މަންމަގެ އެހީ ލިބުން ހުއްޓުމުން އަހަރެންނަށް ބުރަބޮޑުވި..ރަށުމީހުންގެ ފަރާތުންވެސް މާބޮޑު އެހީއެއް އަހަންނަށް ނުލިބޭތީއާއެކު އަހަރެން މުޅިން އެކަނިވެރިވި..އެއްކޮޅުން އައްކިޔުންގެ ޒިންމާ ކޮނޑުގައި އުފުލައިގެން އަނެއްކޮޅުން ވަޒީފާއަށްދަމުން އަހަރެން އުޅުނީ..އަހަރެން އުޅުނުގެއާ ފިހާރައާ ހުންނަނީ ވަރަށް ކައިރީގައި ކަަމުން އައްކިޔުން ބަލައިލަން އިރުއިރުކޮޅާ ފިހާރައިގަ ހުންނައިރު އާދެވޭ…އެއީދެން ވަރަށްބޮޑު ނަސީބެއް” އަައްކިޔުންގެ ބައްޕަ ބުނެލިއެވެ. އައްކިޔުން ގެންގުޅެން ފެށުމުން އޭނާ ނިދާ ގަނޑިތަކާ ހޭލާ ގަނޑިތަށްވެސް އަހަންނަށް އެނގެންފެށި…ދުވަހެއް ދުވަހަކަށް އެކުއްޖާއަށް އޮތް ލޯބިބޮޑުވަމުންދިޔަ…އަަހަރެން އައްކިޔުން ގޮވައިގެން […]
އެއާއެކު ލިލިއަންގެ ދެލޯ ބޮޑުވެ އަނގަ ހުޅުވިގެންދިޔައެވެ. ހައިރާންކަމާއެކު އެެތެރެއަށް ދަމާލެވުނު ނޭވާގެ އަޑު ލިލިއަން އަކަށް ސިއްރެއް ނުކުރެވުނެވެ. އޭނާގެ ކުރިމަތީ ހުއްޓިގެން އެހުރީ ދިޔާން ނޫންކަމުގައި ބުނެ ސިކުނޑި ހަޅޭއްލަވައިގަތެވެ. ********* އެއީ ހަމަ ދިޔާންގެ މޫނެވެ. ދެލޮލާއި ނޭފަތާއި އެއް ތުންފަތެކެވެ. ބައްޓަމުގައި ތަފާތެއް ނެތެވެ. އިސްކޮޅު އެއްވަރެވެ. ހަމައެކަނި ފާހަކަ ކުރެވުނު ތަފާތަކީ އެ ޒުވާނާގެ އިސްތަށިގަނޑެވެ. ދިޔާން އަށްވުރެ އޭނާގެ އިސްތަށިގަނޑު ދިގެވެ. އެދެލޮލުން ލިލިއަންގެ މޫނާ އެންމެ ހިނދުކޮޅަކަށްވެސް […]
އުޑުމައްޗަށް ވެރިވެގެން އިން ހަނދުގެ އަލިކަން ފަނޑުވެ މުޅި އުޑުމަތި ކަޅުވިލާތަކުން ބަނަކޮށްލައިފިއެވެ. މުޅި ދުނިޔެއަށް ކަޅުފޮއިކަންވެރިވެ ވައިރޯޅި ބާރުވެއްޖެއެވެ. ހަނދުނެތުމުގެ ފަޅުކަން މުޅި ދުނިޔެއަށްވެސްކޮށްފައިވާ ކަހަލައެވެ. ތަރިތަށް ކިތަންމެ ގިނަ ކަމުގައިވިޔަސް މުޅި ދުނިޔެ އިން ހަނދުގެ ފަޅުކަން ފިލުވާލާނެހާ އަލިކަމެއް އެ ކުޑަކުޑަ ތަރިތަކަށް ލިބިފައެއްނެތެވެ. ބެލްކަނީގެ ރެއިލިންގައި އަތްއަޅުވާލައިގެން ހުރި ހިމަތޮޅި އަންހެން ކުއްޖާ ހުރީ ކުރިމަތީގައި ހުރި އިމާރާތްތަކަށް ނަޒަރު ހުއްޓާލައިގެންނެވެ. ކަޅުކުލައިގެ ޓީޝާޓަކާއި ގަދަ ފިޔާތޮށި ކުލައިގެ ޖިންސެއް ލައިގެން […]
