ވޭންތަކުން ދިން ހިތި މާޒީ… (1 ވަނަ ބައި)
އޭރު ދަންވަރު ބާރަ ވެސް ޖަހާފާނެއެވެ. ރެޔަކީ ވިއްސާރަ ރެޔެއް ކަމުން މާލޭގެ މަގުމަތި އާދަޔާ ހިލާފަށް ހަމަހިމޭން ކަމުގައި ދައްކައެވެ. ދުއްވާ އެއްޗެއްގެ ހިލަމެއް ވެސް ވަނީ މަދުފަހަރެއްގަ އެވެ. މުޅި މާލެ އެފިނި ރޭގެ މީރުކަން އަރާމު ނިންޖަކުން ހޯދަމުންދާ ކަހަލަ އެވެ. ނަމަވެސް އެފިނި ރޭގެ މީރުކަން ނުލިބޭ މީހަކުވެސް އެރޭ މާލޭގައި ވުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ. އެކަން މަޖީދީ މަގާށް ނަޒަރު ހިންގާލުމުން ފެނިގެން ދެއެވެ.
މަޖީދީމަގު ކޮޅުން އާރޓިފިޝަލް ބީޗާ ދިމާއަށް މިސްރާބު ޖަހައިގެން އެހުރީ އަންހެން ކުއްޖެކެވެ. ލައިގެން ހުރީ ކަޅުކުލައިގެ އަބާޔާ އެކެވެ. އަޅައިގެން ހުރީ ކަޅުކުލައިގެ ބުރުގާ އެކެވެ. އެމޫނު މަތި ވަނީ މިލާ މޯޅިވެފައެވެ. އިރު އިރުކޮޅާ އަތުގެ ނުފުށުން މޫނުފޮހެލައެވެ. އެ އަންހެން ކުއްޖާ ރޮނީކަން ޔަގީނެވެ.
ފުން ހިޔާލުތަކަކަސް ގެއްލިފައި ހުރެ އެއަންހެން ކުއްޖާ މަޑުހިނގުމެއްގައި ގޮސް ބްލޫބޭއާ ދިމާލަށް ވާގޮތައް އިން ބެންޗެއްގައި ގޮސް އިށީންދެލި އެވެ. ތަނަށް ވެރިވެފައި ވަނީ ފުން ހަމަ ހިމޭންކަމެކެވެ. އެހަލަބޮލި ހިސާބުން ރާޅުގެ އަޑެއްވެސް މިރޭ ނީވެއެވެ. މުޅި ދުނިޔެވެސް އެ އަންހެން ކުއްޖާގެ ހިތާމައިގައި ބައިވެރި ވަނީކަން ނޭގެއެވެ. ބެންޗުގައި އިށީންދެ ހަމަޖެހިލުމައްފަހު ކޮނޑުގައި އަޅުވާފައި އިން އަތްދަބަހުން ފޮތެއް ނެގައި ަތުގަ އޮތް ފޯނުން އަލިކޮށްލުމަށް ފަހު އެފޮތުގެ ފުރަތަމަ ސަފްހާ އަސް ނަޒަރު ހިންގާލިއެވެ.
އެފޮތުގައި ވަނީ މީގެ 18 އަހަރު ކުރީގެ ވާހަކަ އެކެވެ. އެއީ އެއަންހެން ކުއްޖާގެ ޑައިރީއެވެ. އެ އަންހެން ކުއަޖާގެ އުމުރުނ 18 އަހަރުވާ ދުވަހު ހުރިހާ ހަގީގަތެއް އެކުއްޖާއަށް ކިޔާދިނުމަށް އެކުއްޖާގެ މަންމަ އެކުއްޖާގެ މާމަ އަށް ކުރި ވަސިއްޔަތް މިއަދު އެމާމަ އަދާކޮށްދީފި އެވެ. ނަމަވެސް އެ ހިތި ހަގޫގަތްތައް މާމަ ގެ ދުލުން ކިޔާދިނުމުން އެކުއްޖާ އަށް ގަބޫލުކުރަންވީ ދަތި ކަމަކަށެވެ. ނަމަވެސް އެ ދައިރީ މިއަދު ކިޔާލުމުން ހުރިހާ ވާހަކަ އަކީ ތެދު ހަގީގަތް ކަން އެކުއްޖާ އަށް ހާމަވެގެނ ދާނެކަން ޔަގީނެވެ.
- * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
މިއިީ ކޮންފަދަ ދިރިއުޅުމެއް ހެއްޔެވެ؟ އަހަރެން މިވާހަކަ ތައް ހިއްސާ ކުރާނީ ކާކަށް ހެއްޔެވެ؟ އެހަރެންގެ އެއްވެސް މީހަކު ނެތެވެ. އަހަރެން ޑައިރީ ލިޔަން މި ގަސްތު ކުރީ އެކަމާ ހެދި އެވެ.
މިއަދުވެސް އާދައިގެ މަތިން އަހަރެން ސުކޫލަށް ދިޔައީ ދާން މަޖުބޫރު ވެގެންނެވެ. ގުރޭޑު 6 ގައި އުޅުނު ނަމަވެސް އަހަންނަކީ ޕްރިފެކްޓެއް ނަމަވެސް އަހަރެން ސުކޫލަށް ދަނީ ކޮންމެހެން ދާންބޭނުން ވެގެންނެއް ނޫނެވެ. ކިޔެވުމަށް ޝައުގުވެރިކަން ހުއްޓެއްކަމަކު ކިޔަވަނީވެސް ކޮންމެހެން މަޖުބޫރު ވެގެންނެވެ. ހަގީގަތުގައި އަހަރެން ސުކޫލަށް ދާންވެސް ބޭނުމެވެ. ކިޔަވަން ވެސް ބޭނުމެވެ. ނަމަ ވެސް ކޮންމެ ދުވަހެކޭ ވެސް އެއްފަދައިން އެދުވަހު ވެސް އަހަރެންގެ މޫޑު ބަދަލް ކޮށްލީ ސުކޫލު ސެކިއުރިޓީ ޑިއުޓީގައި ހުރި ހަސަނެވެ. މިއަދުވެސް ސުކޫލުގެ ގޭޓުން އެތެރެ އަށް ވަނުމާއި އެކު ހަސަނު ހިފީ އަހަރެންގެ އަތުގައެވެ. އަހަރެންގެ ރުޅި އިންތިހާ އަށް ދިޔަ ނަމަވެސް މަޑުން ހުންނަން ޖެހުނީ އޭނާ ކޮށްފާނެ ކަމެއް ނޭނގޭތީ އެވެ. މިއީ ކޮންމެ ދުވަހއްގެ ވެސް އާދައެވެ. މަގުމަތިން އެކަނި ފެނިއްޖެ ނަމަ އަހަންނަށް މިއަށްވުރެ ބޮޑުވަރު އޭނާ ކުރެއެވެ. ނަމަވެސް މީހެއް ކައިރީގައި މިވާހަކަ ތައް ދައްކާނެ ހިތްވަރެއް އަހަރެން ގަޔަކު ނެތެވެ. މީހުން ކައިރީގައި މިވާހަކަ ތައް ދައްކައިފިނަމަ އަހަރެންނާއި އަހަރެންގެ އާއިލާގެ ދުވަސް ދުއްވާލާނެ ކަމަށް އޭނާ ބުނެފައި ވާތީ އެވެ.
- * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.

Nice
Reethi.kiyaa hihvaa vahtharuge story eh..waiting for the next part.
Feshun salhi vrh… hope nxt prts also will be awesome. … ??? n u will upload this story daily or soon???? whn nxt prt ??? Waitingssss ❤❤❤❤
I’ll upload it soon
Mi story ge author viyya green kulaiga ehnu innan jeheyny….. r u????
Hey hama thi namuge ehen vaahakaeh nimunuthaa adhi nuvey naa gina dhuvaheh hama thi nan kiyany..
thi hasanu hodhaafa hasanu gaiga villaalan vee dhw ?
btw varah cute thi story ❤️
Mi story ge name indheynun ehen story eh ga ves??
And story hyvey rythi vaane hen.. waiting next bayah
Good luck ?
Not bad.?
feshun ???
feshun varah salhi…hope next part ves varah salhi vaanekamah…..waiting….
mivaahakaves kureege veynhakun dhhin hithi maazy gothah salhi vaanekamah unmeedhu kuran.All the best 🙂
Yamsss… hama obi. ❤️?
Shaamii Keep up The Good Work
2nd Part Also Best
Furathama Kiyunee 2nd dhen Hoadhaalaigen mi kii 1st nice❤
Hoi hoi.. v. Reethi mivaahakaige feshunn.. dhn upload kuraa baivx reethi vaaanekamah ummeedh kuran.. GUD LUCK DEAR♥♥♥