Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ރަހުމެތް ނެތް ހިތް…. (3)

nukko Level 110 Stories100 Comments
February 23, 2016 6 Mins Read
14 Comments

ސަފޫރާގެ ވާތް ފަޅީގައި ބޯ ދިގު ކޮށް ހުރި ފިރިހެނެއް އިނެވެ. ކަޅުކުލައިގެ އަތް ކުރު ޓީޝާޓް އަކާއި ކަޅުކުލައިގެ ޖީންސެއްގައި އެ ގޮތް ނޭނގޭ މީހާ ހުރިއިރު ކަރާއި އަތް ވަނީ އެކި ސައިޒުގެ ފަށްތަކުން ވަނި ފުރާލާފައެވެ. އޭނާ އިނީ ކުޑަ ކުޑަ ވަޅިއެއް މޭޒަށް ހަރާލަ ހަރާލަ އެވެ.. ސަފޫރާ އާއި އޭނާގެ ދެދަރިން އިނީ ދެއަތް ފުރަގަހަށް ލާފައި  ގޮނޑި އާއެއްކޮން އައްސާފައެވެ. ކުއްލިއަކަށް ދޮރުހުޅުވާލާފައި ވަނީ

****** ********* ******

ފިޒާން އެވަގުތު ރާޝިން އަށް ގުޅާލައިފިއެވެ. “ހަލޯ” “އާނ ކީކޭ ފިޒާން!” ރިންގް ވިތާ ދެތިން މިނެޓް ނުވެ އެކޮޅުން ފޯން ނެގީ ރާޝިން އެވެ. ” ކޮން ތާކު ތި ހުރީ. ހިގާބަލަ ކޮފީއަކަށް.. ހާދަ ގިނަދުވަހެއްވެއްޖޭ ދިމާނުވާތާ.. ކޮބާ  އަންހެނުންނާ ކުދިން ކޮޅު؟ ރަނގަޅުތަ؟” ފިޒާން ސުވާލުކޮށްލިއެވެ.. ” އާނ.. އަނެއް…. އަންހެނުން.. ގެޔަކު ނޫޅޭ މި ވަގުތަކު.. އެންމެން ވެސް ރަނގަޅު.. “ރާޝިން ޖަވާބު ދިނީ އަޅައިގަނެގަނެފަ އެވެ.. ” މަ މިދަނީ އިނގޭ ބަލާ..ކައެ..”  “ނޫން.. ބުނޭދާން ވީ ތަން… މަ ދާނަން” ފިޒާންގެ ޖުމުލަ ނުނިމެނީސް ރާޝިން ބުންޏެވެ. މި ޖަވާބުން ފިޒާންގެ ހިތުގެ ތެރޭގައި ޝައްކުގެ އޮށް އިންދިގެން ދިޔައެވެ. ފިޒާން ފޯނުބޭއްވީ ދާންވީ ތަން ބުނުމަށް ފަހުގައެވެ. ނަމަވެސް އޭނާގެ ހިތް ބުނަނީ ރާޝިން އަށް ކޮންމެވެސް ކަމެއްވެއްޖެ ކަމުގައެވެ..

