ކުރެވުނު ކަމަކުން 3
ދަރުތައް ބެހެއްޓުމަށް ފަހު ހުރިހާކުދިން ފެން ވަރައިގެން ހަވީރުގެ ސައި ތައްޔާރު ކުރަންފެށިއެވެ.”އޭއި އަވަސް ކުރޭ.. މިހާރު އެއޮށް ފަންސާސް ވަނީ.. އަދި ތިޔަބައިމީހުން ތިތިބީ އަދިވެސް ޔުނީފޯމް ނުލައެއްނު..އަވަސް ކުރޭ.. އެސެންބުލީ އެބެއް..”ސަކަރާތުގައި ސައި ހަދަން ތިބި ޔާނާމެން ސިހުނީ ސާތިރާމިސް އައިސް އެހެން ބުނުމުންނެވެ.
“މީ ކަމުދާ ޓީޗަރެއް ނޫން.. ގަޑިޖެހެން ފަސްމިނެޓައް ވީމަ އެބުނަނީ..ދެންއަޅެ ކަލޭމެން ބުނެބިލަ ގަޑިނުޖެހެނީސް ދެވޭތަ..”ސާތިރާމިސް ދިޔުމުން އެތަނުން ކުއްޖެއް ބުނެލިއެވެ.”ދޮގެއްވާ ނޫން ހާދަ ކަމުނުދެއޭ މަށަށްވިސް.”އެތަނުން އެހެންކުއްޖެއް ބުނެލިއެވެ.
“ކުދިން..ތިކުދިންނައް އެނގޭނެ މި އެސެންބުލީ މި ބާއްވަނީ ކީކުރަން ކަން..އެހެންނު..”ސައީދު ސަރ އެސެންބުލީ ފަށަމުން އެހެން ބުނުމުން ހުރިހާ ކުދިން ދެފަރާތަށް ބޯ ހަލުވާލީ ނޭނގެއޭ ބުނާ ފަދައިންނެވެ.”ނޭނގެ..؟..ސާރމެން މި ބައްދަލު ކޮށްލީ މާދަމާ އަކީ ސްކައުޓް ޑޭ ކަމުން މިރޭ ބާރަޖަހާއިރު ސްކައުޓް ޑޭ ފާހަގަ ކޮށްލާވާހަކަބުނެލަން.. މިފަހަރު މިރަށުގަ ފާހަގަކުރާތީ ފާހަގަކުރަން ހަމަޖެހިފައޮތީ ވަރަށް ބޮޑުކޮށް.. ސާރމެން ސްކައުޓް ޑޭ ފާހަގަކުރަން ބޭނުންވާނެ ސާމާނު ގެނެއްސަ ހުންނާނީ..ސޯ އަންޑަސްޓޭންޑް.. ކޮންމެ ޕެޓްރޯލް އަކަށް ހެދިކާއެއް ހަދަން ޖެހޭނެ..އެހެންވީމާ ކޮންމެ ޕެޓްރޯލަކުން ތިންކުދިން ހެދިކާ ހަދަންވީ އަނެއްކުދިން ސާރ ދައްކާ ދިމާ ޑެކަރޭޓް ކުރަންވީ..ބީޗްގަ ހަދާނީ.. އެހެންވީމާ އަވަހަށް އެއްޗިސް ޗޭންޖް ކޮށްގެން ފަށަންވީ”
ސައީދު ސަރ ވާހަކަ ނިމުމުން ޔާނާ އާއި އިބާ އަށް މަޑު މަޑުން އޯ ޝިޓް އޭ ބުނެވުނެވެ.އެއާއެކު ކައިރީގާހުރި ޒޯޔާ ހިނިގަނޑު ފަޅައިގެން ދިޔައެވެ.މިރޭވެސް ދެވެންނެތުމުން އެމީހުން ނިންމީ މާދަންރޭ ކޮންމެހެން ވެސް އެގެއަށް ދާށެވެ.
ތިން ކުދިން ވެސް ނަސީބު ރަނގަޅުކަމުން ތިންމީހުނައްވެސް ޖެހުނީ ތަން ޑެކަރޭޓް ކުރަން ދާށެވެ.
ޔާނާ އާއި އިބާ އަދި ޒޯޔާ އުޅުނީ ގޭޓުގައި ބޮކިފަތި ދަމާށެވެ.”އޭ އިޝީ ބިރެއްނުގަނޭތަ މިރަށުގައުޅެން..އަދިމަ ބިރުން ކިރިޔާ ކުރިން ދުވަހު އެވެ ފެނުނީމަ ގަޔައް ނުލެވުނީ ކިރިޔާ..”އެހެންލާފަ ދަމުން އެރަށުކުއްޖެއްކަމައްވާ ރައިހާ ބުނެލިއެވެ.”ދޮގެއް ނޫން..މަވިސް ވަރަށް ބިރުގަނޭ.. އުޅެއެއްނު އަހަރުމެންރަށުގަ ފަންޑިތައް ހަދާ ތައްހާނުބެ..އޭނަ ބުނީ އޭނައޯ އެގޭގަ އޭއްޗިސް ބަންދުކުރީ..އެގޭ ބޮޑު ދޮރު ހުޅުވީމަ އެދިމާ މަތީ އިންނާނެއޯ ކޮތަޅެއްކަހަލައެއްޗެއް އޭތި ނައްޓައިފިއްޔާ އެމީހުން އެތަނުން ސަލާމާތް ވާނެޔޯ..”އޭނަގާތުހުރި އިޝިކާ އެހެންބުނެލިއެވެ.އެއާއެކު ޔާނާ އާއި އިބާ އަދި ޒޯޔާ ހިނިގަނޑެއް ޖަހާލިއެވެ.
