Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ެލޯތްބައްޓަކާ ހިތްއެދި ރުޔަސް 2

ash Level 1
November 12, 2013 3 Mins Read
10 Comments

ގެއަށް އައިސް ވަން ވަގުތު ފެނުނު މަންޒަރުން ޝަޒީގެ ދެލޯ ބޮޑުވެގެން ދިޔައެވެ.ކުރިއަށް އަޅަން ނެގިފިޔަވަޅު ފަހަތަށް އަޅާލެވުނެވެ.ޝަޒީގެ ތިންއަހަރުގެ ކުޑަކުޑަ ކޮއްކޮ ވަޅިޔަކުން އާފަލެއް ފަޅަން އުޅުނު މަންޒަރު ފެނުމުންޝަޒީ ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ.އަވަހަށް ގެއަށްވަދެ ފޮތްތައް ސިޓިންގްރޫމް މޭޒުމަތީ ބެހެއްޓުމަށްފަހު ޝާޒު ކައިރިއަށް ގޮސް މަޑުކޮއްލިއެވެ.”ދޮންތި ފަޅާދޭނަން ގެނޭ ދޮންތި އަތަށް” ނަސީބަކުން ޝާޒު ވަރަށް ފަސޭހައިން ޝަޒީއަތަށް ވަޅިޔާއި އާފަލް ދިނެވެ.”ކޮބާ މަންމަ؟ ކީއްވެ ކޮއްކޮ މަންމަ ކައިރީ ނުބުނީ؟ ޝަޒީ ޝާޒުއަށް ބަލާލަމުން ބުނެލިއެވެ. މަންމަ ނަމާދުކުރަން ހުރީ ކޮއްކޮ ބަޑުހާވެގެން އެޕްލް ކާންވެގެން އުޅުނީ.”ޝާޒު އޭނަގެ ތުއްތު ބަހުރަވައިން ބުނެލިގޮތުން ޝަޒީއަށް ހިނިތުން ވެލެވުނެވެ.އެވަގުތަކީ ޝަޒީގެ މަންމަ މޫނިސާ ކޮޓަރިން ނުކުތް ވަގުތެވެ.ދަރިފުޅު ހާދަ ލަސްވީ މިއަދު؟ ޝަޒީ ޖަވާބުގައި ހިނިތުން ވެލިއެވެ.އަދި ޝާޒު ކުރިކަންތަކުގެ ވާހަކަ މޫނިސާއަށް ކިޔައިދިނެވެ.މޫނިސާވެސް ހައިރާންވެފަ ބަލާލެވުނީ ޝަޒީކައިރީ އާފަލް ފޮއްޗެއް ކާންއިން ޝާޒުއަށެވެ.ޝަޒީ އާފަލާއި ވަޅި މޫނިސާ އަތަށް ދިނުމަށްފަހު ފޮތްތައް ނަގާގެން ވަނީ ކޮޓަރިއަށެވެ. ޝިފާން އެރަށަށް އައީ އަލަށް ކަމުގަވިޔަސް ގެއަށްދާ މަގުއެގެވެ.ކަނައަތުން ފޯނާކުޅެމުން ވައަތް ޖިންސްގެ ޖީބަށް ޖަހާލައިގެން ހުރެ ފިރިހެންވަންތަ ހިގާލުމެއްގަ ގޮސް ގެއަށް ވަން އިރު މޫނިސާއި ޝާޒު ސޯފާގަ ތިއްބެވެ. ޝިފާންވެސް ގޮސް ސޯފާއެއްގަ ޖައްސާލިއެވެ.”ޝިފާން ކޮންތާކުން ތިއައީ؟ދައްތަ ނުކުތްއިރު ނެތް ގެއަކު.” މޫނިސާ ހިތްހެޔޮކަމާއި އެކު ވާހަކަ ދެއްކިއެވެ.”މިއައީ މިތާ ކައިރީ ހުރި ކެފޭއަކަށް ގޮއްސަ.” ޝިފާން ޝާޒު ނަގާ އުގުގަ ބާއްދާލަމުން ބުނެލިއެވެ.”މަންމާ،މަންމާ ..” ސިޓިންގްރޫމް ދޮރުން ވަން ޝިއާޒުއާއި ކޮޓަރިން ނުކުތް ޝަޒީއަށް ވެސް ގޮވާލެވުނީ އެއްފަހަރާއެވެ.”ހޫމް… އެއްކަލަ ދޮންބެދޯ! ލޫލޫ މަންމަ އަށް ނޮގޮވާގެން ހުންނާނީ މަންމައަށް ގޮވަން ،ތިހެންވީމައޭ ލޫލު ބުނަނީ ދޮންބެ މަންމަ ކިޔަން ދަސްކުރީ ލޫލު ކައިރިންނޭ” ޝަޒީ އުނަގަޑުގާ ދެއަތް ވިއްދާލައިގެން ހުރިއިރު އިސްތަށިގަޑުގާ ތުވާލި އޮޅާލާފަވެއެވެ.