އަހަރެންގެ ލޮލަށް މަންޒަރު ފުސް ވަމުން ދިޔައީ ޖަމާވަމުން ދިޔަ ކަރުނައިންނެވެ. އެހެން ނުވާންވީ ކީއްވެހެއްޔެވެ؟ އަހަރެންގެ އިހްސާސް ތަކާއި ކުޅެލުމަށް ފަހު އެއްވެސް ކުށެއްނެތި ޒަޔާން އަހަރެން ދޫކޮށްލާފައި ދިޔައީ އަހަރެންގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖަހާފައެވެ. އެންމެ ފަހުން އޭނާގެ ދަރިޔަކަށް ބަލިވެ އިންކަން އެނގިހުރެވެސް މި ދުނިޔެ އަށް އަހަރެންނާ އަހަރެންގެ ދަރިފުޅު ގިނަވާން ދޫކޮށްލިއިރު އެ ހިލަ ހިތުގައި ރަހުމުގެ ކަންފުޅެއްވެސް ނެތެވެ. މިއަދު ދެން ވަކި އަހަރެން ހޯދަން […]
” މައިރާ ކޮންތާކަށް ތި ދަނީ އެވެސް ފޮށި ހިފައިގެން ” ސާރާ ވާނުވާގަ ހުރެ އަހާލިއެވެ.” މާލެ ” ސާރާ އަށް އަހަރެން ފެނުމުން އިތުރަށް ދޮގުހަދާކަށް އަހަރެންނެއް ނޫޅެމެވެ.” އެއީ ކީއްވެ އަދި ޗުއްޓީ ނުނިމެ އެއްނު ” ސާރާ އަނެއްކާ ވެސް ކޮއްލީސުވާލެކެވެ.” ބައްޕަގެ ކޮމްޕެނީގަ ކުޑަ ކަމެއް ޖެހިގެން ދާން ޖެހުނީ އެހެންވެ ” އަހަރެން އެހެން ބުނުމަށް ފަހު ސިޑިން ތިރިއަށް ފޭބީމެވެ.” އޮހް…. މައިރާ އަކަށް މަޑެއް ނުކުރެވޭނެ […]
އެވަގުތު އައްކިޔުންނަށް ބަލަންހުރެ އަހަރެން އެކުއްޖާއަށް ވައުދެއްވިން….އަހަރެން ކުޑަކުޑަ އައްކިޔުންނަށް ބުނިން، ބައްޕަގެ ހަށީގަ ފުރާނަ ހުރިހާ ހިނދަކު ބައްޕަ ދަރިފުޅު ދުލެއްނުކުރާނަމޭ…ބައްޕަ ކޮންމެހާލެއްގަ އުޅެންޖެހުނަސް ދަރިފުޅަށް ރަނގަޅު ހަޔާތަކާ ރަނގަޅު މުސްތަގުބަލެއް ހޯދައިދޭން ބައްޕަ ވަރަށް މަސައްކަތްކުރާނަމޭ… އައްކިޔުންނާ ވާހަކަދައްކަން އެގަސްގަނޑުތެރޭގަ އަހަރެން ހުއްޓާ “ދަރިފުޅާއޭ” ކިޔާފަ އަންހެނަކު އަހަންނަށް ގޮވާލި…އަހަރެން ފަހަތަށް އެނބުރި ބަލައިލިއިރު އަހަރެންގެ ކައިރީގައި ހުރީ އަހަރެންގެ މަންމަ…އަހަންނާ ދިމާލަށް އައްކިޔުންގެ މަންމަ ކީހުރިހާ އެއްޗެއް އަޑުއިވުނު ވާހަކަ މަންމަ ބުނި…އެހާ […]
