Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (އަށާރަ ވަނަ ބައި)

lamhus Level 910 Stories100 Login500 Login100 Stories100 Comments
August 4, 2021 3 Mins Read
0 Comments

“އަހަންނަށް ފެނޭ ސަނާ ނައިޝާގެ ކޮޓަރިއަށް ވަންނަ ތަން…އަހަރެން ހިއެއް ނުކުރަން ނައިޝާ މިކަން ބޮޑު ކަންތައް ގަނޑަކަށް ހަދާލަފާނެ ކަމަކަށް” ސޯފާގައި އިށީނަމުން ހިތްހަމަ ނުޖެހިހުރެ ސައިފް ބުންޏެވެ.

ސައިފަށް ރައްދު ދިނުމެއްނެތި ނައިޝާ ސަނާ ކޮޓަރީގައި މަޑުމަޑުން ޓަކިޖެހިއެވެ.ދެތިން ފަހަރަކު ޓަކި ޖެހުމަށްފަހު ސަނާ ދޮރު ނުހުޅުވުމުން ނައިޝާ ތަޅުގައި ހިފާލިއެވެ.ދޮރު ތަޅުނުލައި ހުރުމުން ނައިޝާ މަޑުމަޑުން ދޮރު ހުޅުވާލުމަށްފަހު ކޮޓަރިތެރެއަށް ވަނެވެ.

“ސަނާ” އެނދުމަތީގައި ބަންޑުން އޮށޯވެގެން އޮތް ސަނާއަށް ނައިޝާ މަޑުމަޑުން ގޮވާލި އެވެ. ނައިޝާ ވަނުމުން ސަނާ އެނދުމަތީގައި އިށީނދެ ނައިޝާއަށް ފުރަގަސް ޖަހާލިއެވެ.

“ކޮއްކޮ ރުޅިއައިސްފައި ތަ؟” ނައިޝާ އަހާލިއެވެ. ” ސަނާ ހިއެއް ނުކުރަން ދައްތަ ބޭބެ ކައިރި ބުނެފާނެ ކަމަކަށް” ސަނާގެ ރާގުން އޭނާ ހިތްހަމަނުޖެހިފައި ވާކަން ދޭހަވިއެވެ.

“ދައްތަ ބޭބެ ކައިރި ބުނީ ދައްތަ ބުނުމަށް ވުރެ ބޭބެ ކޮއްކޮ ކައިރި މިވާހަކަ ދެއްކީމަ ރަނގަޅުވާނެހެން ހީވާތީ… ބޭބެ ކައިރި ދައްތަ ބުނިން ކޮއްކޮ ކައިރީ ރީތިކޮށް ބުނާށޭ…ދައްތަ ހިއެއް ނުކުރަން ބޭބެ އެއްޗެހި ކިޔާފާނެ ކަމަކަށް ކޮއްކޮއާ ދިމާލަށް” ދެރަވެފައި ހުރެ ސަނާ ކައިރި އެނދުމަތީގައި އިށީނަމުން ނައިޝާ ބުންޏެވެ.

“ދެން މިފަރާތަށް އެނބުރިބަ..”ސަނާގެ ކޮނޑުގައި ހިފާލަމުން ނައިޝާ އެހެން ބުނުމުން ނައިޝާ އާއި ކުރިމަތިވާ ގޮތަށް  ސަނާ އެނބުރުނެވެ. “ދައްތައަށް އޯކޭ ކޮއްކޮ އެއްޗެހި ނެގިއަސް…އެކަމް ދައްތަގެ މަންމަ ދިން ޑައިމެންޑް އަނގޮޓި ދައްތައަށް ވަރަށް މުހިންމު އެއްޗެއް އެއީ…އެ އަނގޮޓި ދޭށޭ ބުނާށޭ ބޭބެ ކައިރި ދައްތަ ބުނީ…ކޮއްކޮ ނެގި އެހެން އެއްޗެހިތައް ނުދިނަސް އޯކޭ އޭ ދައްތަ ބުނިން” ނައިޝާ ސަނާއަށް ބުންޏެވެ.

ނައިޝާ އެހެން ބުނުމުން ސަނާ އެނދުން ތެދުވެ ޑުރެސިން ޓޭބަލް ވަތްގަނޑު ހުޅުވާލުމަށްފަހު އެއަނގޮޓި ނަގާ ނައިޝާއަށް ދިނެވެ.އެވަގުތު ނައިޝާ ޑުރެސިން ޓޭބަލަށް ބަލައިލި އެވެ. ނައިޝާގެ ކޮޓަރިން ގެއްލުނު ހުރިހާ އެއްޗެއް ޑުރެސިން ޓޭބަލް މަތީގައި ހުއްޓެވެ.ސަނާ މިކޮޓަރިއަށް ނައިޝާ ނުވައްދަން އުޅުނީ އެހެންވެގެން ކަން  ނައިޝާއަށް ޔަގީންވިއެވެ.