ލައިގެން ހުރީ ބޭބީޕިންކު ކުލައިގެ ގަޔަށްދޫ ޓީޝާޓަކާއި ވިލުނޫ ކުލައިގެ ކަޝިމައްޗާ ހަމައަށްހުރި ހަރުވާޅެކެވެ.ދޮރުކައިރީ ހުރި ޝިއާޒަށް ބަލަހައްޓައިގެން ހުރި ޝަޒީއަކަށް ސިޓިންގްރޫމްގަ ތިބީ ކޮން ބައެއްކަމެއް ނޭގެއެވެ.”އާން.. އެހެންނުން ވާނީ، މިގޭގަ އަބަދު މަންމައަށް ގޮވަނީ ލޫލުވިއްޔާ،މަންމަޔާ ނުލާ އެއްވެސް ކަމެއް ނުކުރެވެނީވެސް ލޫލުއަށް ވިއްޔާ، ބޭބީގާރލް”ޝިއާޒު އައިސް މަޑުކޮއްލީ ޝަޒީކައިރިއަށެވެ.ފަހަތުގާ ހުރި ޝިއާޒުގެ އަންހެނުން ނިހާ ގޮސްމަޑުކޮއްލީ މޫނިސާ ކައިރީގައެވެ.ޝިއާޒު ކުއްލިއަކަށް ޝަޒީގެ ކުޑަނޭފަތުގާ ހިފާލުމަށްފަހު އެއްފަރާތްވެލީޝަޒީގެ އަތުގެ ހަމަލާއިން ރެކިގަތުމަށެވެ.”މަންމާ ބަލަ ދޮންބެ އަނެއްކާވެސް ބޭބީގާރލް އޭކީ”ޝަޒީ ކުޑަކުއްޖަކު ފަދައިން ޝަކުވާކުރަމުން މޫނިސާވީ ފަރާތަށް އެބުރުނުއިރު މޫނިސާއި ނިހާ އަދި ޝިފާން ހެވިފަ އެދެބެންނަށް ބަލަން ތިއްބެވެ.ޝަޒީއަށް ޝިފާން އެގެއިން ފެނުމުން ހައިރާންވީ ވަރަށްވުރެ ބޮޑަށް ލަދުގަތެވެ.”މިހާރު ކިހިނެއްވީ؟ މިދެބެން ގޭގަ ވެއްޖިއްޔާ އަބަދު މަންމައަށް ގޮވާއަޑު އިވޭނީ.ޝިއާޒުވެސް މިހާރުދެން ހުރިހާކަމެއްގަ މަންމައަށް ގޮވުން ހުއްޓާލަން ވެއްޖެއެއް ނުން”މޫނިސާ އެހެން ބުނުމުން ޝަޒީގޮސް މަޑުކޮއްލީ ނިހާ ކައިރިއަށެވެ.”ކޮބާ އަދިވެސް ލޫލުއާ ދިމާލަށް ބޭބީއޭ ކިޔާތި.” ނިހާ ޝަޒީއާއި އެއްކޮޅަށް ވާހަކަ ދެއްކުމުން ޝަޒީ ދެބުމައަރުވާލަމުން އަގަޔަށް ޖައްސާލި ވައްތަރަކުން ޝިއާޒުގެ ހިނިގަޑު ފަޅާގެން ދިޔައެވެ.ޝިފާންއަށް ވެސް އެދެބެންގެ ސަކަރާތް ފެނި ހިނިތުން ވެލެވުނެވެ.”މަންމާ ވަރަށް ބަޑުހައި ވެއްޖެ، މަންމާ ލޫލުގެ ބޮލަށް ޖަހާ ދަޑިކޮޅު ނުފެނުން” އަނެއްކާވެސް ޝަޒީއާއި ޝިއާޒު އެއްކޮއް ކަހަލަ ގޮތަކަށް ވާހަކަ ދެއްކުމުން އެއްމެން އެއްފަހަރާ ހީގަތެވެ. ނިހާއެންމެން ކާންއައްނާށޭ ބުނެފަ ގޮސް ވަނީ ބަދިގެއަށެވެ. މޫނިސާވެސް ޝިއާޒުއާ ޝިފާން ކައިރީ ކާންއައުމަށް ބުނެފަގޮސް ބަދިގެއަށް ވަނެވެ. ޝިއާޒު ދަމުން އަނެއްކާވެސް ޝަޒީގެ ކޮލުގާ ހިފާލިއެވެ.ޝަޒީވެސް ދޫނުކުރަން ވެގެން ޝިއާޒުގެ އަތުގާ ވިކައިގަތެވެ.ހެމުން ހެމުން ގޮސް ޝިއާޒު ބަދިގެއަށް ވަނެވެ.ޝިއާޒު ދިއުމުން ޝިފާން ޝަޒީގެ މޫނަށް ބަލާލިއެވެ. އޭރުވެސް ޝަޒީ ހުރީ ކޮލުގާ އަތް އަޅާގެންނެވެ.”ވަރަށް ތަދުވޭތަ؟ ” ޝިފާން ބޭނުންވީ ޝަޒީ ރުޅި އަރުވާލާށެވެ. އެކަން ކާމިޔާބުވެސް ވިއެވެ.ޝަޒީ ޝިފާންއަށް ލޯއަޅާލުމަށް ފަހު ގޮސް ކޮޓަރިއަށް ވަނެވެ.
