަތްއަޅާލައިގެން އޮވެ ޔަލްވީ ބުނެލިއެވެ.

“ކޮންކަމަކަށް….؟؟؟؟” ނޫރައިންގެ ހުރިހާ ސަމާލުކަމެއް ޔަލްވީއަށް ދެމުން ސުވާލުކޮށްލިއެވެ. ނޫރައިންއަށް ބަލާލަމުން ޔަލްވީ އަނެއްކާވެސް ހަށިގަނޑު ތެދުކޮށްލިއެވެ. އެއަށްފަހު ފުން ނޭވާއެއް ބޭރުކޮށްލަމުން އިސްޖަހާލިއެވެ.

“މަންމާ… މިޝްމެން އެބައުޅެ މި ހަފްތާ ބަންދުގައި މިތާ ކައިރީގައި އޮންނަ ފަޅުރަށަކަށް ދަތުރު ދާން…. ޔާލް ދަންތަ އެމީހުންނާއެކީ….؟؟؟” ލޮލުގެ ހިމަކޮޅުން މަންމައަށް ބަލާލަމުން ޔަލްވީ އޭނާގެ ބޭނުން އިއްވާލިއެވެ. ޔަލްވީގެ ޖުމްލައާއިއެކު ނޫރައިންގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އޭނާގެ މޫނުމަތީގައިވި ހިނިތުންވެސް ފިލައިގެން ދިޔައެވެ.

“ނުދެވޭނެ….” ނޫރައިންގެ ޖަވާބު ކުރެވެ. ޔަލްވީ އިސް އުފުލާ މަންމައަށް ބަލާލިއެވެ.

“ޕްލީޒް މަންމާ… ޔާލް ދިއުމުގެ ހުއްދަދީ… ޔާނީއާއި، ޝިއުވެސް ދޭ…. ޔާލްވެސް ބޭނުން ދާން….” ޔަލްވީ ޖޯލިން ތެދުވެ ބިމުގައި ދެކަކޫ ޖަހާލައިގެން އިނދެ އޭނާގެ މަންމަގެ ދެފައިގައި ހިފަހައްޓާލަމުން، އާދޭހާއިއެކު ބުނެލިއެވެ. ނަމަވެސް ނޫރައިން އޭނާގެ ނިންމުން ބަދަލެއް ނުކުރިއެވެ. ޔަލްވީ އެހާވަރަށް އާދޭސް ކުރުމުންވެސް އޭނާ ދިއުމުގެ ހުއްދައެއް ނުދިނެވެ.

“ކީއްވެތަ މަންމާ… ޔާލް މިހުރީ މިހާރު ބޮޑުވެފައޭ… މިޝްމެންގެ މަންމަމެންވެސް އެމީހުން ދާން ހުއްދަ ދިން… ދެން ކީއްވެ ޔާލްއަށް ނުދެވޭންވީ….” ޔަލްވީ ކުޑަކުއްޖެއްހެން ބޮޑާހާކާލިއެވެ.

“ދަރިފުޅަކަށް ނޭނގޭތަ ކީއްވެގެންކަމެއް….؟؟؟ ނޭނގޭތީތަ ތިހެން ތި އަހަނީ….؟؟؟؟ މިޝްމެން ކޮންމެ ތާކަށްގޮސް ކޮންމެ ގޮތަކަށް އުޅުނަސް ދަރިފުޅު ކިހިނެއް އެހެން އުޅޭނީ….؟؟؟ ދަރިފުޅާ އެމީހުންނާ ތަފާތޭ…. އެހެންމީހުން އުޅޭ ގޮތަކަށް ދަރިފުޅަކަށް ނޫޅެވޭނޭ….” ޖޯލިން ތެދުވަމުން ނޫރައިން ވާހަކަދެއްކީ ޔަލްވީއަށް ވިސްނައިދިނުމުގެ ގޮތުންނެވެ.

“ދަރިފުޅަށްވެސް އެނގެއެއްނު ދަރިފުޅު ތީ……”

“ހުއްޓާލާ މަންމާ…. އަބަދު ޔާލްއަށް އެކަން ހަނދާންކޮށްދީގެން މަންމަ ބޭނުންވަނީ ޔާލް ދެރަކޮށްލަންދޯ…..” ނޫރައިންގެ ޖުމްލަ މެދުކަނޑާލަމުން މިހެން ބުނެލިއިރު ޔަލްވީއަށް ހުރީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ. ޔަލްވީ އެންމެ ހިނދުކޮޅަކުވެސް އެތާ މަޑުނުކޮށް ދުވެފައިގޮސް ގޭތެރެއަށް ވަނެވެ. ޔަލްވީ ދާން ފެށުމުން ނޫރައިން އޭނާއަށް ގޮވިއެވެ. ނަމަވެސް ޔަލްވީ ފަސް އެނބުރި ބަލާވެސް ނުލާ ދިޔައީއެވެ.

