ވާހަކައިގެ ޅެން އަދި “ޓުރޭލައި” (ތި ހަނދާނުން )
ޅެން : ތިހަނދާނުން ރޮވެނީއޭ
ވާހަކައިގެނަށް : ތިހަނދާނުން
ތިހަނދާނުން ލޯތްބާއި ހިތާމަ އިންތިހާ ދީފާވެއޭ
ވޭނީ އަސަރުގަދަ ޚަޔާތޭ މީ އާއޭ މިހިތުގެ ވޭން
ދިރިހުރި ކޮންމެ ނޭވާއަކުން ހިތަށް އުފެދޭ
ވޭނީ އަސަރުގަދަ ޚަޔާތޭ މީ…
ނުފިލާނޭ ތިހަނދާނެއް މިހިތުގައި އަބަދުވޭމެޔޭ
ތި ހަނދާނުން ރޮވެނީއޭ..
ލޭ އަޅާ ބަލި ކުއްޖެއްމީ ލޫކީމިޔާގެ ރިޚުމުން މަރުވަމުންދައި
އެކަނިވެރި މަންމައޭ ވީ އަބަދާބަދު ހާސްކަމުގައި
ތިހަނދާނުން ލޯތްބާއި ހިތާމަ އިންތިހާ ދީފައިވެޔޭ
ތިހަނދާނުން ރޮވެނީއޭ ރޮވެނީއޭ..
ބައްޕަގެ ނިވީ ނިވީ ނިވީ…
މަންމަގެ ނަވާ ނަވާ ނަވާ…
“ހަ އަހަރު ތެރޭ ޓްރާންސްޕްލާންޓެއް ނުހެދިއްޔާ މަރުވާނެ”
ޑޮކްޓަރުން ބުނެދިން ބަސްތަކުން ހިތް މިވަނީ ރޫޅިފާ
ރޫޅިފާ..
ހުޅުގަނޑު ލޭ އަޅާ ކޮންމެ ފަހަރަކަން ދެ ހިތް ފަޅާ
ނިދިނެތި މަންމަ އޮންނާނީ އެކަނި މާޔޫސްވެފާ
ދަރިފުޅަށް ޓަކައި ދުނިޔޭގެ ހުރިހާ އުފަލެއް ދޫކޮށް
މަރުވިޔަސް ތިހަނދާނެއް ނުފިލާނެ އެހިތުން އަބަދަށް ބިރުގަނެފާ
ފިރިމީހާ ވަރިކޮށްލީ ދޮގު ޚަބަރުތަކަށް ފޮޓޯއަށް އިތުބާރުކޮށް
އާއޭ..
ބައްޕަގެ ދުލުން އޭނަގެ ނަން ކިޔަން ނުކުޅެދިފައި
އެތައް ޒަޚަމަކުން އެ ހިތް ކުދިކުދިވެފައި
ބައްޕަގެ ނިވީ ނިވީ ނިވީ…
“ދޮށީ” ދަރިފުޅު ގާތު ނެތަސް، މައިންބަފައިން ވަކިވިޔަސް
އިންތިހާ ކެތްކުރީ ދިރިހުރި އެ ދަރިފުޅުގެ ހައްޤުގައި
މަންމަގެ ނަވާ ނަވާ ނަވާ ….
ބައްޕަގެ ނިވީ ނިވީ ނިވީ…
ނުފިލާނެ އެހަނދާނެއް ތި ހަނދާނެއް މި ހިތުގެ ކޮންމެ ހިނދަކު
ވޭނާއި ހިތްދަތިކަމުގައި އެވަނީ އިންސާފު އަޅާފައި
މި ދިރިއުޅުން މިވަނީ ހީނުކުރާ ގޮތަކަށް ބަދަލުވެފާ
އެހެންނަމަވެސް ތިހަނދާނެއް ނުފިލާނޭ ލޭ ތިއްކަކުން
ދިރިހުރެ މަރުވަމުންދާ ކޮންމެ ނޭވާއަކުން ދުނިޔޭގައި
މަންމަގެ ނިވީ ނިވީ ނިވީ…
ތިހަނދާނުން އަބަދަށްޓަކައި މި ހިތް މިވަނީ ކަސްތޮޅުއެޅުވިފާ
ހިތްދަތިވާ ކޮންމެ ވަގުތެއްގައިވެސް ވަނީ ކަރުނައިންނޭ ދެލޯ ފޯވެފާ
ނުފިލާނެ ތިހަނދާނެއް މަރުވިޔަސް، ދުނިޔޭގައި ނެތުނަސް
ބައްޕަގެ ނިވީ ނިވީ ނިވީ…..
