ނުހާ ވަރަށް ވަރުބަލި ކަމާއި އެކީ ލޯ ހުޅުވާލިއެވެ. ނުހާ އެއޮތީ ކޮންތާކު ބާއެވެ؟ ނުހާއަށް ނިދުނީ ކޮން އިރަކު ބާއެވެ؟ ނުހާ އޮތީ ވާނުވާ ނޭނގިފައެވެ. އެތަކެއް ސުވާލުތަކެއް ނުހާގެ ސިކުނޑި ތެރޭގައި އެނބުރެން ފެށިއެވެ. ނުހާއަށް އޮވެވުނީ ކޮންތަނެއްގައިތޯ ބަލައިލާން ވަރަށް ހިތްވަރު ކުރަމުން ތެދުވަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ކައިރީގައި ހުރި ހުދު ޔުނީފޯމެއް ލައިގެން ހުރި ނަރުސް ކުއްޖާ ނުހާ ކައިރިއަށް އައިސް ބޯ ހޫރާލަމުން ހިނިތުންވެލިއެވެ.އަދި ނުހާގެ ދެކޮނޑުގައި ހިފާ ބާއްވަން މަސައްކަތް ކުރިއެވެ. ” ޔޫ ނީޑް ޓު ޓޭކް ރެސްޓް …” މިހެން ބުނުމަށް ފަހު ނަރުސް ކުއްޖާ ނުކުތީ ބޭރަށްށެވެ. ނުހާވެސް ކުޑަކުއްޖަކު ފަދައިން ނަރުސް ކުއްޖާގެ ބަހަށް ކިޔަމަން ވިއެވެ. އޭނަ ދިޔުމުން އަނެއްކާވެސް އެއްވެސް މީހެއްގެ ހިލަމެއް ވޭތޯ ވަށައިގެން ހޯދާ ބަލައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެތަކެއް ޙިޔާލު ތަކެއްގައި އޮއްވާ ނުހާ ސިހިގެން ދިޔައީ އެ ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔަ އަޑަށެވެ.ދޮރާ ދިމާލަށް ނުހާއަށް ބަލައިލެވުނެވެ. އެއާއިކު އެތެރެއަށް ވަދެގެން އައީ މެދު އުމުރު ފުރައިގެ މީހެކެވެ. ލައިގެން ހުރީ ހުދު ކުލައިގެ ގަމީހަކާއި ކަޅު ފަޓްލޫނެކެވެ. އަޅާފައިވަނީ މަޑު ވިލު ކުލައިގެ ޓައީ އެކެވެ. ބަލާބެލުމަށް ސާފު ތާހިރުކަމަށް ލޯބިކުރާކަން ލާފައިވާ ރޫނެތް ގަމީހުން ވެސް އެނގެއެވެ. އެއީ ނުހާއަށް ދުވަހަކުވެސް ފެނިފައި ނުވާ ނުވެސް ދަންނަ މީހެކެވެ. ނޫނެކެވެ. އެއީ ދާދި ފަހުން ނުހާއަށް ފެނުން މީހެކެވެ.
މެންދުރުގެ ވަގުތެވެ. ނުހާ ބާރު ހިނގުމެއްގައި ދިޔައީ ނުހާ މަންމަ ބުނެގެން ފިހާރައަށް ފިޔާ ކިލޯއެއް ގަތުމަށެވެ. އަވަސް އަރުވާލާފައި ދިޔައީ އަވަހަށް ގެއަށް ދިޔުމުގެ ބޭނުމުގައެވެ. ލަސް ވެއްޖެއްޔާ މަންމަ ރުޅި އަތުވެދާނެ ކަމުގެ ބިރު ހީވާތީއެވެ. އަވަސް ފިޔަވަޅު ތަކެއްގައި ނުހާ ފިހާރައަށް ވަންނަން ދިޔައެވެ. އެހެންނަމަވެސް ނުހާ އެފިހާރައަށް ނުވަދެ ބޭރުގައި މަޑުކޮށްލީ ވަރަށް ގިނަ ބަޔަކު ފިހާރައިން ނުކުންނަން ހެދުމުގެ ސަބަބުން އެމީހުންނަށް ތަން ދިނުމުގެ ގޮތުންނެވެ. އެއްލިކަޅިއަކުން ނުހާގެ ލޮލުގައި އަޅައިގަތީ އެތަނުން އެކަކުގެ ޖީބުން އެމީހާގެ ވޮލެޓް ބިންމައްޗަށް ވެއްޓުނު ތަނެވެ. އެކަމަކު އެމީހާއަކަށް އޭނާގެ ވޮލެޓް ވެއްޓުނު ކަމެއް ނޭނގެއެވެ. ނުހާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ބިންމައްޗަށް ވެއްޓިފައި އޮތް ވޮލެޓް ނަގާ އެމީހާއަށް ގޮވާލިއެވެ. “ބޭބޭ…ބޭބޭ…” ދެފަހަރަކު އޭނާއަށް ގޮވާލުމާއިއެކު އެމީހާ ފަހަތަށް އެނބުރި ބަލައިލިއެވެ. ނުހާ އެމީހާގެ ކައިރިއަށް ކުރިއަށް ދެފިޔަވަޅު އަޅާލަމުން ބުންޏެވެ. “ބޭބޭ…މިއޮތީ ބޭބެގެ ވޮލެޓް…ބޭބެ ޖީބުން ރުމާ ނަގަނިކޮށް ވެއްޓުނީ…” ކަން ވީ ގޮތް ކުރުގޮތަކަށް ކިޔާލަ ދެމުން އެމީހާގެ ވޮލެޓް ދިއްކޮށްލިއެވެ. އެމީހާ ސިހިފައި ޖީބަށް އަތް ކޮށްޕައި ބަލައިލި އިރު ވޮލެޓެއް ނެތެވެ. އަދި ނުހާގެ އަތުގައި އޮތް ވޮލެޓްގައި ހިފަމުން ނުހާ އާ ދިމާލަށް ބަލައިލިއެވެ. “ވަރަށް ބޮޑަށް ޝުކުރިއްޔާ…ކޮއްކޮ ބޭބެއަށް ތިކޮށްދިނީ ވަރަށް ބޮޑު ހެޔޮ ކަމެއް…ބޭބެ ހީކުރީ މިހާރު މިޒަމާނުގައި ތިކަހަލަ ކުދިންނެއް ނޫޅޭ ކަމަށް…. އެކަމަކު އަދިވެސް ތިކަހަލަ ރަނގަޅު ކުދިން އެބައުޅޭ ދޯ…ވަރަށް ބޮޑަށް ޝުކުރިއްޔާ…” އެމީހާ ނުހާއަށް ޝުކުރު އަދަ ކުރުމަށް ފަހު ހީލާފައި ހިނގައިގަތެވެ. ނުހާ ވެސް އެމީހާ ދިޔުމުން ފިހާރައަށް ވަންނަން ދިޔައެވެ.
