Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

ވޭންތަކުން ދިން ހިތި މާޒީ… (2 ވަނަ ބައި)

Sham Level 1
December 15, 2017 One Min Read
8 Comments

މިއަދަކީ ވެސް އާދައިގެ މަތިން އަހަރެންގެ މަންމަ ކިޔާ ވަރުން ބޭރަށް ނުކުތް ދުވަހެކެވެ. އަބަދު ގޭގައި ހުންނާތީ މަންމަ ވަރަށް އެއްޗިހި ކިޔައެވެ. އެއީ އަހަރެންގެ އާދައެވެ. ބޭރަށް ނުކުންނާނީ މަންމަ ކިޔާވަރުންނެވެ. ބޭރަށް ނުކުމެ މީހުންނާއި އެކު އުޅެން އަހަރެން ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް އަހަރެން ކުރާނީ ކީއްހެއްޔެވެ؟ ބޭރަށް ނުކުމެއްޖެ ނަމަ ހަސަނުގެ އުނދަގުލުން ސަލާމަތެއް ނުވެވޭނެ އެވެ. އަހަރެން ގޭގައި ހުންނާތީ ހިތްހަމަ ނުޖެހިގެން މަންމަ ވާހަކަ ދެއްކުމުން އަހަރެން ބޭރަށް ނުކުމެގެން ގޮސް ވަންނަން މި ޖެހެނީ ނުރައްކަލެއްގެ ތެރެއަށް ކަން މަންމަ އަށް އަހަރެން އަންގާނީ ކިހިނަކުން ހެއްޔެވެ.

މަންމަގެ އެދުމަށް ދެކޮޅު ނުހެދުމަށް އަހަރެން ގެއިން ނުކުތީމެވެ. މަޑު ހިނގުމުގައި ގޮސް ރަށުގެ އިރުވައިފަރާތު އަތިރި މަތީގައި މަޑު ކޮށްލީމެވެ. އާދައިގެ މަތިން ރަށް ވަރަށް ހަމަހިމޭނެވެ. މީހެއްގެ ހިލަމެއްވެސް ނުވެއެވެ. މިއީ އާދައެވެ. ރަށަކީ މީހުންމަދު ރަށަކަށް ވެފައި ވިއްސާރަވެސް ދުވަހެއްކަމުން މީހަކު ހަމަ ފެނިނުލަނީ އެވެ.

މޫދަށް ފައި ތިރި ކޮށްގެން ފުންވިސްނުމެއްގައި އިން އަހަރެން ސިހުނީ އަހަރެނގެ އަތުގައި މީހަކު ފިރުމާ ލުމުންނެވެ. އަހަރެން ސިހިފައި ބަލާލީމެވެ. އަހަރެންގެ މޭގަނޑު އަންގަޔަށް ނައީ ކިރިޔާއެވެ. ކައިރީގައި އެހުރީ ހަސަނެވެ. އަހަރެން ވަށައިގެން ހޯދާލީމެވެ. ސަލާމަތް ވެވޭނެ މަގެއް ފެނޭތޯއެވެ. ނަމަވެސް މަގުމަތިން މީހެއްގެ ހިލަމެއް ވެސް ނުވެއެވެ. ހަސަނު އަހަރެންގެ އަތުގައި ހިފާ ކޮޅަށް ނެގި އެވެ. އަތުގައި ހިފުމުން އަހަރެން ކިތަންމެ ރުޅި އައި ކަމުގައި ވީނަމަވެސް ގަދަ ހެދޭކަށް ނެތެވެ. ހަސަނު އެޔަށްވުރެ މާ ބާރުގަދަ އެވެ.

އަދިވެސް ހަސަނު އަހަރެން އަތުން ދޫކުރާކަށްނޫޅެއެވެ. އަހަރެން ގަދަ ހަދަން ފެށުމުން ނަސީބަކުން އޭނާ އަހަރެންގެ އަތުން ދޫކޮށްލުމާއި އެކު އަހަރެން ކުރިއަށް ދާން ހިނގައި ގަތީމެވެ. ކުރިއަށް އެންމެ ފިޔަވަޅެއް ނޭޅިގެން އުޅެނިކޮށް އަހަރެންގެ ފައި ގައި ފައި އަޅުވާލުމްށް ފަހު އޭނާ އަހަރެން ވައްޓާލިއެވެ. އަހަރެންގެ ހިތް އޭރުވެސް ބާރަށް ތެޅެމުން ދިޔައެވެ.

