ހިތުގެ ރިހުން (37)
“އައްދޯތް އަރީޝް.. ތަދުވެޔޭ” ޔަޝްފާގެ ބޮލުގެ އިސްތަށިގަޑުގައި ހިފާ ބާރުކޮށްލާފައިވުމުން އެ ނެއްޓޭތޯ މަސައްކަތް ކުރަމުން ޔަޝްފާ ބުނެލިއެވެ.
“ތަދުވެޔޭ… ކަލޭ ބަލާބަލަ ގަޑި.. ފިރިހެނުންނަށް ގުޅައިން.. ކޮބާ ލަދު..” ޔަޝްފާގެ އަގަމަތީގައި އަރީޝް ޖެހިއެވެ. ޖެހުނު ގޮތުން ޔަޝްފާގެ ތުފަތުގެ ކަނުން ފަޅައިން ގޮސް ދަތްދޮޅިއަށް ލޭތައް ފައިބަން ފެށިއެވެ.
” އޭއި.. ކަލޭ ތިއުޅެނީ މޮޔަވެގެންތަ.. ތީތަ އަހަރެން ކަލެޔަށް ދިން ތަރުބިއްޔަތަކީ.. ކަލޭ އެކޭ ކަލޭ ބަފައެކޭ ކޮބާ ތަފާތެއް.. އަނބިމީހާ އަށް އަނިޔާ ކުރަމުން ދުވަނީ..” އަރީޝްގެ މަންމަ ސާދުނާ ކޮޓަރި ތެރެއިން އަޑުގަދަވެގެން އައިސް ވަތް އިރު އަރީޝް ޔަޝްފާގެ ބޮލުގައި ހިފާފައި ހުރިތަން ފެނުމުން އަރީޝް އެއްފަޅިއަށް ކޮއްޕާލަމުން ބުނެލިއެވެ.
“އަދިވެސް މަތަ ގޯހީ.. މީއްޗަކު ފިރިހެނުންނަށް ގުޅައިން ތުއިވާތަން މަންމަ އަށް ނުފެނޭތަ؟” އަރީޝް އަނެއްކާވެސް އަތް ހިއްލާލީ ޔަޝްފާ ގައިގާ ޖަހަންށެވެ. ނަމަވެސް ސާދުނާ އެއަތުގައި ހިފާ އަތް ފޮޅާލަމުން ކޮޓަރިން ނިކުމެގެން ހިގައްޖެއެވެ.
“ދަރިފުޅާ.. މަންމަ އަށް މާފްކުރޭ… މަންމަ ހިޔެއް ނުކުރަން އަރީޝް އެހާ ނުބައި ވާނެ ކަމަކަށް.. ދަރިފުޅުވެސް އޭނަ ރުޅި އަންނަ ކަންތައް ނުކުރޭ…” އަރީޝް މަންމަ ސާދުނާ ބުނެލިއެވެ.
“އަހަރެންނަށް ގުޅީ ޕޭޝަންޓެއް.. އަހަރެން އަރީޝްއާ އިނުމުގެ ކުރިންވެސް ބުނިން އަހަރެންނަކީ ޑޮކްޓަރެއް ވީމަ މިކަހަލަ ކަންކަން ދިމާވާނޭ..” ތުންފަތް ކައިރީގައި ޓިޝޫ އަޅަމުން ރޮމުން ޔަޝްފާ ވާހަކަ ދެއްކިއެވެ.
“ދެން އަންނާނީ މިރޭވެސް ބޮއެގެން.. ނޭގެ ދެން އަހަންނަށް ހަދާނެ ގޮތެއް އައިއްސަ” ޔަޝްފާ ބުނެލިއެވެ. އޭރުވެސް އަރީޝް ޖެހިތަނުން ލޭމަނާ ނުވެއެވެ.
