ވާ ލޯބި އެނގޭނަމަ ( 3 ވަނަ ބައި )
މަންމަ ކިޔާ ވަރުން ނުކައި ނުހުރެވިގެން އައިސް ކާމޭޒުދޮށުގައި އިން އާލާ އިނީ ކާހިތް ކެނޑިފައެވެ. އޭނަ އަށް ވިސްނެނީ އަޒާން އާއި ދޭތެރޭގައެވެ. ބަތް ތައްޓައް ސަމްސަލެއް ލައިގެން ހާވަ ހާވަ އިން އިރު އޭގެން އަދި އެންމެ އެތިކޮޅެއް ވެސް އަނގަޔައް ނުލައެވެ. އެހެން ނޫނީ ކާން އިންނަ އިރު އަނގަ ހިމޭނުން ލައިގެން ނީނދެވޭ އާލާ މިއަދު މާ މަޑު މަޑުން އިންނަ ކަން ފާހަގަ ވެގެން އަންވަރު އާލާ އަށް ގޮވާލާ ކިހިނެއް ވެފަހޭ އަހާލުމުން ކާހިތެއް ނެތް ކަމަށް ބުނެ ތެދުވެގެން މޭޒާއި ދުރަށް ހިނގައިގަތެވެ. ހަރު ހިނގުމެއްގައި ގޮސް އާލާ ކޮޓަރި އަށް ވަދެ ދޮރު ޖަހާފައި މިނެޓެއް ވެސް ނުވަނީހެން ދޮރުގައި ޓަކި ދޭން ފެށިއެވެ. ” މަންމާ އަހަރެން ބަނޑު ހައެއް ނޫނޭ” ނުކައި އައުމުން މަންމަ ހޯދަން އައީ ކަމަށް ހީކޮށް އާލާ ބުނެލިއެވެ. ” މަންމަ އެއް ނޫނޭ އަހަރުންނޭ މި. ދޮރު ހުޅުވަބަލަ” ބޭރުން އައިލާ ގެ އަޑު އިވުމުން ދެފަރާތަކަށް ބޯހޫރާލާފައި ގޮސް ދޮރު ހުޅުވާލިއެވެ. އާލާ ދޮރު ހުޅުވާލުމާއި އެކު އައިލާ އާއި ޒާރާ ދޮރުން އެތެރެއަށް ދެމިގަތެވެ. އެމީހުންގެ އަޑެއް ނީވުމުން އާލާ ފަސް އެނބުރި ބަލާލިއިރު ހުރިހާ ދަތެއް ފެންނާނެ ހެން ހިނި އައިސްފައި އާލާ އާއި ދިމާލަށް ބަލަން ދެމީހުން ތިއްބެވެ. ސުވާލުގެ ނަޒަރުން ބަލަން ހުރި އާލާ އަށް އެއްޗެއް ވިސްނުން ކަހަލަ އެވެ. ދެފަރާތަކަށް ބޯހޫރާލަމުން ނޯ އޭ ބުނެލިއެވެ. “ކޯޗަކަށް ނޯ ތިކިޔަނީ” ޒާރާ އަހާލިއެވެ. ” ޝާން އޭ ކިޔައިގެން އެއްޗެއް ކިޔަން ދޯ ތިއައީ” އާލާ ވާހަކަ ދެއްކި އިރު އެ އަޑު ގައި މަޑު ތުރު ތުރެއް ހުއްޓެވެ. ” އާލް ހަމަ ޖެހިބަ. އާލް އަށް ރަނގަޅަކަށްށޭ އަހަރުން ވެސް މިއުޅެނި.. މަށަށް އިނގޭ ޝާން ދޮގެއް ނުހަދާނެ ކަން. މިއޮއް ހުރިހާ ދުހު އަޒާން ނުހޯދާ ދިން ހުރިހާ އުފަލެއް ޝާން ހޯދާ ދޭނެ. ހުރިހާ އެންމެން އެއްގޮތެއް ނުވާނެ. ޝާން ރިއަލީ ލަވްސް ޔޫ. ބިލީވް މޭ ހީ ވިލް މޭކް ޔޫ ދި ހެޕިއެސްޓް” އާލާ އަތުގައި ހިފާލަމުން އައިލާ ވާހަކަ ދެއްކިއެވެ. “އެތެދެއް އާލް. އެއްކޮއް އުޅެން ފެށީމަ ލޯބި ވެސް ވެވޭނެ. ޝާން އެހީވާނެ އަޒާން މަތިން ހަނދާން ނައްތާލަން ވެސް.’ ޒާރާ ވާހަކަ ދެއްކުމުން ވެސް އާލާ އެއްބަހެއް ނުވިއެވެ. އެވަރުން ވެސް އައިލާ އާއި ޒާރާ ހިތްވަރު އެލުވައެއް ނުލައެވެ. އެތައް ގޮތަކުން ވާހަކަ ދައްކާ އެތައް އެއްޗެއް ކިޔައިގެން އާލާ އެއްބަސް ކުރުވިއެވެ. ” އެކަމް އަހަރެންނަކަށް ނުކެރޭނެ ޝާން ކައިރީ ރައްޓެހި ވާން އަހާކަށް ވެސް” ހާސް ކަމެއް މަތީގައި ހުރެ އާލާ ބުނެލިއެވެ. ” ސޯ ހިނގާ މިހެން ހަދަން.. ގަނޑު ކޮޅެއްގަ ލިޔާނީ ދެން މާދަން ހެނދުނު ސުކޫލަށް ދަމުން އާލް އެގަނޑު ކޮޅު ޝާން އަތައް ދީ. އޭރުން އާލް ނުޖެހޭނެ ބުނާކަށް. އެގޮތް އޯކޭ އެއްނު” ޒާރާ މޮޅު ހިޔާލެއް ދިނެވެ. ތިން އެކުވެރިންނައް ވެސް އެގޮތް ކަމުދިޔުމުން ގަނޑު ކޮޅެއް ތައްޔާރު ކުރުމަށްފަހު އަވަހައް ގެއަށް ދިޔައީ މާދަމާ އަކީ ސުކޫލު ދުވަހެއް ކަމަށް ވާތީ އެވެ.
އައިލާ އާއި ޒާރާ ދިޔުމުން އާލާ ވަނީ ފާހަނައަށެވެ. ތާޒާ ވެލައިގެން އައިސް އެނދުގައި އޮށޯވެލީ ނިދުމުގެ ނިޔަތުގައެވެ. ނަމަވެސް ނިދި ވަނީ އާލާގެ ލޮލާއި މުޅިން ރުޅި ހަދާފައެވެ. އެތައް މަސައްކަތެއް ކުރި އިރު ވެސް ނިދޭގޮތެއް ނުވިއެވެ. ދެފަރާތައް ފުރޮޅި ފުރޮޅި އޮތް އާލާގެ ހަނދާނުގައި ވަނީ އަޒާން އެވެ. އަޒާން އާއި އެއްކޮއް ހޭދަ ކުރެވުނު ދުވަސް ތަކެވެ. އެމަޖާ ވަގުތުތަކެވެ. އަޒާންގެ ލޯބިން ފުރިގެންވާ ބަސްތަކެވެ. އެހުރިހާ އެއްޗަކީ ހުސް ފޭކު ކަން މިއަދު އެނގުމުން އާލާ ގެ ހިތް ކުދި ކުދި ވެއްޖެއެވެ. އާލާ އަށް ގިސްލެވެން ފެށިއެވެ. އާލާ ކުއްލި އަކަށް ހުއްޓުން އެރީ އެއްޗެއް ހަނދާން ވުމުންނެވެ. މިރޭ ޒާރާ މެންނާއި އެއްކޮއް ކުރެވުނު ކަންތައް ހަނދާން ވިއެވެ. އާލާ ދެކެ ލޯބިވާނަމަ ޝާން ހަމަ ގައިމު ވެސް ނޫނެކޭ ނުބުނާނެ އެވެ. މި ކުރެވެން އުޅެނީ ރަނގަޅު ކަމެއް ބާވައޭ އާލާގެ ހިތައް އަރަމުން ދިޔައެވެ. އެތައް ދުހުކު އެކުގައި އުޅުމަށް ފަހު ވެސް އާލާ އަށް އަޒާން ގެ މަތިން ހަނދާން ނައްތާލާފައި ޝާން ދެކެ ލޯބި ނުވެވިއްޖެ ނަމަ ޝާން އަށް އެދެވެނީ ކިހާ ބޮޑު އަނިޔާއެއް ހެއްޔެވެ. އާލާ މުޅިއެރޭ ހޭދަ ކުރީ އެފަދަ ގޮތަކަށެވެ. ޝާންގެ ހާލަކީ ވެސް މިއީއެވެ. އާލާގެ ކުރިމަތީގައި ލޯބިވާ ކަން ހާމަ ކުރެވުމުން ދެން ވާނެ ގޮތަކާއި މެދު ވިސްނާ ވިސްނާ ޝާންގެ ސިކުނޑި ސުމަކަށް ގޮއްސިއެވެ. މުޅި ރޭ ވޭތު ކޮއްލީ އެކަމާއި މެދު ވިސްނުމުގައެވެ. ހިޔާލު ތަކުގެ ތެރޭގައި ފީނަމުން ދިޔަ އާލާ އަށް ހޭވެރިކަމެއް ވީ ފަތިސް ނަމާދު ބަންގީގެ އަޑު އިވުމުންނެވެ. ކަންނެތް ވެފައި އޮތް ނަމަވެސް ނަމާދު