Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ޤަބޫލްކުރަންދަތި ހަޤީޤަތް…؟ ދެވަނަބައި

shan Level 410 Stories100 Comments500 Comments100 Login
April 22, 2013 4 Mins Read
3 Comments

“….މާބޮޑަށޭ ތި ވިސްނަނީ.. ބަލާބަލަ މީހާއަށް ތިހިރަ އަންނަ ބަދަލުތައް.. ތިހެން އުޅެން ހަދާގެން ދޮންތަ އަހަންނާ ސުވާލްކޮށްފާނެ… އަހަންނަށް ދޮގު ހަދަން އުނދަގޫވާނެކަން ނިޝްއަށްވެސް އެނގޭނެ… ކުރިން އުޅުން ގޮތަށް ނޯމަލްކޮށް އުޅެމުން އަހަރެން ބުނިގޮތަށް ކަންތައްކޮށް ބަލަ.” ރީޝާ ހަނދާންކޮށް ދިނެވެ

“ތިހެންވެސް ހެދިދާނެ.. ހަޤީގަތް ބަދަލު ނުވާނީ..” ނިޝްވާ ވިސްނާލާފައި ބުންޏެވެ. “ހާދަ ފޫއްސެއްވެޔޭ ފެނުނަސް….ހިތަށް އަރަނީ އެކަންތައް…..” ނިޝްވާ ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލީ އިޝާން އަންނަތަން ފެނުމުންނެވެ.

އިޝާން އަކީ ނިޝްވާގެ ލޯބިވެރިޔާ އެވެ. އެދެކުދިން ލޯބީބެ ގޮތުން ގުޅިގެން އުޅޭތާން މިހާރު އެއް އަހަރަށް ވުރެން ގިނަ ދުވަސް ވެދާނެއެވެ. އޭނާ އަކީ ހަމުގެ ކުލަ އަލި، ބައިމަތި ފުޅާ، ދިގު އިސްކޮޅެއް ލިބިފައިވާ މަޑުމައިތިރި ހިތްހެޔޮ ޒުވާނެކެވެ. ސުކޫލުގެ ގިނަ އަންހެން ކުދިން ތިބެނީ މަށަށް މަށަށް ކިޔާލަ ކިޔާލައެވެ. ނަމަވެސް އިޝާންގެ ހިތުގެ ރާނީ އަކީ ނިޝްވާއެވެ. އެހެންކަމުން އެކަމަށް ކުރިމަތިލާ އެކަން އޭނާ ކާމިޔާބު ކުރީ ކުޑަ ދުވަސްކޮޅެއް ތެރޭގައެވެ. އޭނާ އެކޭ އެއްގޮތަށް ނިޝްވާވެސް އޭނާދެކެ ލޯބިވެއެވެ.

“… އިޝާން އަށް އެނގޭނެތަ؟…” ރީޝާ އެހިއެވެ. ނޫނެކޭ ބުނުމުގެ ގޮތުން ނިޝްވާ ބޯހޫރާލިއެވެ. “އިޝާންވެސް އަހާ ކިހިނެއްވެފަތޯ ތި ހުންނަނީ.. އަހަރެން ބުނަނީ ރިޒަލްޓްއާ މެދު ވިސްނެނީ އޭ.. ފެމިލީ ކަމެއްވީމަ ބުނަން ބޭނުން ނުވަނީ”

“ހައި.. ރިޝް…” އިޝާން ގޮނޑިއެއްގައި އިށީންނަމުން ބުންޏެވެ. “..އެން ހައު ހައު މައި ޑާރލިން؟”

“ފައިންދޯ ނިޝް..” ރީޝާ ނިޝްވާއަށް ދޯ ދެމުން އެތަނުން ދަމުން ބުންޏެވެ. “…ނިޝް ގެއަށް ދާންވީމަ އާދޭ..އަހަރެން އެކޮޅު މޭޒަށް މިދަނީ…” ދެލޯބިވެރިންނަށް ފުރުޞަތު ދިނުމުގެ ގޮތުންނެވެ.