“އަވަހަށް ދޭ ހޮސްޕިޓަލަށް ތިހެން ލޭމަނާ ނުވަންޔާ ރަގަޅެއް ނުވާނެ” އަރީޝް މަންމަ ބުނެލިއެވެ. ޔަޝްފާ ތެދުވެ ވަށް ބުރުގާ އެއް ނެގުމަށްފަހު އެ އަޅައިން ބޭރަށް ނިކުތެވެ. އޭނާ ބޭނުން ވަނީ އެކަނި ހުރެލަންށެވެ. ވިސްނުމުގެ ތެރޭގައި ހިގަމުން ހިގަމުން އައިސް އޭޑީކޭ ތެރެއަށް ވަދެވުނެވެ. ޔަޝްފާގެ ހޭވެރިކަންވީ މީހަކުއައިސް އަތުގައި ހިފާ ދަމައިގަތުމުންނެވެ. ގަނެފައިވާ ބިރުން ދެއަތް ވައްކޮށްލާފައި ބިންމަތީ އިށީދެ މޫނު ފޮރުވާލިއެވެ.
“ޔަޝް.. އޭ.. ތެދުވެބަލަ.. މީ އަހަންނޭ… ޔާސިން” ޔާސިން އަށް ޔަޝްފާއަށް ވީ ގޮތް ފެނުމުން އިތުރަށް ކައިރިވާން ޖެހިލުންވެ ހުރެ މަޑު މަޑުން ބުނެލިއެވެ. ދަންވަރުގެ ވަގުތު ކަމުން މީހުންވެސް ހޮސްޕިޓާ ތެރޭ މަދެވެ. ނަމަވެސް އޭރު ޑޮކްޓަރަށް ދައްކަން އައިސް ތިބި މީހުން ކޮންމެވެސް ވަރަކަށް ޔާސިން އަށް ބަލަމުން ދިޔައެވެ. ޔަޝްފާ ބޯ ހިއްލާލާ ބަލާލިއެވެ.
“މީޔޯ؟ ކާކު ޔަޝް އަށް އަނިޔާ ކުރީ؟” ޔަޝްފާގެ ތުންފަތް ކައިރި ބޮޑުމައިގިލި ޖައްސާލަމުން ޔާސިން އަހާލިއެވެ. ޔަޝްފާ ޔާސިން ގައިގާ ބައްދާލިއެވެ. އަދި ހިފަހައްޓައިން ހުރި ކަރުނަތައް އެއްވެސް ހިފެހެއްޓުމެއްނެތި ފައިބަން ފެށިއެވެ. ޔާސިން ބެލީ ޔަޝްފާ އޭޑީކޭގައި ވަންނަ އިރު އިންނަ ކުޑަ ބަގީޗާ ތެރެއަށް ނެރެގެން ހަމަ ޖެއްސޭތޯއެވެ.
*****
“އެންމެ ރަގަޅު.. ނޫރާ އަށް އިނގޭނީ ނޫރާގެ ދިރިއުޅުން ގެންދާނެ ގޮތް… އެކަމް އަބަދުވެސް ދަންނާތި ތީ ބައްޕަ ވަރަށް ލޯބިވާ ކުއްޖެއް… ބައްޕަގެ ހަޔާތުގަ ދަރިފުޅު ނެތަސް ދަރިފުޅުގެ މަންމަ ދަރިފުޅަށް ބަލިވެ އިންކަން އިނގުނީއްސުރެ ބައްޕަ އިންތިޒާރު ކުރަމުން އައި މި ދެއަތުން ދަރިފުޅު އުރާލެވޭނެ ދުވަހަކަށް..” ދެއަތް ހިއްލާލަމުން މަންސޫރު ބުނެލިއެވެ. މިއޮއްހާ ދުވަހު އޭނާ އަށް ނޫރާ ހޯދަން ނޫޅެވުމުން އެކަމާ ދެރަވެ ހިތާމަ ކުރެއެވެ. އޭރު އޭނާ ހީކޮށްގެން ހުރީ ބަޔަކު ނޫރާ ގެންގޮސްގެން މަރާލީ ކަމަށެވެ.
