އަހަރެންނަކީ ލިޔުންތެރިއެކެވެ. ނޫސްވެރިއެކެވެ. ދިވެހި ވާހަކަލިޔެމެވެ. ހަބަރާއި މަޢުލޫމާތު ލިބޭ ގިނަ މަޒުމޫނުތަކެއް ލިޔަމެވެ. އަދި އެތަކެތި ސައިޓްތަކުގައި ކޮންމެ ދުވަހަކު ޝާއިއު ކުރަމެވެ. އަހަންނަކީ ހިތުގެ މައްސަލައެއް ހުންނަ މީހަކީމެވެ. ދޭތެރެ ދޭތެރޭން ހޮސްޕިޓަލުގައި އެޑްމިޓް ކުރެއެވެ. އެތަށް ވަޤުތެއް އެތާ ހޭދަ ކުރަންޖެހެއެވެ. ކިޔައިދޭން މި އުޅެނީ ލިޔުންތެރިއެއްގެ ދުލުން ބޭރުވި ވާހަކަތަކެވެ. “އަހަރެން” ބޭނުންކޮށްފައި އެވަނީ އޭނައަށް ނިސްބަތްކޮށެވެ. ވާހަކަ ކިޔައިދިން މީހާގެ ނަޒަރުން ލިޔެލާނަމެވެ. މިއަދުވެސް އަހަރެން ހޮސްޕިޓަލަށް ގެންދެވުނީ މެއަށް […]
އަހަރެން އިނީ މުސައްލަ މަތީގައެވެ. ދެއަތް އުފުލާލައިގެން الله ގެ ހަޟްރަތަށް ދުޢާ ދެންނެވުމުގައެވެ. އޭރު އަހަރެންގެ ލޮލުން އޮހެމުންދިޔަ ކަރުނަ ކޯތާފަތް ފަހަނައަޅާގޮސް ދަތްދޮޅީގެ ކޮޅުން ތިކިޖަހަމުން ދިޔައެވެ. ތުންފަތުގައި މަޑު ތުރުތުރުއެޅުމެއް ހުރިކަން ބަލާލި ކޮންމެ މީހަކަށް އެނގޭނެކަން ގައިމެވެ. އަހަރެންގެ ޚިޔާލުތައް ގުޅިފައިވީ ކުރީގެ ހަނދާންތަކަކާއެވެ. އޭރު އަހަންނަކީ މިޒާޖުގައި މަޑުމައިތިރިގޮތެއް ހުންނަ ބަސްމަދު ކުއްޖަކީމެވެ. ކުޑައިރުއްސުރެ މަންމައާއި ބައްޕަ ވަކިވެފައިވުމުން އަހަރެން ތަރުބިއްޔަތުކުރީ މާމައާއި ކާފަގެ ބެލުމުގެދަށުގައެވެ. އެދެމަފިރިންގެ އިތުރު ދަރިއަކުވެސް […]
އެކުވެރިން ރަޙުމަތްތެރިން، އެއީ އަހަރެން މުޅި މިދުނިޔެއިންވެސް އެންމެ ނަފްރަތުކުރާ ދެބަހަށް މިއަދު މިވަނީ ވެފައެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. އަހަންނަކީ އެކުވެރިން ހޯދުމުގައި ވަރަށް ކުރި އެރި ކުއްޖެކެވެ. އަހަރެންގެ އުމުރުން ވީހާ ދުވަހަށްވުރެ އެކުވެރިންގެ އަދަދު ގިނަވާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. އަހަރެން އަހަރެންގެ އެކުވެރިން ގެންގުޅުނީ އަހަރެންގެ ދެލޯ ފަދައިންނެވެ. އެއިން މީހަކަށް ކުޑަވެސް ގެއްލުމެއް ލިބިއްޖެނަމަ އަހަރެންގެ ހިތުގެ ހަމަޖެހުން ގެއްލިދެއެވެ. އެކުވެރިއަކު ބަލިވެއްޖެނަމަ ޑަކްޓަރަށް ދައްކަން ގެންގޮސް ހަދަމެވެ. […]
