Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ފަލްސަފާ-4 (18+)

IQ Level 110 Stories
February 19, 2016 6 Mins Read
44 Comments

ދުވަހަކީ ހުކުރު ދުވަހެކެވެ. ނާސިހާއާއި އެނާގެ ފިރިމީހާ ބޭސްފަރުވާއަކަށް ފުރަންފޮށި ތައްޔާރުކުރުމުގެ މަސައްކަތުގައި އަވަދިނެތި އުޅެމުންދިޔަ ވަގުތެވެ. ސަމީރު ދިޔައީ ނާސިހާއަށް އެހީތެރިވަމުންނެވެ. ނާސިހާ ރަށުގައި ނުހުންނަ ދުވަސްވަރު ގޭތެރޭގެ ކަންތައްތައް ކުރިއަށް ގެންދާނެގޮތާއި، ރަގަޅަށް އުޅުމަށް ޒުބީނަށާއި ސަމީރަށް ދެމުންދިޔަ ނަސޭހަތް ހަމައެކަނި އަޑުއަހަމުން ދިޔައީ ސަމީރު އެކަނި ކަހަލައެވެ. ޒުބީން އޮތީ ފޯނެއްގައި އޮލަ ވާހަކައެއްގައެވެ. ނާސިހާ ފުރުމުން އޭނާއަށް ލިބޭ މިނިވަން ދުވަސްތަކުގެ ބޭނުން ހިފާނެގޮތުގެ ތާވަލު ތައްޔާރުކުރުމުގައެވެ.

ނާސިހާއާއި އަޒީޒު ގެއިން ނުކުތީ ހަވީރު ގަޑިން ފަސްގަޑި ބައިގައެވެ. އެރޭ ގަޑިން 7 ޖެހިއިރު ނާސިހާގެ އާއިލާ ދިރިއުޅެމުންދިޔަ ކުޑަ އެޕަރޓްމަންޓްއޮތީ ޒުބީންގެ އެކުވެރިން އައިސް ފުރާލާފައެވެ. ޅައުމުރުގެ ކުދިންނެވެ. ސިންގިރޭޓްގެ ދުމާއި އޭގެ ވަހުން މުޅި އެޕަރޓްމަންޓްވަނީ އެއްވަސްކޮށްލާފައެވެ. ސަމީރު މަޑުކޮށްލައިގެން ހުރީ މަގުމައްޗަށް ކަނޑާފައިވާ ދެފޫޓް ހަތަރުފޫޓްގެ ކުޑަ ބެލްކަނީގައެވެ. ޒުބީންގެ އެކުވެރިންގެ ތެރޭގައި ދެޖިންސްގެ ކުދިންހިމެނެއެވެ. އަންހެންކުދިންނާއި ފިރިހެންކުދިން ތަތްވެ ޖޯޑުޖޯޑަށް އެކިތަންތަނުގައި ގުޅަޖެހިފައިތިބި މަންޒަރު ފެނުމުން ސަމީރަށްވީ ހަޖަމުނުކުރެވޭ ކަމަކަށެވެ. ދުވަހަކީ ހުކުރު ދުވަހެއްކަމުން ފަރީދާމެންގެއަށް ދިއުމަކީވެސް އޭނާގެ ދުވަހުގެ ތާވަލްގައި ނެތްކަމެއްކަމުން ގެއިން ނުކުންނާކަށް ބަހަނާއެއްވެސް ނެތެވެ. އާލިއާގެ ޚަބަރެއް ނުވާތާ އެއީ 3 ވަނަ ދުވަހެވެ. ނަމަވެސް އެރޭގެ އެ ހާސްކުރުވަނިވި ނުތަނަވަސް ވަގުތުކޮޅުގެ ޚަބަރު އާލިއާއަށް ދިޔަކަހަލައެވެ. ޚިޔާލުތަކަށް ގެއްލި ފިކުރުބޮޑުވެފައިހުރި ސަމީރުގެ ހިތަށް ހަމަޖެހުމެއް ގެނުވީ އާލިއާގެ ފޯނު ކޯލަކުންނެވެ. އަވަސްގޮތެއްގައި ބައްދަލުކުރުމަށް އާލިއާ އެދުމުން ސަމީރު ގެއިން ނުކުތީ އެބައްދަލުވުމަށެވެ. އާލިއާ އެގޭދޮށަށް ގާތްކުރަނީކަމަށް ބުނުމުން ދޮރުމަތީގައި މަޑުކޮށްލައިގެން ހުއްޓާ ސައިކަލެއްގައި އައިސް ދޮރުމައްޗަށް އާލިއާ މަޑުކޮށްލިއެވެ. ޒަމާނީ ބަހުންނަމަ ސައިކަލު ކަހާލީއެވެ. އާލިއާ އަތުގައި ސައިކަލު ލައިސަންސް އޮންނަކަމަށް އޭނާ ކުރިން ބުނިނަމަވެސް ސަމީރު އެކަން ޤަބޫލެއް ނުކުރެއެވެ. އަދި އެތައް ފަހަރެއްގެ މަތިން އޭނާއަށް ސައިކަލެއް ނުދުއްވޭނެކަމަށްބުނެ ދިމާވެސްކޮށްފައިވެއެވެ.

“އަނގަ ޗޭ ކޮށްގެން ނުހުރެ އަވަހަށް އަރާބަލަ” ސަމީރު މޫނުމައްޗަށް އައިސްފައިވާ ހިނިތުންވުމުގެ ސަބަބުން އާލިއާ ބުނެލިއެވެ.