“އެއްޗެއް ބޭނުންވަންޏާ ދައްތަ ކައިރި ބުނީމަ ލިބޭނެ….ސިއްރުން އެއްޗެހި ނަގާކަށް ނުޖެހޭނެ” ސަނާއަށް ނައިޝާ ރީތިކޮށް ނަސޭހަތް ދިނެވެ. “އެހެންނޫނަސް އެކަކު ބޭނުންކޮށްފަ ހުންނަ އެއްޗެހި އަނެކަކު ބޭނުން ކުރުން އެއީ އެހާ ރައްކާތެރި ކަމެއްވެސް ނޫން….ދައްތަ ޖައްސާފަ ހުރި ލިޕްސްޓިކް އާ މަސްކަރާ ކޮއްކޮ ބޭނުން ތި ކުރަނީ…ހިނގާ މިރޭ ދައްތަ އާއެކު ޝޮޕިންނަަށް ދާން… ކޮއްކޮއަށް މޭކަޕް ސާމާނު ކޮޅަކާއި  އަންނައުނު ކޮޅެއް ގަނެދޭނަން” ނައިޝާ ބުންޏެވެ.

“އަސްލުތަ؟” ނައިޝާ އެހެން ބުނުމުން އުފަލުން ހުރެ ސަނާ ބުންޏެވެ.ވަގުތުން ސަނާގެ މޫނުމައްޗަށް ހިނިތުންވުން ވެރިވިއެވެ.އެމަންޒަރު ފެނި ނައިޝާ އަށް ވެސް ހިނިތުންވެވުނެވެ. ” މިތަން ސާފުކޮށްފަ ދޯ މިހިރީ…މިހާރު ވަހެއްވެސް ނުދުވާ” ނައިޝާ އެހެންބުނުމުން ސަނާ ބޯޖަހާލިއެވެ.

ރޭގަނޑު 8 ޖެހުމުން ސައިފް ކައިރި ބުނުމަށް ފަހު ނައިޝާ އާއި ސަނާ ފިހާރަ އަށް ދާން ގެއިން  ނިކުތެވެ. ފިހާރައަށް ވަދެ ސަނާއަށް މޭކަޕްވާ ސާމާނުކޮޅަކާއި އަންނައުނުގެ އިތުރުން  އިސްތަށިގަނޑު ފަންކުރާ އެއްޗެއްވެސް ނައިޝާ ގަނެދިނެވެ.

“ދައްތަގެ އޮންނަނީ ފަން އިސްތަށިގަނޑެއް ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ ވީމަ މީތި ބޭނުންކުރާކަށް ނުޖެހޭނެ ދޯ؟…ސަނާމެން ކަހަލަ ބުޅި އިސްތަށިގަނޑު ތިބޭ މީހުން ދޯ ފަންކުރާނީ” ސަނާ ނައިޝާއަށް ބުންޏެވެ. “އާނ….ދައްތަވެސް ވަރަށް ބޭނުންވޭ ސަނާގެ އޮންނަ ކަހަލަ ދިގު އިސްތަށިގަނޑެއް..އެކަމް ދައްތަ އިސްތަށިގަނޑު ކޮނޑުން ތިރިއަށް ދިގެއް ނުވި އެއްގޮތަކަށް ވެސް” ދެރަވެލާފައި ނައިޝާ ބުންޏެވެ.

ވިޔަފާރި ކޮށްގެން ދެމީހުން ފިހާރައިން ނިކުތެވެ.ސަނާގެ މޫނުމަތިން ހިނިތުންވުން ނުކެނޑެއެވެ. “ހިނގާ ޖޫގޯއެއް ބޯލަން” ނައިޝާ އެހެން ބުނުމުން ސަނާ އިތުރަށް އުފާވިކަން އޭނާގެ މޫނުމަތިން ދޭހަވިއެވެ.

އެދުވަހަށްފަހު ސަނާ އާއި ނައިޝާގެ ގުޅުން ރަނގަޅުވިއެވެ.ދެމީހުން އެކުގައި ގޭތެރޭގެ މަސައްކަތް ކުރުމާއި ދެމީހުން އެކުގައި ގެއިން ބޭރުގައި ވެސް ވަގުތު ހޭދަކުރަން ފެށިއެވެ.