“ކޮއްކޯ…ކޮބާ މިހާރު ކިހިނެތް؟..” ޙިޔާލަކަށް ގެއްލިފައި އޮތް ނުހާ ސިހިފައި ބަލައިލެވުނީ ކައިރީގައި ހުރި މީހާއަށްށެވެ. “ބޭބެ…ކިިހިނެއް އަޅުގަނޑު މިތަނަށް…ކީއްވެ ބޭބެ؟؟؟…” ނުހާގެ ހިތަށް އަންނަ ސުވާލުތަކެއް ހުދު ނުހާއަކަށް ވެސް ނޭނގުނެވެ. އެމީހާ ނުހާއަށް ބަލައިލާފައި ހީލަމުން ނުހާ އޮތް އެނދު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީންނަމުން ބުންޏެވެ. “ހޫމމ..އަސްލު ވީގޮތަކީ ރޭގަ ބޭބެ އޮފީސް ނިންމާލާފައި ގެއަށް އައި މަގުމަތީގައި ފެނުނީ ކޮއްކޮ ގެއެއްގެ ދޮރު މައްޗަށް ވެއްޓިފައި އޮއްވާ..އޭރުވެސް ނޭނގެ އެއީ ކޮއްކޮ ކަމެއް…އެވަގުތު ވަރަށް ބޯކޮށް ވާރޭވެސް ވެހޭ…އެހާ ވިއްސާރަ ރެއެއްގައި އެކަނިމާ އެކަނި އަންހެއް ކުއްޖަކު އެޙާލަށް ދޫކޮށްލާކަށް ނުކެރޭނެއެއްނު…ދެން ބޭބެ އާ ބޭބެގެ ކާރު ޑްރައިވަރާ ދެމީހުން ވެގެން ކޮއްކޮ އުފުލާލައިގެން ގެނެސް ކާރަށް ލީ…ކާރަށް ލަނިކޮށް ކޮއްކޮގެ މޫނުމައްޗަށް އެޅިފައި ހުރި އިސްތަށިތައް އެއްފަރާތްވި ފަހުން މިއެނގުނީ އެއީ ކޮއްކޮކަން….އެވަގުތު ބޭބެގެ ހިތަށް ވަރަށް ގިނަ ސުވާލުތަކެއް އެރި…ދެން ބުނެބަލަ..ރޭގަ ކިހިނެއްވީ…” އެމީހާގެ ސުވާލުން ނުހާގެ ލޮލު ތެރޭގައި ޖަމަވެފައިވާ ކަރުނަތައް އެއްވެސް އިޙްތިޔާރަކާއި ނުލާ އޭގެ މަޤާމް ދޫކޮށް ބޭރުވިއެވެ. ނުހާ އަނގައިން ބުނަން އުޅުނެވެ. އެހެންނަމަވެސް ނުހާގެ އަނގައަކުން އެއްވެސް ބަހެއް ބޭރެއް ނުވިއެވެ. އަޑު ބެދުނު ކަހަލައެވެ. ފައްތާހްއަށް މިމަންޒަރު ވަރަށް ބޮޑަށް ދެނެގަންނަން ބޭނުންވިއެވެ. އެހެންނަމަވެސް އެވަގުތު ފައްތާހް ބެލީ ނުހާ ހަމައަކަށް އެޅުވޭތޯއެވެ. “ކޮއްކޯ…އަދި ނުބުނަމެއްނު ކޮއްކޮއަށް ކިޔާ ނަމެއްވެސް…ބޭބެއަށް ކިޔަނީ ފައްތާހް…” ނުހާ ގަދަކަމުން ނަމަވެސް ހިނިތުންވެވޭތޯ މަސައްކަތް ކުރިއެވެ. “އަޅުގަނޑަށް ކިޔަނީ ނުހާ…” ހަމަ އެވަގުތުހެން އެތަނަށް ނަރުސް ކުއްޖާ ވަނެއެވެ. ދެމީހުންނަށް އެއްފަހަރާ އެކުއްޖަ އާ ދިމާލަށް ބަލައިލެވުނެއެވެ. “ދެގަޑިއެއްހާއިރު ތެރޭގައި އައިވީ ފުޅި ހުސްވާނެ…އަދި ޕޭޝެންޓް ޑިސްޓާޖްވެސް ކުރެވޭނެ..” މިހެން ބުނެފައި ހީލަމުން އޭނާ އެތަނުން ނުކުތެވެ. ފައްތާހް ފުން ނަޒަރަކުން ނުހާ އާ ދޭތެރޭ ވިސްނާލަމުން ނުހާ ގާތު އަހާލިއެވެ. ” ނުހާ…ނުހާ ގެ ހުންނަނީ ކޮންތާކު؟..” ނުހާއަށް މިފަހަރުވެސް ހިތްވަރު ކުރަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އަނެއްކާވެސް ނުހާއަށް ރޮވުނެވެ. ފައްތާހްއަށް މިފަހަރު ވަރަށް ރަނގަޅަށް ނުހާ ދެނެގަނެވުނެވެ. ނުހާއަށް ކޮށްފައިވާ އަސަރާއި ނުހާ ހޭނެތިގެން ވެއްޓިފާ އޮތުމާއި، މިކަންކަމާ ދޭތެރޭ ފައްތާހްއަށް ވަރަށް ރަނގަޅަށް ވިސްނާލެވުނެވެ. “ނުހާ ވެގެން އުޅޭ ގޮތް މިވަގުތު ބޭބެއަށް ކިޔައި ނުދިނަސް އެންމެ ރަނގަޅު…ނުހާ މިތަނުން ދޫކޮށްލެވުނީމަ ދާނީ ބޭބެގެ ގެއަށް…ގޭގައި އުޅޭނީ ހަމައެކަނި ބޭބެއާ ކައްކަން ގެންގުޅޭ ބޭރު މީހެއް…އެންމެ ރަނގަޅުތަ؟…” ނުހާ ކުޑަކުއްޖަކު ފަދައިން އާނއެކޭ ބުނުމުގެ ގޮތުން ދެފަހަރަކު ބޯ ޖަހާލިއެވެ. އެހެންނޫނަސް ނުހާއަށް އެނޫން ގޮތެއް މިއަދަކު ނެތެވެ.
-ނުނިމޭ-