“ހަޑިއެއްނޫންތަ؟ މަ އެލީ ފަހަތައް އެރީމަ؟” ސަމީރު ބުނެލިއެވެ.

“އެއްކަލަ މީހާގަނޑު، އަވަސްކޮށްބަލަ، މިއީ ވަންވޭއެކޭ” މަގުގެ ދެކޮޅު ބަލާލަމުން އާލިއާ ހަލުވިކަމާއި އެކު ބުނެލިއެވެ.

“ކޮންތާކުތަ ތިއުޅެނީ، ހަބަރެއް ދަބަރެއްނުވޭ، ފޯނަށް ކީއްތަކޮށްގެން ތިއުޅެނީ، އެޓްލީސްޓް ހަބަރުވެލަން ރަގަޅުދޯ” ސަމީރު ޝަކުވާފަތި އަމުނާލިއެވެ.

“ކުޑަކަމެއްގަ ތާށިވީއޭ، ކިޔާދޭނަން” މަޖީދީމަގުން ބޮޑުތަކުރުފާނުމަގަށް އަޅަމުން އާލިއާ ޖަވާބުދިނެވެ. އޭނާގެ ވިސްނުންހުރީ މަގުމައްޗަށެވެ. މީހަކު ހޯދަން އުޅޭކަހަލައެވެ.

“ކޮންތާކަށްތަ މިދަނީ؟” އަނެއްކާވެސް ސަމީރު ކޮށްލީ ސުވާލެކެވެ.

“ކެތްލަވާބަލަ” އާލިއާއަށް ފުރަތަމަ ފަހަރަށް ސަމީރުގެ ވާހަކަ ގިނަވެގެން ބޮލަށް އުނދަގޫވިކަހަލައެވެ.

ބޮޑުތަކުރުފާނުމަގުން ގޮސް އާލިއާ ސައިކަލު މަޑުކޮށްލީ އުސްފަސްގަނޑާ ދިމާއަށެވެ. ދެނަމާދު ދޭތެރެކަމުން އެހިސާބުގައި މާގިނަ ބަޔަކު ނެތެވެ.

“މިތަނަށް ކީތްކުރަން” ސަމީރު އަނެއްކާވެސް ސުވާލުކޮށްލިއެވެ.

“ހިނގާބަލަ އެލީ ސިނގިރޭޓެއް ބޯލަންދެން މިއޮތްދިމާލަށް” އާލިއާ ހިނގައިގަތީ ދިވެހިންގެ އާންމު ބަހުންނަމަ އެތަނުން ބަޖިޔާގާތަކާ ދިމާއަށެވެ. އުސްފަސްގަނޑާދިމާއިން ތޮށިގަނޑުގެ ބިތްދޮށުގައި ހުންނަ ގާތަކުގެތެރެއަށް ވަރަށް ހަލުވިކަމާއެކު އާލިއާ ފޭބިއެވެ. އެއީ ސަމީރަށް މުޅިން އާ ޖަގަހައެކެވެ.

މާލޭގެ ބައިބޯހަލަބޮލިކަމުގެ ތެރޭގައި އެފަދަ ހަމަހިމޭން ތަނެއް ލިބިދާނެއޭ ސަމީރު ހިތަކަށް ދުވަހަކުވެސް ނާރައެވެ. މޫދުގެ ރާޅުތަކުގެ ސަކަރާތާއި ލަދުރަކި ހިނިތުންވުންތަކުގެ އަޑު ވަރަށް ހިތްފަސޭހަކަމާއެކު އިވޭ މާހައުލެކެވެ. އުޑުގެ ތަރިތައް ރޭގަނޑުގެ ވަގުތަށް ތައްޔާރުވެ ޒީނަތްތެރިވަމުންދިޔަ މަންޒަރު އެތަނުގައި އިށީނދެލައިގެން ތިބިއިރު އެދެމީހުނަށް ފެންނަމުން ދިޔަކަހަލައެވެ. އެމަންޒަރުތަކަށް ގެއްލިފައި އިން ސަމީރު އެ ޚިޔާލުތަކުން ބޭރުކުރުވީ އާލިއާ ރޯކޮށްލި ސިނގިރޭޓުން އެ މާހައުލު ތަޣައްޔަރުކުރުވި ދުމުގެ އަސަރެވެ.

“އެލީ… ދެން ބުނެބަލަ ކޮންތާކުތަ ތިއުޅެނީ، ކޮލެޖަށްވެސް ނައިސް، ކިހިނެއްތަވީ، މަ ހާދަހާސްވިއޭ” ސަމީރު ކަންބޮޑުވެފައި އިނދެ ސުވާލުކޮށްލިއެވެ.

“ސާބަހޭ، ސާބަހޭ، ހާދަ މިސްއެކޭދޯ ތިވީ، ވަރަށް ބޮޑަށް ހުންއައިސްގެން ހަމަ ގޭގަ އޮތީ، ނޭނގޭނުން މީހަކު ތިވަރަށް މިސްވާނެކަމެއް” ސަމީރުއޭނާއާއި މެދު ވިސްނާވަރުފެނިފައި އޭނާގަތަށް ހިނިއައެވެ.

“ހުން އައިސްގެން ގޭގަ އޮންނަ މީހުން ފޯނު ނިއްވާލާވިއްޔަ؟ ކޮންމެސް އެހެން ދޮގެއް ހަދާބަލަ، ޔަގީނޭ ކޮންމެސް ތަނަކަށް ޓްރިޕެއް ދިޔައީކަން، ދޯ؟” އާލިއާގެ ވާހަކަ ޤަބޫލުކުރާކަށް ސަމީރު ބޭނުމެއްނުވިއެވެ.