****** ****** **** ******

ސަފޫރާ އާއި އޭނާގެ ދެދަރިން އިނީ ދެއަތް ފުރަގަހަށް ލާފައި  ގޮނޑި އާއެއްކޮން އައްސާފައެވެ. ކުއްލިއަކަށް ދޮރުހުޅުވާލާފައި ވަނީ ކުރު ޓޮޕް ކޮޅަކާއި ޖީންސް އެއް ލައިގެން ހުރި އަންހެނެކެވެ. ބަލާބެލުމަށް ސަފޫރާ އާއި ދާދި އެއް އުމުރެއްހެން ހީވެއެވެ. ކުރު އިސްކޮޅެކެވެ. ހިމަތޮޅިއެހެނަސް ދޮން ހަންގަނޑެއް ލިބިފައި މިވާ އަންހެނާ ފެނުމާ އެކު ސަފޫރާ ދެލޯ ބޮޑުވެގެން ދިޔައެވެ.. އާއިކެވެ.. އެއީ ސަފުރާގެ  އެންމެ ގާތް ކޮށް އުޅުނު އެކުވެރިޔާ ޒޯޔާއެވެ. ” ޒޯޔާ!!” ހައިރާން ކަމާއެކު ސަފޫރާ އަށް ގޮވާލެވުނެވެ. ” އާނ… އަހަރެން.” ހަރުކަށިކަމާއެކު ޒޯޔާ ޖަވާބުދިނެވެ.. ” ޒޯ.. ޕްލީޒް އަހަރެމެން މި މީހުން ކިބައިން ސަލާމަތް ކޮށްދީ…” ރޮވިފައިވާ އަޑަކުން ސަފޫރަ ބުނެލި އެވެ. ” ހަހަހަ ސަފޫރާ ހީކުރަނީ އަހަރެން މިއައީ ކަލޭމެން ސަލާމަތް ކުރަން ކަމަށްތަ؟ ނުވާނެ ތިކަމެއް.. ކަލޭމެން ހީކުރަނީ ކީކޭތަ؟ ކަލޭމެން ބޭނުން ގޮތެއް ހަދާލީމަވެސް އަހަރެން  ވީ އަޅައި ނުލާ ހުންނަން ތަ؟؟؟ .. ހައް.. ނުވާނެ އެކަމެއް.. ކަލޭ ހަނދާން ވޭތަ އަހަރެން ތިގެއިން ނެރެލިގޮތް.. ތަޅާމަރާފަ އެވަރުން ނުވެގެން އެންމެން ކުރިމަތީ މަ ލަދުގަންނަވާފަ.. އެވަރުންވެސް ހިތް ނުފުރިގެން މަ ހަވާލު ކުރީ ޕޮލިހާ.. އެވަރުން ވެސް މަ ވީ ހުންނަން ތަ؟؟؟” ފަހަރަކަށް ވުރެ ފަހަރެއް ޒޯޔާގެ އަޑު ދިޔައީބާރުވަމުންނެވެ. “ޒޯ.. ތިހެން ނަހަދާ.. މިތިބަ ދެ މައުސޫމު ކުދިންނަށް ބަލާބަލަ.. އަހަރެމެން ދޫކޮށްލާ.. ހެޔޮނުވާނެ… ބުނި ކަމެއް ކޮށްދޭނަން.. ޕްލީޒް.. ތި ހަދާގޮތެއް މަށަށް ހަދާ އެކަމަކު އަހަރެންގެ ދެދަރިން ނަށް ނަހަދާ… އަހަރެން..” “ހުއްޓާލާ….!!” ސަފޫރާގެ ވާހަކަ ނުނިމެނީސް ޒޯޔާ އެ ވާހަކަތަށް މެދު ކަނޑާލިއެވެ.. “ބޭކާރު ވާހަކަ އަޑުއަހާކަށް މަށަކަށް ނުހުރެވޭނެ..” އެހެން ބުނުމަށް ފަހު ޒޯޔާ ނިކުންނަން ހިނގައި ގަތެވެ. ” ނޫން ޒޯ… ޒޯ މަޑުކުރޭ…. ޒޯ……..” ސަފޫރާ އާދޭސް ކުރަމުން ގެންދިޔަ އެވެ…

ސަފުރާ އަށް ޒޯއަށް އައިސް ފައިވާ ބަދަލާ މެދު ވިސް ނާލެވުނެވެ.. ހަމަ އެހާމެ ހައިރާން ވެސް ވިއެވެ. އެއީ ހަމަ އޭނާ އާއެކު އެހާ އެއްކޮން އުޅުނު ޒޯ ބާ އޭވެސް ކިތަށް އެރިއެވެ.