ޔަލްވީ ދިޔަ ދިމާއަށް ބަލަން ހުރެފައި ނޫރައިން ޖޯލީގައި އިށީނެވެ. އޭރު އޭނާގެ ދެލޯވެސްވަނީ ފެންކަޅިވެފައެވެ.

“ނޫރައިން އެ މަންޖެ އެދަތުރު ދިޔަދީ….. ތިގޮތަށް އަބަދު ކަންތައް ކުރަންވެއްޖިއްޔާ އެމަންޖެ ދަރިފުޅަށް ނަފްރަތުކުރަން ފަށާފާނެ…. ކިހިނެއް އެނގެނީ އަންނަ ރުޅީގައި ބައްޕަގެ ގާތަށް ދާ ޚިޔާލް ނުކުރާނެ ކަމެއްވެސް….” ހަލީމާ ބެލީ ނޫރައިންއަށް ވިސްނައިދެވޭތޯއެވެ.

“ނޫން މަންމާ… ތިހެން ނުބުނޭ…. ޔާލް އަހަރެން ދެކެ ކިތަންމެ ރުޅިއަޔަސް އަހަންނާ ދުރަށް ދާ ޚިޔާލެއް ނުކުރާނެ…. އެހެންނޫނަސް އަޅެ މަންމަ ބުނެބަލަ…. އެ ދަތުރު ދިއުމުގެ ހުއްދަ، އަހަރެން ނުދިނީ ހަމަ ޔާލްއަށް ރަނގަޅަކަށް ނޫންތަ….؟؟؟ އަހަރެން ބޭނުމެއް ނޫން ޔާލްއަށް އެއްވެސް ގެއްލުމެއް ލިބޭކަށް… އެއީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު… ޔާލްއަށްވެސް ހަމަ ރަނގަޅަށް އެނގޭނެ އެހެން ކުދިންނާ އޭނާއާއި ތަފާތުކަން… އެކުދިން އުޅޭހެން ޔާލްއަށް ނޫޅެވޭނެކަން… އެކަމަކު ޔާލް އެކަން ޤަބޫލުކުރަން ބޭނުންނުވަނީ…. އަހަރެން ކިހިނެއް ޔާލްއަށް ވިސްނައިދޭނީ މަންމާ….” ނޫރައިންއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ޔަލްވީއާއި ދޭތެރޭ ވިސްނި ވަރަކަށް އޭނާގެ ހާސްކަންދިޔައީ އިތުރުވަމުންނެވެ. ހިތުގައި ބިރުވެރިކަން ރަސްކަން ކުރަމުން ދިޔައީ އިންތިހާއަށެވެ. ޔަލްވީގެ ރައްކަލަށްޓަކައި އޭނާ ހިތްއެދޭ ކަންތައް ކުރުމުގެ ހުއްދަ ދެވޭކަށް ނެތެވެ. އެހެނަސް ޔަލްވީ އުފާކޮށްދޭންވެސް ބޭނުންވެއެވެ. ނޫރައިން އިނީ ހަދާނެގޮތެއް ނުވިސްނިފައެވެ.

“ދަރިފުޅާ… ދެން މިފަހަރު އެ މަންޖެ ބޭނުންވާގޮތަށް އެ ދަތުރު ދިއުމުގެ ހުއްދަ ދީ…. އަބަދު ކުޑަކުއްޖެއްހެން އެ މަންޖެ ގޭގަ ބަހައްޓާކަށް ނުވާނެ…. މިހާރު އެހުރީ ބޮޑުވެފައި…. އެހެންކުދިންހެން އެކުވެރިންނާއެކު މަޖާކޮށް، ސަކަރާތްޖަހަން އެ މަންޖެވެސް ބޭނުންވާނެ…. އަނެއްކާ، އެ ކުދިން ދަތުރު ދަނީވެސް މިތާ ނުލާހިކު ކައިރީގައި އޮންނަ ރަށަކަށް…. އަހަންނަށް ޔަޤީން އެ މަންޖެގެ އެކުވެރިންވެސް އެ މަންޖެއަށް ވާވަރު ބަލާނެކަން…..” ހަލީމާ، އޭނާއަށް ފެންނަ ގޮތް ހާމަކޮށްލިއެވެ. ނޫރައިންވެސް ދެލޯ ފުހެލަމުން އެކަމާމެދު ވިސްނާނެކަމަށް ބުނެލިއެވެ.

