Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ގާތުގައިވި އަނދިރިކަން 12-2

umny Level 210 Stories
October 17, 2025 4 Mins Read
2 Comments

އަމާނީ ފޯނު ބާއްވައި ރަނގަޅަށް ވިސްނާލިއެވެ. މިފަހަކަށް އައިސް އޭނައަށް ތަފާތު ބަދަލުތަކެއް އަންނަކަން ފާހަގަވެއެވެ. ލަހުން ތެދުވެވުމާއި ރޭގަނޑު ދަންވަރު އުނދޯލި ކައިރިއަށް ދާހިތްވެ މޭނުބައި ކުރުމާއި އެހެންޏާއި ދުވަހަކުވެސް ނުކާ އެއްޗެހި ކެވުން ވެސް ފާހަގަވެއެވެ. އަދި ޔާނިއުއާއި އިއްޔެ ދެއްކި ވާހަކަތައް ވެސް ހަނދާންވިއެވެ. އޭނަ ޔާނިއުދެކެ ނުހަނު ލޯބިވާ އިރު ޔާނިއުއާއި ދިމާއަށް އެއްޗެހި ކިޔާ ބުރޭކްއަޕް ވެވުނީ ކީއްވެ ބާވައެވެ؟ އޭނަ އެކަމާއި ދެރަވެސް ނުވާކަން ފާހަގަވިއެވެ. ޖަވާބެއް ނެތް ކަހަލަ ސުވާލުތަކެއް ކަންނޭނގެއެވެ. ވެދާނެއެވެ. މާ ބިޒީކޮށް އުޅެވުނީމައި ވާގޮތެއް ކަންނޭނގެއެވެ.

” އަނާ..؟ ” ދޮރުގައި އިރުފާން ޓަކި ޖެހި އަޑަށް އޭނަ ދިޔައީ ސިހިގެންނެވެ.

” އަނާގެ ޙަބަރެއް ނުވާތީވެ މިއަދު ކޮބައިތޯ ބަލާލަން މިއައީ… ” އަމާނީ އެތެރެއަށް ވަންނާށޭ ބުނުމުން އިރުފާން ދޮރު ހުޅުވާފައި އެތެރެއަށް ވަނެވެ.

” ދޮންބެ ހާދަ ލަސްވަންދެން ނުނިދާ؟ ” އަމާނީ ހައިރާންވެފައި ސުވާލުކޮއްލިއެވެ.

” ހިޔާލުތަކެއް އުޅޭތީ. ނިދިނައިސްގެން. އަނާ ކޮންތާކަށް ދާން ރެޑީވެގެން ތިއިނީ؟ ” އަމާނީ ބޭރަށް ނިކުންނަށް ތައްޔާރުވެގެން އިންތަން ފެނުމުން އިރުފާން އަހާލިއެވެ.

” ވަކި ތަނަކަށް ނޫން. ކޮން ހިޔާލުތަކެއް އަނެއްކާ؟ ދޮންބެދައްތަ ކަމުނުދަނީތަ އަނެއްކާ؟ ” އަމާނީ ހިނިގަނޑެއް ޖަހާލިއެވެ.

” ނޫން. މަންމަމެން މިއަދު ދެއްކި ވާހަކައަކުން. އަނާ ރަނގަޅުތަ؟ ” އިރުފާންގެ މޫނުމަތީގައިވަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ.

” ހޫމް. ކީއްވެގެންތަ މިހާރަކަށް އައިސް ހުރިހާ އެންމެން އެހެން ތިއަހަނީ؟ އަނެއްކާ މިފަހަކަށް އައިސް މިކޮޓަރިއަށް އެންމެން ވަނުން ވެސް ވަރަށް އާއްމުވެއްޖެ… ” އަމާނީ ދެބުމަ ގޮށް ޖަހާލަމުން އަހާލިއެވެ.

” ކަމެއް ނުވޭ ހަމަ. އަނާ ކޮބާތޯ ބަލާލަންވެގެން. މިފަހަކަށް އައިސް އަނާ އުޅޭ ގޮތުން. ރޭގަނޑު މާލަހުން ނިދަނީތަ ކޮންމެ ދުވަހަކު އެހާ ލަހުން ތެދުވަނީ؟ ” އިރުފާން އަމާނީގެ ގާތުގައި އެނދުގައި އިށީނދެލިއެވެ.