“ދެން އެވާހަކަ ބާއްވަބަލަ، މިއޮތް ހަބަރުވީނުން… ހައުޒް ޔޫ؟” އާލިއާ މައުޟޫއު ބަދަލުކޮށްލިއެވެ.

“ދައްތަމެން މިއަދު އިންޑިއާއަށް ފުރައިފި… ގޭގަ މަށާ ޒުބީނާ އެކަނި މިއުޅެނީ” ސަމީރު އޭނާގެ ހާލު ބަޔާންކޮށްދިނެވެ. ޒުބީނާ ދެމީހުން އެކަންޏޭ ބުނުމުން އާލިއާއަށްވެސް މިހާރު އެއީ ރަނގަޅުކަމެއް ނޫންކަން އެނގޭވަރުވެއެވެ. ސަމީރުގެ މަންމަގެ އުޅުމާއި ކޮއްކޮ އަދި ދައްތަގެ މާބޮޑު ހަޤީގަތެއް އޭނާ ކިޔައިދީފައި ނެތްނަމަވެސް އޭނާއާއި ޒުބީން އަދި ނާސިހާގެ ގުޅުން އޭނާ ވަރަށް ރަނގަޅަށް އާލިއާއަށް ވަނީ ކިޔާދީފައެވެ.

“މާ ފުއްޕަންޏާ އެލީއަށް ގުޅާލަބަލަ… ސައިޒަށް ކަނޑާލާނަން” ސަމީރުގެ ބުރަކަށީގައި ޖަހާލަމުން އާލިއާ ބުނެލިއެވެ.

“ހެހެ ޒުބީނެއް އެގޮތަކަށް ނުފުއްޕާނެ… އޭނަ ފުއްޕާނީ އަންހެނުން ފުއްޕާހެން… ގަޔަށްބޮލަށް އަރަންޏާ މަށަށްވެސް އޭނާ ސައިޒަށް ކަނޑާލެވޭނެ” ސަމީރު ބުނެލިއެވެ.

“ތީހާދަ ހީނުވާ ކަމެކޭ… އެހެންނޫނީ އޭނަގެ ސްލޭވަކަށް ވެގެނެއް މިހާރަކުވެސް ނޫޅޭނެދޯ؟” ސަމާސާ ރާގަކަށް އާލިއާ ބުނެލިއެވެ.

“ސްލޭވެއްނޫންދޯ، މަ އެގޭގަ ބަހައްޓައިގެންވެސް ދައްތަ އެ ކޮށްދެނީ ވަރަށް ބޮޑު ކަމެއްނުން… އެހެންވެ ދެން ދައްތަ އެހާ ލޯބިވާ ދަރިއަކަށް މަ ފުއްޕީމަ ކަމަކު ނުދާނެއެއްނުން، އެހެންވެ” ސަމީރު އޭނާ ޒުބީންއަށް ރައްދުނުދޭ ސަބަބު ކިޔާދިނެވެ.

“ތިއެއްނޫނޭ… ދައްތަމެން ގޭގަ ނެތިއްޔާ ސަމީރަށް ދެވޭނެއެއްނުން، އެލީ ބުނާތާކަށް، ދޯ؟” މޮޅު ވިސްނުމެއް ވިސްނާލައިފައި އާލިއާ ބުންޏެވެ.

“ހެހެ، ކޮންތާކަށް ދާންވީ، އަސްލު ދައްތަ ނެތީމަ ވަކި ދައްތަ ހިތްހަމަ ނުޖެހޭ ގޮތަކަށް އުޅޭކަށް ބޭނުމެއްނޫން… އެކަމަކު އެ ޒުބީން އެބައުޅޭ މިގަޑީގަވެސް މުޅި ގޭތެރެ ފުރާލައިގެން… އެތަނުން ސަލާމަތްވާން ގޮސްދާނަން” ސަމީރު ޖަވާބުދިނެވެ.

“އޯކޭ، މިރޭ ދަންކޮށްލާފަ އަރައުންޑް ޓޫގަ ނުކުމެވޭނެތަ؟” އާލިއާ އަހާލި ސުވީލުން ސަމީރު ޙައިރާންވިއެވެ.

“ދޭއްޖަހާއިރު؟؟؟ ދަންވަރު؟؟؟” ސަމީރު ޙައިރާންކަމާއެކު އަހާލިއެވެ.

“އެގަޑީގަ ކޮންތާކަށްދާން، އެގަޑީގަ ދާނެތަނެއް އޮވޭތަ؟” ސަމީރު ޙައިރާންވީ އެހާ ދަންވަގުތެއްވީމައެވެ.

“ނުކުމެބަލަ، ދާނެ ތަންތަން ހުހެއް ނުވާނެ” ސަމީރުގެ ސުވާލަށް ޖަވާބުދެމުން އާލިއާ ކޮޅަށް ތެދުވިއެވެ.

“ދާންވީތަ؟ ހާދަ އަވަހަކަށް؟” ސަމީރު އެތަނުން ދާން ބޭނުން ނުވާކަހަލައެވެ.

“ހެހެ، ތީ ހަމަ ސަމީރުތަ؟ އައި ކާންޓް ބިލީވް އިޓް، އައިގޮޓަގޯ… މިރޭ ދިމާވާނެއެއްނުން، ހިނގާ ދާން” އާލިއާ އެހެން ބުނުމުން ހިތާ ދެކޮޅަށް ތެދުވެ ސަމީރު ހިނގައިގަތެވެ. އެހެނަސް އޭނާގެ ސުވާލުތައް ކުރިއަށްދިޔައެވެ. އެހެން ދުވަސްތަކާ ކަންތައްތައް ތަފާތެވެ. އިހަށް އަނގަ ވާޅުނުވާ އާލިއާގެ ބަސްމަދެވެ. ސަމީރުގެ އަނގަ ހަލުއްވެ.