********************

 

މެންދުރުފަހުގެ ވަގުތެވެ. ޝިއުރީ އިނީ ކޮޓަރީގައި ފިލާވަޅު ހަދާށެވެ. މޭޒުމަތި ފުރާލެވިފައިވަނީ އޭނާ ކިޔަވަން ގެންގުޅޭ ސާމާނުންނެވެ. ފިލާވަޅު ހަދަން އިން ޝިއުރީ، އިރުއިރުކޮޅާ އަތުގައި އޮތް ގަލަން އަނގަޔަށް ލާ ހަފާލައެވެ. ފިލާވަޅެއް ހަދަން ނޭނގިއްޖެއްޔާ، އެއީ އަބަދުވެސް އޭނާގެ އާދައެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު، ޝަނާޔާ އެތެރެއަށް ވަދެގެން އައިއިރުވެސް ޝިއުރީ އިނީ އެގޮތަށް ގަލަން ހަފާލަ ހަފާލައެވެ.

“އެއްކަލަ ޝިއު…. ސުވާލެއް ހަދަން ނޭނގުނީ ދޯ…..” ޝަނާޔާއަށް މިމަންޒަރު ފެނުމުން ބުނެލިއެވެ. އަނގައިން ގަލަން ނަގަމުން ޝިއުރީ ބޯ ޖަހާލިއެވެ. ޝިއުރީގެ ގާތުގައި އިށީނދެ، އެ ސުވާލު ހަދަންވީގޮތް، ޝަނާޔާ ކިޔައިދިނެވެ.

“ސުވާލެއް ހަދަން ނޭނގުނީމަ ގަލަން ހަފާނީކީ ނޫން…. އެނގޭ މީހެއް ގާތުގައި ބުނާނީ ކިޔައިދޭށޭ…..” ޝިއުރީގެ ބޮލުގައި މަޑުމަޑުން ޖަހާލަމުން ޝަނާޔާ ބުނެލިއެވެ. ޝިއުރީ ވަކިއެއްޗެއް ނުބުނެ ހިނިތުންވެލިއެވެ.

 

ޝަނާޔަ އެތަނުން ތެދުވެގެންގޮސް އޭނާގެ އަތްދަބަސް އަލަމާރިއަށް ލުމަށްފަހު އެނދުގައި ޖައްސާލިއެވެ.

“މިއަދު ހާދަ ލަހުން ތިއައީ….؟؟؟” ޝަނާޔާގެ ޙަރަކާތްތަކަށް ބަލަން އިނދެފައި ޝިއުރީ އަހާލިއެވެ.

“މާދަމާރޭ ބާއްވާ އިވެންޓާ ބެހޭގޮތުން މަޝްވަރާ ބައްދަލްވުމެއް އޮތީމަ ލަސްވީ….” ފުން ނޭވާއެއްލަމުން ޝަނާޔާ ބުނެލިއެވެ. އެއާއިއެކު، ހަލުވިކޮށް ދުވެފައި އަލަމާރިއާއި ދިމާއަށް ދިޔައީ ކަމެއް ހަނދާންވުމުންނެވެ. އެވަގުތު ސަޖާޔާވެސް އެ ކޮޓަރިއަށް އައެވެ.

“ދަރިފުޅާ ޝަނާޔާ…. އޮފީހުން އައި ގޮތަށް ނުވެސް ކައެއްނު ތިހުރީ… މިއަދު ތިއައީވެސް އެހާ ލަހުން… ނިކަން ބަނޑުހައިވެފައި މިހާރު ހުންނާނީ… ހިނގާ ކާންދާން…. މަންމަ މިއައީ ކާންހަދާފަ….” ސަޖާޔާ ނުހަނު ލޯތްބާއެކު ޝަނާޔާއަށް ގޮވާލަމުން ބުނެލިއެވެ. ސަޖާޔާ، މާ ލޯބިން ޝަނާޔާއާއި ވާހަކަ ދެއްކުމުން ޝިއުރީއަށް އިނދެވުނީ އޭނާއަށް ބަލަހައްޓައިގެންނެވެ. ސަޖާޔާ، ޝިއުރީއަށް “ދަރިފުޅާ”އޭ ކިޔާފައި ގޮވާލި ހަނދާނެއް އޭނާ ނުވެއެވެ.

