Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މަޢާފްއަށް އެދެމޭ

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
August 27, 2025 3 Mins Read
1 Comment

ޒަޔާ އަށް ހޭލެވުނީ އިވުނުބާރު އަޑުފައްގަނޑެއްގެ ސަބަބަބުނެނެވެ. ބޭއިހްތިޔާރުގައި ފުންމައިގެން ތެދުވެވުމުން އެއީ ބޭރުން އެއްޗެއް ވެއްޓި ހަލާކުވި އަޑުކަން އެނގެނުވެ. ޒަޔާ އަށް ބަލާލެވުނީ އޭނާގެ ކައިރީގައި ނިދާފައި އޮތް ދަރިފުޅާއި ދިމާއަށެވެ. ދަރިފުޅު ފެންނާކަށް ނެތެވެ. ޒަޔާގެ މެޔަށް ފިނިވެލިއެވެ. އޭނާ އަވަސްއަވަހަށް އެދުން ފައިބައިގެން އެތަންމިތަން ބަލަން ފެށިއެވެ.

“ނޫ..؟” ޒަޔާ ގޮވާލިއެވެ. 6 މަސް ފުރިފައި ވުމުން ދަރިފުޅު އެއްތާކު މަޑުންނެއް ނުހުރެއެވެ. އަބަދުވެސް ފިރުކިލާފައި ކޮންމެސްތާކަށް ވަދެ ފިލާނެއެވެ. ޒަޔާ އަށް ފެނުނީ ގޭގެ ދެވަނަ ކޮޓަރި ހުޅުވާފައި ހުރިތަނެވެ. އަވަސް ފިޔަވަޅުތަކެއްގައި ގޮސް އޭނާ ކޮޓަރި ދޮރުމަތީ ހުއްޓިލިއެވެ. އޭރު އަލަމާރި އޮތީ ވެއްޓިފައެވެ. އެހެން ކަމުން އޭނާ ކުޑަކޮށް ހައިރާން ވިއެވެ. އިރުކޮޅަކުން އޭނާގެ ފައިގައި ފިނިއެއްޗެއް ޖެހުނެވެ. ތެޅިތެޅި އޮތް ހިތަކާއި އެކު އޭނާ ތިރިބަލާލިއެވެ. އެއީ ލެޔެވެ. އަލަމާރިދަށުން ކޯރެއްހެން ހެދިފައި އެއޮތި ލެޔެވެ. ޒަޔާ އަށް އަޑުން އަޑުނަގައި ރޮއި ގަނެވުނެވެ. ދުވެފައި ގޮސް އަލަމާރި ނެގޭތޮ އުޅުނެވެ. އަލަމާރި ދަށުވެފައި މިއޮތީ އޭނާގެ ފުރާނަފަދަަ ލޯބިވާ ދަރިފުޅެވެ. ދަރިފުޅަށް ގޮވަމުން ގިސްލަ ގިސްލާފައި އޭނާ އުޅުނީ އަލަމާރި ނެގޭތޯއެވެ. ނަމަވެސް އޭނާ ކުރަމުން ދިޔަ މަސަށްކަތް ދިޔައީ ބޭކާރު ވަމުންނެވެ.

ޒަޔާގެ ރުއިމުގެ އަޑަށް އެގޭދޮށަށް މީހުން އެއްވާން ފެށިއެވެ. އެއްބަޔަކު ބިރުން އަވަހަށް އެތަނުން ނިކުމެގެން ދެއެވެ. އަނެބަޔަކު ޒަޔާ ހަމައަކަށް އެޅުވޭތޯ އުޅުނެވެ. މާގިނައިރުތަކެއް ނުވެ އެންބިއުލައިސްއާއި ޕޮލިސް އައެވެ. ޕޮލިސް އައިސް ޒަޔާ އެތަުން ދުރުކޮށް، ވަށާ ޓޭޕް ދެމިއެވެ. ޒަޔާގެ ދަރިފުޅު ނުހާގެ ހަށިގަނޑު ނެރެވުނީ ހުދުފޮތިގަނޑު އަޅައި ނިވާކޮށްގެެވެ.

އޭގެ އަނެއް ދުވަހު ނުހާގެ ކަށުކަމީގެ ކަންތަށް ނިންމާފައި ޒަޔާ ގެޔަށް އައީ އޭނާގެ ފިރިމީހާ ނާއިފް އާއި އެކީއެވެ. އޭރުވެސް ޒާޔާ ހީވަނި މަރުމައްޔިތެއް ހެންނެވެ. އޭނާގެ ދެލޯ ވަނީ ރަތްވެ ދުޅަވެފައެވެ. އޭނާގެ ހުރި ހަމައެކަނި ދަރިފުޅު އެހާ އިހާނެތިކޮށް، އެހާ އަވަހަށް އޭނާ އާއި ވަކިވެ ދިޔައީ އެވެ. ލޯބިވާ އެދަރިފުޅުގެ މަރު ޒަޔާ ގަބޫލު ކުރާކަށް ބޭނުމެއް ނޫނެވެ. ދެމަފިރިންގެ މެދުގަވެސް ވަނީ ހމަހިމޭންކަމުގެ ސާލެއް އޮޅާލެވިފަ އެވެ.

