ކިޔަން ގެންގުޅުނު ވާހަކަ ފޮތް ކުރިމަތީ ހުރި މޭޒު މަތީގައި ބާއްވައިލުމައްފަހު އަޅައިގެންހުރި ނަންބަރު އައިނު އެލައިޝާ ނެގިއެވެ. އޭރު އެރީތި ދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުންދެއެވެ. މިއީ އެލައިޝާ އެވާހަަކަ ކީ ފުރަތަމަ ފަހަރުނޫންކަމުގައިވިޔަސް މިފަހަރުވެސް އެވާހަކަ ކިޔުމުން އެހިތައް ފުން އަސަރެއް ކުރުވިއެވެ. އޮފީހުގެ މަސައްކަތްތައް ނިންމާލުމައްފަހު ގެޔައްވަތް އިލްހާމްގެ ލޮލުގައި ފުުރަތަމަވެސް އަޅައިގަތީ ސޯފާގައި އިށިންދެލައިގެން ރޮމުންގެންދިޔަ އޭނާގެ ދަރިފުޅެވެ.”ލައި.. ޑޭޑްގެ ޕްރިންސެސް ކީއްވެ ތިރޮނީ.” ދުވެފައި ކަހަލަ ގޮތަކަށްގޮސް އެލައިޝާ ކައިރީގައި […]
ރޭޝަމް ދާން އުޅޭ ތަން ޒާހިދަށް އެނގޭކަށް ރޭޝަމް އެއްވެސް ހާލެއްގަ ބޭނުމެއްނުވެއެވެ. އެގޮތަށް ވެއްޖެއްޔާ އެއީ ރޭޝަމްއަށް އަދި މިންހާއަށްވެސް ބޮޑު މުސީބާތަކާ ކުރިމަތިލާން ޖެހިދާނެ ކަމަކަށް ވާތީއެވެ. 5 މިނިޓް ފާއިތުވެގެން ހިނގައްޖެއެވެ. އިރުއިރުކޮޅާ ރޭޝަމްއަށް ފޯނުގެ ގަޑިއަށް ބެލެމުންދިޔައެވެ. ޒާހިދު އަދިވެސް އިނީ ފިހާރައިގެ ބޭރުގައެވެ. ރޭޝަމްގެ އަތް ފައި ފިނިވަމުންދިޔައެވެ. ކުއްލިއަކަށް ފޯނު ރިންގުވާންފެށިއެވެ. ސިހިފައި ރޭޝަމް ފޯނަށް ބަލާލިއެވެ. ފޯނަށް ގުޅަމުންދިޔައީ މިންހާއެވެ. އަވަސް ނަޒަރަކުން ރޭޝަމް ބޭރަށް ބަލާލިއެވެ. […]
މިއަދަކީ ވެސް އާދައިގެ މަތިން އަހަރެންގެ މަންމަ ކިޔާ ވަރުން ބޭރަށް ނުކުތް ދުވަހެކެވެ. އަބަދު ގޭގައި ހުންނާތީ މަންމަ ވަރަށް އެއްޗިހި ކިޔައެވެ. އެއީ އަހަރެންގެ އާދައެވެ. ބޭރަށް ނުކުންނާނީ މަންމަ ކިޔާވަރުންނެވެ. ބޭރަށް ނުކުމެ މީހުންނާއި އެކު އުޅެން އަހަރެން ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް އަހަރެން ކުރާނީ ކީއްހެއްޔެވެ؟ ބޭރަށް ނުކުމެއްޖެ ނަމަ ހަސަނުގެ އުނދަގުލުން ސަލާމަތެއް ނުވެވޭނެ އެވެ. އަހަރެން ގޭގައި ހުންނާތީ ހިތްހަމަ ނުޖެހިގެން މަންމަ ވާހަކަ ދެއްކުމުން އަހަރެން ބޭރަށް ނުކުމެގެން ގޮސް ވަންނަން މި ޖެހެނީ ނުރައްކަލެއްގެ ތެރެއަށް ކަން މަންމަ އަށް އަހަރެން އަންގާނީ ކިހިނަކުން ހެއްޔެވެ. މަންމަގެ އެދުމަށް ދެކޮޅު ނުހެދުމަށް އަހަރެން ގެއިން ނުކުތީމެވެ. މަޑު ހިނގުމުގައި ގޮސް ރަށުގެ އިރުވައިފަރާތު އަތިރި މަތީގައި މަޑު ކޮށްލީމެވެ. އާދައިގެ މަތިން ރަށް ވަރަށް ހަމަހިމޭނެވެ. މީހެއްގެ ހިލަމެއްވެސް ނުވެއެވެ. މިއީ އާދައެވެ. ރަށަކީ މީހުންމަދު ރަށަކަށް ވެފައި ވިއްސާރަވެސް ދުވަހެއްކަމުން މީހަކު ހަމަ ފެނިނުލަނީ އެވެ. މޫދަށް ފައި ތިރި ކޮށްގެން ފުންވިސްނުމެއްގައި އިން އަހަރެން ސިހުނީ އަހަރެނގެ އަތުގައި މީހަކު ފިރުމާ ލުމުންނެވެ. އަހަރެން ސިހިފައި ބަލާލީމެވެ. އަހަރެންގެ މޭގަނޑު އަންގަޔަށް ނައީ ކިރިޔާއެވެ. ކައިރީގައި އެހުރީ ހަސަނެވެ. އަހަރެން ވަށައިގެން ހޯދާލީމެވެ. ސަލާމަތް ވެވޭނެ މަގެއް ފެނޭތޯއެވެ. ނަމަވެސް މަގުމަތިން މީހެއްގެ ހިލަމެއް ވެސް ނުވެއެވެ. ހަސަނު އަހަރެންގެ އަތުގައި ހިފާ ކޮޅަށް ނެގި އެވެ. އަތުގައި ހިފުމުން އަހަރެން ކިތަންމެ ރުޅި އައި ކަމުގައި ވީނަމަވެސް ގަދަ ހެދޭކަށް ނެތެވެ. ހަސަނު އެޔަށްވުރެ މާ ބާރުގަދަ އެވެ. އަދިވެސް ހަސަނު އަހަރެން އަތުން ދޫކުރާކަށްނޫޅެއެވެ. އަހަރެން ގަދަ ހަދަން ފެށުމުން ނަސީބަކުން އޭނާ އަހަރެންގެ އަތުން ދޫކޮށްލުމާއި އެކު އަހަރެން ކުރިއަށް ދާން ހިނގައި ގަތީމެވެ. ކުރިއަށް އެންމެ ފިޔަވަޅެއް ނޭޅިގެން އުޅެނިކޮށް އަހަރެންގެ ފައި ގައި ފައި އަޅުވާލުމްށް ފަހު އޭނާ އަހަރެން ވައްޓާލިއެވެ. އަހަރެންގެ ހިތް އޭރުވެސް ބާރަށް ތެޅެމުން ދިޔައެވެ. އެވަރުގެ ރަހުމުކުޑަ އިންސާނެއް އަހަރެންގެ ލޮލަށް ފެނުނު މިއީ ފުރަތަމަ ފަހަރެވެ. އޭނާ އަހަރެންގެ ފަރާތުން ބޭނުންވަނީ ކޮންކަމެއްބާއޭ އަހަރެންގެ ހިތަށްނާރާ ފަހަރެއް ނާދެއެވެ. އަހަރެން އޭނާ އަށް ކުރީ ކޮން އުނދަގުލެއް ހެއްޔެވެ. އަހަރެންގެ އުމުރުން މިވީ ބާރަ އަހަރު ދުވަހުގެ ތެރޭގައި އަހަރެންގެ ދިރިއުޅުން މުޅިން ބަރުބާދު ވެއްޖެއެވެ. ރަށުގައި އެހެން އަންހެން