“ނިޝް ބޮލުގަ ރިހުން ކިހިނެއް؟ ..” އިޝާން އެހިއެވެ. “..ބަލާބަލަ މީހާ ބޮޑު ބައްޔެއް ވެފަ ހުރިހެން ހީވަނީ..ކަންކަމާ މާބޮޑަށް ނުވިސްނަބަލަ.. މިހާރު އެގްޒާމް ތައްވެސް މި ނިމުނީ.. ގުޑް ރިސަލްޓް އެއް ލިބޭނެ އިރާދަކުރެއްވިއްޔާ.. އަހަރެން އެއްވެސް ވަރަކަށް ކަންބޮޑެއް ނުވެ…”

“..ރަނގަޅު..” ނިޝްވާ ދިނީ ކުރު ޖަވާބެކެވެ.

“..ނިޝް..” އިޝާން މަޑުމަޑުންގޮވާލިއެވެ. އަދި އިޝާންގެ އަތް ނިޝްވާގެ އަތްމަތީ ބާއްވާލަމުން ބުންޏެވެ. “..މަށަށް ކަމެއް ސިއްރު ނުކުރައްޗޭ.. ކޮންމެ ކަމެއްގަވެސް ނިޝް އާއެކު ވާނަން މަރު ދުވަހާ ހަމައަށްވެސް” ނިޝްވާ ޖަވާބުގައި ދިނީ ލުއި ހިނިތުންވުމެކެވެ. އިޝާންވެސް ހީލިއެވެ.

**************************

“… އައި އޭމް އެޓް އޮފީސް…..؟؟” ޝަހީން ވާހަކަ ދައްކަމުން ދިޔައީ ފޯނުންނެވެ. އޭނާގެ ސުކޫލު ދައުރުންސުރެ އެކުވެރިޔާ އިޙްސާން އާއެވެ. “..ބިޒީއެއް ނޫން.. މިދަނީ.. ދޭ މަޒާޑާއަށް..؟” މިހެން ބުނެފައި ފޯން ކަނޑާލިއެވެ. އަދި އޮފީހުން ނެކުމެ ސައިކަލަށް އަރާ މަޒާޑާއާ ދިމާލަށް މިސްރާބު ޖެހިއެވެ. ޝަހީން ސައިކަލް ޕާކް ކޮށްލުމަށްފަހު މަޒާޑާއަށް ވަންއިރު އޭނާގެ އިންތިޒާރުގައި އިޙްސާން އިނެވެ.

“..ލަސް ވެއްޖެދޯ؟..” ގޮނޑީގައި އިށީންނަމުން ޝަހީން ބުންޏެވެ.

“..ތީ އަބަދުވެސް ކަލޭމެންކަހަލަ މީހުނަށް ވާވަރެއްނުން..” އިޙްސާން ދިމާކޮށްލިއެވެ.

“މިދުވަސްކޮޅު ކޮންތާކުތަ ތިއުޅެނީ؟. ހަބަރެއްވެސް ނުވެ.” ޝަހީން އެހިއެވެ. “..ގެޔަށްވެސް ޖައްސާނުލާ ވިއްޔާ..ކަމެއް ޖައްސަނީތަ؟..”

“މިދޭތެރޭން ލަންކާގަ ދެދުވަހަކު އުޅެފަ މިއައީ..” އިޙްސާން ބުންޏެވެ. “..މިވާހަކައެއް ނޫނޭ..އޭ މަބުނީ ސަޅި ބިޓެއް ފެނިގެން މިއުޅެނީ.. ހަމަ ހޫރައްލީން އެއް.. ޕަރީއެއް..އޭނަ ފަހަތުން މުގޯލި އަޅަނީ މިހާރު.. މަށަށް އޭނަ ލިބިއްޖެޔާ..”

“ތިކަމެއް ނުހުއްޓޭނެ ދޯ” ޝަހީން ހިސާބަކަށް ހިތްހަމަ ނުޖެހިފައި ބުންޏެވެ. “..އިއްސެ ތި އުޅުން ދޫކޮށްލާފަ ނިކަން ރަނގަޅު ކުއްޖަކު ..”