ކުރަން ތެދުވިއެވެ.. ކުޑަ އިރުން ފެށިގެން ވެސް އާލާ އަކީ ނަމާދަށް ވަރަށް ފަރުވާތެރި ކުއްޖަކަށް ވާތީ ބަންގީގެ އަޑު އިވުމުން ކޮންމެ ކަމެއްގައި އުޅުނަސް އަވަހައް ނަމާދު ކުރެވޭތޯ ބަލާނެއެވެ. ނަމާދު ކޮއްގެން ގަޑި ބަލާލާފައި ދެން ނިދާނެ ވަގުތު ނެތުމުން އާލާ ސުކޫލައް ދާން ތައްޔާރު ވާން ފެށިއެވެ. ރޭގައި ވެސް ނުކައި ހުރުމުން އާލާ ހުރީ ވަރަށް ބަނޑު ހައި ވެފައެވެ. ކާހިތް ނުވެފައި ހުރެގެން ވެސް އާލާ ހިތްވަރު ކޮއްފައި ދެރޮށި ކާލިއެވެ. ސައިބޮއެގެން ކޮޓަރިއަށް ވަދެފައި ފޮތް ދަބަސް ހިފައިގެން ނިކުންނަން އުޅެނިކޮއް މެޒުމަތީގައި އޮތް ގަނޑުކޮޅު ލޮލުގައި އަޅައިގަތެވެ. ގަނޑު ކޮޅު ނަގާ ނިއުޅަލުމަށް ފަހު އެޔައް ބަލާލާފައި އަނެއްކާ ވެސް އިހު އޮތް ގޮތައް ފަށް ޖަހާލުމަށްފަހު މުށު ތެރެއަށް ގަނޑު ކޮޅު ލައިގެން ގޭން ނިކުންނަން ހިނގައިގަތެވެ.
އެހެން ނޫނީ ކޮންމެ ދުހުކު ވެސް އާލާ ޝާން މެން ގެއާއި އަރާ ހަމަވުމުގެ ކުރިން ޝާން ގެއިން ނިކުންނާނެއެވެ. ނަމަވެސް މިއަދު ޝާންމެންގެ ގޭ ފަހަނަ އަޅާ ދިޔަ އިރުވެސް ޝާންގެ ހިލަމެއް ނުވުމުން ޝާން މިއަދު ސުކޫލަށް ނުދަނީބާއޭ އާލާގެ ހިތައް އެރިއެވެ. އާލާ ސުކޫލަށް ވަންނަން އުޅެނިކޮށް މީހަކު ކެއްސާލި އަޑު އިވިގެން ފަސް އެނބުރި ބަލާލި އެވެ. ފަހަތުގައި ހުރީ ޝާން އެވެ. އެހެން ދުވަސް ދުވަހު ހުންނަ ތަޒާކަން މިއަދު އެމޫނު މަތިން ފެންނާކަށް ނެތެވެ. ރަތް ވެފައިވާ ދެލޮލުން ހެކި ދެނީ އާލާ އެކޭ އެއްފަދައިން ޝާން ވެސް ރޭގައި ނުނިދާ ކަމެވެ. މާ ގަދަޔަށް ރުއިމުގެ ސަބަބުން ޝާން ހުރީ ރޯގާ ވެސް ޖެހިފައެވެ. ސިކުންތަކަށް ދެމީހުން ގެ ކަޅި ބައްދަލު ވެލުމަށްފަހު ދެމީހުން ވެސް އިސްޖަހާލިއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އާލާ ކުރިއަށް ޖެހިލިއެވެ. ޝާން ގައިގަ ކިރިޔާ ޖެހޭ ނުޖެހޭ ހިސާބުގައި ހުރެފަ އާލާ ހިފީ ޝާންގެ އަތުގައެވެ. ޝާންގެ އަތް ހިއްލާލުމަށްފަހު އަތުގެ ތެރެއަށް އެއްޗެއް ލާފަ އާލާ އެނބުރި ހިނގައިގަތީ މަޑު ކުރުމެއް ވެސް ނެތިއެވެ. ޝާން ހައިރާން ވީ ނަމަވެސް އާލާ ދެންމެ އެދިން ގަނޑު ކޮޅުގައި އޮތް އެއްޗެއް ބެލުމުގެ ޝައުގުގަ ގަނޑުކޮޅު ހުޅުވާލަން އުޅެނިކޮށް ބެލް ޖަހާލި އަޑު އިވުމުން ގަނޑު ކޮޅު ދަބަހުގެ އެއްފަރާތެއްގައި އިން ޖީބަށް ލުމަށްފަހު ކުލާހާއި ދިމާލަށް މިސްރާބު ޖެހިއެވެ.