އެވަރުގެ ރަހުމުކުޑަ އިންސާނެއް އަހަރެންގެ ލޮލަށް ފެނުނު މިއީ ފުރަތަމަ ފަހަރެވެ. އޭނާ އަހަރެންގެ ފަރާތުން ބޭނުންވަނީ ކޮންކަމެއްބާއޭ އަހަރެންގެ ހިތަށްނާރާ ފަހަރެއް ނާދެއެވެ. އަހަރެން އޭނާ އަށް ކުރީ ކޮން އުނދަގުލެއް ހެއްޔެވެ. އަހަރެންގެ އުމުރުން މިވީ ބާރަ އަހަރު ދުވަހުގެ ތެރޭގައި އަހަރެންގެ ދިރިއުޅުން މުޅިން ބަރުބާދު ވެއްޖެއެވެ. ރަށުގައި އެހެން އަންހެން ކުދިން ވެސް އުޅެއެވެ. އަހަންނަށް ވުރެ އެކުދިން ރީތިވެސް ވާނެއެވެ. އަހަރެންނާއި އެގޮތަށް ހަސަނު ބެހުމުގެ ސަބަބެއް އަހަރެންގެ ސިކުނޑި އަކަށް ނުވިސްނުނެވެ.

އަހަރެން ބިންމައްޗަށް ވެއްޓުމާއި އެކު ތެދުވީމެވެ. ނަމަވެސް ހިނގައެއް ނުގަނެވުނެވެ. ބޮފަޅައިގެންގޮސް ބޮލުން ލޭއަންނަން ފެށުމުންނެވެ. އެވަރުން ވެސް އޭނަގެ ހިތަށް ރަހުމުގެ ކަންފުޅެއްވެސް ނާރައެވެ. ކުރިއަށްވުރެ ބޮޑަށް އަހަންނާ ކައިރި ވާން ފެށިއެވެ. ފަހަތަށް ދަމުން ގޮސް އަހަރެން ގޮސް ޖެހުނީ އަތިރިމަތީގައި ހުރި ދިއްގާ ގަހުގައެވެ. އަހަރެންގެ މުނާ މޫނުޖެހޭހައި ކައިރި ވުމަށްފަހު އާދައިގެ މަތިން އެނާދޭ އިންޒާރު ދިނުމަށްފަހު އަހަރެންގެ އަމިއްލަ ހާލަށް ދޫކޮށްލާފައި އޭނާ ހިނގައްޖެއެވެ. އަހަރެން ގެއާދިމާލަށް ދާން މިސްރާބު ޖެހީމެވެ. ނަމަ ވެސް ބޮލަށް ލިބިފައި ހުރި ޒަޚަމްގެ ސަބަބުން އަހަރެން އަނބުރައި ގަނެގެން ވެއްޓުނެވެ. ދެން ވީ ކިހިނެއް ކަމެއް އަހަންނަކަށް ނޭނގެއެވެ.

ހޭވެރިކަން ވީއިރު އޮވެވުނީ ހޮސްޕިޓަލްގައެވެ. ކައިރީގައި މަންމަ އިނެވެ. އަހަރެން ހޮސްޕިޓަލަށް އަންނަން ޖެހުނު ސަބަބު ރޭކާލީ އިރުކޮޅެއް ފަހުންނެވެ. ކަންތައްވީގޮތް ހަނދާންވުމުން ބިރުގަތް ނަމަވެސް އެސިކުންތުގައި އަހަރެން ހަމަޖެހިލީމެވެ. ކަންތައް ވީގޮތް މަންމަ އަށް އެނގިދާނެތީއެވެ.

ބޯފަޅައިގެން ދިޔައީ ކީއްވެތޯ ސުވާލު ކުރުމުން އަހަރެން ދޮގެއް ހަދާލުމަށްފަހު ހަމަޖައްސާލީމެވެ. ވެއްޓި ގާގަނޑެއްގައި ބޯޖެހި ފަޅައިގެން ދިޔައީ ކަމަށް އަހަރެން ބުނީމެވެ.