” ނޭނގެ. މިހާރަކަށް އައިސް ދުވާލު ގަޑީގައި ވަރަށް ނިދިގަދަވެފައި ހުންނަނީ. ކުޑަކޮށް ބޯއަނބުރާ ހޮޑުލަވާ ގޮތެއް ވެސް ހުރޭ… ވެދާނެ ބިޒީކޮށް މިދިޔަ ދުވަސްކޮޅު އުޅެވުނީމައި ކަމަށް. އެގްޒާމް އަންނަން ކައިރިވެފައި އޮތީމައި ވަރަށް އުޅުނީމެއްނު ނުނިދާ… ” އަމާނީ މާބޮޑުކަމަކަށް އެކަން ނެހެދިއެވެ.

” ވެދާނެ. އެކަމަކު ކަމެއް ވަންޏާ ދޮންބެ ކައިރި ވެސް ބުނާތި އިނގޭ މަންމަމެން ކައިރި ބުނަން ނުކެރެންޏާ.. ” އިރުފާން ހިނިތުންވެލިއެވެ.

” ކޮބާ ޔާނިއު؟ އޭނަގެ ވާހަކަ ދައްކާ އަޑު ވެސް ނީވޭތާ މިހާރު ދެތިން ދުވަސް ވެއްޖެ. އެހެންޏާ ކުރިން އަބަދު އެހެން ކިޔާލަ ކިޔާލަ.. ” އިރުފާން އަހާލިއެވެ.

” ދޮންބެ ބުނީމެއްނު އެހާ ކަމަކު ނުދެޔޭ އޭނަ. އެހެންވެ ބުރޭކްއަޕް ވެއްޖައިން… ވާހަކަ ނިމުނީ… ” އަމާނީ ހީގަތެވެ.

” އަސްލު ވާހަކައެއް ތިކިޔަނީ؟ ހާދަ ޤަބޫލު ނުކުރެވެޔޭ؟ އަނާ އަބަދު އޭނަގެ ވާހަކަ ދައްކާ ހަދާ އިރު. ތިހާ ފަސޭހައިން ބުރޭކްއަޕްވީ؟ އަނެއްކާ އިތުރު ކަމެއްވީތަ؟ ” އިރުފާން ޤަބޫލު ނުކުރެވޭ ފާޑަކަށް އަހާލިއެވެ.

” ނޫނެކޭ. ދެން ވެދިޔަ ކަމެއްވީ. ދޮންބެއެއް ކަމަކު ދެން އެހާ ސުވާލު ގިނަ ނުކޮށް ދާން އުޅޭ ދެން… ” އަމާނީ ފައިން ޖަހާ އިރުފާން އެނދުން ވައްޓާލިއެވެ. ކުޑަ އިރުއްސުރެ ދެމިހުންގެ އާދައަކަށްވެފައި ވަނީ އެކަމެވެ. އެއްފަހަރު ރަނގަޅަށް ހުރިއްޔާ އަނެއް ފަހަރު ތަޅައިގަންނާނެއެވެ.

” ގޮސްދާނަމޭ… ފާޑެއްގެ މަންޖެއެއް މިވެސް. މަ ހިތަށް އަރާ ހަމަ މަންމައާއި ބައްޕައާއި ދެމިހުންގެ ދަރިޔެއް ބާވައޭ ތިއީ ބައެއް ފަހަރު؟ ” އިރުފާން ޖޯކު ޖެހިއެވެ.

” ހޫމް. ތިން މިނެޓު ވަރު އަހަރެން ކުޑަ ވިޔަސް ހަމަ އެއް ބަނޑަކުން އެއް ދުވަހަކު ނިކުތީ! ” އަމާނީ ދޫ ނެރެލިއެވެ.

” ދެން ހެވޭ.. ދޮންބެދައްތަ ހޯދި މިއަދު އަނާ ނުފެނިގެން. މާދަމާ ކޮބައިތޯ ބަލާލަށްޗޭ.. ހުން ނެތަސް މިއަދު ރޯގާ ވައްތަރުވެފައި ހުރީ.. ގެޔަށް ވެސް އާދެވުނީ މެންދުރުވީ ފަހުން.. ” އިރުފާން ނިކުންނަން ހިނގައިގަތެވެ.