ކުދިން ވެސް އުޅެއެވެ. އަހަންނަށް ވުރެ އެކުދިން ރީތިވެސް ވާނެއެވެ. އަހަރެންނާއި އެގޮތަށް ހަސަނު ބެހުމުގެ ސަބަބެއް އަހަރެންގެ ސިކުނޑި އަކަށް ނުވިސްނުނެވެ. އަހަރެން ބިންމައްޗަށް ވެއްޓުމާއި އެކު ތެދުވީމެވެ. ނަމަވެސް ހިނގައެއް ނުގަނެވުނެވެ. ބޮފަޅައިގެންގޮސް ބޮލުން ލޭއަންނަން ފެށުމުންނެވެ. އެވަރުން ވެސް އޭނަގެ ހިތަށް ރަހުމުގެ ކަންފުޅެއްވެސް ނާރައެވެ. ކުރިއަށްވުރެ ބޮޑަށް އަހަންނާ ކައިރި ވާން ފެށިއެވެ. ފަހަތަށް ދަމުން ގޮސް އަހަރެން ގޮސް ޖެހުނީ އަތިރިމަތީގައި ހުރި ދިއްގާ ގަހުގައެވެ. އަހަރެންގެ މުނާ މޫނުޖެހޭހައި ކައިރި ވުމަށްފަހު އާދައިގެ މަތިން އެނާދޭ އިންޒާރު ދިނުމަށްފަހު އަހަރެންގެ އަމިއްލަ ހާލަށް ދޫކޮށްލާފައި އޭނާ ހިނގައްޖެއެވެ. އަހަރެން ގެއާދިމާލަށް ދާން މިސްރާބު ޖެހީމެވެ. ނަމަ ވެސް ބޮލަށް ލިބިފައި ހުރި ޒަޚަމްގެ ސަބަބުން އަހަރެން އަނބުރައި ގަނެގެން ވެއްޓުނެވެ. ދެން ވީ ކިހިނެއް ކަމެއް އަހަންނަކަށް ނޭނގެއެވެ. ހޭވެރިކަން ވީއިރު އޮވެވުނީ ހޮސްޕިޓަލްގައެވެ. ކައިރީގައި މަންމަ އިނެވެ. އަހަރެން ހޮސްޕިޓަލަށް އަންނަން ޖެހުނު ސަބަބު ރޭކާލީ އިރުކޮޅެއް ފަހުންނެވެ. ކަންތައްވީގޮތް ހަނދާންވުމުން ބިރުގަތް ނަމަވެސް އެސިކުންތުގައި އަހަރެން ހަމަޖެހިލީމެވެ. ކަންތައް ވީގޮތް މަންމަ އަށް އެނގިދާނެތީއެވެ. ބޯފަޅައިގެން ދިޔައީ ކީއްވެތޯ ސުވާލު ކުރުމުން އަހަރެން ދޮގެއް ހަދާލުމަށްފަހު ހަމަޖައްސާލީމެވެ. ވެއްޓި ގާގަނޑެއްގައި ބޯޖެހި ފަޅައިގެން ދިޔައީ ކަމަށް އަހަރެން ބުނީމެވެ. މިހުރިހާ ވާހަކައެއް މަންމަ އަށް ކިޔައިދެން އަހަރެން ވަރަށް ބޭނުމެވެ. މީހެއްގެ އެހިތެރިކަން މިވަގުތު އަހަންނަށް މުހިންމުވީމައެވެ. ނަމަވެސް ކުރަނީ ކީއް ހެއްޔެވެ. މިވާހަކަތައް މީހަކަާ ހިއްސާ ކުރެވޭކަށް އަހަންނަކަށް ނެތެވެ. އެކަނިވާ ކޮންމެފަހަރަކު ރޮވެއެވެ. އަހަރެންގެ ބަދުނަސީބު ހިތަށް އެރުމުންނެވެ. އަހަރެންގެ ކުށަކީ ކޮބައިކަން އިނގެން އަހަރެން ވަރަށްވެސް ބޭނުމެވެ. ނަމަވެސް