އަޅުގަނޑަކީ ގުރޭޑު 9 ގައި އުޅުނު އިރުވެސް މާ ގިނައިން ވާހަކަ ލިޔެ އުޅުނު ކުއްޖެއް ނޫނެވެ. ލިޔާ ހިތް ނުވަނީއެވެ. ކަން ފަސޭހަ ކޮށްލަން މަޒުމޫނު ލިޔަނީއެވެ. ލިޔަން އެނގޭތީކީ ނޫނެވެ. މަޢުލޫމާތު މުއްސަނދި ކުރުމުގެ ނަމުގައެވެ. ނަމަވެސް ގުރޭޑު ދިހައަކަށް އައުމާއި އެކު ވާހަކަ ލިޔަން ޖެހުނެވެ. ފަހު އަހަރު ކަމުން އެސްއެސްސީ އިމްތިހާނަށް ތައްޔާރުވުމަށް ސުކޫލުން ދަރިވަރުންގެ ފެންވަރު ބެލުމަށެވެ. ދެން ވީ ކިހިނެއްކަން އަންދާޒާ ކޮށްލާށެވެ. އަޅުގަނޑުވެސް ހީނުކުރާ ގޮތަކަށް ކަންތައް […]
އެއީ އަހަރެން ލަންކާގައި ކިޔަވަން އުޅުނު އިރެވެ. ރައްޓެއްސަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފަ އޮތީމަ އޭނައަށް ގޮވަަލަން ދިޔަ ދުވަހެކެވެ. ޗުއްޓީއެއް ވިއްޔާ ލަންކާ ހޮސްޕިޓަލްގައި އޮންނާނީ ހުސް ދިވެހިންނެވެ. އޭރު އަހަރެން ހުންނާނީ ބޯ ދިގުކޮށްލާފާ ހަމައެކަނި ތުނބުޅި މަތިމަސް ބަހައްޓާފައެވެ. ހޮސްޕިޓަލަށް ވަދެގެން ގޮސް ލިފްޓަށް އެރީމެވެ. ލިިފްޓު ލެއްޕެން އުޅެނިކޮށް ދެ މަންޖެ އެބަ އާދެއެވެ. “ސްޓޮޕް” އޭ ގޮވަމުން ދުވަމުންނެވެ. ދެން މަ އަވަހަށް ދޮރު ހޯލްޑް ކޮަށްލީމެވެ. ލިފްޓް ލެއްޕުމުން އެ […]
މިއީވެސް، ހަޤީޤީ ހާދިޘާއެކެވެ. އަޅުގަނޑަށް ނޫސްވެރި ކަމަށް، ވަދެވުނު ގޮތުގެ ވާހަކައެވެ. އެއީ 2016 ވަނަ އަހަރެވެ. “ދަރިފުޅާ، ޒިއްކޯ… ސްކޫލަށް ދާ ގަޑި ޖެހެނީ ދެންތެދުވެ” އާދުވަކަށް މަރުހަބާކީ މަންމަގެ ގޮވާލެއްވުމާއެކެވެ. އަވަހަށް ތެދުވެ ފެންވަރާ ރީތި ވެލައި، ރ. އަތޮޅު ވާދޫ ސުކޫލުގެ ޔުނީފޯމް އަޅާލީމެވެ. އަދި އާދައިގެ މަތިން ބައްޕައާއެކު ސައިކަލުގައި ސުކޫލަށް ދިޔައީމެވެ. އަޅުގަނޑަކީ ސްކޫލުގެ ޑެޕިއުޓީ ސުކޫލު ކެޕްޓަނެވެ. އަދި ބައްޕައަކީ ސްކޫލުގެ ލީޑިންޓީޗަރެކެވެ. ދެމީހުންވެސް ސުކޫލަށް ދާންޖެހެނީ އެއްގަޑިއަކުއެވެ. […]