ސަފޫރާ ހަނދާން ވާން ފެށީ ރާޝިން މަތިންނެވެ.. ރާޝިން ކިހިނެތް ބާވައެވެ..؟ އެއްޗެއް ކޭ ބާވައެވެ… އޭނާ އުޅޭނީ ކިހިނެއް ހެއްޔެވެ…؟  އަހަރެމެން މަތިން ހަނދާވޭބާ ވައެވެ؟

***** ***** **** ***** *****

ރާޝިން އާއި ސަފޫރާ ދިމާވީ  ރާޝިންގެ އުމުރުން 18 އަހަރުގަ އެވެ. އޭރު ސަފޫރާ އަކީ އަމީނިއްޔާ ސްކޫލުގައި ގްރޭޑް 10 ގައި އުޅެމުން އަންނަ ދަރިވަރެކެވެ. ރާޝިން އަކީވެސް އޭރު ދިވެހިރާޖޭގެ ޤައުމީ ޔުނިވާސިޓީ އިން މަތީ ތައުލީމަށް ތައުލީމް ހާސިލް ކުރަމުން އަންނަ ޒުވާނެކެވެ. ކޮންމެ ދުވަހަކު ވެސް ސްކޫލަށް ދާ މަގުމަތީ ގައި ރާޝިން އަށް ސަފޫރާ  ފެނެއެވެ.  ރާޝިން ގެ ކަމަކީ ސަފޫރާ އާ ދިމާލަށް ބެލުމެވެ.

ސަފޫރާ އަކީ ހެޔޮވަރެއްގެ އިސްކޮޅެއް އަދި ލޫޅާފަތި ހަށިގަނޑެއްގެ ވެރި ދޮން އަންހެން ކުއްޖެކެވެ. ރާޅުބާނި އިސްތަށިގަނޑު އޮންނަނީ ގަތާލާފައި ފަހަތަށް ދޫކޮށްލާފައެވެ. ކުރު އިސްތަށި ކޮޅުތަށް ޓިސް ދަތީގެ އެހީގައި ހައްޔަރުކޮއްލާފައި ހުއްޓެވެ. ހުދު ޔުނީފޯރމް ލައިގެން ކަޅު އަދި ފިޔާތޮށި ކުލައިގެ ރޮކްސީ ދަބަހެއް އަޅުވާލައިގެން ހުރިއިރު އަތުގައި ދެތިން ޕާސްޓް ޕޭޕަރު އޮތެވެ. ރާޝިން ހުރީ މަޑު ނޫކުލައެއްގެ ގަމީހަކާއި ކަޅުފަޓުލޫނަކާއެކު ފުލް ބެގީގައެވެ.. ލެޕް ޓޮޕް ލާ ދަބަސް އެއް ފަޅިއަކަށް އަޅުވާލައިގެން ފިރިހެންވަންތަ ހިނގުމެއްގައި ދެއެވެ.