ތަގުދީރުގައި ރޭވިފައިވަނީ ކޮންގޮތެއްކަން އިނގޭނީ ކާކަށް ހެއްޔެވެ. * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * މިހިސާބަށް އެޑައިރީ ކިޔާލެވުމާއި އެކު އެކުއްޖާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. އެކުއްޖާގެ މަންމަ ތަހަންމަލު ކުރި ވޭނާ ކެކުޅުން ހިތައް އެރުމުން އިންތިހާއަށް ދެރަވެއްޖެއެވެ. އެމަންމަ މި ދުނިޔެއާ ވަކިވި ސަބަބު އޮޅުން ފިލުވުމަށް ކުރިއަށް ވުރެ ބޮޑު ޝައުގުވެރިކަމެއް އެކުއްޖާގެ ހިތުގައި އުފެދިއްޖެ އެވެ. ކުރިއަށް އޮތްބައި ކިޔަންފެށީ ހުރިހާ ހަގީގަތެއް އިނގޭނެކަމުގެ އުންމީދުގައެވެ. (ނުނިމޭ)
އަނގަމަތީގައި އަތް އަޅާލެވުމާއެކު ރޭޝަމްގެ ބޮލުގައި ވެސް ރިއްސައިގަތެވެ. ފެންނަމުން ދިޔަ މަންޒަރު ގަބޫލުކުރަންވެސް ދަތިވިކަހަލައެވެ. ފުން ނަޒަރަކުން ރޭޝަމްއަށް އަލަމާރި ތެރެއަށް ބަލާލެވުނެވެ. ތެޅިތެޅިއޮތް ހިތަކާއެކު ހިތްވަރުކޮށްފައި ރޭޝަމް ތެދުވެ އެދިމާލަށް ހިނގައިގަތެވެ. ރޭޝަމްގެ ހިތް ބާރަށް ތެޅެމުންދިޔައެވެ. ކަންތައް ވީ ރޭޝަމް ހީކުރި ގޮތާ މުޅިން ޚިލާފަށެވެ. ރޭޝަމް ހީކުރީ އެއަލަމާރީގައި ވާނީ ކޮންމެވެސް މުހިއްމު ލިޔުންތަކަކާ ފައިސާތައް ކަމަށެވެ. އެހެނަސް އޭގެތެރޭގައި އެއިން އެކައްޗެއްވެސް ނެތެވެ. އޭގެތެރޭގައި އޮތީ ގައިގެ އެތަން މިތަނުން ލޭކޮށާލެވިފައިވާ […]
ސިޓިންގ ރޫމުގައި ހުރި އަންހެން ކުއްޖާ ފެނުމުން ރޭޝަމްގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.އެމޫނަކީ މެންދަމުގެ އެގަޑީގައި އެގެއިން ފެނިދާނެ މޫނެއް ކަމަކަށް ރޭޝަމް އުއްމީދެއްވެސް ނުކުރެއެވެ. ރޭޝަމްއަށް އެއަނދިރީގެ ތެރެ އިންވެސް ޔާނާއެއް ނޯޅޭނެއެވެ. އެއީ ހަމަ ޔާނާއެވެ.އެކަމަކު އެގަޑީގައި ޔާނާ އެގޭގައި ކީއްކުރަނީ ހެއްޔެވެ؟“އަނެއްކާ ޔާނާއަކީވެސް ތިންވަނަ ކޮޓަރީގެ ހިއްސާއެއްބާ؟“ރޭޝަމްއަށް ގަބޫލުކުރަން ދަތިވިއެވެ.އެހެންކަމުން ޔާނާގެ މިސްރާބުހުރި ދިމާލެއް ހޯދަން ރޭޝަމް ހިތުލިއެވެ. މަޑުމަޑުން ތެދުވެ ޔާނާއާ ދިމާލަށް ރޭޝަމް ފިޔަވަޅު އަޅަންފެށިއެވެ.އެއާއެކު ޔާނާ ކުރިއަށް […]