ސަމީރަށް ގެއަށް އާދެވުނީ ގަޑިން 9 ޖެހިއިރުއެވެ. އޭރު ގޭތެރެވަނީ ހުސްކޮށެވެ. މުޅި ކާމޭޒުމަތީގައި އޮތީ ޕިއްޒާ ފޮށިތަކާއި ހުސް ދަޅުތަކެވެ. ތަޅުންގަނޑުގައި އޮތީ ސިންގިރޭޓްގެ ބަޓްބުރި ތަކެވެ. ބޯހޫރާލުމަށްފަހު،ދޮރު ލައްޕާފައި ހުރި އޭނާ އުޅޭ ކޮޓަރީގެ ދޮރު ހުޅުވާލުމާލުމާއެކު ކޮޓަރިތެރެއިން ފެނުނީ މުޅިން އެހެން މަންޒަރެކެވެ. ކުރިން ދުވަހު އެ ކޮޓަރިން ޒުބީންއާއެކު ނިކުތް އަންހެންކުއްޖާއާއި ދެމީހުން ތިބީ އެނދުމަތީގައި ހެއްދެވިގޮތަށެވެ.

“ނަގޫ*ޅާ… ތިޅައި އަމާ ބަފާގެ ތަނެއްތަމީ… ޓަކި ޖަހާނުލާ ހުޅުވަން” ޒުބީން އަޑުގެ ނެއްތަނަށް ސިއްސައިގެންގޮސް ހަޅޭއްފަޅޭއް ޖަހައިގަތެވެ. ލިބުނު ސިހުމާއެކު ސަމީރު އަވަހަށް ދޮރު ލެއްޕިއެވެ. އަދި ހާސްކަންމަތީހުރެ ކާމޭޒު ކައިރީހުރި ގޮނޑިއެއްގައި އިށީނދެލިއެވެ. ކޮޓަރީގެ ދޮރު ތަޅުލި އަޑުއިވުނެވެ. އިރުކޮޅަކަށްފަހު ޒުބީންގެ ހަޅޭކުގެ އަޑު މަޑުޖެހުނެވެ. ފުންނޭވާއެއް ލުމަށްފަހު ސަމީރު ތެދުވެ ގޭތެރެ ސާފުކުރަންފެށިއެވެ. މަސައްކަތް ނިމުނުއިރު ގަޑިން 12 ޖަހަނީއެވެ. އޭރުވެސް ކޮޓަރީގެ ދޮރެއް ނުހުޅުވައެވެ. އާލިއާގެ ފޯނުކޯލަށް ސަމީރު އިންތިޒާރުކުރަމުންދިޔައެވެ. ގަޑިޖެހެންދެން ދެކޮޅަށް ހިނގާލަ ހިނގާލަހުއްޓާ އޭނާގެ ފޯނަށް އައީ މެސެޖެކެވެ. ދިރާގުމެދުވެރިކޮށް ސަލްމާގެ ފޯނުން ފޮނުވި މެސެޖެކެވެ. ގުޅާލުމަށް އެދިއެވެ. ބެލްކަންޏަށް ޖެހިލާފައި ސަމީރު ސަލްމާއަށް ގުޅިއެވެ.

“ކޮއްކޮ ކިހިނެއް؟” ސަލްމާގެ ފުރަތަމަ ސުވާލަކަށްވީ އޭނާގެ ހާލު އަހާލުމެވެ.

“ރަގަޅު” ޒުބީންގެ ކޮޓަރިދޮރާ ދިމާއަށް ބަލާލަމުން ސަމީރު ދޮގުހެދިއެވެ.

“ދޮންތަމެން ކިހިނެއް؟ ކޮބާ ސަމާ” ޒުބީނަށް އެމީހުން އުޅޭނެ ހާލު އެނގޭއިރުވެސް ރަގަޅު ޖަވާބަކަށް އުންމީދުކުރިއެވެ.

“ރަގަޅެއް ނޫން، މަންމަ ގެއަށް ގެނެއެއްނުން ދިވެހި ބޭސްހަދާ ސޯދިގެއް…! ރޭގަ ދޮންތަ ފިހާރައަކަށް ގޮސްހުއްޓާ އޭނަ ގެއަށް ވަން، ދޮންތައަށް ގަޑިއަށް އާދެވުނުކަން ނަސީބު” ސަލްމާ އެމީހުންގެ ހާލުކިޔައިދިނުމުން ސަމީރު ހާސްވިއެވެ. އެއީ ކުރިން ވާކަމެއް ނޫންކަން އޭނާއަށް އެނގެއެވެ. އެގެއަށް ކިތަންމެ ފިރިހެނުންނެއް ވަދެއުޅުނަސް ސަލްމާއާއި ސަމާގެ ކޮޓަރިއަށް ވަންނަން ކެރޭ މީހަކު ނުހުންނާނެކަން އޭނާއަށް އެނގެއެވެ.

“މަންމަކޮބާ އޭރު؟” ސަމީރު ސުވާލުކުރިއެވެ.

“މަންމަ އުޅޭ ކޮޓަރިތެރޭގަ، ދޮންތަ އައިސް ވަންތަނާ އެ ސޯދިޤް ނުކުމެގެންގޮސްވަނީ މަންމަ ކޮޓަރިއަށް” ސަލްމާ ވާހަކަދެއްކީ ވައިއަޑަކުންނެވެ.