“އެއްކަލަ ތަޤުރީރު..” އިޙްސާން ޝަހީންގެ ވާހަކަ މެދު ކަނޑާލިއެވެ.

އިޙްސާން އަކީ އެއްމަލުން ފޮނި ބޮމުން އަނެއް މަލުން ފޮނި ބޮމުން ދާ މާބުރުގެ އުސޫލްގެ މީހެކެވެ. އޭނާ ވަޒީފާއަކަށް ގޮސް ރަނގަޅު ދިރިއުޅުމެއް އުޅޭކަށް ނުވިސްނައެވެ. ވަޒީފާއަކަށް ނުދަނީ އޭނާގެ މައިން ބަފައިންނަކީ މާލޭގެ ގެދޮރުހުރި މުއްސަންޖަކަށް ވުމުން އޭނާ ބޭނުން ހުރިހާ އެއްޗެއް ލިބޭ ކަމަށް ބުނަމުންނެވެ. އިޙްސާން ދެކޭގޮތުގައި މިދުނިޔެއަކީ ހިތްހަމަ ޖައްސާ މަޖާކޮށްލަން އޮތް ތަނެކެވެ. ޝަހީން ހިތްހަމަ ނުޖެހެނީ އެ އުޅުމާ ދޭތެރޭއެވެ. ގާތް އެކުވެރިއެއްކަމުން އެތައް ފަހަރަކު ނަސޭހަތް ދީފިއެވެ. ނަމަވެސް އޭނާގެ އުޅުމަކަށް ބަދަލެއް ނާދެއެވެ.

“..މިޒަމާނުގަ ނުވާނެ އަންހެނަކަށް އިތުބާރު ކުރާކަށް..” އިޙްސާން ވާހަކަ ދައްކަން ފެށިއެވެ. “.. އަހަރެން އަދި ނުވިސްނަން މީހަކާ އިންނާކަށް…މީހަކާ ނީނަސް އަހަރެން ބޭނުން ހުރިހާ ކަމެއްވޭ… ބޭނުން ހުރިހާ އެއްޗެއް ލިބޭ..ދެން ކޮންކަމަކާ ހާސް ވަންވީ..”

“އަދި ވިސްނޭނެ” ޝަހީން މަޑު މަޑުން ބުންޏެވެ. އަދި މަޢުޟޫ ބަދަލްކޮށްލިއެވެ. “އިއްސޭ މަބުނީ މަށަށް ޗުއްޓީ ލިބުނީމަ ރަށަކަށް ޖައްސާލަމާ..”

“..ތީ ސަޅި އައިޑިއާއެކޭ..” އިޙްސާން ވަރަށް ގަޔާވެފައި އިނދެ ބުންޏެވެ. “..ކޮންދުވަހަކުން ޗުއްޓީ ހަމަޖެހޭނީ..ކޮންރަށަކަށް؟.”

“..ޗުއްޓީ ލިބޭނެހެން ހީވަނީ އަންނަމަހު ފަހުކޮޅު..ދާނީ ނަޢުމާމެން ރަށަށް..” ޝަހީން ބުންޏެވެ.