އަފްރީންވެސް ގަޑި ބަލާލަމުން ތެޅެމުން ފޮޅެމުން ދިޔައީ ގަޑި ވަރަށް ކުޑަތަން ވެފައިވާތީއެވެ. ****************** އަފްރީންއަށް ތައްޔާރު ވެވުން އިރު ކާރު އައިސް އަފްރީންމެންގޭ ދެރުމަތީގައި އޮތެވެ. އަފްރީންވެސް ހީވަނީ މިރޭ ރީތިކަން ހުސް ކޮށްލައިގެން ހުރި ހެންނެވެ. ޕާޓިގެ ކުލައަކީ ރަތް ކުލަ ކަމުން އަފްރީން ރަތް ކުލައިގެ ދިގު ހެދުމެއް ލައިގެން ހުރި އިރު އިސްތަށިގަނޑުވަނީ ބުޅި ކޮއްލާފައެވެ. އަފްރީން އަވަހަށް ގޮސް އައިރީން ގޮވައިގެން އައިސް ކާރަށް އަރައިގެން […]
އޭރު ދަންވަރު ބާރަ ވެސް ޖަހާފާނެއެވެ. ރެޔަކީ ވިއްސާރަ ރެޔެއް ކަމުން މާލޭގެ މަގުމަތި އާދަޔާ ހިލާފަށް ހަމަހިމޭން ކަމުގައި ދައްކައެވެ. ދުއްވާ އެއްޗެއްގެ ހިލަމެއް ވެސް ވަނީ މަދުފަހަރެއްގަ އެވެ. މުޅި މާލެ އެފިނި ރޭގެ މީރުކަން އަރާމު ނިންޖަކުން ހޯދަމުންދާ ކަހަލަ އެވެ. ނަމަވެސް އެފިނި ރޭގެ މީރުކަން ނުލިބޭ މީހަކުވެސް އެރޭ މާލޭގައި ވުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ. އެކަން މަޖީދީ މަގާށް ނަޒަރު ހިންގާލުމުން ފެނިގެން ދެއެވެ. މަޖީދީމަގު ކޮޅުން އާރޓިފިޝަލް ބީޗާ ދިމާއަށް މިސްރާބު ޖަހައިގެން އެހުރީ އަންހެން ކުއްޖެކެވެ. ލައިގެން ހުރީ ކަޅުކުލައިގެ އަބާޔާ އެކެވެ. އަޅައިގެން ހުރީ ކަޅުކުލައިގެ ބުރުގާ އެކެވެ. އެމޫނު މަތި ވަނީ މިލާ މޯޅިވެފައެވެ. އިރު އިރުކޮޅާ އަތުގެ ނުފުށުން މޫނުފޮހެލައެވެ. އެ އަންހެން ކުއްޖާ ރޮނީކަން ޔަގީނެވެ. ފުން ހިޔާލުތަކަކަސް ގެއްލިފައި ހުރެ އެއަންހެން ކުއްޖާ މަޑުހިނގުމެއްގައި ގޮސް ބްލޫބޭއާ ދިމާލަށް ވާގޮތައް އިން ބެންޗެއްގައި ގޮސް އިށީންދެލި އެވެ. ތަނަށް ވެރިވެފައި ވަނީ ފުން ހަމަ ހިމޭންކަމެކެވެ. އެހަލަބޮލި ހިސާބުން ރާޅުގެ އަޑެއްވެސް މިރޭ ނީވެއެވެ. މުޅި ދުނިޔެވެސް އެ އަންހެން ކުއްޖާގެ ހިތާމައިގައި ބައިވެރި ވަނީކަން ނޭގެއެވެ. ބެންޗުގައި އިށީންދެ ހަމަޖެހިލުމައްފަހު ކޮނޑުގައި