ދެލޯފިއްތާލައިގެން ހެވިފައިހުރި ޔުލީން ޔޫއާން ގެ ގައިން ވަކިނުވެ ހުރެ ދެލޯހުޅުވާލަމުން ކުރިމައްޗަށް ބަލައިލިއެވެ. އެއާއެކު އޭނާގެ ދެލޯބޮޑުވިއެވެ. އެތްފަހަރު ހޭންހުރި ރިޔާން އަށް ބަލައިލަމުން އަނެއްފަހަރު އޭނާގެ ދެއަތުތެރޭގައިވާ ފިރިހެން ކުއްޖާ އަށް ބަލައިލިއެވެ. އެއާއެކު އިހުނަށް ވުރެ ދެލޯބޮޑުވެގެން ގޮސް އެދޮންމޫނު ލޭކޮޅެއް ހާ ރަތްވެގެން ދިޔައެވެ. ********** އަވަސް ހަރަކާތަކާއެކު އެޒުވާނާ ގައިން އަތް ނައްޓުވާލަމުން ރިޔާން ކައިރި އަށް ޖެހިލިއެވެ. ” ޔުލީ ސާބަސް ، ހަމަ ދޮންބެ ވަކިކުރަން ނޭނގުނީތަ […]
މަންމަ ކިޔާ ވަރުން ނުކައި ނުހުރެވިގެން އައިސް ކާމޭޒުދޮށުގައި އިން އާލާ އިނީ ކާހިތް ކެނޑިފައެވެ. އޭނަ އަށް ވިސްނެނީ އަޒާން އާއި ދޭތެރޭގައެވެ. ބަތް ތައްޓައް ސަމްސަލެއް ލައިގެން ހާވަ ހާވަ އިން އިރު އޭގެން އަދި އެންމެ އެތިކޮޅެއް ވެސް އަނގަޔައް ނުލައެވެ. އެހެން ނޫނީ ކާން އިންނަ އިރު އަނގަ ހިމޭނުން ލައިގެން ނީނދެވޭ އާލާ މިއަދު މާ މަޑު މަޑުން އިންނަ ކަން ފާހަގަ ވެގެން އަންވަރު އާލާ އަށް ގޮވާލާ […]
* ދޮރުމަތީގައި ކަޅުކުލައިގެ ޖިންސަކާއި އެކީ ކަޅުކުލައިގެ ޓީޝާޓެއް މަތިން ރަތްކުލައިގެ ބްލޭޒަރއެއް ލައިގެން ކޮނޑުގައި ކަޅު ދަބަހެއް އަޅުވާލައިގެން ހުރި ފިރިހެން ކުއްޖާގެ މޫނު ފެނިފައި މިއަލް ހައިރާންވިއެވެ. މިއޮއްފަދަ ގަޑީގައި މިއައީ ކާކު ބާވައެވެ.؟ މިއަލްއަށް އެ ފިރިހެން ކުއްޖާގެ މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ. * “މި ގޭގައިތޯ ނަވާލްބޭ އުޅެނީ..؟ އަޅުގަނޑު މީ…..” އެ ފިރިހެން ކުއްޖާ ބުނަން އުޅުނު ޖުމްލަ މަޑު ޖައްސާލުމުން މިއަލްއަށް އިސްއުފުލާލާ ބަލާލެވުނެވެ. އޭރު އެފިރިހެން ކުއްޖާ […]
* ނިތްކުރި މަތީ މުތީތަކެއް ފަދައިން ވިދަމުން ދިޔަ ދާ ތިކިތައް ފޮހެލަމުން ޝަފްވާން ބެލީ ހަމަޖެހެލެވޭތޯއެވެ. ނަމަވެސް ދެންމެ އެ ފެނުނު އަންހެން ކުއްޖާއަކީ މިލީންއަށް ވެދާނެޔޭ ހިތް ބުނަމުން ގެންދިޔައީ ކީއްވެގެން ކަމެއް ނޭނގުނެވެ. ހަމަ އެ އޮމާން މޫނެވެ. ތަފާތު ވިދުމެއް ހުންނަ އެސްފިޔަ ބޯ ދެލޮލެވެ. ފިޔާތޮށިކުލައިގެ ދެ ތުންފަތެވެ. * “ނުވާނެ…! ޝީ އިޒް ނޮޓް މިލީން…” މިލީންގެ ހުންނަނީ ފަންފަން އިސްތަށިގަނޑެކެވެ. ނަމަވެސް މިރޭ ދިމާވި އަންހެންކުއްޖާގެ ހުރީ […]
* “މަންމަގެ ރަން ދޫންޏާ ނިދާލާށޭ.. ނިދާލާށޭ..” މިއަލް ކިޔަންފެށީ މިޝްލާ މިއަލް ނިންދަވަންވެގެން ކިޔާ އުޅުނު ނާނާއެއްކަމަށް ސަފީނާ ބުނެދިން ނާނާއެކެވެ. ނަވާލް މަޑުމަޑުން މިއަލްގެ ކޮޓަރީގެ ދޮރު ހިންމިއަކަށް ހުޅުވާލިއެވެ. ފިޔާތޮށި ކުލައިގެ ޓީޝާޓްކޮޅަކާއި ނޭވީ ބްލޫ ކުލައިގެ ޖިންސެއް ލައިގެން އެ ރާޅުބާނި އިސްތަށިގަނޑުވެސް ހާވާލައިގެން ގިޓާރ ކުޅެން އިން މިއަލް ފެނިފައި ނަވާލްއަށް ހީވީ ލޯކުރިމަތީގައި ހަމަ މިޝްލާ ފެނުނު ހެންނެވެ. * ކަނޑާލި ފޮޓޯގަނޑެއް ފަދައިން ނަވާލްގެ ހަނދާނަށް އައީ […]