އޭނާގެ މިސްރާބު ހުރީ ޔުނިވާސިޓީ އާ ދިމާލަށެވެ. ނަމަވެސް ނަޒަރު  އިރު އިރު ކޮޅާގޮސް ހުއްޓެނީ މަގުގެ އަނެއްފަރާތުން ހިނގަމުން ދާ ސަފޫރާ އަށެވެ. ” ހޫން ސާބަސް ކައެ އަށް.. އެ މަންޖެ ކައިރީގޮސް ބުނާނަން މިއަދު ހުވާ… އެހެންނާފަހެ މީހަކު ހައިރާނުން އަންތަރީހެއް ނުވާނެތަ.؟ ތިހުންނަނީ އެ އަމީނިއްޔާ މަންޖެ އަށް ލޯ ހުއްޓިފަ މަގުން ހިނގާއިރުވެސް.. ކޮންމެ ދުހުކު މަމިޖެހެނީ ކައެ ސަލާމަތް ކޮއްދޭން.. ދެންމެވެސް ކިރިޔާ އެދިޔަ ތަލަބޯ ގައިގަ ލައިނުގަތީ.. މަ ހިތަށް އަރާ ކައެ މަ ނާން ދުވަސް ދުވަހު ދަނީ މަގުމަތީ މިހުން އުކަމުން ބާއޭ؟؟ ލޯބިވިޔަސް ތީ ބޮޑުވަރު އިނގޭ.. ” ރާޝިންގެ ދެބެންގެ ދެދަރި ކުއްޖެއް ކަމަށް ވާ މާދިހު، ރާޝިންގެ ކޮނޑުގައި ޖަހާލާފައި އެއް ނޭވައިން ފަތިވަރު ދަމާލިއެވެ. “ހަހަހަހަހަ…  ކައެ ނޭވާލާން ދަސްކޮށްބަލަ ވާހަކަ ދައްކާއިރު.. ބޮޑުބޭބެ ކޮންތާކުން ގެނައި ސޮރެއްތަ މީ؟ އަނގަ ގަދަކަމުގެ އިންތިހާ.. ކަންތަށް ބޮޑުނުކޮށް ހިނގާ.. އެންޑް ޑޯންޓް ޔޫ ޑެއާ ޓެލް އެނީތިންގ ޓު ހާރ.. މަށަށް ދެން އެނގެޔޭ ކައެގެ މަންޖެ އަކީ އެތާ ކިޔަވާ ކުއްޖެއް… ދެން މުޅިދުނިޔެ އަށް އެކަން އިއުލާނު ނުކުރިއަސް ހެވޭ.. ” ލޯ ކުޑަ ކޮށް ލަމުން ރާޝިން ބުނެލިއެވެ. މާހިދު އަށް އެބުނި ވާހަކަ އަކުން ފާޑަކަށް އަނގަ ހަދައިގެން ހުރެ ހިނގައިގެން ފިއެވެ. ރާޝިން އަށް އޭނާގެ ލޯބިވެރިޔާގެ ވާހަކަ އެނގުމުން މަންމަ މެން ކައިރީ ބުނެދާނެ ކަމުގެ ބިރަށް އަނގަ މައިތިރި ކޮށްގެން ހުރެ ހިނގަމުން ދިޔައެވެ.