**********************

ނިޝްވާ އާއި ރީޝާ އަދި އިޝާން ހިނގަމުން ދިޔައީ ގެއަށް ދިޔުމަށްޓަކައި މަޖީދީމަގުން ހެންވޭރާ ވީ ކޮޅަށެވެ. ތިން ކުދިންގެ ގެ ވެސް ހުންނަނީ އެއް ހިސާބެއްގައެވެ. ސޯސަންމަގު ގައެވެ. އެމީހުން ދިޔައީ ސުކޫލްގެ ދައުރުގެ މަޖާ ވާހަކަތަކުގެ މަތިން ހަނދާންކޮށް އެވާހަކަތައް ދައްކަމުން ނެވެ. ނިޝްވާ ވެސް އެމަޖަލުގައި ބައިވެރިވުމުގެ ގޮތުން މޫނު މަތިން އުފާވެރިގޮތް ދައްކަމުން ހެމުން ދިޔައެވެ. “..އިޝަންޓޭ…” އެންމެން ހުނުން މަޑުކޮށްލުމަށް ފަހު މަގުގެ އަނެއް ފަރާތަށް ބަލާލީ އިޝާންއަށް މީހަކު ގޮވާލުމުންނެވެ. އޭރު މަގުގެ އަނެއް ފަރާތުގައި ޒުވާން ފުރާގެ ސޮރަކު އަތް މައްޗަށް ނަގާގެން ހުއްޓެވެ. ބަލާބެލުމަށް ހީވަނީ އެކާވީސް ބާވީސް އަހަރު ވެދާނެ ހެންނެވެ. އޭނާގެ ކައިރީގައި އިތުރު މީހަކުވެސް ހުއްޓެވެ. އެދެމީހުން ސިފަކޮށް ދިނުމަށް ކުރުކޮށް ބުނަންޏާ ބުނެވޭނީ ވައްތަރީ ދެ ޕާޓޭ އާއެވެ. އިޝާން އާއި ނިޝްވާ އަދި ރީޝާ މަގު ހުރަސްކޮށް އެދެ ޕާޓޭ ކައިރިއަށް ދިޔައެވެ. ނިޝްވާ ފެނުމާއެކު އެމީހުން ހައިރާންވިއެވެ. ސުވާލުން ފުރިގެންވާ ނަޒަރަކުން ބަލަން ފެށިއެވެ. ނަމަވެސް މިކަމެއް ނިޝްވާމެންނަކަށް ފާހަގައެއް ނުކުރެވެއެވެ.

“.. އިޝަންޓޭ.. ކައެ ހަބަރެއްވެސް ނުވަމެއްނުން..” އެތަނުން އެކަކު އިޝާން އާ ސަލާންކޮށްލަމުން ނިޝްވާއަށް ވައްކަޅިން ބަލާލަމުން ބުންޏެވެ. “..ކައެ އަދިވެސް ކިޔެވިމުގަ ދޯ.. ނިންމާކަށް ނުވޭތަ ތިކަމެއް..”

“.. ނޫނޭ ދެން މި ނިމުނީ..” އިޝާން ހީލަމުން ބުންޏެވެ. “.. މީ ނިޝްވާ އަހަރެން ގެ ޖީއެފް.. ދެން މިހިރީ އޭނަ ބެސްޓް ފުރެންޑް ރީޝާ.. ނިޝް ރިޝް.. މީ އިމާދު.. އަހަރެންގެ އޯލެވެލް ކުލާސް މޭޓެއް..” އެމީހުންނަށް ނިޝްވާ އާއި ރީޝާ ތަޢާރަފު ކޮށްދިނެވެ. އޭރުވެސް އިމާދު ހުރީ ނިޝްވާ އާ ދިމާލަށް ސުވާލުން ފުރިގެންވާ ކަހަލަ ނަޒަރަކުން ބަލަހައްޓާގެންނެވެ. ނިޝްވާގެ މޫނުމަތިން އެއްވެސް ކަހަލަ ހާސްވުމެއް ކަންބޮޑުވުމެއް ފާޅެއް ނުވެއެވެ. އޭނާ އެކަން ފާޅުކުރަން ބޭނުން ނުވީކަމަށްވެސް ވެދާނެއެވެ.
“..މީ.. މަގެ ފުރެންޑް އިލްހާމް..” އިމާދު އޭނާ ކައިރީގައި ހުރި މީހާ ތަޢާރަފުކޮށް ދެމުން ބުންޏެވެ. “ކޮބާ ނެތްތަ ކޮފީ ގަނޑެއް ދެވޭކަށް”

“ނޫނޭ ކޮފީ ލިބޭނެ..” އިޝާން ބުންޏެވެ. “..އެކަމުން މިގަޑީ ބިޒީ.. ނަންބަރު ގެނޭ ފުރީ ވީމާ ގުޅާލާނަން..”

މިހެން ބުނެފައި އިމާދު އަތުން ނަންބަރު ހޯދައިގެން އިޝާންމެން ގެޔާ ވީކޮޅަށް ހިނގައިގަތެވެ. އިމާދު އާއި އިލްހާމް ނިޝްވާއަށް ބަލަމުން މާފަންނާ ވީ ކޮޅަށް މިސްރާބު ޖެހިއެވެ.