“ދެން ދޮންތަ ނާހަންތަ މަންމަ ކައިރިއަކު… ކޮއްކޮ ކީކޯ ބުނީ” ސަމީރުގާތަށް ރުޅިއައިސް ދަތްކުނޑިވިކެންފެށިއެވެ.

“އެ ސޯދިގު ކޮއްކޮ ކައިރީ ބުންޏޯ، ކޮއްކޮ އަބަދު ބޮލުގަ ރިއްސާތީ މަންމަ ބުނެގެން އެކަންތައް ބަލާލަންށޯ ކިޔާފަ ބޮލުގަ އަތްލާފަ ކޮއްކޮއާ… ” ސަލްމާގެ ވާހަކަ އިތުރަށް އަޑުއަހާކަށް ސަމީރު ބޭނުމެއްނުވިއެވެ. ޖަވާބު އިނގޭތީއެވެ. “ސިފައިންނަށް ގުޅިނަމަ… އެންގިނަމަ” ސަމީރު ހާސްކަންމަތީ ބުނެލިއެވެ.

“ކާކަށްތަ އަންގާނީ، އަންގައިންވާނެ ކަމެއް އޮންނާނެތަ؟ ކޮއްކޮލާނީ ކުޑަކުދިންގެ ހިޔާއަށް އެހެންނޫނީ ކޮންމެސް އެހެންތާކަށް… ދޮންތަ ދާނީ ވަކިކޮންތާކަށް… މަންމައަކަށް އެއްކަމެއްވެސް ނުވާނެ، އެހެންނޫނީ މިވީހާ ދުވަހު ވީހެއްނުން” ސަލްމާ އޭނާގެ ހިތުގެ އުދާސްތައް ބަންޑުންކޮށްލިއެވެ.

“ކޮންމެސް ގޮތެއް އޮންނާނެއެއްނުން، މިހާރު މަޑުން ތިބެވިއްޖެއެއްނުން…” ސަމީރުގެ ހިތުތެރޭގައި އާޝިޔާއަށް އޮތް ނަފްރަތުގެ ހުޅުގަނޑު ބޮޑުވިއެވެ.

“ދައްތަ އަތުގަ އެބަހުރި ފަސްވަރަކަށް ހާސްރުފިޔާ މިދިޔަ ހަތަރު އަހަރު އެކިގޮތްގޮތުން އެއްކުރެވިފަ ހުރި ލާރިކޮޅެއް… މާލެއިން ތަނެއް ކުއްޔަށް ލިބޭތަ އެހާކަށް ވަރަށް… އޭރުން ދެން ތިކޮޅުން ކޮންމެސް ޖޮބަކަށް ގޮސްގެން އުޅެވޭތޯ ބަލަން” ސަލްމާގެ ވިސްނުން ހުރިގޮތް ކިޔާދިނެވެ.

“ފަސްހާހަށް މިތާވާނީ ކޮންކަމެއް؟ އެކަމަކު ބަލާނަން ކޮންމެސްގޮތެއް ހެދޭތޯ” ސަމީރުގެ ސިނކުޑި ވިސްނުމުގެ ސްޕީޑް އަވަސްކޮށްލިއެވެ. ސިނކުޑިތެރެއަށް ދާނެކޮޅެއް ނޭނގޭ އެތައް ޚިޔާލުތަކެއް ދޫކޮށްލިއެވެ.

“އޯކޭ… އަވަސްކޮށްލައްޗޭ…!ދޮންތަވެސް ބަލާނަން ގޮތެއް ވޭތޯ… މިރަށަކު ގައިމުވެސް ގެއިން ނުކުމެގެންގޮސް އުޅެވޭނެ ތަނެއް ނުލިބޭނެ. ބޭއްވީ އިނގޭ… މަންމަ އެބައުޅޭ ހޭލާ… ގޭތެރޭގަ ވާހަކަދައްކާ އަޑު އިވިއްޖެޔާ ހިތްހަމައެއްނުޖެހޭނެ” ސަލްމާގެ ފޯނު ނިމުމުން ސަމީރު އޭނާގެ ދެއަތުން މޫނުގައި އަތްއަޅާ ގައިގައި ހުރި ހުރިހާ ބާރަކާއެކު މޫނަށް ފިތާލިއެވެ. އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަންނަން އޭނާ ހުރީ ކެތްމަދުވެފައެވެ. އޭނާގެ އަމިއްލަ ހާލާތާމެދު އިންތިހާއަށް ރުޅިއަންނަން ފެށިއެވެ. ދައްތައާއި ކޮއްކޮއަށް އެހީއެއް ފޯރުކޮށްދެވޭނެ މަގެއް އަވަހަށް ފަހިވޭތޯ ދުޢާކުރެވެންފެށިއެވެ. ކިތަންމެ ކެތްކުރަން މަސައްކަތްކުރިނަމަވެސް ހިތުގައިޖެހި ދެލޮލުން ކަރުނަ އައެވެ. ހިތްވަރުގަދަކުރަން މަސައްކަތްކުރިއެވެ. އެޙާލެއްގައި ސަމީރު ވިސްނުމުގައިހުއްޓައި ޒުބީން ކޮޓަރީގެ ދޮރުހުޅުވި އަޑުއިވުނެވެ. ނުކުމެގެން އައީ ޒުބީންއާއެކު ކޮޓަރީގައި އޮތް އަންހެންކުއްޖާއެވެ. ކުރިން ދުވަހު ބުރުގާ އަޅައިގެން ޔުނީފޯމުގައި ފެނުނު އެކުއްޖާ އެވަގުތު ހުރީ ހަމައެކަނި ޒުބީންގެ ޓީޝާޓެއްގެ ނިވަލުގައެވެ. އިސްކޮޅުން ކުރު ކުއްޖެއްކަމުން ޒުބީންގެ ޓީޝާޓުން އޭނާގެ ފިނދުމަސްގަނޑާހަމައަށް ނިވާވެއެވެ. ސަމީރު ފެނުމާއެކު އޭނާ އިނގިލިން އިޝާރާތްކޮށް ވާހަކަ ނުދެއްކުމަށްބުންޏެވެ.