މިހުރިހާ ވާހަކައެއް މަންމަ އަށް ކިޔައިދެން އަހަރެން ވަރަށް ބޭނުމެވެ. މީހެއްގެ އެހިތެރިކަން މިވަގުތު އަހަންނަށް މުހިންމުވީމައެވެ. ނަމަވެސް ކުރަނީ ކީއް ހެއްޔެވެ. މިވާހަކަތައް މީހަކަާ ހިއްސާ ކުރެވޭކަށް އަހަންނަކަށް ނެތެވެ. އެކަނިވާ ކޮންމެފަހަރަކު ރޮވެއެވެ. އަހަރެންގެ ބަދުނަސީބު ހިތަށް އެރުމުންނެވެ. އަހަރެންގެ ކުށަކީ ކޮބައިކަން އިނގެން އަހަރެން ވަރަށްވެސް ބޭނުމެވެ. ނަމަވެސް ތަގުދީރުގައި ރޭވިފައިވަނީ ކޮންގޮތެއްކަން އިނގޭނީ ކާކަށް ހެއްޔެވެ.

  • * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
  • މިހިސާބަށް އެޑައިރީ ކިޔާލެވުމާއި އެކު އެކުއްޖާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. އެކުއްޖާގެ މަންމަ ތަހަންމަލު ކުރި ވޭނާ ކެކުޅުން ހިތައް އެރުމުން އިންތިހާއަށް ދެރަވެއްޖެއެވެ. އެމަންމަ މި ދުނިޔެއާ ވަކިވި ސަބަބު އޮޅުން ފިލުވުމަށް ކުރިއަށް ވުރެ ބޮޑު ޝައުގުވެރިކަމެއް އެކުއްޖާގެ ހިތުގައި އުފެދިއްޖެ އެވެ. ކުރިއަށް އޮތްބައި ކިޔަންފެށީ ހުރިހާ ހަގީގަތެއް އިނގޭނެކަމުގެ އުންމީދުގައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sham

Level 1

I'm Sham writing is my Hobby

Other Articles

Previous

ގެއްލިދިޔަ ހަޔާތް….. 6

Next

ގެއްލިދިޔަ ހަޔާތް…..7

Next
December 15, 2017

ގެއްލިދިޔަ ހަޔާތް…..7

Previews
December 15, 2017

ގެއްލިދިޔަ ހަޔާތް….. 6

8 Comments!

  1. unaal says:
    December 15, 2017 at 6:28 pm

    mi part vc vrh reethi..ekm thankolheh kuru

  2. Leo3910 says:
    December 15, 2017 at 9:01 pm

    Varah reethi.but hadha kurey.dhen faharakun thankolheh dhigu kohlaane kamah ummeedhu kuran.

    1. Munavvaru says:
      December 17, 2017 at 4:33 pm

      ???
      Mi vaahaka varah salhi
      Waiting for next part..♥
      Ekam kurukamun kiyan vvv undhagoo, i hope dhen anna part miahvure dhigu vaanekamah and keep it up baby?❤

    2. Munavvaru says:
      December 17, 2017 at 4:33 pm

      ???
      Mi vaahaka varah salhi
      Waiting for next part..♥
      Ekam kurukamun kiyan vvv undhagoo, i hope dhen anna part miahvure dhigu vaanekamah and keep it up baby. Lauyousomuch…?❤

    3. Faatte fato says:
      December 17, 2017 at 4:38 pm

      Waaau, speechless?❤cant wait 4 next part☺

  3. Rsh says:
    December 16, 2017 at 5:38 pm

    V kuru but nice

  4. Fenupari says:
    December 17, 2017 at 3:43 pm

    V salhi.but kiyan undhagoo gotheh hurey ehbaheh ga space hunnaathi.mishaalakah aharen kiyaa iru liyefa innanee aha ren.ekanthah rangalhu kohleema v salhi vaane.

  5. Hoi hoi☆ says:
    December 18, 2017 at 6:05 pm

    Mibaivx v. Salhi.. proud of u.. keep it up!♥♥♥

Comments are closed.

Next Episodeވޭންތަކުން ދިން ހިތި މާޒީ… (3 ވަނަ ބައި)←


All Right Reserved!