ޒާޔާ ކޮޓަރިއަށް ވަނި އަރާމު ކޮށްލުމަށެވެ. އިއްޔެއިއްސުރެ ފެށިގެން އޭނާ އެއުޅެނީ ލޮލު ފިޔަ ޖަހާނުލައެެވެ. ބަލާލި ކޮންމެ ދިމާއަކުން ވެސް ފެންނީ އެދަރިފުޅުގެ އެއްޗިއްސެވެ. އެދަރިފުޅާއި އެކު ހޭދަކުރި އުފާވެރި މަންޒަރުތަކެވެ. ޒަޔާގެ ލޯތެންމާލިއެވެ. އަނެއްކާވެސް ރޮވެން ފެށުނެވެ. އެނދުގައި އިށީނެދެ މޫނުމަތީ އަތް އަޅައިގެން ހުރެ އޭނާ ރޮމުން ގެންދިޔައެވެ. ނުހާ އަކީ ޒަޔާގެ އެތަކެއް އިންތިޒާރެއްގެ ފޮނިމޭވާ އެކެވެ. ނަމަވެސް ދުވަސްކޮޅެއްތެރޭ އެކުއްޖާ އެވަނީ އޭނާ އާއި ވަކިވެ ގޮށްސައެވެ. މިއީ ދުނިޔެވެ. މިކަހަލަ އެތަށްކަމަކާއި ކުރިމަތިލާން ޖެހޭނެއެވެ. އަހަރެމެންނަށް ކުރެވޭނެ ކަމަކީ ހެއްދެވިފަރާތަށް ދުޢާ ދަންނަވައި ކެއްތެރި ވުމެެވެ.

ދުވަސްތަށް ހަލުވިކަމާއި އެކީ ދައުރުވަމުން ގޮސް ނުހާގެ މަރަަށް ހަފްތާއެއް ވެގޮށްސިއެވެ. ޒަޔާގެ ހިތަތް ކުޑަވެސް ލުޔެއް ނުލިބެއެވެ. ކޮންމެ ދުވަހަކވެސް ޒަޔާ، ދަރިފުޅުމަތިން ހަދާންކޮށް އިންނަީ ގަބުވެފައެވެ. އެ ދެލޮލުން ކަރުނަ ނުހިކޭ އެއްމެވަގުތު ކޮޅެއްވެސް ނުދާނެއެވެ. ނަމަވެސް ޒަޔާގެ ފިރިމީހާ އެއީ އޭގެ އިނދިކޮޅެވެ.  އެކަމާއި އެނާ އެއްގޮތަކަށްވެސް ހިތާމަ ކުރާހެނެއް ހިޔެއް ނުވެއެވެ.

އެހެންނުވާންވީ ކީއްވެހެއްޔެވެ؟ ނާއިފް އާއި ޒަޔާ ދަރިއެއް ހޯދީ ޒަޔާ ކިޔާ ވަރުންނެވެ. އިދެގެން އުޅޭތާ 2 އަހަރު ފާއިތުވެ ދިޔައިރުވެސް ދަރިއެއް ހޯދަން ނޫޅުމުން އޭނާގެ މައިންބަފައިން ކިޔާތީވެސް އާއި އެކުއެވެ. ނާއިފް ބޭނުންވީ ފުރަތަމަ ފިރިހެން ކުއްޖެކެވެ. ނަމަވެސް ކަންދިމާކުރިގޮތުން ދެމަފިރިންނަށް ލިބުނީ ލޯބި ލޯބި އަންހެން ކުއްޖެކެވެ. އެކަމާއި ހެދި ނާއިފް އެކުއްޖާ ދެކެ ނުލާހިކު ރުޅި އާދެއެވެ. އެކުއްޖާ ފިޔަވައްޗަށް ލާންވެސް ބުންޔެވެ. އެކަމކު ފަޒީލާ ބޭނުމެއް ނުވިއެވެ. އޭނާ ދެކޭ ގޮތުގައި ގިނަދުވަސް ވުމުން ނާއިފްގެ ހިތުގައި އެކުއްޖާ އާއި މެދު ލޯބި އުފެދޭނެއެވެ. ނަމަވެސް އިލްހާން އެކުއްޖާ އުރައިވެސް ނުލައެވެ. ކުޑަމިނުން އެކުއްޖާއަށް އެއްޗެއް ގަނެވެސް ނުދެއެވެ.