މަންމަގެ ނަވާ ނަވާ ނަވާ….
މި ލޯބީގެ ވާހަކައިން ކޮންމެ ހިތެއްގައިވެސް ޖެހިފާ
އާ އާ
ތިހަނދާނުން ލޯތްބާއި ހިތާމަ އިންތިހާ ދީފަވޭ
ވޭނީ އަސަރުގަދަ ޚަޔާތޭ މި ހިތުގެ ވޭން
ދިރިހުރި ކޮންމެ ނޭވާއަކުން ހިތަށް އުފެދޭ
ނުފިލާނޭ ތިހަނދާންތައް މިހިތުގައި އަބަދުވޭމެޔޭ
ތި ހަނދާނުން ރޮވެނީއޭ ރޮވެނިއޭ
މަންމަގެ ނަވާ…
ބައްޕަގެ ނިވީ
ތިހަނދާނުން ރޮވެނީއޭ…
ﺑِسمِ اللهِ الرَّحْمَنِ الرَّحِيمِ
السلام عليكم ورحمة الله وبركاته
ދިގު މުއްދަތެއްގެ މެދު ކެނޑުމަކަށްފަހު ވާހަކަ އަކާއެކު މި ބައްދަލުވީ ވަރަށް ތަފާތު މަޢުލޫއަކާއެކުއެވެ. އާއެކޭ ލޯބިވޭ ވާހަކަ ފުރިހަމަ ނުވާކަން އިނގެއެވެ. ވަރަށް އަވަހަށް އެ ވާހަކަވެސް ނިއްމާލާނަމެވެ. ތި ހަނދާނުން އަޅުގަނޑުގެ ފުރަތަމަ “ޕުރޯ ސުޓޯރީއަށް” މަރުޚަބާ ކިޔައެވެ. ތަފާތު އެތައްކަމެއްގެ މައްޗަށް ބިނާ ކޮން ލިޔާމިވާހަކައިގެ ފުރަތަމަ ސިލްސިލާ ގެ 10 ބައި މިވަނީ ކިޔުންތެރިންނާ ހަމާލަށް ދަތުރުކޮށްފައެވެ. އެސްފިޔައިގެ ޓީމުގެ ތަރުތީބުން ވާހަކަ ގެނެސްދެމުންދާނެއެވެ. އެހެން ވާހަަކަ ތަކަށް ލިބުން ފަދަ ތަރުޚީބެއް ލިބޭނެކަމަށް އުންމީދުކުރަމެވެ. ޖަވާބު ނޭނގެ އެތައް ސުވާލެއް ހުންނާނެއެވެ. އެ ހުރިހާ ސުވާލަކަށް ޖަވާބު 2 ވަނަ ސިލްސިލާއިން ލިބިގެންދާނެއެވެ. ފާނޑަކަށް ކުރުކޮން ބުނަންޔާ މިއީ މަޔަކު ވާ އަގުނުކުރެވޭ ޤުރުބާނެއެވެ. ބަލި ދަރިފުޅަށް ޓަކައި އެކަނިވާ ފިދާއެވެ. ޖިހާދެކެވެ. ކޮންމެ މީހަކަށްވެސް އިބުރަތަކަށް މި ވާހަކަ ވާނެއެވެ. ވަރުގަދަ މެސެޖެއެއް މެސެޖުތަކެއް ދޭން މިވާހަަކައިން މަސައްކަތްކުރާނަމެވެ. އެގޮތުން ލިބިދާނެ ބައެއް ފިލާވަޅުތައް ބުނެދޭނަމެވެ. މައިންބަފައިން ވަކިވުމުން ދަރިންނަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރާނެވެ. ހުރިހާ ދޮންމަންމައިން ނުބައި ކުރަނީއެއް ނޫނެވެ. އެކަމަކު މިވާހަކައިގައި އުޅޭނީ ވަރަށް ޒީލަގަދަ ރުންކުރު އަޑި ނުބައި މަކަރުވެރި ދޮންމަންމައެކެވެ. ބައެއްގެ އުފާވެރި ދިރިއުޅުން ނަރަކައަކަށް ހަދާލި ވިހަގަދަ ހަރުފައެކެވެ. މިވާހަަކަ ބިނާވެގެން އަންނާނީ ތެލެސީމިޔާ 2 ކެރިއަރުން ކައިވެނިކޮށްގެން ލިބޭ ލޭއަޅަބަލި ވާރުތަކުރާ ކުއްޖެއެއްގެ ޚަޔާތުގެ މައްޗަށެވެ.