” ހޫމް. ” އަމާނީ ހީލުމުން އިރުފާން ވެސް ރައްދުގައި ހިނިތުންވެލަމުން ކޮޓަރިން ނުކުތެވެ.

—

” ކޮންތާކަށް ގޮސް ތިއައީ؟ ” ނިދިފައި އޮތް ޒޯޔާއަށް ތެދުވެވުނީ އިރުފާން އެތެރެއަށްވަދެ ދޮރު ލައްޕާލި އަޑަށެވެ. އޭރު އޭނަގެ އަޑުގައި ރޯގާ ޖެހިފައި ހުރި ކަމުގެ އަސަރު ނުހަނު ރަނގަޅަށްވެސް ފާހަގަވާން ހުއްޓެވެ.

” ޒޯ ނުނިދަންތަ؟ އަހަރެން ހީކުރީ ނިދާފައި ކަމަށް އޮތީ… ” އިރުފާން ލައިގެން ހުރި ނޫކުލައިގެ ޓީޝާޓު އަލަމާރި ކޮނޑުގައި އަޅުވާލަމުން ޒޯޔާގެ ގާތުގައި އެނދުގައި އޮށޯވެލިއެވެ.

” ނިދިފައި އޮތީ. އިރޫ ވަން ގަޑީގައި ހޭލެވުނީ. ގަޑިން ކިހާ އިރެއްތަ މިހާރު؟ ” ޒޯޔާ ލޯ އުނގުޅަމުން އަހާލިއެވެ.

” އަދި ދަންވަރު އެގާރަ ޖެހީ. ހަތެއް ޖެހި އިރު ބޭސް ކައިގެން އޮތީމައި ވަރަށް އަވަހަށް ނިދިއްޖެ ދޯ؟ މަންމަ އެހި ޒޯ ކޮބައިހޭ އަހަރެން ކާން ފޭބި ތަނާ. އަހަރެން ބުނިން ޒޯ ނިދިފައި އޭ އޮތީ. މަންމަ އުޅުނު ޒޯ ކޮބައިތޯ ބަލާލަންވެގެން ވެސް. ” އިރުފާން ޒޯޔާގެ މޫނުމައްޗަށް އެޅިފައިވާ އިސްތަށި ކޮޅު އެއް ފަރާތް ކޮއްލިއެވެ.

” އެހެންތަ؟ އިރޫގެ މަންމަ ހާދަ ރަނގަޅޭ ދޯ؟ އަހަރެން ހިތަށް އަރާ އަހަރެންގެ މަންމަ ވެސް އެގޮތަށް ރަނގަޅު ނަމައޭ. އަހަރެން ވަރަށް ބޭނުން އަހަރެމެންނަށް ލިބޭނެ ބޭބީއަކަށް އެކަހަލަ ރަނގަޅު މަންމައަކަށް ވާން… ” ޒޯޔާ ހިޔާލެއްގެ ތެރެއަށް ގެއްލެމުން ބުނެލިއެވެ.

” ހިނގާ މިހާރު ހޯދާލަން.. ” އިރުފާން ހީގަނެފައި ޒޯޔާ ގާތް ކޮއްލިއެވެ.

” ދެން.. މިހާރަކު ނޫން… އަދި މާ އަވަސް… ” ޒޯޔާ އިރުފާން ދުރުކޮއްލަމުން ހަމަޖެހިލަން މަސައްކަތް ކުރީ ކަމެއް ސިއްރު ކުރާ ފަދައިންނެވެ.

” އެހެން ދޯ؟ ހަނީމޫން ޓުރިޕް ވެސް ލަސްކޮށްލަން ކަންނޭނގެ ޖެހޭނީ…” އިރުފާން ބުނެލިއެވެ.

” އެއީ؟ އަހަރެން އެހެން ބުނީމާތަ؟ ” ޒޯޔާ ނިއްއަރުވާލިއެވެ.