“ލައްބަ، ލައިވީ ފާހާނާގަ… ލައި މަންމަ ވަދެއްޖެ ނިދަން… މާދަންރޭ ފެރީން ދާނަން” ފޯނުން ކޮންމެވެސް މީހަކަށް ދޮގުތަކެއް ހަދާލުމަށްފަހު އެކުއްޖާ ފޯނު ބޭއްވުމަށްފަހު ސަމީރާދިމާއަށް ބަލާލާފައި ހިނިތުންވެލިއެވެ. ސަމީރުވެސް ނިތްއަރުވާލިއެވެ.

“ޔޫނޯ، މަންމަމެން ދޯ…؟ ތަނަކަށް ދާއިރަށް ނޭވަޔަކު ދެކޮޅު ގުޅާނެ” އިސްނަގާ ސަމީރުއާ އެކުއްޖާ ވާހަކަދެއްކިއެވެ. އާނއެކޭ ބުނުމުގެ ގޮތުން ސަމީރު ބޯޖަހާލިއެވެ.

“ސަމީރު ދޯ…؟ މީ ޒިދޫ” އެކުއްޖާ ތަޢާރަފްވެލިއެވެ.

“ސަމީރު” އޭނާގެ މޫނުމަތީގައިވާ ހާސްކަން ފޮރުވަން މަސައްކަތްކުރަމުން ތަޢާރަފްވެލިއެވެ.

“ނެއްތަ ކާލާނެ އެއްޗެއް؟ ޒުބީން ބުނި އަހާބަލާށޯ އެއްޗެއްހުރިތޯ” ކާމޭޒުމަތީ ހުރި ތައްޓެއްގެ މަތިނަގަމުން ސަމީރު ގާތު އަހާލިއެވެ.

“ހުންނާނެ ފްރިޖްގަ، މިތާ ބާކީ އޮތް ދެ ޕިއްޒާ ފޮތި” ފްރިޖާ ދިމާއަށް އަތުން އިޝާރަތްކޮށްލަމުން ސަމީރު ޖަވާބުދިނެވެ.

“ފެގެއް ނެތްތަ؟” ފްރިޖް ހުޅުވާލުމަށްފަހު އޭގެތެރެއިން ޕިއްޒާ ފޮއްޗެއް ނަގާ އަނގައަށްލަމުން ޒިދޫ އަހާލިއެވެ.

“ފްރިޖްމަތީގަ ތިއޮތީ އަޒީޒުބެގެ ފޮއްޓެއް، ނަގައިފިއްޔާ އެނގިދާނެ” ސަމީރު ޖަވާބުދިނެވެ.

“ކާކު ގުނާފަ ސިނގިރޭޓް ބަހައްޓާނީ” ޒިދޫ ގާތަށް އައީ ލާނެތް ހިންޏެކެވެ.

އެފޮށިން ދެ ސިންގިރޭޓް ނަގައިގެން ކޮޓަރިއާ ދިމާއަށް ހިނގައިގަންނަމުން ޒިދޫ ފަސްއެނބުރި ބަލާލިއެވެ. “ހޭ، ސޮރީ އިނގޭ، އޭރު ޒުބީ ކުޑަކޮށް ރޭސްއަރާފަ އޮތީ” އެރޭވީ ކަންތަކަށް މަޢާފަށް އެދެމުން ޒިދޫ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

ކޮޓަރި ދޮރުލައްޕާފައި ތަޅުލިއަޑުއިވުމުން މާނޭވާއެއްލުމަށްފަހު ބޯހޫރާލުމަށްފަހު ސަމީރު އަނެއްކާވެސް ބަލާލީ ފޯނަށެވެ. ދޭއްޖަހާއިރު އާލިއާ ގުޅާނެއޭ ބުނުމުންނެވެ. ސަމީރުގެ ހިތުގެ ގޮވުން އާލިއާއަށް އަނެއްކާވެސް އެނގުނުފަދައެވެ. ހަމަ އެވަގުތު ސަމީރުގެ ފޯން ރިންގ ވިއެވެ. އާލިއާގެ ފޯނު ކޯލެކެވެ. އާލިއާ އެގޭދޮށަށް އަންނަ ވާހަކަ ބުނުމުން ބަލަން ނުހުރެ އަވަސް އަވަހަށް ސަމީރު ބޭރަށް ނުކުތެވެ. އެއީ ދަންވަރު ވަގުތު އޭނާ މާލޭގެ މަގުމައްޗަށް ނުކުތް ފުރަތަމަ ފަހަރެވެ. ކުރިން ދުވަހު އާލިއާއިއެކު ކޮލެޖް ކުރިމައްޗަށް އައި އަންހެންކުއްޖާއާއި، އިތުރު އަންހެންކުއްޖެއްވެސް އެހެން ސައިކަލެއްގައި ތިއްބެވެ. ހަތަރުމީހުން އެކުގައި ދުއްވާފައިދިޔައީ މާފަންނު އެތީނާ ސިނަމާކައިރީގައި ހުންނަ ގެއެއް ކައިރިއަށެވެ. ސައިކަލު ޕާކްކޮށްލުމުން ސަމީރު ސައިކަލުން ފޭބިއެވެ. ހަނި ގޯޅިގަނޑެއްގެ ތެރެއިން އިތުރު ހަނި ގޯޅިގަނޑެއްގެ ތެރޭގައި ހުރި ގެއެއްގެ ދޮރުހުޅުވާލުމަށްފަހު ހަތަރުމީހުން އެގޭތެރެއަށް ވަނެވެ. ދެވޭ ނުދެވޭ މަގެއް ނޭނގުމުގެ ސަބަބުން ހިތް ނުތަނަވަސްވެ ހާސްވެފައިހުރި، ސަމީރަށް އެގޭ ދޮރުހުޅުވުމުން ފެނިގެންދިޔަ މަންޒަރުން ލިބުނީ ކުއްލި ސިހުމެކެވެ.