އޭގެ ދެތިން ދުވަސް ފަހެވެ. ރާޝިން މިއަދު ދިޔައީ ސަފޫރާ އާ އެންމެ ކުޑަމިނުން ވާހަކަ ދެއްކޭނެ ކަމުގެ އުންމީދުގައެވެ. ޕޭވްމެންޓް މަތިން ސަފޫރާ އަންނަ ތަން ފެނުމާއެކު ރާޝިން މަގުހުރަސް ކޮށް ސަފޫރާމެން ތިބި ފަޅިއަށް އެރިއެވެ. އަދި ސަފޫރާ އަރާ ހަމަ ވުމާއެކު ރާޝިން ގޮވާލިއެވެ. ” ހޭ ރޮކްސީ ބޭގް…” ސަފުރާ ތުންކޮޅު އަނބުރާލުމަށް ފަހު ހިނގައި ގަތެވެ. ” އޭ މަޑުކޮށްބަ ޕްލީޒް…”  ރާޝން އަނެއްކާވެސް ގޮވާލިއެވެ. މިފަހަރު ސަފޫރާ ހުއްޓުނެވެ. ” ހައި އައިމް ރާޝިން.. ކޮންނަމެއް ކިޔަނީ؟؟ ” ސަފޫރާހުއްޓުމާއެކު ގޮސް ކުރިމައްޗަށް އަރައި ރާޝިން އަހާލިއެވެ. ” ސަފޫރާ” ސަފޫރާގެ ޖަވާބު ކުރެވެ.  ” ކިހިނެއްތަ ހާލު؟؟.. އިހަށް މިތާ ވާހަކަ ދައްކާލަން މަޑުކޮށްބަލަ” ރާޝިން މަސައްކަތް ކުރީ ސަފޫރާ   “ގަޑި ޖެހެނީ.. ފަހުން އަދި ދިމާވެދާނެ ދޯ… ބާއި” ހީލަމުން ސަފޫރާ އެހެން ބުނެލުމަށް ފަހު ރާޝިންގެ ޖަވާބަކަށް އިންތިޒާރުކުރުމެއް ނެތި ގޮސް ގޭޓުން ވަނެވެ. ” ސަފޫރާ… ހާދަ ރީތި ނަމެކޭ…” ހިތާ ހިތާ މިހެން ކިޔާލަމުން ލޯމަރާލިއެވެ. ސިފަވެގެން ދިޔައީ ސަފޫރާގެ އެ ރީތި ހިނިތުން ވުމެވެ. “ދަނީ ދަނީ މެރިގެން ލޯ.. އަމީނިއްޔާ މަންޖެ ފެނުނީމާ.. އެރީތި އުނގުގާ ނިދާލާ ހަނދާން މި އާވީ މާ.. ރާއްޓެ ހިތުގެ މަލިކާ ލިބޭތޯ  ހުރެ ހުރެ އުމުރު ތި ބީވެ ދަނި..” ރާޝިން ދިޔައީ ސިއްސައިގެންނެވެ. އަދި ފަހަތް ބަލާލިއެވެ. އޭރު މާހިދު ފާޑަކަށް ހެމުންދިޔައެވެ. “މާއްޓެ ދޯ” އެހެން ބުނުމަށް ފަހު ރާޝިން ހިނގައި ގަތެވެ. ” ހމމ މަ… ކިހިނެއް ވީ؟ ބައި ދަ ވޭ މިއީ ދޯ މިއަދު ހެނދުނު މާކުރިއަކުން ގެއިން ނިކުމެގެން އުޅޭ ސަބަބަކީ.. މަ ކައިރީވެސް ނުބުނެލާ.. ދެން ބުނެބަލަ ކާމިޔާބު ވެއްޖެތަ؟” މާހިދު އެއްބުމަ ހިއްލާލާ ފައި އަހާލިއެވެ. ” ސަފޫރާ ކިޔަނީ.. އެވަރު އަދި އެނގުނީ” ބޯ ކަހާލުމަށް ފަހު ރާޝިން ޖަވާބު ދިނެވެ.. ” ޕުއް.. ތިއީ ވާވަރަކީ..” ” ހމމ ދެން ހެވޭ… ތިއޭނުން ލަވް ގުރޫ.. މަ ވެސް ދަސްކުރާނަމޭ ކައެ ކައިރިން އޯކޭނުން ދޯ.. ގަޑި ޖެހެނީ ދެން ވެސް ބާރަށް ހިނގާ ބަލަ…” އެހެން ބުނުމަށް ފަހު ދެމީހުން ވެސް މިސްރާބު ޖެހީ  ޔުނިވާސިޓިއާ ދިމާލަށެވެ.

