Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަންޖަރު 11

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
October 17, 2025 4 Mins Read
4 Comments

ހުމޭދު ދިޔުމުން އީމާން އެތެރެއަށް ވަދެ އީވާން ނިންދަވާލިއެވެ. އީމާންއަށް ވެސް ހިނދުކޮޅަކަށް ނިދިޖެހުނެވެ. ނިދިފައި އޮތްވެފާ އޭނާއަށް ހޭލެވުނީ ބާރު އަޑެއް އިވިގެންނެވެ. ގަންނާ ކުރެއްވީ ބިރުން އީވާންގެ ހަށިގަނޑުގާ ބައްދާލެވުނެވެ. “ކަ… ކާކޫ…؟” އީމާން ތުރުތުރުލާ ހާލުގައި ސުވާލު ކުރިއެވެ. އެހެނަސް އެއްވެސް ޖަަވާބެއް ނުލިބުނެވެ. ބިރުން ހުރެ ކޮޓަރިން ބޭރަށް ނިކުތީ އެހެންވެގެންނެވެ. ފެނުނު މަންޒަރުން އީމާން އުޅުނީ ހަޅޭ ލަވާގަންނާށެވެ. ނަމަވެސް…

(11 ވަނަ ބައި)

ކޮޓަރި ތެރޭގާ އިން އީނާލްގެ ހުނުމުގެ އަޑު ކޮޓަރި ތެރޭގާ ހިފާލާފައިވިއެވެ. އޭނާ އިނީ ޔާލާއަދި ރުކާންއަށް ގުޅައިގެންނެވެ. “ދެން އީވާން ވެސް ކާވެނި ކުރީ. ދެން އަހަރުން މިތިބީ ދޯ ލާލަ” ރުކާން ބުނެލިއެވެ.

“ސާބަހޭ ރުކާން. ކާވެނީގެ ވާހަކަ ދައްކަން މާދަމާތަ 18 އަހަރު ވަނީ؟” އީނާލް ހީލަމުން އަހާލިއެވެ. “ދެން އެހާ އިރަށް އިންތިޒާރު ކުރާނީއޭ ދޯ ރުކާން” ޔާލާ ރުކާންގެ ދިފާޢުގައި ތެދުވިއެވެ. “ހޫމް އޯކޭ ލަވް ބާރްޑްސް. ނާލު މިދަނީ ނިދަން” ފޯނު ބާއްވަމުން އީނާލް ބުނެލިއެވެ.

އެނދުގައި އޮށޯވެލީ ޓިކްޓޮކް ބަލާލުމަށެވެ. އޭރު ޓިކްޓޮކުން “ރިކުއެސްޓް” އެއް އައިސްފާ އިނެވެ. ވަގުތުން އެއީ ވާއިލް ކަން އީނާލްއަށް ދެނެގަނެވުނެވެ. “ހޭ. ވާއިލް އިނގޭ މިއީ. ނިދަނީތަ؟” ވާއިލްގެ މެސެޖުގާ އިނެވެ. “ނޫން. އަދި ނުނިދަން. ވާއިލް ނިދަނީތަ؟” އީނާލް މެސެޖު ކޮއްލިއެވެ.

“ނޫނޭ. ކޮންމެވެސް ހާއްސަ ފަރާތެއް މަތިން ހަނދުމަ ވާވަރުން ނުނިދިފަ މިއޮތީ” ވާއިލްގެ މެސެޖެއް ލިބުނެވެ. “ހެހެ އެހެންތަ؟ ކޮބާތަ އެނަސީބުގަދަ ކުއްޖަކީ އަނެއްކާ؟” އީނާލް އަހާލިއެވެ.