“އެއި އެމަންޖެ ދޯ..” އިލްހާމް ވާހަކަ ދައްކަން ފެށިއެވެ. “..މިހާރު ވަރަށް ސަޅި..ހަބޭސް “

“މަށަށް ވެސް ހީވަނީ އެއީ އެމަންޖެ ހެން..ވަރަށް ވައްތަރު” އިމާދު ވާހަކަ ދެއްކީ ޝައްކެއްގެ މަތީ ހުރެގެން ކަހަލަ ގޮތަކަށެވެ.. “އެކަމް އެންމެ ފަހުން މަށަށް އެމަންޖެ ފެނުނު އިރު ބަނޑުވެސް ބޮޑު.. އޭޑީކޭ ތެރެއިން މަށަށް ފެނުނީ.. އެދުވަހު އޭނަ ކައިރީގަ އިތުރު ފިރިހެން ޅާޔަކު ހުރީމަ ވާހަކަ ދެއްކޭގޮތް ނުވީ.. އެއީ އިޝަންޓޭ އެއް ނޫން ގައިމުވެސް” (ނުނިމޭ)

ތިންވަނަބައިގެ ތެރެއިން:

ގަޑިން 04:30 ހިނގި އިރު ޝަހީންގެ ދެމަފިރިން ނާއި ކުޑަކުޑަ ޝާން ތިބީ ކުޑަކުދިންގެ ބަގީޗާގައެވެ. “..އަހަ.. ފޯން ބާއްވާފަ މިއާދެވުނީ….” ޝަހީން ޖީބުގައި އަތްލަމުން ބުންޏެވެ. “….ނައު އެބަ އަންނަން ގެޔަށް ގޮސް ފޯން ހިފާގެން….” ނައުމާގެ ބޮލުގައި ޝައްކުގެ ޓަކި ދިނެވެ. “..މިގަޑީގަ އަރީކާވެސް ގެޔަކު ނޫޅޭނެ..” ނަޢުމާ ހިތަށް އެރިއެވެ. އެހެންކަމުން އޭނާ އެއްވެސް ޖަވާބެއް ނުދީ ހީލީއެވެ. ޝަހީން ގެޔަށް ދިޔުމަށް ހިނގާގަތުމުން ނަޢުމާ ޝާން ގޮވައިގެން އޭނާ ފަހަތުން ދިޔައެވެ. އޭނާ އަށް ނުފެންނާނެ ގޮތަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shan

Level 410 Stories100 Comments500 Comments100 Login

އަޅުގަނޑުގެ ވާހަކަތަކުގައި ކުށް ބަސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރުން އެކަށީގެންވެއެވެ. އެކަންތައް ރަނގަޅު ކުރުމަށް ތިޔަ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

Other Articles

Previous

ދަ ހަމަނުޖެހޭ ވާހަކަ {ދެވަނަބައި}

Next

ޤަބޫލްކުރަންދަތި ހަޤީޤަތް..؟؟؟ ތިންވަނަ ބައި

Next
April 22, 2013

ޤަބޫލްކުރަންދަތި ހަޤީޤަތް..؟؟؟ ތިންވަނަ ބައި

Previews
April 21, 2013

ދަ ހަމަނުޖެހޭ ވާހަކަ {ދެވަނަބައި}

3 Comments!

  1. ނަޒާ says:
    April 22, 2013 at 11:26 am

    ވަރައް ރީތި މިވާހަކަ…. ކޮން އިރަކު ތިންވަނަ ޕާރޓް ނިކުން ނާނީ

  2. nishan says:
    April 22, 2013 at 2:09 pm

    ތޭންކްސް.. މިހާރު އިންނާނީ ތިންވަނަ ޕާޓް އަޕް ކޮށްފަ

  3. Monsta says:
    June 25, 2019 at 4:37 pm

    Nice

Comments are closed.

Next Episodeޤަބޫލްކުރަންދަތި ހަޤީޤަތް..؟؟؟ ތިންވަނަ ބައި←


All Right Reserved!