Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެން

‘ސިކް’

Ahmed Majdhee Level 1
April 6, 2013 2 Mins Read
8 Comments

ސިއްސައިގެން ދިޔައީ ފައިގެ ބޮޑުވާ އިނގިލި ތެޅިގަތީމައެވެ. ހަންގަޑު ދޫވެ ނާރުއަރާ ދެއަތަށް ގަދަޔަށް ހޫރެނީއެވެ. ނިޔަފަތިގަނޑު ނުލާހިކު ގަދަ ހުދުކުލަޔަކަށް ބަދަލުވިއެވެ. ނިޔަރޮދި ބޭރަށް ނިކުންނަން ފެށިއެވެ. އެއަށްވުރެ ތިރިން ފަޅާފައިހުރި ދެތިން ލޯލި ދިގުވެ ބޯވެ ކަޅުވާން ފެށިއެވެ. ދެފަރާތަށް ގިނަވެފަ ހުރިހަންތަކުން އުފެދެންފެށީ ކަރުންމަތީގެ ގުނަވަނެއްގެ ސިފައެވެ. ހުދުކަން ގަދަވަމުން ދިޔަ ނިޔަފަތި ދެބަޔަށް ބެހެން ފެށިއެވެ. ވަށްކޮށް އަނެއްކާވެސް އެއްކަހަލަ ދެގުނަވަން އުފެދިގެން ދިޔައެވެ. ނިޔަރޮދި ދެބައިވެއްޖެއެވެ. މެދުތެރެއިން ނިޔަފަތީގެ ހުދުކަން ދެބަޔަކަށް ފެނެއެވެ. އެތެރެއިން ކުޑަ ކަޅު ތިއްކެކެވެ. އެއިރުވެސް އެ ބޮޑުވާ އިނގިލި ހަމަ ތެޅެނީއެވެ.
ތެޅުން މައިތިރިވިއިރު ކުރިމަތީގައި އިނީ ބޮލުގައި ފަތްގޮސްފައިވާ ތުނބުޅި ދިގު، މޫނަށް ރޫއަރާފައިވާ، މަސްނޫއީ ދަތްޕިލައެއް އަނގައަށް ލައިގެން އިން މުސްކުޅި ފިރިހެނެއްގެ ކަރުން މައްޗެވެ.
އެވަރުގެ މީހުންގެ އާދައިގެ މަތިން ‘ކޮއްކޯ’ އޭ ކިޔައި ގޮވާލިއެވެ.
އަހަރެން ޖަވާބެއް ނުދެމެވެ.
އޭނާ ފެށިއެވެ.
” ކޮށްކޮއަށް ޗޮކްލެޓް މީރުތަ؟ ” އިރުކޮޅަކު ދެދަތްޕިލަ ދައްކައިގެން އިނުމަށްފަހު އަނެއްކާވެސް ފެށީއެވެ.
” ގަލްފުގަ އަހަރެން އުޅުނުއިރު، އުޅުނީވާ ބޯޓެއްގަ. އެބޯޓުގަ ކޮއްކޮމެން ތިކާ ޗޮކްލެޓް އޮލަ ޖެހެންދެން ހުންނާނެ. މިމުޅި މާލެވަރުގެ ބޮޑުތަނެއް އެބޯޓުގަ ހުންނާނެ ހަމަ ހުސް ޗޮކުލެޓުން ފުރާފަ. ހަމަ ހުސް ޗޮކްލެޓް. ޗޮކްލެޓް މަތީގަ ނަށަންވީ. ޗޮކްލެޓް ތެރޭގައި ފީނަންވީ. ޗޮކްލެޓްތެރެއަށް އެރެންވީ. ޗޮކްލެޓް. ޗޮކްލެޓް. ”
އޭނާ ދެންފެށީ ހޭށެވެ. ވަރަށްވެސް ބާރަށެވެ. އަހަރެން ރުޅި ގަދަވާން ފެށިއެވެ. މުޅި ހަށިގަނޑު ކުރުގެޅޭން ފެށިއެވެ. ކަންފަތުގައި އަތްއަޅައި ބަންދުކުރީމެވެ. ލޯމަރައި ފިއްތީމެވެ. އޭނާގެ ހުނުމުގެ އަޑު ކެނޑުނުހެން ހީވިއެވެ.
ލޯހުޅުވާލީމެވެ. ކަމަކުދާކަށްނެތެވެ. ކުރިމަތީގަ އޭނަ އަދިވެސް އެބައިނެވެ.
“ކޮއްކޯ. މަތިންދާ ބޯޓު ދުއްވާނަންތަ. ވަރަށް ބޮޑު މަތިންދާބޯޓެއް ދުއްވާނަންތަ. ހިނގާ ބޭބެޔާއެކު މަތިންދާ ބޯޓުދުއްވަން. މަތިމަތިން ވިލާގަނޑުމަތިން. މުޅި ދުނިޔޭގެ ހުރިހާތަނަކަށް އޭގަ ދެވޭނެ. ބޭނުންތަ ދުއްވަން. ” އޭނަ އަނެއްކާވެސް ފެށިއެވެ. ހަމަ އެ މުސްކުޅި އަޑުންނެވެ.
އަހަރެންގެ ރުޅި އިންތިހާއަށް ގޮއްސިއެވެ. ދެފަރާތަށް ބަލާލިއިރު ކޮޓަރީ ކަނުގައި އޮތީ އަހަރުމެންބޭނުންކުރާ ވަޅިއެވެ. ބަލާކަން ނީނދެ ނަގާ އޭނަގެ ކަރު ބުރިކޮށްލަން އަތް ގެންދިޔަ ވަގުތު ، ކުއްލިޔަކަށް ސިއްސައިގެން ދިޔައީ މޯޑު މަގޭ އަތުގައި ހިފާ ދަމާގަތީމައެވެ.
“އޭ ބުރޯ. ކައޭ އޯކޭތަ؟”
އަހަރެން މޯޑުގެ މޫނަށް ބަލާލީމެވެ. އޭނަ އިނީ ހައިރާންވެފައެވެ. އޭނަގެ އަތުގައި ދެންމެ އޭނަނަގަން ދިޔަ ‘އެތި’ އޮތެވެ. އެއްކަލަ މުސްކުޅި މީހާ އަށް އެނބުރި ބަލާލިއިރު އޭނައެއްނެތެވެ.
މޯޑަށް ބަލާލާފަ ކުޑަކޮށް ހީލަންކަމަށް ތުންފަތް ދެފަރާތަށް ދަމާލާފައި ‘އެތި’ އަތުލައި ނިޔުޅާލީމެވެ. ‘ސިކު’ ފިލުވާލުމަށް އަވަސްވެގަތީމެވެ.