ބައްޕައަކަށް ވާންއުޅޭ ކަމުގެ އުފާވެރި ޚަބަރު ލިބުމުން އަހަންނަށް ހީވީ އަހަންނަކީ ދުނިޔޭގަހުރި އެންމެ ނަސީބުގަދަ މީހާއޭ…އައްކިޔުންނަށް ބަލިވެއިންކަން އެނގުނުފަހުން ކުރިއަށްވުރެ ބޮޑަށް އައްކިޔުންގެ މަންމައަށް އަހަރެންގެ ލޯތްބާއި އަޅާލުންދިނިން….އަހަރެންގެ ގިނަވަގުތު ހުސްކުރީ އައްކިޔުންގެ މަންމައަށް ޚިދުމަތްކޮށްދިނުމުގަ… އޭނާ ކާހިތްވާ ކޮންމެއެއްޗެއް ހޯދައިދިނިން..އަހަރެން ނުކައި ހުއްޓަސް އެދެމައިން ތިބީ ކައިގެންތޯ އަހަރެން ޔަގީންކުރިން… އައްކިޔުންނަށް ބަލިވެއިންފަހުން އައްކިޔުންގެ މަންމަ ބަލިވާންފެށި…އެކަމާ އަހަރެން ވަރަށް ދެރަވި…އެހެންކަމުން އަހަރެން ނިދަންފެށީ އޭނާގެ ކޮޓަރީގަ އޭނައާއެކު…އަހަރެން އެތާ ނިދާކަމެއް އޭނާގެ އާއިލާ […]
*”ރީއްކޯ!!!” ރާޔާ ހައިރާން ވެފަ ހުރެ ބުނެލި އެވެ. ރީށާ އަށް އަޑު އިވުމުން އެ ދިމާލަށް ބަލާލި އެވެ. “ދޮންތީ؟!” ރީށާ ބިރުން ހުރެ ބުނެވުނެވެ.* “ވަޓް ދަ ހެލް” އިވާން އަށް ބުނެވުނެވެ. “ރައޫފް!!!” ރާޔާ އަޑު ހަރު ކޮށް ގޮވާލިއެވެ. “ކީކޭ ދޮންތާ އަހަރެން މިހުރީ ޓީވީ ޕްރޮގްރާމް އެއްގެ މެދުތެރޭގަ އޭ” ރައުފް ބުނެލިއެވެ. “އެންމެން އެތެރެއަށް މިހާރު” ރާޔާ ބުނެލިއެވެ. ބޭރުގަ ތިބި މީހެއްވިއްޔާ ގޭތެރެއަށް ވަނެވެ. […]
ރީހާން އާއި ލިއީޝް އަކީ ޚާއްޞަ ގުޅުމެއް އޮންނަ ދެ ފަރާތެކެވެ. ފެށުނީއްސުރެ ދުރުނުކުރެވޭނެ ފަދަ ގާތްކަމެއް އެދެމެދުގައި ވެއެވެ. އެހެނަސް އެކަން ރީހާންގެ އެންމެ ގާތް އެކުވެރިޔާ، އެލީޒާއަށް ސިއްރު ކުރެއެވެ. ރީހާންގެ ހިތުގައި ލިއީޝްއަށް ދެވިފައިވާ މަޤާމަކީ އެހެން އަންހެން ކުއްޖަކަށް އެ ހިތުން ދެވޭނެ މަޤާމެއް ނޫނެވެ. އެހެނަސް ލިއީޝް އާއި ޒާންއަށް ކުރެވޭ ކަންތަކުންނާއި ބީރައްޓެހިކަމުން ރީހާންގެ ހިތަށް އެތައް ޒަޚަމެއް ލިބެއެވެ. ނުވަތަ ފާޅުގައި ދެނީ ހެއްޔެވެ؟ އެހެން […]