(ވާހަކައިގެ ކުރު ޚުލާސާއެއް)
ނިރާ ރިޔާނާ އެކު ޒަވާޖީ ހަޔާތެއް ފަށަނީ ވަރަށް ފޮނި އުންމީދުތަކާއެކުއެވެ. އުމުރަށްވެސް އެކުގައިވާށެވެ. އެކަމަކު ކަންތައްވަނީ އެހެންނެއް ނޫނެވެ. އަލަތު ދަރިފުޅުގެ އުމުރުން ހަމަ އެންމެ އަހަރެއްގައި ރިޔާން ނީރާ ވަރިކޮށްލަނީ ހަޤީޤަތެއް ނުވާ ވަހަކަތަކެއްގެ މައްޗަށް ބަރޯސާވެގެންނެވެ.
ރިޔާން ވަރިކުރުމުން ނީރާ ވެއްޓިގެން ދާ އަދަނވަޅުން ސަލާމަތްކޮށްދެނީ ބަނޑުގައިވާ ދަރިފުޅެވެ. އާދެ! އޭރު ނީރާ އިންނަނީ 2 ވަނަ ދަރިފުޅަށް ބަލިވެއެވެ. ދެން ދިރިއުޅުން ބަދަލުކުރަނީ އިނގިރޭސިވިލާތުގެ ލަންޑަނަށެވެ. އެތާ ބަރުދާސްކުރަން ޖެހެނީ އެކަނި ވެރި ދިރިއުޅުމެކެވެ. މައިންބަފައިން މަރުވަނީ ނުހަނު ކައިރި ކައިރީގައެވެ. ބަލި ދަރިފުޅާއެކު ވޭތުކުރަނީ ވަރަށް ހިތްދަތި ދުވަސްތަކެކެވެ. ލޫކީމިޔާގެ ސިކާރައަށް ދަރިފުޅުވެއެވެ. ވަކިމުއްދަތެއް ތެރޭ ބޯންމެރޯ ޓުރާންސްޕޮލާންޓް ނަހަދައި ފިއްޔައި މަރުވާނެކަމުގެ އިންޒާރު ވަނީ ދީފައެވެ. މާބޮޑަށް ވާގޮތް ބުނެދޭކަށް ނެތީމެވެ. ވާހަކަ ކިޔާލީމާ ދެން ހުރިބައިތައް އެނގޭނެއެވެ.
ވާހަކައިގެ ޝަޚުޞިއްޔަތަކީ ކާކު؟ ނޫރީން ނިވީ ބިންތު ރިޔާންއެވެ.
ވާހަކައިގެ މައިގަނޑު ޝަޚުޞިއްޔަތުންނަކީ ކޮބާ؟ ނޫރިޔާ ނަވާ ބިންތު ރިޔާން. ( ދޮށީ ދަރި) ނޫރިޔާ ނިވީ ބިންތު ރިޔާން (ހަގު ދަރި) ރިޔާން މުއްތައްސިރު (ބައްޕަ) މުއްތަސިރު ނިހާނު (ކާފަ ) ފައުޒިއްޔާ އަލީ ( މާމަ) ނީރާ އަޙުމަދު (މަންމަ) ހޫރިޔާ ނަޖާޙް ( ދޮންމަންމަ)
ޒިމާން ( ހޫރިޔާގެ ސިއްރު ލޯބިވެރިޔާ) ރާއިން (ހޫރިޔާގެ ދަރި ) އީނާލް ( ޒިމާން އަންހެނުން) ލީޒަން އަލީލް ، ކެންސަރު ބަލީގެ ޚާއްސަ ޑޮކުޓަރު (ނިވީއަށް ލޭ ދެމުންދާ)
މާކު ފުރަމަން ( ނިވީގެ ޚާއްސަ ޑޮކުޓަރު)
މިވާހަަކަ ލިޔެފައިވާނީ ކޮން ރަށެއް ޤައުމެއް ސިފަވާ ގޮތަށް ހެއްޔެވެ؟
އިންގިރޭސިވިލާތުގެ ލަންޑަން އަދި ކ. މާލެގައެވެ.