ދެމީހުން އެކުގައި ހޭދަކުރާ ވަގުތު ގިނަވެ، ޑިއުޓީ ނިންމާ ގޮތަށް ސަނާ އާއި އެކުގައި ވާހަކަ ދައްކާލަން ސަނާގެ ކޮޓަރިއަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ނައިޝާ ވަދެއެވެ.  ވާހަކަ ދައްކާލާނެ މީހަކު ލިބުމުން ނައިޝާ ވެސް ހިތްހަމަ ޖެހެން ފެށިއެވެ.

އާދައިގެމަތިން ސަނާއާއި އަނގަތަޅާލަން ސަނާގެ ކޮޓަރީގައި ނައިޝާ އިންވަގުތު އެކޮޓަރިއަށް ވަތް ސައިފް ނައިޝާ އަށް ފޫހިގޮތަކަށް ބަލައިލި އެވެ. އެވަގުތު ނައިޝާ އޭނާގެ ކޮޓަރިއަށް ފާހަނައަކަށް ދަންޖެހިގެން ދިޔައެވެ.ފާހަނާ ކޮށް ނިމި ސަނާ ކޮޓަރިއަށް ދާން ވެގެން ކޮޓަރިން ނިކުތް ނައިޝާއަށް ސަނާ އާއި ސައިފް ވަރަށް މަޑުން ވާހަކައެއް ދައްކާ އަޑު ސަނާގެ ކޮޓަރިތެރެއިން ތެރެއިން އިވުނެވެ.

ނައިޝާ މަޑުމަޑުން އެކޮޓަރިއަށް ބޯދިއްކޮށްލިއިރު ސައިފް ސަނާ ކައިރި ވަރަށް ސިއްރުން ވާހަކައެއް ދައްކާ މަންޒަރު ފެނުނެވެ.

“ނައިޝާ އާއި މިހާރު ހާދަ ގާތް ވެގެންނޭ ތިއުޅެނީ…. ބޭބެ ހިތްހަމައެއް ނުޖެހޭ އެހާވަރަށް ނައިޝާ އާއި ކޮއްކޮ ގުޅުން ބާއްވާކަށް…. ނޫނީ ބުނަން ނުޖެހޭ އެއްޗެހި ނައިޝާ ގާތު ކޮއްކޮއަށް ބުނެވިދާނެ…ކޮއްކޮއަށް ފެންނާނެ ދޯ ބޭބެ ނުނިދަމެއްނު ނައިޝާ އާ އެއްކޮޓަރިއެއްގަ…ބޭބެ މިނިދަނީ ސޯފާގައެއްނު…އެކަމް ނައިޝާ އާއި އެކު ނިދާކަމަށް ހީކޮށް ހިތްހަމަ ނުޖެހިފަ ހުރީ….އަހާފިއްޔާ ކޮއްކޮ ބުނާތި ބޭބެ ނިދަނީ ސިޓިންރޫމް ސޯފާގައޭ” ސައިފް އެހެން ބުނުމުން ސަނާ ބޯޖަހާލިއެވެ.

ސައިފް ކޮޓަރިން ނިކުންނަން އުޅެން ފެށުމުން ނައިޝާ އަވަސް އަވަހަށް  އޭނާގެ ކޮޓަރިއަށް ވަދެ އެނދުމަތީގައި އިށީނެވެ.އަދި ސައިފް ދެއްކި ވާހަކަ އާއި ދޭތެރޭގައި ނައިޝާ ވިސްނާލިއެވެ.ސައިފް އޭނާއަށް ކަމެއް ސިއްރު ކުރާކަން ނައިޝާއަށް އެނގުނެވެ.ނަމަވެސް އެއީ ކޮންކަމެއް ބާއޭ ނައިޝާގެ ހިތަށް އެރިއެވެ.

ސައިފް ނައިޝާ އާއި އެކު އެއްކޮޓަރިއެއްގަ ނިދާތީ ހިތްހަމަ ނުޖެހެނީ ކާކުބާވައޭވެސް ނައިޝާގެ ހިތަށް އެރިއެވެ.ނައިޝާގެ މިސުވާލުތަކަށް ޖަވާބު ހޯދަން އޭނާ ވަރަށް ބޭނުން ވިއެވެ.ސައިފްގެ ފަރާތުން ޖަވާބު ނުލިބޭނެކަން އިނގޭނީ ނައިޝާ ނިންމީ ސަނާ ކައިރިން ދުރުދުން އެކަންތައް ހޯދާށެވެ.

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ވާލޯބި އެނގޭނަމަ..1

Next

ކުރެވުނު ކަމަކުން 3

Next
August 4, 2021

ކުރެވުނު ކަމަކުން 3

Previews
August 4, 2021

ވާލޯބި އެނގޭނަމަ..1



All Right Reserved!