“ވަރަށް ވަރަށް ހާއްސަ ކުއްޖެއް” ވާއިލް ބުނެލިއެވެ. “ހެހެ އެހެންތަ؟ ދެން ތި ކުއްޖާ ގާތުގަ ބުނޭ ވާއިލްގެ ޙިޔާލު ތަކުން ނިކުންނާށޭ” އީނާލް ސަމާސާ ރާގަކަށް ބުނެލިއެވެ. “ކިިހިނެތްތަ ނެރޭނީ؟ އެކުއްޖާގެ އެހެރަ ރީތި ކަމުން ވާއިލްގެ އަތްފަތް އޮޅި، ދޫއޮޅިވޭ. މާޝާ ﷲ އެކުއްޖާ ހާދަ ރީއްޗޭ” ވާއިލްގެ މެސެޖު ކިޔާލާފައި އީނާލްގެ ހިތްފިތޭ ގޮތްވިއެވެ. ވާއިލް ކުއްޖަކުދެކެ ލޯބިވާކަން އެނގުމުން އެހިތުގާ ރިއްސާލިއެވެ.

“ހަހަހަހަ ޝުއާރ. ދެން ބުނެބަލަ ތިކުއްޖާގެ ނަން” އީނާލް އަނެއްކާވެސް އަހާލިއެވެ. “ބުނަންވީތަ؟” ވާއިލް އަހާލިއެވެ. “ހޫމްމް. ބުނެބަލަ” ބިރުން އިނދެ އީނާލް މެސެޖު ކޮއްލިއެވެ.

“ހުވާ ކުރޭ. ޔޫ ވޯޓް ޑިސަޕިއާރ ވެން އައި ޓެލް ޔޫ” ވާއިލް މެސެޖު ކޮއްލިއެވެ. “ހަހަ! ޕްރޮމިސް”

“އައިޝަތް އީނާލް ހުމޭދް. އެއީ އެކުއްޖާއަކީ” ވާއިލްގެ މެސެޖު ކިޔާފައި އީނާލްގެ ދެލޯ ބޮޑުވިއެވެ. ވާއިލް ލޯބިވަނީ އޭނާދެކެ ހެއްޔެވެ؟ “ވަޓް…؟”

“ނާލު… އެންމެ ފުރަތަމަ ނަޒަރުންވެސް… ނާލު ފެނުމާ އެކު މިހިތުގާ ކުޅެލީ އެހެން ރާގެއް. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ނާލުއަށްޓަކާ މިހިތުގާ އައުވިންދެއް ޖަހަން ފެށި. ނާލުގާތުގާ ވުމަށް މިހިތް އެދެން ފެށި. އަބަދުގެ އަބަދަށް ވެސް. ނާލު. ވާއިލް ވަރަށް ވަރަށް ލޯބިވޭ ނާލުދެކެ. ނާލުއަށްޓަކާ މިހިތުގާ ލޯބިވަނީ ފުރިބާރުވެފަ. މުޅި އުމުރަށްވެސް ނާލުދެކެ ވާއިލް ލޯބިވާނަން. އެންމެ ފަހު ވިންދާ ޖެހެންދެންވެސް އިންޝާ ﷲ އޯލްވޭސް އެންޑް ފޯރއެވާރ. އިންޝާ ﷲ ޖަންނަތުގާ ވެސް ނާލުއާ އެކީގަ ވާނަން”

ހިނދުކޮޅެއްގެ “ޓައިޕިންގް” އަށްފަހުން ވާއިލްގެ ފަރާތުން ލިބުނު މެސެޖު ކިޔާލުމާއި އެކު އެދެލޮލުގާ ކަރުނައިގެ މުތީތަށް ބަބުޅާގަތެވެ. ވާއިލް ވެސް އީނާލްދެކެ ލޯބިވާކަން އެނގުމުން ބަނޑުގާ ކޮކާ އުދުހޭ ކަހަލަ އިހުސާސެއް ކުރެވުނެވެ.