Share Article

Follow Me Written By

IQ

Level 110 Stories

Other Articles

Previous

ފުންއަސަރު -01

Next

މާޒީ

Next
February 19, 2016

މާޒީ

Previews
February 19, 2016

ފުންއަސަރު -01

44 Comments!

  1. Lai says:
    February 19, 2016 at 6:56 am

    Haadha riychey mi part vess. Cant wait for the next part.

  2. a big fane of ur almash says:
    February 19, 2016 at 7:05 am

    hashi vikkaa thane thoa??? :-/

  3. shima says:
    February 19, 2016 at 9:57 am

    Me second…. anyways wahaka reethi warah ..

  4. naax says:
    February 19, 2016 at 10:36 am

    Konirakun next part vvvv reethi mipart ves

  5. Ahmed Ammu says:
    February 19, 2016 at 8:04 pm

    Habeyyyssss. ?
    Eagerly waiting for the next part

  6. Me says:
    February 20, 2016 at 12:07 pm

    Once a week is a torture IQ!!! XD hehehe.. this is sooo good i want to read it all at once…

  7. misty says:
    February 20, 2016 at 1:39 pm

    Varah reeeeeeeeethi mi prt vx… But maa lahy up vaale..nxt prt avahah up koh dhechey…

  8. Haari says:
    February 24, 2016 at 11:15 am

    Haadha lahey upvaaleh

  9. Nany says:
    February 25, 2016 at 9:30 am

    Alhey dhonko dhen up kohbala… mihaaru kiyaahithun nuhurevey 🙂

  10. Rulhi says:
    February 28, 2016 at 4:25 pm

    Ajaibeh nun I queee.. Dhn vqahka up kuran vejje eh nun… Feeling heaikiyaaha angry. Ingey. Maa las vanyaa dhn nukiyaanan iq ge vaahaka thah. ????

    1. IQ says:
      March 24, 2016 at 12:29 pm

      sorry rulhi – maa buzy dhuvaskolheh vma up nukurevifa , but asa i get free will start uploading regularly , v maaf

  11. Sharu says:
    March 1, 2016 at 10:57 am

    IQ do u have any facebook side or group so that we can read your stories. i really like your stories. the most beautiful story i ever read is also a your story “Ehenas hama loabiveye”. IQ stories liyany hama ekani mi site ga tha? ehen site eh ga IQ ge story hureytha?

    1. IQ says:
      March 24, 2016 at 12:27 pm

      mihaaru mi liyanee hama ekani mi site ga, most of my long storys are not uploaded on any site right now, half of each story is on araamagu.com, but falsafaa will be uploaded till the end on esfiya.com you can reach me via https://www.facebook.com/worldofiq

  12. Umm says:
    March 6, 2016 at 2:28 am

    Season break v tha

    1. IQ says:
      March 24, 2016 at 12:30 pm

      no, just a break maa busy dhuvaskolheh v ma , will be back asap. thanks alot

  13. Please says:
    March 8, 2016 at 8:49 am

    IQ dhen avahah up kobbala nxt part… IQ ge vaahakathah follow kurin kureega araamgu.com invs.. bt 3,4 parts genesdheefa up nuvey… alhe IQ ge “Firaasha” n “Mooney thee hih edhey” genesdhyba.. pls pls pls.. 🙁 :'(

    1. iq says:
      March 24, 2016 at 11:41 am

      firaasha and mooney hiy edhey kiyaa vaaahakaeh nuliyan

    2. Smiley says:
      March 25, 2016 at 3:58 am

      thnkiiu rep kuryma.. araamagu.com in genesdhinymennu “mives loabyge vaahakaeh”.. eii IQ ge vaahakaeh dw?? as far as i remember u wrote “firaasha” n “mooney thee hih edhey” along wid “mives loabyge vaahakaeh”.. may be i’m mistaken.. u r da writer, u’ll knw ur stories better than me dw.. 🙂
      P.S: I have ur “mives loabyge vaahaka eh” n “ehenas hama loabiveyey”.. pls pls update this story n make it long this time igey.. -big fan of ur stories- <3

  14. Iq ah dalaam says:
    March 10, 2016 at 10:16 pm

    Alhe iq please mohaaru ehmas vany ey..lituntherin ah ves hamdharu veba.. Mee hama kurin faharu ves hedhi ethi tha thihadhany. Araamagug.com ga vaahaka ehbai liyefa anebbaa kiyan beynumiyyaa gannah kahala ehcheh mee. Varah kess ingey. Dhn iq he mivaahaka up vaane dhuvahakah nuhunnaanan. Nuves kiyaanan iq ge vaahaka. Mi site hingaa myhunnah angaalaan beynun vany iq gothah vaahaka ge ehbai liyaa myhun ge vaahatha nugenes dhinun. ?? bye bye iq iq ge vaahakathakah ma ✌️ ? Tata. Iq ?

