ހިތްގައިމު ދުވަހެއްގެ ހެނދުނަކަށް އަލި އުޑުމަތިން ފާޅުވެލިއެވެ. ސަނާ ތައްޔާރުވަމުންދިޔައީ ސުކޫލަށް ދިއުމަށެވެ. އޭނާ ސުކޫލަށް ދާކަށް މަންމައަކަށް ގޮވާކަން ނުޖެހޭނެއެވެ. ގަޑިއަށް އެހާ ފަރުވާތެރިވާނެއެވެ. ސުކޫލަށް ދާނީ ދާހިތުންނެވެ. އުފަލުން ހުރެއެވެ. މިއަދަކީ ސަނާގެ ހަޔާތުގައި ވަރަށް ޚާއްޞަ ދުވަހެކެވެ. މިއީ އޭނާގެ އުފަންދުވަހެވެ. ގަޑިން ނުވައެއް ޖެހީ ސަނާ މަގުމަތީ ހިގަން ހުއްޓައެވެ. ބާރު ދުވެލީގައި ބޮޑު ދޮރުން އޭނާ އެތެރެވި އެވެ. ލަސް ފިޔަވަޅުގައި ގޮސް ކިލާހަށް ވަނެވެ. ލިބުނީ ސިހުމެކެވެ. އޭނާގެ […]
Warning: Contains explicit references to domestic violence and abusive language ޓިޝޫ ތެންމާލައިފައި ނައުރީންގެ ލޯ ކައިރި ފުހެދެމުން ދިޔައިރު ލީވާންގެ މޫނުމަތީގައި ރަސްކަން ކުރަމުން ދިޔައީ އިންތިހާ ދަރަޖައިގެ ހާސްކަމެވެ. ނައުރީންގެ ލޮލުން ކަރުނަ އަންނަމުން ދިޔައީ ޗިލީ އޮއިލް އެޅިފަވުމުން ދިލަނަގާތީއެވެ. ލީވާން މަޑުމަޑުން އެ ލޮލަށް ފުމެމުން ކަރުނަ ފުހެދެމުން ދިޔައީ ފަރުވާތެރިކަމާއެކުގައެވެ. އެހާ ގާތުގައި ލީވާން ހުރުމުން ނައުރީނަށް ތަފާތު ގޮތެއް ވިއެވެ. ލީވާންގެ އަސަރު ގަދަ ލޮލަށް […]
ގޭތެރޭގެ މަސްރަހު މިހާރު ވަނީ މުޅިން ބަދަލުވެފައެވެ. މަންމަގެ ލޮލުގައި އައިލީންއަކީ ރަށުގެ އެންމެ އަހުލާގު ރަނގަޅު، ބަސްއަހާ ކުއްޖާއެވެ. “އައިލީން، ދަރިފުޅު ތިޔައީ މަގޭ ފަހުރަކީ. އައިރީންއަށްވުރެ ދަރިފުޅު މާ ވިސްނޭ،” މަންމަ ބުންޏެވެ. އައިލީން މައުސޫމް ގޮތަކަށް ހީލާފައި، އައިރީންއާ ދިމާލަށް ބަލާލީ މަލާމާތުގެ ނަޒަރަކުންނެވެ. އައިރީން ކޮޓަރީގައި އިނދެ ރޮނީއެވެ. އޭނާ ބޭނުންވީ ނީމްއަށް ވީގޮތް ބަލާށެވެ. އެރޭ ގޮނޑުދޮށުގައި ހިނގި ހާދިސާއަށްފަހު، ނީމްގެ ހަބަރެއް ނުވެއެވެ. ނަމަވެސް އައިލީން ވަނީ އައިރީން […]
ނިސްރީންގެ ވާހަކައިން ޔީޝާގެ ދެލޯ ބޮޑުވިއެވެ. ނިސްރީންއަށް އެކަން އެނގުނީ ކިހިނެތް ހެއްޔެވެ؟ ގައިމުވެސް އެވާހަކަ އެއްވެސް ޙަބަރަކު އަދި ނެތެވެ. “އަނެއްކާ…؟ ރީން…؟” ހިތާހިތުން ޔީޝާއަށް ސުވާލު ކޮއްލެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެހެން ހިތަށް އެރުމުން ބޯހޫރުވާލެވުނެވެ. ނިސްރީން އެހެނެއް ނަހަދާނެއެވެ. ނޫނީ ހަދައިދާނެ ބާއެވެ؟ މިހާރު ދެން އިތުބާރު ކުރަންވީ ކާކަށް ކަމެއް ޔީޝާއަކަށް ނޭނގުނެވެ. އެކަން އެނގުނު ގޮތް އަހަން އުޅިފައިވެސް ޔީޝާ ޙިޔާލު ބަދަލު ކޮއްލިއެވެ. މިވަގުތު ނިސްރީންއާއި މައްސަލަ ޖެހިއްޖެ […]