“ނާލު ވެސް…” ލަދުން އިނދެ އީނާލް ބުނެލިއެވެ. “އަސްލުތަ؟ އަލްހަމްދުލިއްލާހި” “ކެޕިޓަލް” އަކުރު ތަކުންއައި ވާއިލްގެ މެސެޖު ކިޔާލުމުން އީނާލްއަށް ހެވުނެވެ. “ޔެސް ޔެސް”

“މިހާރު ގަޑިން 33 12. މިވަގުތުން ފެށިގެން ޔޫއާރ އޯލް މައިން ނާލޫ. އައި ލަވް ޔޫ ސޯ މަޗް” ވާއިލް ބުނެލިއެވެ. “ޔެސް. އައި ލަވް ޔޫ މޯރ” އީނާލް ހެވިފާ ބުނެލިއެވެ.

“ދޫނި ނިދާލާ ދެން. ވާއިލްވެސް މި ނިދާލަނީ. މާދަމާ ދާނަން ދިމާކޮއްލަން. ގުޑް ނައިޓް. ލަވް ޔޫ” ވާއިލް މެސެޖު ކޮއްލިއެވެ. “ގުޑް ނައިޓް. ލަވް ޔޫ ޓޫ” އީނާލްގެ ފަރާތުން މެސެޖު ލިބުމުން ވާއިލް ނިކުތީ ފެންފުޅިއެއް ބަލައެވެ. ފެންބޯލައިގެން ނިދާލާށެވެ.

ކޮޓަރިން ނިކުން ވާއިލްގެ ފިޔަވަޅުތައް ހުއްޓުނީ ވިއާމްގެ “ސްޓަޑީ ރޫމް” އިން އީނާލްގެ ނަން އިވުމުންނެވެ. ބައްޕަ ކުރާކަންކަމަށް ވާއިލް ނުބެހުނަސް އީނާލްގެ ނަން އިވުމުން އެދިމާލަށް ދެވުނެވެ.

***

“ކަ… ކާކޫ…؟” އީމާން ތުރުތުރުލާ ހާލުގައި ސުވާލު ކުރިއެވެ. އެހެނަސް އެއްވެސް ޖަަވާބެއް ނުލިބުނެވެ. ބިރުން ހުރެ ކޮޓަރިން ބޭރަށް ނިކުތީ އެހެންވެގެންނެވެ. ފެނުނު މަންޒަރުން އީމާން އުޅުނީ ހަޅޭ ލަވާގަންނާށެވެ. ނަމަވެސް، އެއްވެސް ކަމެއް ނުކުރެވެނީސް ވިއާމް އައިސް އޭނާގެ އަނގަމަތީގައި އަތްއެޅިއެވެ. އީމާންގެ ދެއަތް ފުރަގަހަށްލާ ލޮކް އަޅުވާލިއެވެ. އެހެން ހަދާލިލެއް ބާރު ކަމުން ކަށިގަނޑުގެ އަޑުވެސް އިވުނެވެ. “އާހްހްހހހ”

“ކޮންތާކަށް ދާންތަ ތިދުވަނީ؟ ކާކަށްތަ ތިފިލަނީ؟” ވިހަ ހިނިތުންވުމަކާއި އެކު ވިއާމް ބުނެލިއެވެ. “ހެޔޮނުވާނެ… އަހަރެން ދޫކޮއްލާ…” އީމާން ރޮވިފާވާ ހާލުގައި ބުނެލިއެވެ. “ކީއްކުރަން؟ މަނޫޅެން މޮޔަވެގެންނެއް” އީމާންގެ ހަށިގަނޑު ދަމަމުން ކަހަލަ ގޮތަކަށް ގޮސް ވިއާމް އޭނާ ސޯފާއަށް ހޫރާލިއެވެ. އަދި އީމާންގެ ހަށިގަނޑު މައްޗައް ޖެހިގަތީ ހައިވެ ބަނޑުހައިވެފާވާ ސިންގާއެއް ފަދައިންނެވެ.