ރޭގަނޑު ދުވާ މެޝިނަށް އަރާ ނައިޝާ ދުވަން ސިޓިންރޫމްގައި ހުއްޓާ ސައިފް އައިސް ގެއަށް ވަނެވެ. “ހަހަހަ…ތިއަށް ކިތަންމެ ވަރަކަށް އަރާ ދުވިޔަސް ހުންނާނީ ބެޓެރިއެއްހެނޭ އަޅޭ” މަލާމާތުގެ ހިނިގަނޑެއް ޖަހާލަމުން ސައިފް ނައިޝާ އަށް ބުންޏެވެ. ސައިފް ކޮޓަރިއަށް ވަނުމުން ނައިޝާ ރޯންފެށިއެވެ.ކުރިއާ ޚިލާފަށް މިފަހަރު ނައިޝާ ރުޅި އައެވެ. ދުވާ މެޝިން ނިއްވާލުމަށްފަހު ރޮމުން ކޮޓަރިއަށް ނައިޝާ ވަނެވެ.ސައިފްގެ މަލާމާތަށް އިތުރަށް ކެތްނުކުރެވުމުގެ ސަބަބުން ހިކެން ނައިޝާ ކުރި ހިތްވަރާއި އަޒުމް މުޅިން ކެނޑުނެވެ. […]
ސައިފް ސަނާ ކައިރި ސިއްރުން ވާހަކަތަކެއް ދެއްކި ދުވަހުން ފެށިގެން ސަނާ ނައިޝާ އާއި ދުރުވިއެވެ. އެކުގައި ވަގުތު ހޭދަކުރުން މުޅިންހެން ހުއްޓުނެވެ.ނައިޝާ ސަނާގެ ކޮޓަރިއަށް ވަނަސް ކޮންމެވެސް ބަހަނާ އެއް ދެއްކުމަށް ފަހު ނައިޝާ އެކޮޓަރިން ނެރެއެވެ.މިކަމާ ނައިޝާ ވަރަށް ދެރަވެ ވިސްނެން ފެށިއެވެ. ނައިޝާއަށް ސައިފްގެ ވާހަކަތަކާ ދުރަކަށް ނުދެވުނެވެ. ސައިފްގެ އެވާހަކަތައް އަބަދުމެ ނައިޝާގެ ބޮލުތެރޭގައި އެނބުރެއެވެ. ބަދިގެ ތެރޭގައި ކައްކަން، ޚިޔާލަކަށް ގެއްލިފައި ހުރި ނައިޝާ ފޯނު ރިންގުވި އަޑަށް ސިއްސައިގެން […]
ދަރުތައް ބެހެއްޓުމަށް ފަހު ހުރިހާކުދިން ފެން ވަރައިގެން ހަވީރުގެ ސައި ތައްޔާރު ކުރަންފެށިއެވެ.”އޭއި އަވަސް ކުރޭ.. މިހާރު އެއޮށް ފަންސާސް ވަނީ.. އަދި ތިޔަބައިމީހުން ތިތިބީ އަދިވެސް ޔުނީފޯމް ނުލައެއްނު..އަވަސް ކުރޭ.. އެސެންބުލީ އެބެއް..”ސަކަރާތުގައި ސައި ހަދަން ތިބި ޔާނާމެން ސިހުނީ ސާތިރާމިސް އައިސް އެހެން ބުނުމުންނެވެ. “މީ ކަމުދާ ޓީޗަރެއް ނޫން.. ގަޑިޖެހެން ފަސްމިނެޓައް ވީމަ އެބުނަނީ..ދެންއަޅެ ކަލޭމެން ބުނެބިލަ ގަޑިނުޖެހެނީސް ދެވޭތަ..”ސާތިރާމިސް ދިޔުމުން އެތަނުން ކުއްޖެއް ބުނެލިއެވެ.”ދޮގެއްވާ ނޫން ހާދަ ކަމުނުދެއޭ މަށަށްވިސް.”އެތަނުން އެހެންކުއްޖެއް […]
“އަހަންނަށް ފެނޭ ސަނާ ނައިޝާގެ ކޮޓަރިއަށް ވަންނަ ތަން…އަހަރެން ހިއެއް ނުކުރަން ނައިޝާ މިކަން ބޮޑު ކަންތައް ގަނޑަކަށް ހަދާލަފާނެ ކަމަކަށް” ސޯފާގައި އިށީނަމުން ހިތްހަމަ ނުޖެހިހުރެ ސައިފް ބުންޏެވެ. ސައިފަށް ރައްދު ދިނުމެއްނެތި ނައިޝާ ސަނާ ކޮޓަރީގައި މަޑުމަޑުން ޓަކިޖެހިއެވެ.ދެތިން ފަހަރަކު ޓަކި ޖެހުމަށްފަހު ސަނާ ދޮރު ނުހުޅުވުމުން ނައިޝާ ތަޅުގައި ހިފާލިއެވެ.ދޮރު ތަޅުނުލައި ހުރުމުން ނައިޝާ މަޑުމަޑުން ދޮރު ހުޅުވާލުމަށްފަހު ކޮޓަރިތެރެއަށް ވަނެވެ. “ސަނާ” އެނދުމަތީގައި ބަންޑުން އޮށޯވެގެން އޮތް ސަނާއަށް ނައިޝާ މަޑުމަޑުން […]