“މަންމާ ކާންދާނީ ކިހިނެއް….؟؟؟ މާދަމާރޭގެ އިވެންޓަށް ލާނެ ހެދުމެއް ނެތް….” ޝިއުރީގެ ސަމާލުކަން އަނެއްކާވެސް ޝަނާޔާއަށް ދެވުނީ އަލަމާރީގައި ހުރި ހެދުންތައް ހާވަމުން ޝަނާޔާ މިހެން ބުނެލުމުންނެވެ.

“ޝިއު….. މިހެދުން ދޭންވީނު ދޮންތަ މަދަމާރޭ ލާން….؟؟” ޝިއުރީގެ ހެދުންތަކުގެ ތެރެއިން އޭނާ މިއަހަރުގެ “ޕްރައިޒް ޑޭ” އަށް ލީ ވިލުނޫކުލައިގެ ހެދުން ދައްކާލަމުން، ޝަނާޔާ އަހާލީ އާދޭހާއިއެކުއެވެ. ޝިއުރީ ހިނިތުންވެލަމުން ބޯޖަހާލިއެވެ.

“ކީއްކުރަންތަ ތިހެދުން ލަނީ….؟؟ އައު ހެދުމެއް ފަހަންވީނު….؟؟ ދަރިފުޅު ބުނި ގޮތަކަށް މަންމަ ފަހައިދީފާނަމޭ….” ޝަނާޔާގެ އަތުގައި އޮތް ހެދުން އަތުލުމަށްފަހު އަލަމާރިއަށްލަމުން ސަޖާޔާ ބުނެލިއެވެ. ޝަނާޔާ އުފާވީވަރުން ސަޖާޔާގެ ގައިގައި ބައްދާލިއެވެ. މި މަންޒަރު ފެނުމުން ޝިއުރީގެ ދެލޮލަށް ކަރުނަތައް ޖަމާވެގަތީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. ނަމަވެސް އެމީހުންގެ ކުރިމަތީގައި ރޯން ބޭނުންނުވާތީ، ތިރީ ތުންފަތުގައި ދަތްއަޅާ ކަރުނަތައް ހިންދާލިއެވެ. އަދި އިސްޖަހާލަމުން ފޮތަށް ބަލަހައްޓައިގެން އިނެވެ.

ޝިއުރީ ސަޖާޔާގެ ގާތުގައި ހެދުމެއް ފަހައިދޭށޭ ކިޔާތާ މިހާރު މަހެއްހާ ދުވަސް ވަނީއެވެ. ނަމަވެސް “އުނަގަނޑަށް ތަދުވަނީ”އޭ ކިޔާފައި އަދި އަދަށްވެސް އޭނާގެ ހެދުން ފަހާދެވޭކަމަކަށް ނުވިއެވެ. ނަމަވެސް ޝަނާޔާއަށް ވީމަ ވަގުތުން ހެދުން ފަހައިދިނުމަށް އެއްބަސްވީއެވެ. ދަރިންގެ މެދުގައި ތަފާތު ކުރިޔަސް އެއީ ބޮޑުވަރޭ ޝިއުރީގެ ހިތަށް އެރިއެވެ. ސަޖާޔާމެން، ބޭރަށް ނުކުތުމުން ޝިއުރީ ހިފަހައްޓާލައިގެންހުރި ކަރުނަތައް ރާސްލާފައި ފައިބައިގަތެވެ. ގިސްލެވެން ފެށުނީ ހިތުގައި ޖެހުނުލެއް ބޮޑުކަމުންނެވެ. ޝިއުރީ، އޭނާގެ އަމިއްލަ ޙާލާއިމެދު ދެރަވެ ކަރުނަ ނާޅާ ދުވަހެއް މަދުވާނެއެވެ.

********************

 

މެންދުރު ނޫރައިންދެކެ ރުޅިއައިސްގެން ޔަލްވީ ކޮޓަރިއަށް ވަން ގޮތަށް ނުނުކުމެގެން ނޫރައިން ހުރީ ކަންބޮޑުވެފައެވެ. މިހާރު އެކި ފަހަރުމަތިން ދޮރުގައިވެސް ޓަކި ޖެހިއްޖެއެވެ. ނަމަވެސް ޔަލްވީ ދޮރު ހުޅުވާ ޚިޔާލެއް ނުކުރިއެވެ. ނޫރައިންގެ ބައްޕަ ފަހުމީ އިޝާ ނަމާދުކޮށް ނިމިގެން ގެއަށް އައިއިރުވެސް، ނޫރައިން ހުރީ އެގޮތަށް ޔަލްވީގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހާލަ ޖަހާލައެވެ. ފަހުމީ ކިހިނެއްވީތޯ އަހާލުމުން، ނޫރައިން މިއަދު ދެކެވުނު ވާހަކަ، ފަހުމީއަށް ކިޔައިދިނެވެ. ފަހުމީ ލަފާދިނީ ޔަލްވީގެ ރުޅި ފިނިވަންދެން ނޫރައިން މަޑުކުރުމަށެވެ. އަދި މިއަދު ދެކެވުނު ވާހަކައާއި ބެހޭގޮތުން ޔަލްވީއާއި، މިރޭ އިތުރަށް ވާހަކަ ނުދެއްކުމަށެވެ.