” ނޫން. ޒޯ ބަލިކޮށެއްނު ތިއުޅެނީ. އަނެއްކާ މިވީކެންޑުގައި ވަލީމާ ބާއްވާ ގޮތަށް ހަމަޖެހިފައި އޮތީ ވެސް. މާދަމާ އެކަމުގެ ތައްޔާރީތައް ފަށަން އުޅެންވާނޭ ބައްޕަ ބުނި. ކުރީ ބައިގައި ބުނީމައެއް ނޫން ހޯ ބޭނުންވާ އެއްޗެހި ހޯދޭނީ. އެހެންވެ… އަނެއްކާ އަނާ ވެސް ކުޑަކޮށް ބަލިކޮށް އުޅެނީ.. ” އިރުފާން ފުންނޭވާއެއް ދޫކޮއްލިއެވެ.

” ކިހިނެތްވީ އަނާއަށް؟ ” ޒޯޔާ އަހާލިއެވެ.

” ނޭނގޭ. ވަރަށް އެހެން ކަހަލަ ކަމެއް ކަންނޭނގެ. ބޮޑަށް ހީވަނީ އެއްކަލަ ޔާނިއުއާއި ބުރޭކްއަޕް ވީމައިހެން. މިރޭ އަހަރެން އެހީމައި ބުނީ ވެސް. މާދަމާ ދެން ތަންކޮޅެއް ބޮޑަށް ވާހަކަ ދައްކާލާނަން އެކަމާ.. ހިނގާ ދެން ނިދޭތޯ ބަލަމާ ދޯ؟ ” އިރުފާން ގައިމަތީގައި އޮތް ކުވިލްޓް ނަގައި ޒޯޔާގެ ގައިގައި ރީތިކޮށް އަޅާލިއެވެ.

—

އިރުފާން ނުކުތުމުން އަމާނީ ފޯނާ ކުޅެން އިނދެފައި އެނދުން ތެދުވިއެވެ. އަދި ލައިގެން ހުރި ހެދުން ބަދަލުކޮއްލިއެވެ. އާދައިގެ ނިދަންލާ ދިގު ނިދާ ހެދުމުގައި ހުރެގެން އޭނަ ގޮސް ލޯގަނޑު ކުރިމައްޗަށް މަޑުކޮއްލިއެވެ. އަދި ބޮލުގައި އިން ވޫލްކޮޅު ނައްޓާލުމަށްފަހު އިސްތަށިގަނޑު ނިއުޅުވާލިއެވެ. ކޮނޑާ ހަމަޔަށް އަރާ އެފަން އިސްތަށިގަނޑަކީ އަރީންގެ ފަރާތުން އޭނައަށް ލިބުނު ސިފައެވެ. މޫނުމަތި މުޅިން ވެސް ވައްތަރުވަނީ މަލަކްއާއިއެވެ.

ވޫލް ކޮޅު ޑުރެސިން ޓޭބަލް މަތީގައި ބޭއްވުމަށްފަހު ހިނގައިގަންނަން އުޅެނިކޮށް އެއްޗެއް ލޮލުގައި އަޅައިގަތެވެ. ރަތްކުލައިގެ ހިނި ވަރުވާ ކުދިކުދި ސޫފިތަކެއް އެނދުގެ ކައިރީގައި އެނބުރެމުން ދިޔައެވެ. ދެން ފެނުނީ ލޯގަނޑުން ބަލާއިރު ކަނާތް ފަރާތު އެނދުގެ ކައިރީގައި ހުރި ބިޔަ އެއްޗެކެވެ. ކޮޓަރީގައި ދިއްލާފައިވާ އެންމެ ވާމް ލައިޓެއްގެ އަލީގައި އެދިމާއަށް ވަނީ އަނދިރި އެޅިފައެވެ. އެހާ ރަނގަޅަށް ނުފެނުނު ކަމުގައި ވިޔަސް އެތަނުގައި އެއްޗެއް އެބަ ހުއްޓެވެ. ހިންދިރުވާލަމުން އަމާނީ ފަހަތް ބަލާލިއެވެ. ހުސްކޮށް އޮތް ކޮޓަރި ތެރޭގައި ހަމައެކަނި އިވެމުން ދިޔަ އަޑަކީ މަޑުމަޑުން ފަންކާ އެނބުރެމުން ދިޔަ އަޑެވެ. އަނެއްކާ ވެސް ޔަޤީން ކޮއްލުމަށް ލޯގަނޑަށް ބަލާލިއެވެ. ހަމަ އެ ބިޔަ އެއްޗެވެ. ސީދާ ކޯޗެއްކަން ސިފަ ނުވެއެވެ. ދެދަޅު ލައިފައި ހުރިކަން އެނގެއެވެ. އިސްކޮޅުން އެހާ ވެސް ދިގުކަން އިނގެއެވެ.