72

12 Comments

 1. admin

  February 24, 2013 at 12:34 pm

  މިބައި ވެސް ވަރަށް ރީތި…

 2. ޒެން

  February 24, 2013 at 2:05 pm

  ވަރަށް ބޮޑަށް ތޭންކްސް…..

 3. ޝަހާ

  February 24, 2013 at 7:18 pm

  ވަރަށް ސަޅި.. ތަންކޮޅެއް ދިގުނަމަ…

  • ޒެން

   February 25, 2013 at 12:02 am

   ދިގު ކުރެވޭތޯ ވަރަށް މަސައްކަތް ކުރަން…. ވަރަށް ބޮޑަށް ތޭންކްސް ޝަހާ….

 4. shai

  March 9, 2014 at 10:27 am

  v nice

 5. zeenaa

  June 14, 2014 at 1:31 pm

  Maa baby story a.

 6. ޒެން

  June 14, 2014 at 11:35 pm

  އަސްލު ވެސް….. ތި ފާޑު ކިޔުން ވެސް ބަލައިގަންނަން… 🙂

 7. Aal

  November 13, 2015 at 11:04 pm

  V v reethi :-)♥♡♥

  • ޒެން

   April 10, 2016 at 5:03 pm

   ޝުކުރިއްޔާ
   ސޮރީ ރިޕްލައި ލަސްވީމަ
   ބަލާއެއްނު ފަޑަބޮއި ކޮމެންޓު ނުކުރާތި
   ރުނޑިކާޅު

 8. :-p

  July 20, 2016 at 9:59 pm

  mududhaaru vaahaka gandei…

 9. ThuGer,♥

  March 23, 2018 at 5:06 pm

  Salhi igey konmeakas…..

 10. Laalu

  February 4, 2019 at 11:06 am

  Mine ur language guys….
  ?

Comments are closed.