“އަހަރެން ހިތުގަ ބައްޕަ އާ ދޭތެރޭ އެއްވެސް ހިތް ބުރަ ކަމެއް ނެތް… ބައްޕަ ކައިރިއަށް އަހަރެން ދާނަން ދޭތެރެ ދޭތެރެއިން.. އެކަމަކު ތިގެއަށް ބަދަލުވުން އެއީ އަހަރެން އެއްގޮތަކަށްވެސް ކުރަން ބޭނުންވާ ކަމެއް ނުން.. ” ނޫރާ ބުނެލިއެވެ. ގަޑިން 1 ޖަހަން ގާތްވެފައިވުމުން މަންސޫރު ގެއަށް ދިއުމަށް ނިކުތެވެ. އޭރު މިންހާ 4 ވަރަކަށް ފަހަރު މަންސޫރަށް ގުޅާފައި އޮތެވެ. ނޫރާ މެންގެއިން ނިކުމެ މިންހާ އަށް ގުޅާލުމަށް ފޯނު ނަގާ ޑައިލް ކޮށްލިއެވެ.
“ބައްޕާ.. ނުވެސް ބުނެ ކޮންތާކަށް ތި ދިޔައީ… އަހަރެން ވަރަށް ހޯދައިފިން.. އަނެއްކާ ނައި ވެސް ކާފަ ނުފެނި ގިނަ ދުވަސްވީމަ ރޮއެ ރޮއެފަ އެނިދީ” މިންހާގެ އަޑުގައި ވީ މަޑުމައިތިރިކަމެވެ. މީ މަންސޫރަށް މީގެ ކުރިން އަޑު ނީވޭހާ މަޑުމައިތިރި ކަމެކެވެ. މިދަނީއޭ ބުނުމަށްފަހު ފޯނު ބާއްވާ ގެއަށް ދާން ކާރަށް އެރިއެވެ.
*****
“ކޮބާ އެ އަންހެނާ… ކޮޓަރީގަތަ…” ޔަޝްފާ ގެއަށް އަންނަންދެން ނުނިދާ އިން ސާދުނާ ފެނުމާ އެކު އަރީޝް ބާރަކަށް އަހާލިއެވެ.
“އަޅެ އަރީޝް ކިހިނެއްވެގެންތަ ތިއުޅެނީ.. އަރީޝް އަށް ނުފެނޭތަ އަރީޝް ބައްޕަ އަހަންނަށް އަނިޔާ ކުރާވަރު.. ގައިމު އަރީޝް އަށް އެމަންޒަރު ފެނިފަ ހުރީމަ ވީ އިސްލާހުވެގެން ބައްޕަ ކަހަލަ މީހަކަށް ނުވެވޭތޯ ބަލަންށެއްނުން…” ސާދުނާ ބުނެލިއެވެ.
“ކޮންމެހެން މިގަޑީ މަށަށް ލެކްޗަރު ދޭނެ ކަމެއް ނެތް.. މަމިހިރީ ކިރިޔާ ވަރެއްގަ.. އަހަރެން ފަޅައިން ގޮއްސިއްޔާ މާ ތާހިރެއް ނުވާނެ..” އައި ރުޅީގައި އަރީޝް ނިކުތީ ބޭރަށެވެ. އޭނާއަށްވެސް ސާދުނާ އެހެން ހޭލާ އިންނާނީ ޔަޝްފާ ގޭގައި ނެތްކަމުންކަން އެގެއެވެ.
“އޭ ރިއްޕޭ… ކަލޭ ބުނީ ހަމަ ރަގަޅަ.. މި އަންހެން އެއްޗަކު ރަގަޅަށް ވިއްޔާ އެދިޔައީ ފިރިހެނަކާ ބައްދަލު ކުރަން… ކައެ އާދޭ އޭޑީކޭއަށް… އޭނަ އެތާ ނެތިއްޔާ މުޅި މާލެ ކުޑަކޮށްފަވެސް ހޯދާފަ ހޭ އަރުވާލާނަން…” އަރީޝް އޭނާގެ ރައްޓެހި ރިއްޕެއަށް ގުޅިއެވެ.