ހަދަންވީ ގޮތެއް ނޭނގިފައި ހުރި އަމާނީ ބަލަބަލާ ހުއްޓާ އޭތި ކުރިޔަށް އަންނަކަން ފާހަގަވިއެވެ. ފިޔަވަޅެއް ނާޅައެވެ. އެކަމަކު ކުރިޔަށް އެބަ އާދެއެވެ. އަމާނީގެ ފިޔަވަޅުތަކުގައި ކަސްތޮޅު އެޅުވިފައިވާ ކަހަލައެވެ. އޭނައަށް ހިނގައެއް ނުގަނެވުނެވެ. އަމާނީ އެހުރި ގޮތަށް ހުއްޓާ އޭތި އައިސް އަމާނީގެ ފުރަގަހުގައި މަޑުކުރުމުން ދެލޯ މަރާ ބާރުކޮއްލިއެވެ. މުޅި މީހާ ގަނޑުފެންގަނޑެއްހެން ވަނީ ހުއްޓިފައެވެ. އަނގައެއް ހަރަކާތެއް ނުކުރެވުނެވެ. އޭނަވަނީ އެ އެއްޗެއްގެ ކޮންޓުރޯލުގެ ދަށުގައެވެ. ދެން ކުއްލިއަކަށް އޭތި ކުރި ހަރަކާތުން އޭނަގެ ހިތް ވެސް ހުއްޓުނު ކަހަލައެވެ. ވަގުތުން ދެލޯ ހުޅުވާލައި ލޯގަނޑަށް ބަލާލެވުނީ ބޭއިޙްތިޔާރުގައެވެ. ކަޅުކުލައިގެ އިނގިލިތައް ދިގު ދެއަތުގެ ނިޔަފަތިތައް ނުހަނު ދިގެވެ. އަތުގެ އެކި ދިމަ ދިމާއިން ދުންގަނޑެއް ފާޑު އެއްޗެއް އަރަމުން ދިޔަ އަތުން އޭތި އަމާނީގެ ބަނޑުގައި ފިރުމަނީއެވެ.

” ކަލޭ ހާދަހާވާ ރަނގަޅު ކަމެކޭ ތިކުރީ! ” އޭތީގެ ބަރު އަޑު ކަންފަތް ކައިރީގައި އިވުނީ ގުގުރި ޖެހި އަޑު ހެންނެވެ. އަމާނީގެ މުޅި ގައިން ހީބިހި ވެސް ނަގައިފިއެވެ. ދެލޯ ކަރުނުން ފޯވެގެން ކަރުނަތައް އޭނަގެ ދެލޮލުން ފައިބަމުން ދިޔައެވެ.

”  ބިރުނުގަނޭ. އަހަރެން ކަލެޔަކަށް ގޯނާއެއް ނުކުރާނަން. އެކަމަކު އެއީ ހަމައެކަނި މިކުއްޖާ ދުނިޔެއަށް އަންނަން ދެން.. ކަލޭ ހެޔޮ ހާލުގައި ހުންނަން ބޭނުމިއްޔާ އަހަރެންގެ އަމުރުތަކަށް ކިޔަމަންވާން ޖެހޭނެ.. ” ދެން ވެސް އޭތި ވާހަކަ ދެއްކިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

umny

Level 210 Stories

Other Articles

Previous

ވަފާތެރިމަވީމޭ 6

Next

އެކުގައިވާނަން-13

Next
October 17, 2025

އެކުގައިވާނަން-13

Previews
October 17, 2025

ވަފާތެރިމަވީމޭ 6

2 Comments!

  1. imko🤗 says:
    October 17, 2025 at 7:08 pm

    Is amaanee is pregnent
    Mi part ves varha reethi Masha Allah
    Unmeedh kuran next part kiyaalan libeene kama
    Can’t wait for next part

    1. umny says:
      October 19, 2025 at 12:51 pm

      Yes dear. Jazakillah hairan 🩷🩷🩷 aneh part upload kohlaafa iney

Comments are closed.

Next Episodeގާތުގައިވި އަނދިރިކަން 13-2←


All Right Reserved!