“އެކަމަކު ބައްޕާ….. މެންދުރު ކޮޓަރިއަށް ވަން ގޮތަށް އޭނަގެ ޚަބަރެއް ނުވެއޭ…ކާންވެގެން ގޮވާ ގޮވާ އަނގައަކުން ނުބުނި… އަނެއްކާ އޭނައަށް ކަމެއް ވީކީ ނޫންބާ….؟؟؟ މެންދުރުއްސުރެ ޔަލްވީގެ ޚަބަރެއް ނުވުމުން ނޫރައިންގެ ހިތަށް އެކި ފާޑުގެ އެއްޗެހި އަރަނީއެވެ. ކުރެވެނީ ހުސްވެސް ނުބައި ޚިޔާލްތަކެވެ.

“އެހާ ހާސް ނުވެބަލަ…. ވެދާނެ ނޫރައިންދެކެ ރުޅި އައިސްފައި ހުރީމަ އަނގައިން ނުބުނީ ކަމަށް….” ނޫރައިންގެ ހިތްހަމަ ޖައްސައިދިނުމުގެ ގޮތުން ފަހުމީ ބުނެލިއެވެ.

“ދަރިފުޅާ ޔަލްވީ…. ދޮރުހުޅުވަބަލަ…..” ފަހުމީ ދެފަހަރަކު ޓަކިޖަހާލުމުން ޔަލްވީ ދޮރު ހުޅުވިއެވެ. ދަރިފުޅު ހެޔޮހާލުގައި ހުރިތަން ފެނުމުން ނޫރައިންއަށް ފުންނޭވާއެއް ބޭރުކޮށްލެވުނެވެ. ޔަލްވީ ދޮރުހުޅުވި ގޮތަށް ނޫރައިންއަށް ބަލާވެސް ނުލުމުން، އަދިވެސް އެހުރީ އޭނާ ދެކެ ރުޅިއައިސްފައިކަން ނޫރައިންގެ އިތުރުން ފަހުމީވެސް ދެނެގަތެވެ.

“ދަރިފުޅާ ހިނގާ ކާންދާން….” ތަނަށް ވެރިވެފައިވާ ހިމޭންކަން ފޫދުއްވާލީ ޔަލްވީއަށް އިޝާރާތްކޮށް ފަހުމީ މިހެން ބުނެލުމުންނެވެ. ޔަލްވީ އެއްވެސް ބަހަނާއެއް ދެއްކުމެއްނެތި ފަހުމީއާއިއެކު ކާގެއާއި ދިމާއަށް ހިނގައިގަތުމުން ނޫރައިންގެ ހިތަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބުނެވެ.

ކާން ތިބެގެންވެސް ފަހުމީ އާއި ހަލީމާ އެތައް ވާހަކައެއް ދެއްކިއިރުވެސް ޔަލްވީ އަނގައަކުން ނުބުނެއެވެ. މަޑުމަޑުން އިނދެގެން ކައި ނިންމާލުމަށްފަހު، ނިދަން ދަނީ ކަމަށް ބުނެ ހިނގައިގަތީ އޭނާގެ ކޮޓަރިއާއި ދިމާއަށެވެ. ދަރިފުޅު ދިޔަ ދިމާއަށް ބަލަން ހުރި ނޫރައިންގެ ދެލޯވަނީ ފެންކަޅިވެފައެވެ. ޔަލްވީ އެހާ ދެރަވެ، ރުޅިއައިސްފައި ހުރުމުން ނޫރައިންގެ ހިތަށް ފުންއަސަރުތަކެއް ކުރިއެވެ.

********************

 

“ޔާނީ ދެން އަވަސްކޮށްބަލަ….. މިހާރު ކިތައްފަހަރު މޫނުގައި ފުށްޖަހާފިންތަ….؟؟؟؟” ރީތިވާ މޭޒު ކުރިމަތީ މޫނުގައި ފުށްޖަހަން ހުރި އަޔާނީއަށް ބަލާލަމުން ޝިއުރީ ބުނެލިއެވެ. ދެކޮޅަށް ހިނގާލަ ހިނގާލާ ޝިއުރީ ހުރީ ލަސްވެފައެވެ. މިހާރު އެމީހުން ލަސްވެގެން ދެ ތިން ފަހަރު މިޝްޔާވެސް ގުޅައިފިއެވެ.