އަޅުވާފައި އިން އަތްދަބަހުން ފޮތެއް ނެގައި ަތުގަ އޮތް ފޯނުން އަލިކޮށްލުމަށް ފަހު އެފޮތުގެ ފުރަތަމަ ސަފްހާ އަސް ނަޒަރު ހިންގާލިއެވެ. އެފޮތުގައި ވަނީ މީގެ 18 އަހަރު ކުރީގެ ވާހަކަ އެކެވެ. އެއީ އެއަންހެން ކުއްޖާގެ ޑައިރީއެވެ. އެ އަންހެން ކުއަޖާގެ އުމުރުނ 18 އަހަރުވާ ދުވަހު ހުރިހާ ހަގީގަތެއް އެކުއްޖާއަށް ކިޔާދިނުމަށް އެކުއްޖާގެ މަންމަ އެކުއްޖާގެ މާމަ އަށް ކުރި ވަސިއްޔަތް މިއަދު އެމާމަ އަދާކޮށްދީފި އެވެ. ނަމަވެސް އެ ހިތި ހަގޫގަތްތައް މާމަ ގެ ދުލުން ކިޔާދިނުމުން އެކުއްޖާ އަށް ގަބޫލުކުރަންވީ ދަތި ކަމަކަށެވެ. ނަމަވެސް އެ ދައިރީ މިއަދު ކިޔާލުމުން ހުރިހާ ވާހަކަ އަކީ ތެދު ހަގީގަތް ކަން އެކުއްޖާ އަށް ހާމަވެގެނ ދާނެކަން ޔަގީނެވެ. * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * މިއިީ ކޮންފަދަ ދިރިއުޅުމެއް ހެއްޔެވެ؟ އަހަރެން މިވާހަކަ ތައް ހިއްސާ ކުރާނީ ކާކަށް ހެއްޔެވެ؟ އެހަރެންގެ އެއްވެސް މީހަކު ނެތެވެ. އަހަރެން ޑައިރީ ލިޔަން މި ގަސްތު ކުރީ އެކަމާ ހެދި އެވެ. މިއަދުވެސް އާދައިގެ މަތިން އަހަރެން ސުކޫލަށް ދިޔައީ ދާން މަޖުބޫރު ވެގެންނެވެ. ގުރޭޑު 6 ގައި އުޅުނު ނަމަވެސް އަހަންނަކީ ޕްރިފެކްޓެއް ނަމަވެސް އަހަރެން ސުކޫލަށް ދަނީ ކޮންމެހެން ދާންބޭނުން ވެގެންނެއް ނޫނެވެ. ކިޔެވުމަށް ޝައުގުވެރިކަން ހުއްޓެއްކަމަކު ކިޔަވަނީވެސް ކޮންމެހެން މަޖުބޫރު ވެގެންނެވެ. ހަގީގަތުގައި އަހަރެން ސުކޫލަށް ދާންވެސް ބޭނުމެވެ. ކިޔަވަން ވެސް ބޭނުމެވެ. ނަމަ ވެސް ކޮންމެ ދުވަހެކޭ ވެސް އެއްފަދައިން އެދުވަހު ވެސް އަހަރެންގެ މޫޑު ބަދަލް ކޮށްލީ ސުކޫލު ސެކިއުރިޓީ ޑިއުޓީގައި ހުރި ހަސަނެވެ. މިއަދުވެސް ސުކޫލުގެ ގޭޓުން އެތެރެ އަށް ވަނުމާއި އެކު ހަސަނު ހިފީ އަހަރެންގެ އަތުގައެވެ. އަހަރެންގެ ރުޅި އިންތިހާ އަށް ދިޔަ ނަމަވެސް މަޑުން ހުންނަން ޖެހުނީ އޭނާ ކޮށްފާނެ ކަމެއް ނޭނގޭތީ އެވެ. މިއީ ކޮންމެ ދުވަހއްގެ ވެސް އާދައެވެ. މަގުމަތިން އެކަނި ފެނިއްޖެ ނަމަ އަހަންނަށް