    1. iq says:
      March 24, 2016 at 11:34 am

      really sorry had a busy month, tried a lot to keep this story updated every week . mi vaahaka gaimuves site in kiyaa enmenah kiyan libeyne site medhuverikoh. v enme avahakah vaahaka genesdheynan

  15. shaa says:
    March 12, 2016 at 8:28 pm

    Ehenas hama loaibiveyey aee kon sitehga inna vaahaka ehtha

    1. shaamin says:
      March 13, 2016 at 8:38 am

      Sun.mv ga inaane ehenas hama loabivey check kohlaba

  16. shaa says:
    March 13, 2016 at 2:12 pm

    Sun.mv ga nethey..iq ge ehenas hama loabiveyey beynumy..alhe ingey kuhjak buneladhyba

  17. Sha says:
    March 15, 2016 at 11:04 am

    Kobr….adhivx nukure

  18. Sana says:
    March 21, 2016 at 3:27 pm

    Dhen up nukurevenya vehje ehnu iq story liyun huttaalan.. v v foohivey.. now its moer then a month. i will not read your stories any more. bye bye iq..

  19. NISHAAN says:
    March 21, 2016 at 3:30 pm

    NUVANNAA HUHTAALA

  20. liu says:
    March 22, 2016 at 2:42 pm

    fake iq

  21. ifa says:
    March 22, 2016 at 2:47 pm

    hmmmmmmmm dhen nuvanyaa give up benefe dheybala geah iq uuuuuu.
    lahun up kuriyas mihaaru thee fukeh boduvaru kanneyyge. huh mihaaru mi vaahaka mathin mulhin foohivejje. dhen nukiyaanan. kaanei iq

    1. iq says:
      March 24, 2016 at 11:41 am

      sorry ifa , cdnt upload due to some busy days

  22. shaamin says:
    March 24, 2016 at 6:44 am

    Guys. Iq ulhene varah busy koh ehenas hama loabi vey ge movie hadhan vegen script liyan mahdhi ya akii ga. So it might take a while for the update. And he is sorry for the delay on updating. Thank u all for ur paitent. 😀

  23. iq says:
    March 24, 2016 at 11:36 am

    hurihaa kiyuntherin kibain ma aaafah edhen vaahka medhukendifa otheema, v busy dhuvaskolheh vma kuriyah nugendhevifa othee, anehkaaves ehbai upkohfa huttaanulan vegen, as soon as possible ill start updating and also this story will be updated till the end on this website .

  24. iq says:
    March 24, 2016 at 11:40 am

    ehenas hama loabiveyeh online koh kiyan liben hunnaanee araamagu.com in episode 13 aa hama ah . as the books publishing rights are sold i cant upload that story any more. evaahaka ves nimendhen kurin vaanee araamagu.com ah upkoh dheefa, kiyuntherin dhemundhaa tharuheebah v bodah shukuruverivan , alhugandu ge konme kaamiyaabee ehge aslakee vaahaka site thakuga kiyuntherin dheefa vaa thatuheeb

  25. Someone says:
    March 31, 2016 at 11:47 am

    One of the most interesting story i’ve read on this website.
    Hope to see another episode soon.
    thank you IQ!

    1. IQ says:
      July 19, 2016 at 10:06 pm

      thanks alot , hope ill be able to start updating from august .

  26. READEROFfalsafa says:
    May 1, 2016 at 7:27 pm

    kae up kurany tha nuny UP KURANY THA?KITHAH HASS RUFIYAA AH?
    AVAS UP KUREY!!!

    1. I'm a reader too says:
      May 6, 2016 at 3:58 pm

      relax dude.. thihen BP high kolla kolla hunnan jeheynee hama up kurandhen.. :p

  27. Iq fan says:
    June 23, 2016 at 3:59 am

    Wow dis story is interesting… wen r u gonna upload the next part?

  28. Iq ge fan eh says:
    July 30, 2016 at 8:43 pm

    Guy guys. Iq is a dad now ehnve vaahaka up buvegen e ulheny. Bsy kamun dho iq

  29. Nysh says:
    August 14, 2016 at 6:11 pm

    IQ dhn mi stry up kohladheee brrrrrrrrrrrr plxxxx haadha intresting bayakun ney stop kohfa e ineee plx mihaaru v inthixaaru kure vihje

  30. Xebbi says:
    August 23, 2016 at 4:13 pm

    IQ kihinehthi hadhany avahah up kohdhybala please..

  31. 5 months waited for this says:
    November 9, 2016 at 10:31 am

    Iq kobaa?. Mihaatu vaahaka up kohdheynamey bunaathaa 5 months mo vany. Adhives habareh nuvey. Thi varun site site thakuga vaahaka nuliyaanee. ??

  32. MM says:
    November 13, 2016 at 3:32 pm

    Dad akah viyyey kiyaafa …..

  33. Pooh Bear says:
    December 7, 2016 at 3:26 pm

    Adhives August naadheytha??

  34. Rish says:
    December 19, 2016 at 1:35 pm

    Mihaaru december vejje ey iq. Dhn mi vaahaka liyan vejje eh nun. Thi varun vaudhuthab nuvaanee

Comments are closed.



All Right Reserved!