ވިއާމް އެނބުރި ގެއިން ނިކުން އިރު ފަތިސް ވެއްޖެއެވެ. ގަމީހުގެ ގޮށްތައް އަޅުވަމުން ނިކުން ވިއާމްގެ ތުންފަތުގާވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. “ކޮބާ ހިތްހަމަޖެހިއްޖެ؟” ދޮރު ކައިރީ ފާރުގައި ހުރި ވިޔާމް އަހާލިއެވެ. “އާނ.. މާ ބޮޑަށް ވެސް” ވިއާމް ވިހަ ގޮތަކަށް ހިނިތުންވެލިއެވެ.

ސޯފާގައި އޮތް އީމާންގެ ހަށިގަނޑުގާ އެއްވެސް ނިވާކަމެއް ނެތެވެ. ސީލިންގާ ދިމާލަށް ބަލަން އޮތް އިރު ފަހަރަކު ކަރުނަ ތިއްކެއް އޭގެ މަގާމު ދޫކޮއްފައި އަންނަމުން ދިޔައެވެ. އޭނާ ދެން ހުމޭދަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ މިވާހަކަ ހުމޭދު ކައިރީ ބުނާނީވެސް ކިހިނަކުން ހެއްޔެވެ؟ ކޮން ދުލަކުން ހެއްޔެވެ؟ ނީރާ ގާތުގައި އެވާހަކަ ބުނެގެެންވެސް މިހާރު ދެންވާނީ ކޮން ފައިދާއެއް ހެއްޔެވެ؟

“މިވާހަކަ ދުވަހަކު ކޮޅުން ވެސް އެއްވެސް މީހެއް ގާތުގަ ބުނެފި ނަމަ، ކަލެއާ ކަލޭގެ ފިރިމީހާގެ ދުވަސް ދުއްވާލާނަން! ކަލޭގެ ދަރި އެކަނިވެރި ކޮއްލާނަން!!!” އެވަގުތު ވިއާމްގެ އެބިރުވެރި ޖުމްލަ އޭނާގެ ކަންފަތުގައި ގުގުމާލިއެވެ. ކަންފަތުގައި އަތްއަޅާ ހަޅޭ ލަވާގަނެވުނީ އެހެންވެގެންނެވެ.

***2 އަހަރު ފަސް***

އެނދުމަތީގައި ކުޅެން އިން އުމުރުން 2 އަހަރުގެ އީނާލްއާ ދިމާލަށް ބަލަން އީމާން އިނީ އެސްފިޔަ ޖަހާނުލައޭ ބުންޏަސް މުޅިއަކުން ދޮގަކަށް ނުވާނެއެވެ. އީނާލް ހީވަނީ ހަމަ އީމާންގެ ކޮޕީއެއް ހެންނެވެ. ހަމަ އެދެލޮލެވެ. އެތުންފަތެވެ. އެނޭފަތެވެ. އެފަން އިސްތަށިކޮޅެވެ.

“ނާލޫ… ބައްޕިގެ ނާލޫ” އީވާން ގޮވައިގެން ސުކޫލުންއައި ހުމޭދު އީނާލް އުރާލިއެވެ. “ކޮއްކޯ. އާދެބާ ދޮންބެ ކައިރިއަށް” އީވާން ވެސް ހެވިލާފައި ބުނެލިއެވެ. “އަހަރެން އަންނާނަން ފިހާރައަކަށް ގޮއްސަ” އީމާން އެނދުން ތެދުވިއެވެ. އަދި ވޮލެޓު ހިފައިގެން ގެއިން ނިކުތެވެ.

ފަރި ހިނގުމެއްގައި ދިޔަ އީމާންގެ ހިތުގާ ވީ ބިރުވެރިކަމެވެ. ވިއާމް އަންނާނީ ކޮންދިމާލަކުން، ކޮންއިރަކުން ކަމެއް ބުނަންވެސް ދައްޗެވެ. އީމާން ހުރީ ސިހި ސިހިއެވެ. ހަގީގަތުގާ ވިއާމްދެކެ އޭނާ މިހާރު ބިރުގަނެޔެވެ.