ޖެހިގެން އައި ދުވަހުގެ ހަވީރު އެކްސްޓްރާ އަށް އައިސް ސަފޫރާ ސްކޫޕް އަށް ވަދެލީ އައިސްކްރީމް ބޯލާށެވެ. އެންމެ ގާތް އެކުވެރިޔާ ވެސް ތަނަކަށް ދާން ޖެހިފައި އޮތުމުން ގެޔަށް ދިޔައީ އެވެ. ސަފޫރާ ގޮސް މޭޒެއްގައި އިށީނެވެ. އޭރު ރާޝިން އާއި މާދިހު އެތަނުގައި ތިއްބެވެ. ރާޝިން ހަމަ ސަފޫރާ ފެނުމާއެކު އެ މޭޒާ ދިމާލަށް މިސްރާބު ޖެހިއެވެ. ” ހޭ ސަފޫ…” ރާޝިން ގޮވާލިއެވެ. ޕާސްޓް ޕޭޕަރުގެ ތެރެއަށް ގެއްލިފައި އިން ސަފޫރާ ދިޔައީ ސިއްސައިގެންނެވެ. ” އޮ ރާޝިން ދޯ” ” އާނ.. ހަނދާން ވެސް އެބުހުރި ދޯ ނަން.. ހެހެހެ،.. އެކަނިތަ؟ މިތާ އިށީނަސް އޯކޭތަ؟” ރާޝިން އަހާލިއެވެ. ” ޔާ އޯކޭ.. ސަރާ ގެޔަށް ދިޔައީ ކުރިއަށް އެހެންވެ އެކަނި މިއައީ.. އައިސްކްރީމް ބޯލާހިތުން..” ހިނިތުންވެ އިނދެ ސަފޫރާ ޖަވާބުދިނެވެ. ” ފަހަރި ފެނުނީމަ މީނަ މިއައީ މަ ބަހައްޓާފަ… މަ މި އިނީ އެތާ ‘އެކަނިވެރިކަން ވަނީ ހިތަށް ލިބިފާ ލަކުނު ތަކަކުން ވަނީ މިހިތް ފުރިފާ’ އެހެން ކިޔާލަ ކިޔާލާ.. ހެހެ އަދިވެސް ނުނިމޭތަ؟” މިކަހަލަ ކުދި ކުދި ވާހަކަ ތަކެއްގައި ތިއްބާ މާދިހު ތެދުވެގެން އައިސް ބުންޏެވެ. ” ޝޫޝް..” ރާޝިން ލޯއަޅާލިއެވެ.. ސަފޫރާ އޭރު ހީހީ ހަލާކުވެއެވެ. ” ދެން ދަނީ އިނގޭ.. ބާއި ރާޝިން.” މިހެން ބުނެ ސަފޫރާ ތެދުވިއެވެ.” އަދި ދިމާވާނެ ދޯ ” ސަފޫރާ އާއިކޭބުނެ ނިކުމެގެން ދިޔައީ ދެމީހުންގެ ނަންބަރު ވެސް ދީފައެވެ. ދުވަސް ތަށް ފާއިތުވަމުންދެއެވެ. ރާޝިން އާއި ސަފޫރާ ވެސް ވަނީ ގާތް ރަހުމަތްތެރިންނަށް ވެފައެވެ.

މިއަދަކީ އޯލެވެލް ނިމުނު ދުވަހެވެ. ރާޝިން އަމީނިއްޔާ ސްކޫލު ބޭރުގައި މަޑުކޮށްލައިގެން ހުރީ ސަފޫރާ ނިކުންނަދެނެވެ. ގޭޓުން ނިކުމި ސަފޫރާ ފެނުމާ އެކު ރާޝިން ގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.  މުޅިގައިގާ އޮތީ  ހުސް ކުލައެވެ. ޔުނީފޯރމް ވެސް ހީވަނީ މަޝްހޫރު މީހެއްގެ އޮޓޯގްރާފް ފޮތެއްހެންނެވެ. ” ހަހަހަހަ ހަހަހަ ހަހަހަހަ….” ރާޝިން ހެމުން ހެމުން ގޮސް ދެކަކޫ މައްޗަށް ތިރިވިއެވެ. “ދެން ރާޝް….. އަޅެ މަޖަލެއް ނޫން.. ރާޝިން ގަނޑާ…” ސަފޫރާ ގޮސް ރާޝިންގެ ކަންފަތުގައި ހިފާނެގިއެވެ. އޭރު އެތަށްބައެއްގެ ލޯތަށް އެމީހުންނާ ދިމާލަށް ހުއްޓިފައިވިއެވެ. އެކަންއެނގުމާ އެކު ސަފޫރާ ރާޝިންގެ ކަންފަތުން ދޫކޮށްލުމަށް ފަހު ބާރު ބާރަށް ހިނގައިގަތެވެ. ” ސަފޫ..އޭ މަޑުކުރޭ..” މިހެން ކިޔަމުން ސަފޫރާ ފަހަތުން ރާޝިން ދިޔައެވެ. އެންމެ ފަހުން ސަފޫރަ ހުއްޓިއްޖެއެވެ. އަދި ހަށަން ބަނދެގެން ހުރެ ބަލާލިއެވެ. އޭރުވެސް ރާޝިން ބަނޑަށް ހެނީއެވެ. ސަފޫރާވެސް އެންމެ ފަހުން ހޭންފެއްޓިއެވެ. ރާޝިންގެ ހުނުން މަޑުވީ ސަފޫރާގެ ހީލުން ފެނިފައެވެ. “ހާދަ ރީއްޗޭ ސަފޫ..”  އެ ހުނުންތަކަށް ގެއްލިފައި ހުރި ރާޝިން އަށް ބުނެވުނެވެ. ސަފޫރާ އަށް އެ ޖުމުލަ ވަރަށް ސާފު ކޮށް އިވުނެވެ. ސަފޫރާ ބަލަހައްޓައިގެން ހުރީއެވެ. “ސޮރީ.. އެކަމް އަހަންނަށް ސަފޫ ދެކެ ލޯބިވިތާ ކިތަންމެ ދުވަހެއް.. އެކަމް އަހަރެން ނުބުނީ ސަފޫގެ ކިޔެވުމަށް އެއްވެސް ބުރޫއެއް އަރުވަން ބޭނުން ނުވާތީ.. އެކަމް މިއަދު…” ސަފޫރާ ރާޝިންގެ ވާހަކަތަށް މެދުކަނޑާލި އެވެ.. އަދި ލަދުރަކި ހީލުމަކާއެކު ބުންޏެވެ. ” އަހަރެންވެސް ރާޝިން ދެކެ ވަރަށް ލޯބިވޭ.” ރާޝިން އަށް ހީވީ ދުނިޔޭގެ ހުރިހާ އުފަލެއްލިބުން ހެންނެވެ. އެދުވަހަށް ފަހު ރާޝިން  އާއި ސަފޫރާވެސް ހިމެނިގެން ދިޔައީ ލޯބިވެރިންގެ ލިސްޓްގެ އެންމެ ކުރީގައެވެ.