ރޭގަނޑު ނުވައެއް ޖެހިތަނާ ވަރަށް ފުރިހަމަ އަށް ހުރިހާކަމެއްވިސް ނިމުނެވެ.އެހުރިހާކަމެއް ނިމުމުން ހުރިހާއެއްމެން ދިޔައީ ރެޑީވާށެވެ.
ހުރިހާ އެންމެން ރެޑީވެގެން ބާރަޖަހަންވާއިރަށް އެސަރަހައްދައް ދިޔައެވެ.ބާރަ ޖެހުމާއެކު ވަރަށް ފުރިހަމައަށް އެރޭ ފާހަގަ ކޮށްލިއެވެ.
އާ ދުވަހަކަށް އިރު އެރި އެވެ.އެހެންދުވަހެކޭ އެއްގޮތަށް މިއަދުވެސް ހުރިހާކުދިން ދިޔައީ ޖޮގިންއަށެވެ.
އެދުވަސްވެސް ނިމުނީ ހަމަ ކުރިން ދެދުވަހުގެ ގޮތަށެވެ.
އެރެއެވެ.ޒޯޔާ އެހެން އެންމެން ނިދީކަން ޔަގީންވުމުން މަޑުމަޑުން ތެދުވި އެވެ.އެއާއެކު ޔާނާ އާއި އިބާ ވެސް ފުންމާފަ ތެދުވިއެވެ.ޒޯޔާ މޭގައި އަތްއަޅާލެވުނީ ސިއްސައިގެން ދިޔަ ވަރުންނެވެ.”ސާބަސް ތަންކޮޅެއް މަޑުން އުޅެބިލަ..”ޒޯޔާ އެހެން ބުނުމުން އިބާ އޭނަ ތައްޔާރު ކުރި ދަބަސް ހިފައިގެން ތިންކުދިން ޓެންޓުގެ ވަލުފަޅިއަށް ނިކުތީ ޓެންޓުތައް ކައިރީގައި ޑިއުޓީގައި ތިބޭ ކުދިން ތިބީމައެވެ.
ފަސްވަރަކަށް މިނެޓް ފަހުން އެމީހުނައް އެގެއާއި ހަމައަށް އާދެވުނެވެ.އެތަނައް އޮތީ ކޮކާހަނދުވަރު ދީފައެވެ.ނަމަވެސް އެތަން ފެންނަނީ ފުދޭވަރަކަށް ނާމާން ކޮނެވެ.
ތިން މީހުން ވެސް ގެއާއި ހަމައަށް އަރާ ގޭގެ ތަޅުގައި ހިފާ އަނބުރާލިއެވެ.އެއާއެކު ފަތި އަޑެއް ކިޔާފައި ދޮރުހުޅުވުނެވެ.ތިންމީހުން އެކީ އެގޭތެރޭއަށް ވަންނަން ނެގި ފިޔަވަޅު ހުއްޓުނީ އެތެރޭން އަޑުފައްގަނޑެއް އިވުމުންނެވެ.އެއާއެކު އެ ގޭ އެތެރޭން ވާތަކެއް ނިކުތުމުންނެވެ.ތިންމީހުންވެސް ބިރުން އެކަކު އަނެކަކު ގައިގާ ބައްދާލިއެވެ.އިރުކޮޅަކުން ހަމައަކަށް އެޅިލުނައްފަހު އެތެރެއަށް ވަދުނީ ތިންމީހުން އަތުގަ ހިފައިގެނެވެ.
އެމީހުންގެ މޮޔަކަމާއެވެ.އެ ވާތައް އެއޮށް ބަންދުތަނައް ވަދުނީ ކިހިނެއްތޯވެސް އެމީހުން ބަލައިނުލައެވެ.
ނުނިމޭ
މިޕާޓު ގިނަދުވަސްވަންދެން އަޕް ނުކުރެވުމުން ކިޔުންތެރިންގެ ކިބައިން މާފައް އެދެން.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


So sorry everyone.vr lahun mi submit kohllevunee kuda massalaeh dhimaavegen.namaves dhn iraadhakurehvviyyaa eheneh nuvaane.sorry again guys.and thanks for my supporters ☺️☺️☺️