“ހާދަ ފަރިވެލާގެން ކޮންތާކަށް؟” ފަހަތުން ވިއާމްގެ އަޑު އިވުމުން އީމާންއަށް ތެޅިގަނެވުނެވެ. ސިހިފާ ފަހަތް ބަލާލި އިރު އުމުރުން 4 އަހަރުގެ ވިނާލް އުރައިގެން ވިއާމް ހުއްޓެވެ. “ދަރިފުޅޫ. މި ދައްތައަށް ސަލާމް ކޮއްލަބަލަ” އީމާން ކުރިމަތީގާ ހުއްޓެމުން ވިއާމް ބުނެލިއެވެ. ކުޑަ ކުޑަ ވިނާލް އަތް ހޫރުވާލިއެވެ. އީމާން އެއްވެސް އެއްޗެއް ނުބުނެ ހިނގައިގަތެވެ. އެހެނަސް އޭނާގެ ފިޔަވަޅުތައް ހުއްޓުނީ ވިއާމްގެ ޖުމްލައިންނެވެ.

***

“އަހަރެން ދެން ކިހިނެތްތަ ހަދަންވީ؟ އަހަރެންނަކަށް ވެސް ނުކެރޭނެ ދޯ ވިނާލް ގާތުގަ އީނާލްއާ ވިނާލްއާ އެއީ އެއްބަފާ ދެކުދިންނޭ ބުނާކަށް. މަ ކޮން ދުލަކުންތަ ބުނާނީ އީނާލްއަކީ މަގޭ ދަރިއެކޭ؟ އޭނ؟” ވިއާމްގެ ޖުމްލަ އިވި ވާއިލްގެ ހިތުގެ ހިނގުން ހުއްޓުނު ފަދަ އިހުސާސެއް ކުރެވުނެވެ. މޭގާ އަތްއަޅާލެވުނީ ކުރެވުނު އިހުސާސަކުންނެވެ. ހީވީ ތޫނު ހަންޖަރެއްގެ ހަމަލާ ލިބުނު ހެންނެވެ.

(ނުނިމޭ)

ފަހުބައިގެ ތެރެއިން:

“ދޮންބޭ. ބަލާލަ” ފޯނުން ފެނުނު ޕޯސްޓު އީނާލް ދައްކާލިއެވެ. އޭރު އޭނާގެ މުޅި ހަށިގަނޑު ރޫރޫ އަޅަމުން ދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ވިހަ ލޯބި 12

Next

ވަފާތެރިމަވީމޭ 6

Next
October 17, 2025

ވަފާތެރިމަވީމޭ 6

Previews
October 16, 2025

ވިހަ ލޯބި 12

4 Comments!

  1. ❤️🫶 says:
    October 17, 2025 at 1:14 pm

    Masha Allah 🫶❤️
    Very curious about the next part! It’s a very beautiful story it feels like something written by a computer but it’s completely good and understandable.
    So Eenal and Vinaal’s father is the same, but their mothers are different, right?
    Love you so much, take care 💕
    When’s the next?

    1. shihaamaa ali shihaamaa ali says:
      October 18, 2025 at 8:34 am

      Jazaakallah khairan dearr.. next episode in sha allah on Sunday.
      Yess.. lyt tc

  2. Riusha💙 says:
    October 18, 2025 at 3:12 pm

    Brww whattttt????????
    Eanaal n vinaal aky eybafaa dhe kudhinneyy?????
    Hell na..
    Story vrh salhi dhaa goiy. MA
    Curiously waiting for the next episode????
    Kon irakun next episode????
    Take Care.. Luv ya 💙💙

    1. shihaamaa ali shihaamaa ali says:
      October 18, 2025 at 5:02 pm

      yepppp 😭😭😭😭😭
      jazaakallah khairan dearrr🫶🏻
      next in sha allah maadhamaa
      tc lyt

Comments are closed.

Next Episodeހަންޖަރު 12 (ފަހުބައި)←


All Right Reserved!