* އެ ތިންމީހުން އެތެރެއަށް ވަދެގެން ދިޔައިރު ވެސް މިޝަލްއަށް ރޭކާނުއްޔެވެ. އެންމެފަހުން ހޭވެރިކަމެއްވީ އަނދިރިވެގެން ގޮސް ކައިރީ ހުރި ހުދު ލައިޓް ދިއްލުނުތަނާއެވެ. ދެޖީބަށް އަތް ޖަހާލަމުން މިޝަލް އަނބުރާ ގެސްޓް ހައުސްއާއި ދިމާލަށް ހިނގައިގަތެވެ. މިއޮއް އަނދިރީގައި އޭނާއަށް ދާންވީ ދިމާ އެނގިއްޖެއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ. * ހަފްތާއެއް ފަހެވެ. އަވިގަދަ އަންގާރަ ދުވަހެކެވެ. ކްލާސްތައް ނިމިގެން މިއަލް ނިކުތީ ހިތްހަމަޖެހިފައި ހުރެއެވެ. ކިޔެވުން ރަސްމީކޮށް ފަށާ ފުރަތަމަ ދުވަހުން ފެށިގެން މިއަދާއި […]
އިރުކޮޅަކުން އޭނާ ސިފަ ބަދަލުވިއެވެ. “ތީ ކާކު؟” ވަރަށް ބިރުން ހުރެ އަހަރެން ސުވާލުކޮށްލީމެވެ. އަހަރެންގެ އަޑުގައި ކުޑަނަމަވެސް ތުރުތުރެއްވެއެވެ. “އަހަރެންނަކީ ކަލޭގެ ދޮންތަ ރިޒުއާނާ. ފުދިއްޖެތަ؟” ބޮލުގައި ދެ ދަޅު ފަޅާފައިހުރި ރިޒުއާނާ ބުންޏެވެ. “ކޮބާ ފޮތުގެ ވާނުވާ އެނގިއްޖެތަ؟” ޒީލަގަދަ އަޑަކުން އޭނާ ބުންޏެވެ. “ކީއްވެ ދޮންތަ ތި ސިފައިގައި ތިހުރީ؟” ދޮންތަ ކުރި ސުވާލަށް ޖަވާބުނުދީ އަހަރެންވެސް ކޮށްލީ ސުވާލެކެވެ. ” މަ މިހެންވާން ޖެހުނީ ހަމަ ކަލޭގެ ސަބަބުން! ހަހަހަހަހަހަހަ.” ނުލަފާ […]
“އޯ ގޯޑް. ޕިސް އެހެނެއް ނޫނޭ މި ބުނީ.. ބްރައިޑް ޓު ބީ.. ގްރޫމް ޓު ބީ” އިޝްވާ އެއްފަހަރު ރިއާންއަށް އަނެއްފަހަރު ޒީވާއަށް އިޝާރާތްކުރަމުން ބުންޏެވެ. އެއާއެކު ޒީވާއާއި ރިއާންއަށް ސިހިފައި އެކަކުއަނެކަކަށް ބަލައިލެވުނެވެ. އެދެމީހުންކުރެ އެކަކަށްވެސް އެވާހަކަ ގަބޫލެއް ނުކުރެވުނެވެ. ޖަވާބު ހޯދުމަށްޓަކައި ދެން ޒީވާ ބަލައިލީ ޝައިނާގެ މޫނަށެވެ. ޝައިނާގެ މޫނުގައިވަނި ކަންބޮޑުވުން ފެނި ޒީވާއަށް އެ ކުރަނީ ސަމާސާއެއް ނޫންކަން އެނގުނެވެ. “ނޯ.. ނޯ އިޝީ.. ނޯ ދޮންބޭ ޕްލީޒް. ބުނޭ ތިއީ ސަމާސާއެކޭ” ޒީވާ ލައިގެންހުރި […]
ދުވަސްތައް އޭގެ އެންމެ ހަލުވި މިނުގައި ފާއިތުވަމުން ގޮސް އެއްހަފްތާ ފާއިތު ވެއްޖެއެވެ. ނިޝްވާއާއި އަކްޔަލްގެ ގުޅުން ވަރުގަދަ ވަމުން ދިޔަ ނަމަވެސް އެގުޅުމަށް ވިހަލުމަށް ކުރެވިދާނެ ހުރިހާ ކަމެއް ކުރެވޭތޯ އުޔައިނާ މަސައްކަތް ކުރަމުން ދިޔައެވެ. ރައިޒެކްއާއި އެލީކާގެ ލޯބީގެ ގަހުގައިވެސް ތަފާތު އެކި ކުލަކުލައިގެ މާތަށް ފޮޅެމުން ދިޔައެވެ. އެލްވީންއާއި އާއިލްގެ ގުޅުން ހީނަރުވެފައިވީ އިރު އެދޭތެރެއަށް ދާލިޔާ ވެއްދުމަށް ކުރެވުނު ހުރިހާ ކަމެއް ކުރެވޭތޯ އައްޒަ މަސައްކަތް ކުރަމުން ދިޔައެވެ. ޔަމްނަތުގެ ވޭދަނައަށް […]
Warning: Contains explicit references to domestic violence and abusive language “ނޯވޭ! އިމްޕޮސިބަލް.” ސުމައްޔާ އަށް ޤަބޫލެއް ނުކުރެވުނެވެ. ދެފައިލް އެއްކޮށް ހުޅުވާލައިފައި އޭނާ އަނެއްކާވެސް ފުން ނަޒަރެއް ދިނެވެ. އެއާއެކު އޭނާގެ ހީ ޔަޤީނަށް ބަދަލުވެގެން ދިޔައެވެ. އެ ފޮޓޯތައް އަޅާ ކިޔަމުން ދިޔަ ވަރަކަށް އެ ބައެއްގެ އިންސާނިއްޔަތުކަން ނެތް މިންވަރު ފެނި އެ ދެލޮލުން ކަރުނަ ހިލުނެވެ. “ދެޓް *** ބްލޫ ވޯޓާސް. އައިމް ގޮނަ އެކްސްޕޯޒް ޔޫ” ސުމައްޔާ […]