ހަލުވި ކަމާއި އެކު ގަޑިތައް ފައިތުވަމުން ގޮސް ބްރޭކަ ގަޑި ޖެހުމާއެކު ފަހަރަކު ކުއްޖަކު ކުލާހުން ނިކުންނަމުން ގޮސް މިހާރު ކުލާހުގައި ތިބީ ޔުހާން އާއި ޝާން އެކަންޏެވެ. “ދެން ހިނގާ އެބަލަން” ޔުހާން ބުނެލީ ވަރަށް ސިއްރުންނެވެ. ޝާން ގަނޑު ކޮޅު ނަގާ ހުލުވާލިއެވެ. އަދި އޭގައި އިން ލިޔުންކޮލު ކިޔާލިއެވެ. “ކިހިނެއް ވީ؟” ޝާން ހުއްޓުން އަރާފައި ހުރުމުން ޔުހާން އަހާލިއެވެ. ޝާން އަތް މަޑު މަޑުން ހަރަކާތް ކޮއްލިއެވެ. އަދި އެގަނޑު ކޮޅު ޔުހާންގެ އަތައް ދިނެވެ. ގަނޑު ކޮޅު ކިޔާފައި ޔުހާން ދެލޯ ބޮޑު ކޮއްލިއެވެ. އަދި އަނެއްކާވެސް ގަނޑު ކޮޅު ކިޔާލިއެވެ. އޭގައި އޮތް އެއްޗެއް ޔަގީން ނުވެގެން އުޅޭ ފަދަ އަކުންނެވެ. ” ވަޓް ދަ ހެލް.. މި ވީ ކިހިނެއް” ޝާން އާއި ދިމާލަށް ބަލާލަމުން ޔުހާން ބުނެލިއެވެ. އޭރު ވެސް ޝާން ހުރީ ފާޑާކަށް ގަބު ކައިފައެވެ. “ދެން ޝާން ކިހިނެއް ހަދާނި.. އާނއެކޭ ބުނީމަ ހުރިހާ ކަމެއް އޯކޭ ވާނެ ހެން ހީވޭތަ.. އާލް އަށް އަޒާން މަތިން ހަނދާން ނައްތައެއް ނުލެވޭނެ. އޭރުން ހަމަ ޝާން އަށް ދޯ ދެރަ ލިބޭނި” ޔުހާން ވާހަކަ ދެއްކީ ޝާން އާއި ދޭތެރޭގައި ކަންބޮޑު ވެފައި ހުރެގެންނެވެ. ” އަހަރެން މިކަމާ ވިސްނާލަން ވަގުތު ކޮޅެއް ބޭނުން. މިއަދު މެންދުރުފަހު ޖައްސާލައްޗޭ އަހަރުން ގެއަށް. ދެން ހިނގާ ކެންޓީނަށް. އާލް ފެނުނަސް ކަމެއް ވީ ކަމަށް ވެސް ނުހަދާތި.” މިހެން ކިޔާފައި ޝާން ހިނގައިގަތުމުން ޔުހާން ވެސް ޝާންގެ ފަހަތުން ހިނގައިގަތެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