“އަންހެނާ ތިހާ ރުޅިގަދަ ނުވެބަލަ…. ފިސާރި މިބުނީ މީނަގެ އިސްތަށިގަނޑު ފަންކޮށްލަންވީ….” ބޮލުގައި ފުނާ އަޅާލަމުން، ޝިއުރީ ރުޅި އަރުވާލުމުގެ ގޮތުން އަޔާނީ ބުނެލިއެވެ. ދެލޯ ހަނިކޮށްލަމުން، ޝިއުރީ، އަޔާނީއަށް ބަލާލުމަށްފަހު އަނގަޔަށް ހަދާލި ގޮތަކުން އަޔާނީގެ ގާތަށް ހިނިއައެވެ.

“މިހާރު ރީއްޗޭ….. ދެންވެސް ހިނގާބަލަ ދާން…..” ފުނާ އަޅާ ނިމުމުން އަޔާނީ ލޯގަނޑުން އޭނާގެ ސޫރައަށް ބަލާލުމުން، ޝިއުރީ، އޭނާގެ އަތުގައި ހިފާ ދަމާލަމުން ބުނެލިއެވެ. ދެމީހުން އެކުގައި ކޮޓަރިން ނުކުމެގެން ތިރިއަށް ފައިބަން ހިނގައިގަތެވެ.

“ސިސީ…..” ސިޑީގެ އެންމެ ފަހު ހަރުފަތަށް އަރަން ފައިނަގާލި އަޔާނީއަށް މަޑުޖެހިލެވުނީ، މަތީގައި ހުރެފައި އިޔާޒް ގޮވާލުމުންނެވެ. އަޔާނީ ބަލާލުމުން، އަތުގެ އިޝާރާތުން މަޑުކޮށްލުމަށް ބުނެލިއެވެ. ހަލުވިކަމާއިއެކު ސިޑީގެ ހަރުފަތްތައް ގިރާކޮށްލުމަށްފަހު، އަޔާނީމެންނާއި އަރާ ހަމަކޮށްލިއެވެ.

“ކިހިނެއްވީ މިހާރު..؟؟؟؟ ތިބުނަން އުޅޭ އެއްޗެއް އަވަހަށް ބުނޭ… އަހަރެންނަށް ލަސްވޭއެބަ…” އަތުކުރީގައި އޮތް ގަޑިއަށް ބަލާލަމުން އަޔާނީ ބުނެލިއެވެ. އިޔާޒް އަނގައަކުން ނުބުނެއެވެ. އަޔާނީއާއި ދިމާއަށް އަތްދިއްކޮށްލީއެވެ. އިޔާޒްގެ މިހަރަކާތުން އަޔާނީއަށް އެއްވެސް އެއްޗެއް ނުވިސްނުމުން ސުވާލުގެ ނަޒަރަކުން އިޔާޒަށް ބަލާލިއެވެ.

“އަހަރެންގެ އަނގަ ބަންދު ކުރުވަން ބޭނުމިއްޔާ މިއަތަށް …… ދެން އިނގޭނު ދޯ މިބުނާ އެއްޗެއް…. އެހެން ނޫނީ މިރޭ އަފޫއާއި ބައްދަލު ކުރަން ދާ ވާހަކަ ދާނީ ސީދާ ބޮޑުބައްޕައާއި ހަމައަށް….” އިޔާޒްގެ ޖުމްލައާއިއެކު އަޔާނީއަށް ދެލޯ ބޮޑުކޮށްލެވުނެވެ.

“ސިސީ… ނަންބަރު އައިނު ހެއްދީ އައިނު މަތިން ބަލާކަށް ނޫނެއްނު….” ލާނެއް ގޮތަކަށް ހީލަމުން އިޔާޒް މިހެން ބުނުމުން އަތުގެ ޝަހާދަތް އިނގިލިން އަޔާނީ އޭނާގެ އައިނު ރަނގަޅު ކޮށްލިއެވެ. އަދި މޫނު ކުނިކޮށްލަމުން އިޔާޒަށް ބަލާލިއެވެ.