މިއީ ރޯދަމަހެއްގައި ކުއްޖަކު އަނބުގަހަކަށް އެރުމުން ދިމާވި ޙާދިސާއެއްގެ މައްޗަށް ލިޔެފައިވާ ޙަޤީޤީ ވާހަކައެކެވެ. މިވާހަކައިގައި އުޅޭ ޝަރަފުގެ ޢުމުރަކީ އޭރު ބާރަ އަހަރެވެ.އެއްދުވަހެއްގެ ހަވީރު ޝަރަފު ފޫހިވެގެން ކުރާނެ ކަމެއް ނޭނގިގެން ގޮސް ހިތަށް އެރިއެވެ. ފޫހިފިލުވާލަން އަނބުގަހަށް އަރަން ވީ އެވެ. ޝަރަފުގެ ޢުމުރުން ބާރަ އަހަރުގައި ވެސް އުސް ތަންތަނަށާއި ގަސް ގަހަށް އަރަން ވަރަށް ފަރިތައެވެ. އަދި އެއީ ޝަރަފު ވަރަށް ކުރާ ހިތުން ކުރާ ކަމެވެ. ހަވީރު ޢަސުރު ނަމާދުކޮށްލައިގެން […]
ވައިފައި އޮންކޮށްލީމެވެ. އަދި ސޯފާގައި ހަމަޖެހިލައި ފޭސްބުކަށް ލޮގިން ވެލީމެވެ. ހަމަ އެވަގުތު އެއްއަތުން ކޮފީތަށި ނަގައި ކޯވަރެއް ބޯލައިފީމެވެ. ފޭސްބުުގެ ނިއުސްފީޑުން ފުރަތަމަ ފެނުނީ “ޖަޒީރާ ރައީސް” ޕްރައިމަރީ ކާމިޔާބު ކުރިއްޔޭ ކިޔާފައި ދަމާފައި އޮތް ހާސަރަކެވެ.. ޗޮކެއް ކަނޑާލާފައި އަނެއްކާ ސްކްރޯލުކޮށްލަން އުޅެނިކޮށް އައީ މެސެޖެކެވެ. އެއީ ވަރަށް ގާތް “ބަޑީ” އެއް ފޮނުވި މެސެޖެކެވެ. ލައްްބައެވެ. އެއީ ވިޝާމެވެ. ވިޝާމު “ހައި” ޖަހާލާފައި އޮތެވެ. އަހަރެން ރިޕްލައި ކުރީމެވެ. “ހާއި.. ބްރޯ..” ރައްދުގައި […]
ލާރާއަށް ހޭލެވުނީ ފޯނު ރަނގަބީލުވާ އަޑަށެވެ. މޯޅިއަކަށް ދެމިލުމަށް ފަހު ފޯނު ނަގާ ކަންފަތުގައި ޖައްސާލިތަނުން ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ. ލާރާ ސްކޫލަށް ނުދެވުނު ސަބަބު ހޯދަން މުދައްރިސް ގުޅުއްވުމުން ލާރާ ހައިރާން ކުރުވަނިވި ގޮތަކަށް ގަޑިއަށް ނަޒަރެއް ހިންގާލިއެވެ. އަނގަ ތަންމިނަށް ހުޅުވި ލޯ ބޮޑުވެފައި އޮތް ލާރާއަށް ގަޑި ޖެހިގެން ސްކޫލަށް ދެވުނު ފަސްވަނަ ދުވަހަށް މިދުވަސް ވާނެއެވެ. އަވަސް އަވަހަށް ތެދުވެ ދުއްވައިގަތީ ފާޙާނާއާއި ދިމާލަށެވެ. އިންޓަވަލް ފަހުން ސްކޫލަށް ދިޔުމުގެ ނިޔަތުގައި ލާރާ ތައްޔާރުވެލިއެވެ. ޓައިމް […]