*****
20 މިނިޓު ފަސް
ކުއްލިއަކަށް މުޅި ބަގީޗާ ތެރެއިން އިވިގެން ދިޔައީ އަންހެނަކު ހަޅޭއް ލަވައިގަތް އަޑެވެ. އޭރު އާހުގެ އަޑަކުން ފިރިހެނަކު ކުކުރާ އަޑު އިވިގެން ދިޔައެވެ. މުޅި ބަގީޗާ ތެރޭ ލެއިން ފުރިފައި ހުއްޓެވެ. އެހީ އަށް އެދި ގޮވަމުން ދިޔަ އަންހެންމީހާގެ އަޑު އިވުމާއެކު ހޮސްޕިޓަލް ތެރޭގައި ތިބި މީހުން ނިކުންނަން ފެށިއެވެ. އޭރު އެ އަންހެން ކުއްޖާގެ ބޮލުގައި މީހަކު ހިފަހައްޓައިން ހުއްޓެވެ. އަދި އޭނާ ކައިރީގައި ހުރި ފިރިހެންމީހާގެ އަތުގައި ދަގަޑު ބުރިއެއް އޮތެވެ. އަދި ބިންމަތީގައި ވެއްޓިފައި އޮތް ފިރިހެން ކުއްޖާގެ ބޮލުން ލޭ ފައިބަމުން ދިޔައީ ވަކި ވަރަކަށް ނޫނެވެ.
“އެކަކުވެސް މީއްޗަކާ ކައިރި ނުވާތި.. ކައިރިވާ މީހަކު ނޮޅާލާނަން.. އަހަރެންމީ ކާކު ކަން ނޭގޭތަ.. ބަލަ އަހަރެންމީ ބޮޑު ހެންވޭރު ގޭންގް މީހެކޭ…” އަންހެން ކުއްޖާ ބޮލުގެ އިސްތަށި ގަޑުގައި ހިފައިން ހުރި މީހާ މަތި މައްޗަށް އިންޒާރު ދެމުން ދިޔައެވެ.
ހިންދީ ފިލްމް ތަކުގައި ނޫނީ މި ފެންނަ ކަންތައްތައްވީ ގިނަ މީހުން ވީޑިއޯކޮށް ލައިވް ކުރަން ބޭނުންވި ކަމަކަށެވެ. އެއްބަޔަކު ސްނެޕްޗެޓުން އައިލާއާ ރައްޓެހިންނަށް އެމަންޒަރު ދައްކަން ވީޑިއޯ ކުރިއެވެ. މީ މާލޭގައި މިހާ ރަހުމްކުޑަ އަމަލެއް ގިނަ ބަޔަކު ބަލަހައްޓައިން ހުއްޓާ ކުރި ފުރަތަމަ ފަހަރެވެ. އެއްވެސް މީހަކަށް ބިރުން އެހީގެ އަތެއް ދިއްކޮށްލަންވެސް ދާން ނުކެރުނެވެ.
ދެން އިވިގެން ދިޔައީ އަންހެން ކުއްޖާ ބޮލުގައި ހިފާފައި ހުރި މީހާ ހަޅެއް ލަވައިގަތް އަޑެވެ. ބޮލުގައި އަތް އަޅާލަމުން ފަހަތް ބަލާލީ ދެލޯ ބޮޑުކޮއްލައިން ހުރެއެވެ.
“މަން… މަންމާ” އޭނާވެސް ވެއްޓުނީ ބިންމައްޗަށެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.




Mashallah mi part vx vrh reethi
Pour yashfa 😭
When is next?