“އަހަރެން މިދަނީ އަފޫއާއި ބައްދަލު ކުރާކަށް ނޫން….. ޝިއުމެންނާއި އެކީ ހިނގާލަން…. ބައްޕަގާތުން ހުއްދަވެސް ހޯދައިގެން އަހަރެން މިދަނީ….” މިހެން ބުނެފައި ޝިއުރީގެ އަތުގައި ހިފައިގެން އަޔާނީ ހިނގައިގަތެވެ.

“އޯކޭ… އެހެންވީއިރު އަހަރެންވެސް ދާނަން ތި މީހުންނާއެކީ ހިނގާލަން…. އޭރުން އެނގިދާނެތާ އަސްލުވެސް ހިނގާލަނީތޯ ނޫނީ……..” އިޔާޒް އޭނަގެ ޖުމްލަ ފުރިހަމަ ނުކޮށް ހުއްޓާލިއެވެ.

“އާހްހްހްހްހްހް….. އިޔާޒްގަނޑާ….. މަޑުކުރޭ އަންނާނަން…” ކުރިއަށް ދާން ހިނގައިގަތް އަޔާނީ ހުއްޓުމަށްފަހު އިޔާޒާއި ކުރިމަތިލަމުން ބުނެލިއެވެ. އަދި އެއަށްފަހު ދެއަތް މުށްކަވާލަމުން ފަޔަށް ބާރުލާފައި ހަލުވިކޮށް ސިޑިން އަރަން ފެށިއެވެ.

 

އަޔާނީމެން ގެއިން ނުކުތްއިރު އެމީހުންގެ އިންތިޒާރުގައި މިޝަލްގެ އިތުރުން މިޝްޔާއާއި ޒިކާންވެސް ބޭރުގައި ތިއްބެވެ.

“ޔާނީ ހާދަ ލަސްވީ…. މިހާރު އަހަރެމެން މިތާ ތިބޭތާ ކޮން އިރެއް…؟؟؟ އަޔާނީމެން ފެންނަ އިރަށް މިޝްޔާ ބުނެލިއެވެ.

” ބަސްތާއެއްގެ ފުށްޖަހަންވީމަ، ލަސްވާނު….” ޝިއުރީއަށް މަޑުން ނުހުރެވިގެން ބުނެލިއެވެ.

“ދެން ޝިއު….. ދިމާ ނުކޮށްބަލަ….. އަހަރެން ބަލާނަމޭ ޝިއުވެސް ނަހީކްއާއި މީޓްކުރަން ދާއިރު ފުށް ނުޖަހާތޯ ދަނީ…..” ޝިއުރީއަށް ރައްދު ދެމުން އަޔާނީ ބުނެލިއެވެ.

“އަދިވެސް ތިތާ ބޮޑު ވާހަކައިގައި ތިބެނީތަ….؟؟؟؟ މިހާރު ލަސްވެގެން އަފޫ ގުޅިވަރު ނޭނގެ ޢަދަދުކުރަންވެސް…. ދެންވެސް ހިނގާބަލަ ދާން…….” އަޔާނީމެންގެ ވާހަކަ ހުއްޓުވާލަމުން މިޝަލް މިހެން ބުނެފައި ހިނގައިގަތުމުން އަޔާނީއާއި ޝިއުރީ އޭނާގެ ފަހަތުން ހިނގައިގަތެވެ. މިޝްޔާވެސް ޒިކާންގެ އަތުގައި ހިފައިގެންހުރެ އެމީހުންގެ ފަހަތުން ދިޔައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (47)

  1. Eemyaa

    Hello friends 🙂
    Fifth part ves kamudhaane kamah ummeedhu kuran
    Vaahakaigai kusheh vaanama bunelaidhinun edhen
    Have a nice day 🙂 🙂

  2. Zish

    Yeyyy…me first

    1. Eemyaa
      Zish

      Yes zish ?

  3. Zish

    Vvvvvv reethi story eh mee…miaaru enme kiyaahihvany mi story…. Eem ah vvvv bodah thanx mikahala reethi story eh genesdheyth…konirakuntha next part???

    1. Eemyaa
      Zish

      Thanks Zish ??
      Wc n v happy vejje thihaa kamudhiya eethee thanks alott zish ❤
      Next part on wednesday ☺

  4. im

    great job when next part

    1. Eemyaa
      im

      Thanks im ?
      Next part on wednesday ?

  5. im

    me second hehehe

    1. Eemyaa
      im

      Hehe ?

  6. song joong ki..KOREAN

    wowww!! vvv salhi mi part vx. alhey dhn dhathuru dhaan ulhe avahah. v majaa khlaathi. 🙂 waiting for the nxt part.. kn irakun dhn up khlaany????