އޭގެ 3 އަހަރު ފަހުން ސަފޫރާ އާއި ރާޝިން ކައިވެނި ކުރިއެވެ. ކައިވެންޏަށް ފަހު ރާޝިން ބޭނުން ވީ އޭނާގެ އަމިއްލަ ރަށަށް ބަދަލުވުމަށެވެ. ސަފޫރާވެސް އެކަމާ އެއްބަސް ވިއެއްކަމަކު އާއިލާ އާއި ދުރަށް ދާން ޖެހުމުން ހުރީ ނުހަނު ދެރަވެފައެވެ.

***** ********** ********** ***************

ވަގުތަކީ މެންދުރުގެ އެންމެ ހޫނުގަދަ ގަޑިއެވެ. ސަފޫރާގެ ތިން މައިން ތިބީ ހަމަ އެ ކުޑަ ކުޑަ ޓީނުން ހަދާފަ ހުރި ކޮޓަރި ތެރޭގައެވެ. ޓިނު ތަކުގައި ހުންނަ ކުދި ކުދި ލޯވަޅު ތަކުން ފުދޭވަރަކަށ އަލިވެއެވެ.

“އަން މިހިރީ ކާއެއްޗެހި.. ކައި..”  ސަފޫރާ  ކައިރީ އިން ބޯދިގު މީހާ އައިސް ތިން ތަށި ބެހެއްޓިއެވެ. އަދި ތިން މީހުންގެ އަތް މޮހާލަދިނެވެ. ނަމަވެސް ފަޔާއި އެކު ގޮނޑީގައި ވަރަށް ބާރަށް އައްސާލިއެވެ. އަދި ތޫނު ހަތިޔާރު ހިފައިގެން ހުރި ދެ މީހުން އައިސް ސަފޫރާގެ ކައިރީ ހުއްޓިލިއެވެ.ހީވާ ގޮތުން އެއީ އެމީހުން ފިލަން މަސައްކަތް ކޮށްފާނެ ކަމުގެ ބިރަށެވެ.  އޭރު ރަފޫޝާ އާއި ކުޑަ ކުޑަ ރަފްޝާ ބިރުން ދެލޯ ބޮޑު ކޮށްގެން ތިއްބެވެ. “ކާށޭނު މި ކިޔަނީ.. ކަލޭމެންނަކަށް އަޑެއް ނީވޭތަ؟؟” އޭނާ އަނެއްކާވެސް ހަޅޭލަވައިގަތެވެ. ސަފުރާ އަވަސް ވެގަތތީ އޭނާގެ ލޮބިވާ ދެދަރިންނަށް ކާން ދިނުމަށެވެ.

