Skip to content
އެސްފިޔަ

މޮޔައިން ތެއްމާ ވާރޭ

ރޯމާދުވާލުގެ މެންދުރު ވަގުތު ނަމަވެސް އުޑުމަތީގައިވާ ބަނަ ވިލާތަކުގެ ތެއިން ދުނިޔެ މައްޗަށް ވެރިވެފައި ވަނީ ފަނޑު އަލިކަމެކެވެ. ހީވަނީ ހަމަ ދެންމެ ދެންމެ ވާރޭ އޮއްސާލަ ފާނެހެންނެވެ. ކުޑަވެސް ރަހުމެއް ނެތި ޖެހޭ ބާރު ވައިގެ ސަބަބުން ބޮޑެތި ގަސް ގަހުގެ ބައެއް ގޮފިތައް އޭގެ މައި ގަހާ ވަކިވަމުން ދެއެވެ. މާ ގިނަ އިރުތަކެއް ނުނަގައެވެ. ވާރޭ އޮއްސާލައިފިއެވެ. ވެހެމުންދާ ބޯވާރޭގެ ސަބަބުން ކުދި ގަސްތައް މަތިބަރުވެ ކެތް ނުކުރެވިގެން ބިންމައްޗަށް ބޮސްދެމުންދެ އެވެ.

ދުއްވާ ތަކެތިންނާއި ހިނގާބިނގާވެ އުޅޭ މީހުންގެ ސަބަބުން ފުރި ތޮއްޖެހިފައިވާ މާލޭގެ މަގުތައް ފެންނަނީ އަމާން ވެފައިވާ މަންޒަރެވެ. ވެހޭ ބޯ ވާރެއަށް ފުރުޞަތު ދީގެން ވާރޭ ހުއްޓާލާނެ އިރެއްގެ އިންތިޒާރުގައި ގޭގޭގެ އަސްކަނިދޮށުގައި ކޮންމެވެސް ވަރަކަށް މީހުން ވާރެއަށް ކުދި ކިޔާލަ ކިޔާލަ ތިއްބެވެ. ބައެއް ގޭތަކުގެ ފުރާޅުމަތިން ހަރު ކުލައިގެ މީހުން ތެމި ފޯވެގެން އުޅޭތީ ފެނެއެވެ. ”ވެހޭއިރު ފެންނަގާށޭ” ބުނާ އަޑު އަހައިގެން އުޅެނީ ކަމަށް ވެސް ވެދާނެއެވެ. އަޅުގަނޑުވެސް ކޮންމެވެސް ގެއެއްގެ އަސްކަނި ދޮށުގައި، މަގުމަތިން ދިޔަ އެހެން މީހުންނެކޭ އެއްގޮތަށް ވާރޭން ހިޔާވަހިކަމެއް ހޯދައިގެން މަޑުކޮށްލީމެވެ.

ވެހެމުން ދިޔަ ބޯ ވާރޭ ހިމަފޮދު ތުނި ވާރެއަށް ބަދަލުވެއްޖެ އެވެ. ތަންތަނަށް ވަދެ ބޮނދާ ތިބި މީހުންގެ ތެރެއިން ބައެއް މީހުން އެބައިމީހުން ތިބި ތާކުން ނިކުމެގެން ހަލުވި ފިޔަވަޅުގައި ހިނގައިގަނެފި އެވެ. ނަމަވެސް ވާރޭ މުޅިން ހުއްޓައެއް ނުލައެެވެ. މިހާރު ނިކުމެގެން އެދާމީހުން އެދަނީ މާ ލަސްވާތީ ދެން ކޮންމެވެސް ވަރަކަށް ތެމުނަސް އެންމެ ރަނގަޅުކަމަށް، އެ މީހެއްގެ މަންޒިލަށް އަވަހަށް ދިއުމަށްޓައި ކަމެއް، ނޫންނަމަ އެމީހުން މޮޔައީ ކަމެއް އަޅުގަނޑަކަށް ބުނާކަށް ނޭގެއެވެ. އެހެނީ މިގޮތަށް ވެހޭ ހިމަފޮދު ވާރެއަށް “މޮޔައިން ތެންމާ ވާރޭ” މިހެން ކިޔާ އަޑު އަހަމެވެ. ކޮންމެއަކަސް އަދި ތަންކޮޅެއް ވިސްނޭ މީހަކަށް ވާން ވެގެން އަޅުގަނޑު ހަމަ މަޑުކޮށްލައިގެން ހުރީއެވެ.

ވެހޭ ހިމަފޮދު ވާރޭތެރެއިން އެއްބަޔަކު ވާރޭގެ ދެތިކި ދޭތެރެއިން ރެކެމުން ކަހަލަ ގޮތަކަށް ދުވަމުން ދުވަމުން ވެސް ދާތީ ފެނެއެވެ. އަޅުގަނޑު ހިތަށްއެރި އެވެ. ކޮންމެ ގޮތެއްވިއަސް ބޯކޮށް ވެހުނު އިރު ތެމުނު ވަރަކަށް މިހާރަކު ހަމަ ޔަގީނުންވެސް ނުތެމޭނެއެވެ. ކުޑަކޮށް ތެމިލައިގެން ނަމަވެސް އެމީހަކު މަސްއޫލުވެގެން އުޅޭ ކަމެއް ކުރުމަށް އަވެސްވެގަންނަމީހާ ބާއޭ މޮޔައީ ނޫންނަމަ ތެމިދާނެތީ އަޅުގަނޑާއި އަދި ދެންވެސް މަޑު ކޮށްލައިގެން މިތިބި މީހުންބާއޭ މޮޔައީ!، ނޫންނަމަ މިހާރު ވެހެމުން މިދާ ހިމަ ފޮދު ވާރޭއަކީ ހަމަ “މޮޔައިން ތެންމާ ވާރޭ” ބާއޭ؟ ނޫންނަމަ ” މޮޔައިން ހިޔަލުގައި ބައިތިއްބާ ވާރޭ” ބާއެވެ.

Comments (8)

  1. pinky

    ލޯލްސް :ޕީ

  2. މޯޑު

    މީކާކުގެ ލިޔުމެއް؟ އަޑު އަހާ އަހާ ބާވެފައިވާ ވާހަކައެއް….

  3. މާގުރާމަ

    އޯ.އެމް.ޖީ …. ލޮލް ….. ހަހަހަހަ…. އެހެންވީރުން ދުނިޔޭގައި އުޅޭނީ ހުސް މޮޔައިން ….. ތިޔައީ އޭގެ ތެރެއިން އެކަކު …… ؛ޕ

  4. މޯޑު

    މިލިޔުނ މިހާ ނޭނގުން އެއީ ވަރަށް ބޮޑު މައްސަލައއެއް… ބިރުގަތީދޯ ކޮޕީކުރެވުނީމާ

  5. Milli Adam

    ކޮޕީ އެއް ބާ؟؟؟؟/

  6. nadha fathmath

    ކޮޕީ ދޯ…….

  7. ކިއުޓީ

    ކަޑަ ވާހަކަ އެށް!!!!!!!!!!!!!!!!!!!!!!!! ފޫހި!………………ކޮޕީއެށް…………..!!!!!!!!

  8. maeesha

    kada adhi loabee ge vaahakayeko pakaas

Comments are closed.