އާދައިގެ ދުވަހެކެވެ. ޒަޔާ އޮތީ އެނދުމަތީ އޮށޯވެލައިގެންނެވެ. ވިސްނާށެވެ. ނުހާ އަކީ އެނާ ނުލާހިކު ބޭނުން ވެގެންހޯދި ކުއްޖެެކެވެ. ނުހާ ވަނީ އޭނާގެ އަނދިރި ހަޔާތް އަލިކޮށްދީފަ އެވެ. ގޭތެރޭގެ ދިރުންކަމުގައި އެތުއްތު ތުއްތު ފުރާނަވަނީ ވެފައެވެ. ނަމަވެސް އެކުއްޖާ އެދިޔައީ ޒަޔާގެ ހަށިގަނޑުންވެސް އެއްބައި ހިފައިގެނެވެ. ޒަޔާ ސިހުނީ ނާއިފް އައިސް އޭނާގެ މަގަތުގައި އިށީނުމުންނެވެ.

“ދެން ތިހާވަރަށް ހިތާމަ ނުކޮށްބަލަ ދޯ.. އަދި އަހަރެމެންނަށް އެހެން ބޭބީއެއްވެސް ހޯދިދާނުދޯ..” ނާއިފް ޒަޔާގެ އަތުގައި ހިފާއްޓާއިގެން ހުރެ ބުނެލިއެވެ. ޒަޔާވެސް މަޑުމަޑުން ބޯޖަހާލީއެވެ.

“ދޭބަ ކާންހަދަން.. ވަރަށް ބަނޑުހައި..” ނާއިފް އެހެން ބުނެ ގޮސް ޑްރެސިންގެ ޓޭބަލް ކުރިމަތީ ހުއްޓިލިއެވެ.  ޒަޔާވެސް ފިރިމީހާގެ ބަހަށް، އެނދުން ތެދުވެ ގޮސް ބަދިގެޔަށް ވަނެވެ. ކާން ހަދާފައި އޭނާ ދިޔައީ ނާއިފް އަށް ގޮވާށެވެ. ނަމަވެސް ކޮޓަރި ދޮރާއި ހަމައަށް އެރިތަނާހެން ޒަޔާގެ ފިޔަވަޅުތަށް މަޑުޖެހިލިއެވެ. އެތެރެއިން ނާއިފް ދައްކަމުން ދިޔަ ވާހަކަ ކިތައްމެހާވެސް ރީއްޗަށް އެބައިވެއެެވެ.

“ކަލޭ އަޑުއަހާބެ.. މަށަށް ހިވަނީ އޭނަ މަށަށް އެބަ ޝައްކު ކުރޭހެން.. ދެން މަ ކީއްކުރާނީ އޭނާ މަކާރީ އަހާފިއްޔާ..؟” ނާއިފްގެ އަޑުގައިވީ ނުތަނަވަސް ކަމެވެ. ޒަޔާ އަވަހަށް އޭނަގެ ފޯނު ރިކޯޑިން އަށް ލިޔެވެ.

“އާން މަށޭ އެކުއްޖާ ގޮވައިގެން ގޮސް އެކޮޓަރީ ބެއިންދީ.. ހަމަސް ވެފަ ހުރީމަ ގަބޫލު ކުރެވޭނެދޯ އަމިއްލައަކަށް ފިރުކިފަގޮސް އެކޮޓަރިއަށް ވަދެވޭނެކަން.. ދެން އަނެއްކޮޅުން އެކޮޓަރީގަ ހުރި އަލަމާރިއަކީ ތަންކޮޅެއް ގިނަ ދުވަސްވެފަ ހުރިއެއްޗެއް، ހަމަ ވެއްޓިދާނު.. އާން މަށޭ އެއަލަމާރި ވައްޓާލީ..” ޒަޔާ އަށް ހުރެވުނީ އިވުނު ވާހަކަތަށް ގަބޫކުރަން ދަތިވެފައެވެ. ނާއިފް ފޯނު ބޭއްވީހެން ހީވުމުން ޒަޔާ އަމިއްލަ މީހާ ހަމައަކަށް އަޅުވާފައި ކޮޓަރިއަށް ވަނެވެ.