ކައި ނިމުމާއެކު އެމީހުން އަނެއްކާވެސް އަތް ބަނދެލިއެވެ. ނަމަވެސް މިފަހަރު ކުރިމައްޗަށެވެ. “މަންމީ.. ކޮއްކޮމެން ޑެޑި ކޮބާ…؟ ޑެޑީ އަނނާނެތަ ކޮއްކޮމެން ސޭވް ކުރަން..” ކުޑަ ކުޑަ ރަފްޝާ އަހާލިއެވެ. ނަމަވެސް ޖަވާބު ނުދެވި އުޅެނިކޮށް…………………..

(ނުނިމޭ..)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

nukko

Level 110 Stories100 Comments

Other Articles

Previous

އެކުގަ ނިމިގެން ދިޔުން ބޭނުމޭ…! (1)

Next

ނިމިދާނޭ ޖާނާ ހިތާ 2

Next
February 23, 2016

ނިމިދާނޭ ޖާނާ ހިތާ 2

Previews
February 23, 2016

އެކުގަ ނިމިގެން ދިޔުން ބޭނުމޭ…! (1)

14 Comments!

  1. nukko says:
    February 23, 2016 at 7:17 pm

    hey guys.. im very very sry.. v v lahun dw ki up kurevuny.. aslu wifi nulibigen.. miadhu hama e libuny.. libun thanaa hama mi up kohdhiny.. hpe all readers understand vaane kamah.. once again im vry very sry.. n enjoy this part too 😉

  2. Maalu says:
    February 23, 2016 at 7:30 pm

    Hey nukko stry vrh vrh vrh vrh reethiiiiiiiii……..when is the next part????? Wow wow wow wow this stry is awsome…… 🙂 🙂 😉

    1. Maalu says:
      February 23, 2016 at 7:32 pm

      Yayyyyy me first….. hehehe 😀 😀 😀

    2. nukko says:
      February 23, 2016 at 10:02 pm

      hey mal…. aww thnk u…. 3 days varu fahn up kohladheynan.. n yes u r first congra.. hehe

  3. misty says:
    February 23, 2016 at 8:23 pm

    Haadhanlehee up kurile.. Mihaaru mi stwry mathin hadhaan nethunuthaa kon dhuvahe…

    1. nukko says:
      February 23, 2016 at 10:04 pm

      sry misty.. wifi nulibigin hama.. libuny miadhu connection n mi up kohdhiny.. im cery sry.. n hope kurin up kohfa huri part thah kiyaalaane kamah.. thnks fr reading

  4. naax says:
    February 24, 2016 at 1:15 pm

    Vvvv reeth mi story

    1. nukko says:
      February 24, 2016 at 2:42 pm

      thnks naax 🙂

  5. abcdefghimissuvwxyz ;) says:
    February 24, 2016 at 3:28 pm

    nice story cndrella. bt adhi breath hold moment eh naadhey. readers ge hiy thalhuvaalaathi ingey? u can do it dear….. waiting 4 next part…. tvgc. keep smiling 🙂

    1. nukko says:
      February 24, 2016 at 3:47 pm

      owh.. ok will try ingey.. thnks.. n tvgc dhn anna bai ekahala gothakah genes dheveytho balaanan iney

  6. Nicky says:
    February 24, 2016 at 7:29 pm

    Stry v reethi….nxt part kn irakun??keep it up…gud luk?????

    1. nukko says:
      February 27, 2016 at 4:17 pm

      thnks..im tryin hama up kohdheveytho.. thnks once again..

  7. Thukko says:
    February 24, 2016 at 10:48 pm

    V nice story????

    1. nukko says:
      February 27, 2016 at 4:20 pm

      thnku thukko 🙂

Comments are closed.

Next Episodeރަހުމެތް ނެތް ހިތް… (ފަހުބައި)←


All Right Reserved!