ލެއާ ގުޅޭ ތަފާތު ބަލިތަކަކީ ކޮބާ؟
މި ބަލިތައް ޖެހެން މެދުވެރިވަނީ ކީއްވެ؟
ބޯންމެރޯ ޓުރާންސް ޕޮލާންޓަކީ ކޮބާ؟
ބޯންމެރޯ ޓުރާންސް ޕޮލާންޓް ހަދަނީ ކީއްވެ؟
ބޯންމެރޯ ޓުރާންސް ޕޮލާންޓް ހަދަނީ ކިހިނެއް؟
މީގެ ކޮންމެ ސުވާލަކަށް މި ވާހަކައިން ޖަވާބު ލިބިގެންދާނެއެވެ. ދިރިއުޅުމުގައި އެގުންމީ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކޮށްލާނަމެވެ.
ކިޔުންތެރިން ކިޔާ ހިތްވާ ކަހަލަ ވާހަަކަ އަކަށް ވާހަކަ ހެދޭތޯ ވަރަށް މަސައްކަތްކުރީމެވެ. އަދި އަޅުގަނޑު ވަރަށް ގިނަ މައުލޫމާތުތައް ހޯދައިގެން ލިޔުނު ވާހަކައެއް ކަންވެސް ފާހަގަކޮށްލާނަމެވެ. ލިޔުމުގައި ގެންނަށް ބޭނުންވި އަސަރުތައް ގެނެވިފައި ނެތްކަން ހިތާމަޔާއެކު ފާހަގަކޮށްލާނަމެވެ. އެހެނަސް ދެވަނަ ސިލްސިލާ އެތައް ގޮތަކުން ފުރަތަމަ ސިލްސިލާއަށް ވުރެ ޚާއްސަވާނެއެވެ.
ވާހަަކަ ވާހަކައަކަށް ވަނީ ވަރަށް ބުރަ މަސައްކަތަކުނެވެ. މިހާތަނަށް ވާހަަކަ އަކަށް އަޅުގަނޑު އެންމެ ބުރަ މަސައްކަތެއް ކުރީ މިވާހަކައަށެވެ. ލަންޑަނުގެ ހޮސްޕިޓަލުތަކުގެ މަޢުލޫމާތު ތަކުން ފެށިން ބޯންމެރޯ ޓުރާންސް ޕޮލާންޓު ހެދުމުގެ އެތައް މަރުހަލާއެއްގެ ވަކިވަކިން މަޢުލޫމަތު އެއްކުރީމެވެ. ކޮންމެ ބަޔަކުންވެސް ޚުލާސާ މިންވަރެއް ހިމަނާފައި ވާނެއެވެ.
ތިހަނދާނުން މިނަށް ބޮލަށް ވަދުން ފުރަތަމަ ދުވަހުވެސް “ޕޮރޯ ސުޓޯރީއަކަށް” ހަދަން އަޒުމުކަނޑައެޅީއެވެ. މާތް ﷲ ގެ ތަނަަވަސް ރަޚުމަތާއެކު މި ވާހަކައިގެ ފުރަތަމަ ސިލްސިލާ މިވަނީ ލިޔެވިނިމިފައެވެ. ދެން އޮތީ ވާހަކައަށް ކުރެވޭ އުންމީދެވެ. ކިޔުންތެރިންގެ ފަރާތުން ރަނގަޅު އެދެވޭ ތަރުޚީބެއް ލިބިގެންދާނެކަމަށް އުންމީދުކުރެވެއެވެ. ވާހަކައަށް ގޮތް ނިންމާނީ ކިޔުންތެރިންނެވެ.
އަޅުގަނޑުގެ ވާހަކަތައް ކުރުކޮށްލަމުން ބުނެލާނީ މީ ހަމަ ކިޔާލަން ރަނގަޅުވާހަކައެކެވެ. މިފަދަ ވޭނެއް ތަޖުރިބާކުރަން ޖެހުމުގެ ކުރިން އެނގުން މުހިއްމު ފިލާވަޅެކެވެ.
މިވާހަަކަ ޚާއްސަކޮށްލަނީ 12 އަހަރުން މަތީގެ ކުދިންނަށެވެ. ޚާއްސަކުން ޒުވާނުންނަށެވެ.
ޝުކުރިއްޔާ!
🥰🥀😊❤️🫶
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.






Maasha Allah ❤️🫶
This story s, trailer is so best curiously waiting I am just 12 soon gonna be 13 hehe
Thank you dear 🥰
Esfiya site admin team in vaahaka publish kuramun dhaanee IA
12 nuviyas kiyene hehe
vaahaka liyevifa in gothun 12 + kohllee
Eh ahvureh age kuda kudhin ah nagai nugane veyne thy 🥀🫶