ކާން އިނީރުވެސް ޒަޔާ އަށް ވިސްނެމުން ދިޔެއީ ނާއިފް ދެއްކިވާހަކަތަކާއި މެދުއެވެ. ނާއިފް އެކަހަލަ ކަމެއް ކުރާނެ ކަމކަށް އޭނާ އެއްގޮތަކަށްވެސް ހިތަކަށް ނާރަމެެވެ. މިއީ އަޅެފަހެ އިންސާނެއް ބާއެވެ. އެހާ ކުޑަކުޑަ ފުރާނައަކަށް ގެއްލުމެއް ދޭކަށް ބިރެއްވެސް ނުގަނެއެވެ. އަދިކިޔެއްތޯއެވެ. އެއީ އަމިއްލަ ދަރިފުޅެެވެ. ޒަޔާގެ ލޯ ކަރުނުން ފުރުނެވެ. ޒަޔާ އޭނާގެ ދަރިފުޅަށް އިންސާފް ހޯދަދޭނެއެވެ.

ހަވީރު ފަޒީލާ މާރީތިވެލައިގެން ހުރުމުން ނާއިފް އަހާލިއެވެ.

“ކޮންތާކަށް ތިދަނީ..؟” ޒަޔާ ދިޔައީ ސިއްސައިގެެނެވެ. މަންމަމެން ގެޔަށޭ ކިޔައި އޭނާ ނިކުތެވެ. އާދައިގެ ހިގުމެއްގައި ގޮސް ޒަޔާ ވަނީ ޕޮލިސް ޓޭޝަނަށެވެ.

“ދައްތާ ކިހިނެއްވީ..؟” އެތާ އިން ކުއްޖަކަށް ޒަޔާ ފެނުމުން އަހާލިއެވެ. ޒަޔާ އެރިކޯޑިން އަޅުވާލިއެވެ.

ނާއިފް ސިއްސައިގެން ދިޔައީ ސައިރެންގެ އަޑު އިވެން ފެށީމައެވެ. ތެޅިގަނެފައި ގޮސް ކުދަދޮރުން ބޭރު ބަލާލީރު ގޭ ކުރިމަތީ ދެ ޕޮލިސްކާރު މަޑުކޮށްލައިގެން އޮތެވެ. އިރުކޮޅެއް ނުވެ ބޮޑު ދޮރުގައި ޓަކިދިން އަޑު އިވުނެވެ. ނާއިފް ހަމަޖެހިލާފައި ގޮސް ދޮރު ހުޅުވާލިއެވެ. ޕޮލިހުން ނާއިފްގެ އަތުގައި ބިޑިއަޅުވައިގެން ގެންދިޔައެވެ. އޭރު ޒަޔާވެސް ހުރީ ސްޓޭޝަނުގަ އެވެ. ހަމަ އެދުވަހު ނާއިފް އަށް ހުކުމް އިއްވުނެވެ. 25 އަހަރުގެ ޖަލު ހުކުމެވެ. ނާއިފް އަށް ދެކޮޅަށް ހެކި ދެއްކޭކަށްވެސް ނެތެވެ.

ޒަޔާ ސްޓޭޝަން އިން ނުކުތީރު ލޮލުގައި ކަރުނަ ތިކި ބަބުޅަމުން ދިޔައެވެ. އޭނާގެ ފިރިމީހާ މިހާރު އެވަނީ ޖަލުގައެވެ. ދަރިފުޅުވަނީ ދުނިޔެ ދުކޮށް ގޮސްއެވެ. ނަމަވެސް ދަރިފުޅަށް އިންސާފް ހޯދައިދެވުނީތީވެ އޭނާ ހުރީ ހިތްހަމަޖެހިފަ އެވެ.

“ދަރިފުޅާ.. މަންމަ މިއައީ ދަރިފުޅަށް އިންސަފް ހޯދައިދީފަ.. ދަރިފުޅާ.. މިމަންމަ އަށް މަޢާފްކުރޭ.. ދަރިފުޅަށް އެކަހލަ ބައްޕައެއް ހޯދައި ދެވުނީތީވެ.. މަޢާފްކޮށްދީ..” ޒަޔާގެ އަޑު ނުކުތީ ކުރެހިގެންނެވެ. އޭނާ މިހާރު އެދަނީ އާދިރިއުޅުމަކާއި ގެންނެވެ. އާހިއްވަރަކާއި އެކީއެވެ. ހަޔާތުގެ އާސޮފްހާ ތަކެއް ހުޅުވާލަމުންނެވެ.

*ނިމުނީ*

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ބަރުބާދުކޮށްލީ ކޮށްލީ ހަޔާތޭ އަނިޔާތަކެއް އޭރުދީފާ-14

Next

ހަވޭލީ – އަށާރަވަނަ ބައި

Next
August 27, 2025

ހަވޭލީ – އަށާރަވަނަ ބައި

Previews
August 26, 2025

ބަރުބާދުކޮށްލީ ކޮށްލީ ހަޔާތޭ އަނިޔާތަކެއް އޭރުދީފާ-14

One Comment

  1. Anonymous says:
    August 30, 2025 at 10:23 am

    Nice story💜

Comments are closed.



All Right Reserved!