މިއަށްވުރެ ބޮޑުވަރު އޭނާ ކުރެއެވެ. ނަމަވެސް މީހެއް ކައިރީގައި މިވާހަކަ ތައް ދައްކާނެ ހިތްވަރެއް އަހަރެން ގަޔަކު ނެތެވެ. މީހުން ކައިރީގައި މިވާހަކަ ތައް ދައްކައިފިނަމަ އަހަރެންނާއި އަހަރެންގެ އާއިލާގެ ދުވަސް ދުއްވާލާނެ ކަމަށް އޭނާ ބުނެފައި ވާތީ އެވެ. * * * * * * * * * * […]
ކުއްލިއަކަށް ފަހަތުން މީހަކު އައިސް ރޭޝަމް ދުރަށް ކޮށްޕާލިއެވެ.“ބަލަ ކަލޭ ކައިރީ ކާކު ބުނީ މިހިރަ އަންހެނާއަށް އެހީވާށޭ..ހަމަ މިހާރު ނިކުމޭ ބަދިގެއިން“ލަތީފުގެ އަޑު ގަދަވެގެންދިޔައެވެ.ރޭޝަމް ބިރުންގޮސް ތުރުތުރު އަޅައިގަތެވެ.އަވަސް ފިޔަވަޅެއްގައި ގޮސް ކޮޓަރިއަށް ރޭޝަމް ވަނެވެ.މާލްވެސް ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ.އަދި ދޮރު ތަޅުލުމަށްފަހު ދޮރުގައި ބާރަށް ލެނގިލަމުން ދެކަކޫ މައްޗަށް ތިރިވިއެވެ.މާލްގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ އޮހެރެންފެށިއެވެ.“ބައްޕަ މަންމައަށް އަނިޔާ ކުރަނީ..ނޫން..ނޫން…މަންމާ ….މަންމާ“އެމައުސޫމު ޅަހިތުގެ ޝަކުވާތައް އަޑުއަހަމުންދިޔައިރު ރޭޝަމްގެ ހިތް ދިޔައީ ކުދިކުދިވަމުންނެވެ.އެފަދަ ލާއިންސާނީ […]
“ މަންމާ،ކިހިނެއްތަ؟ވަރަށް ހަނދާންވޭ މަންމަ މަތިން“ރޭޝަމްގެ ދެލޯ ފެންކަޅިވިއެވެ.“މަންމަވެސް ވަރަށް ހަނދާންވޭ ދަރިފުޅު މަތިން،ދަރިފުޅު ރަނގަޅުތަ؟ކިތަންމެ ކުޑަ ކަމެއް ވިޔަސް މަންމަ ކައިރީ ބުނައްޗޭ“ނަރީމާވެސް އިނީ ރޮވިފައެވެ.“މަންމަ މިއަދު ލާރި ފޮނުވައިފިން މީހެއްގެ އަތަށް ދީފަ…ރަނގަޅަށް އުޅޭތި،ބަސްއަހައިގެން ކިޔަވާތި“ނަރީމާ ރޭޝަމްއަށް ނަސޭހަތްތެރިވިއެވެ . ކުލާހުގައި އިންއިރު ރޭޝަމްގެ ނަޒަރު ގޮސް ހުއްޓިފައިވަނީ ޔާނާއަށެވެ.ޔާނާއަކަށް އެކަމެއް ފާހަނގައެއް ނުވިއެވެ.ކުލާސް ނިމުމާއެކު ރޭޝަމް ޔާނާގެ ފަހަތުން ހިނގައިގަތެވެ.“ޔާނާ…މަޑުކޮށްލެވިދާނެތަ؟ވާހަކައެއް ދައްކާލަން ވެގެން“ރޭޝަމް ޔާނާ ހުއްޓުވިއެވެ.“ކޮން ވާހަކައެއް؟އަވަހަށް ބުނެބަލަ،ކުޑަކޮށް ލަސްވޭ އެބަ“ޔާނާ ހައިރާންކަމާއެކު […]