    1. Eemyaa
      song joong ki..KOREAN

      Thanks song ?
      Dhathuru part dw.. v avahah dhathuru ves dhaane dhen ?
      Next part on wednesday ?

    2. song joong ki..KOREAN
      song joong ki..KOREAN

      waiting for the picnic .. hehe 😀

    3. Eemyaa
      song joong ki..KOREAN

      ???

  7. Small

    Than kolhe kuru heekuran dhigukolaane kama and it’s very nice story keep it up

    1. Eemyaa
      Small

      Eem ah ves heevi thankolheh kuru hen and try kuraanan dhigu koh genesdheveytho ?
      Thanks small ???

  8. Sidhu

    Alhey haadha salhi vaahaka ekey. …abadhu mi hureveni favourite story up veythoa balaala balaala. ..eam ge story v habeys. ???❤❤❤❤❤

    1. Eemyaa
      Sidhu

      Thanks sidhu ?
      Asluvestha sidhu, thanks alott ??

  9. Shahoo

    Nyc???

    1. Eemyaa
      Shahoo

      Thanks shahoo ??

  10. Ilha

    Hmmmm v furihama mipartves.waiting ……….????

    1. Eemyaa
      Ilha

      Thanks Ilha ??

  11. Ash?

    Wow varah reethi…..I love this stry a lot….fav stry akah vehjey??♥️

    1. Eemyaa
      Ash?

      Thanks Ash ?
      Oww happy to knw it Ash ☺☺☺

  12. Zish

    Eem…dhn oi part thankolheh dhigu kohlachchey ingeyyy….zish ah hyvany kudakoh kuru hen….vedhaane kiyaa hithun huryma kamah vess…heheehehehhehe….

    1. Eemyaa
      Zish

      Yes Zish
      Try kuraanan dhigukoh genesdheveytho ?

  13. Coco

    Aleel plc buneba boys pp ga boys ah thi by kon baeh tho n story is wonderful

    1. Eemyaa
      Coco

      Thanks coco ?? Tyler blackburn
      Joe jonas
      Harshvardhan rane
      Kushal tandon

  14. Adha?

    Aslah dw kuruhen heevey.. enme kiyaahiyvaa thankolhun knme faharakuves nimeny? next part wednesday ge kurin up nuvaanetha eam? Btw this part ves hama fabb! ?Waitingss ❤❤❤❤

    1. Eemyaa
      Adha?

      Yeah dw Adha
      Try kuraanan next part dhigu koh geneveytho ?
      Thanks Adha ??
      N sorry wednesday ge kurin hiyeh nuve genesdheveyne henneh ?

  15. TCgirl

    V reethi……
    Why is yalvy difference from other children?!!
    Badly wanna know why her mom says that

    1. Eemyaa
      TCgirl

      Thanks TCgirl ??
      Vaahaka kuriyah dhaavarakun ekamuge hageegai ves engeyne girl ??
      Inthizaar kohlaa ?

  16. Eekko

    Vvv salhi .. vv olhey adhives maa meehun ginaveema

    1. Eemyaa
      Eekko

      Thanks eekko ?
      Ehentha
      Kudakoh samal velaigen kiyaaleema understand vaane kanne
      Sorry ?

  17. Gal

    Who r those girls in the pic they look familiar can u tell the names plx n nice story

    1. Eemyaa
      Gal

      Upside ge left ga a e kajol agarwal
      Dhn thibi grls eem ah ves neyge
      Thanks Gal ?

  18. ???

    Vvvv Reethi

    1. Eemyaa
      ???

      Thanks dear ?

  19. ???

    vaahaka Adhi thann kolheh dhigukoh laba maakuriii ekamu vess vv rythi☺???

    1. Eemyaa
      ???

      Next part dhigu koh genesdheveytho try kuraanan ?
      Thanks alott dear ?

  20. Aree

    wow vvvvv salhi mipart vexx
    waiting for the next part
    dhn konirakun up kuranee???

    1. Eemyaa
      Aree

      Aree miadhu up kohla dheynan ?
      Thanks alott ??

  21. Adha?

    Eeeeeeeeeem! Today is wednesday ehnu??❤

    1. Eemyaa
      Adha?

      Hehe yaa dw Adhaa
      Dhnme office ninmaalaafa geah mi aadhevuny
      Irukolhakun upkohla dheynan ??

    2. Adha?
      Adha?

      Thanks❤

    3. Eemyaa
      Adha?

      Wc ?

  22. Amm

    Vvvv nice???

    1. Eemyaa
      Amm

      Thanks dear ❤

Comments are closed.