Tags:

ކުޑަކުދިންނާބެހުންމަސްތުޑްރަގްޖިންސީ ގޯނާ

Share Article

Follow Me Written By

Ahmed Majdhee

Level 1

I can be my self as long as you are your self

Other Articles

Previous

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ…7

Next

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ…8

Next
April 7, 2013

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ…8

Previews
April 5, 2013

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ…7

8 Comments!

  1. ނަދޫ says:
    April 9, 2013 at 10:31 pm

    ހަހަހަ… ވަރަށް ތަފާތު ލިޔުމެއް.. މަޖްދީގެ އިތުރު ލިޔުންތައް ފެނަނާނެ ކަމަށް ހީކުރަން.

    1. Alexander says:
      February 8, 2014 at 1:48 am

      It’s spooky how clever some ppl are. Thskna!

    2. unreachable star says:
      September 20, 2014 at 12:12 pm

      Didn’t know the forum rules allowed such brilliant posts.

    3. testing carried says:
      September 25, 2014 at 9:53 pm

      It’s spooky how clever some ppl are. Thanks!

  2. ކުބޭ says:
    April 13, 2013 at 1:09 pm

    ވަރަށް ހަބޭސް………

  3. mysterious girl says:
    April 12, 2014 at 9:56 am

    gulp

  4. testing carried says:
    April 23, 2015 at 5:51 pm

    oh my… o.m.g nice story

  5. nanni says:
    September 20, 2015 at 7:21 pm

    lol

Comments are closed.


All Right Reserved!