ޝަޒީ ބަދިގެއަށް ވަންއިރު އެންމެން ކާން ތިއްބެވެ.ޝަޒީއަކީ ވަރަށް މަދު ދުވަހެއްގަ ނޫނީ މެންދުރު ކާމީހެއް ނޫނެވެ.އެހެންކަމުން ޝަޒީގޮސް މަޑުކޮއްލީ އައިސް އަލަމާރި ކައިރިއަށެވެ. އަދި އަލަމާރިން ޖޫސްޕެކެޓެއް ނަގާގެން އައިސް ގޮޑިއެއްގަ ޖައްސާލިއެވެ.ބިއްލޫރި ތައްޓަކަށް ޖޫސް އަޅަމުން ބުނެލިއެވެ.”މަންމާ މީތަ ބައްޕަ ގެއަށް ގެންނަން އުޅުނު މަސައްކަތު މީހަކީ؟” ޝަޒީވެސް ބޭނުންވީ ޝިފާން ރުޅިއަރުވާލާޝެވެ.” ސާބަސް ލޫލޫ! މީމިގޭ މަސައްކަތު މީހެއް ނުން. މީ ބައްޕަގެ ރައްޓެއްސެއްގެ ކުއްޖެއް. މަންމަ އަދި ހަދާން ނެތިފަ މިހުއްނަނީ ތިކުދިއްނަށް ޝިފާން ތައާރަފު ކޮއްދޭން.” މޫނިސާ ޝިފާން ކައިރިއަށް މަޑުކޮއްލަމުން ބުންޏެވެ. “ދަރިފުޅާ ޝިއާޒު! މީ ޝިފާން، ޝިފާން މީ ޝިއާޒު ދައްތަގެ ދޮޝީ ފިރިހެން ދަރިފުޅު، ދެންމީ ނިހާ، ޝިއާޒުގެ އަންހެނުން، ދެންމީ ދައްތަގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ޝަޒީ، ދެންމީ ދައްތަގެ ހަނގުފިރިހެން ދަރިފުޅު ޝާޒު” ޝިފާން އެންމެންގެ މޫނަށް ބަލާލަމުން ހިނިތުން ވެލިއެވެ.ޝިއާޒުއާއި ނިހާވެސް ހިނިތުން ވެލިއެވެ. ޝަޒީހަމަ އިންގޮތަށް އިނެވެ. “ޝަޒީ! ޝަޒީ!” “އެއައީ އަސްމާމެން”ޝަޒީ ގޮޑިން ތެދުވެގެން ގޮސް ޖޫސް ޕެކެޓު އަލަމާރިއަށް ލުމަށްފަހު ޖޫސް ތަށި ހިފާގެން ހިގާގަތެވެ.
ޝަޒީމެން ގުރޫޕް ތިބީ ސިޓިންގްރޫމްގަ ފިލާވަޅުތައް ރިވައިސް ކުރާޝެވެ.އަހަރަކީ ޝަޒީމެންގެ ފަހުއަހަރުކަމުން ކޮންމެ ކުއްޖަކުވެސް ރަގަޅު ނަތީޖާއެއް ލިބޭތޯ މަސައްކަތް ކުރެއެވެ.
“ޝިފާން މިގޭގަތަ؟”ސިޓިންގްރޫމަށް ވަން ޝިފާން ފެނުމުން އަސްމާ އަހާލިއެވެ. “އާ.. މިގޭގަ.ރީތިކުދިންގެ ފަހަތުންނެއް ނުން ހިގޭނީ.” ޝިފާން ގޮސް ޖައްސާލީ އަސްމާއާއި ޖެހިގެން ހުރި ސޯފާގައެވެ. އަދި އަސްމާ ބަލާލުމުން އެއްލޯވެސް މަރާލިއެވެ. އަސްމާ އިސްޖަހާލީ ލަދުރަކި ހިނިތުން ވުމަކާއެކު އެވެ. ޝިފާން ބަލާލީ ޝަޒީގެ މޫނަޝެވެ.ފޮތަށް ނަޒަރު ހުއްޓާލާގެން އިން ޝަޒީ އަށް އެތާގަ ވާހަކައެއް ދެކެވުނުހެން ވެސް ހީނުވެއެވެ.
“އޯކޭ ގައިސް. މިއަދަށް ނިންމާލަމާދޯ؟ ދެންމިއޮތީ ބަންދު ދެހަފުތާ.އެހެންވީމަ ކިހިނެއް ހަދާނީ.އަހައްނަށް އޯކޭ ކޮންމެ ދުވަހަކު ކޮންމެ ގަޑިއަކު އަޔަސް ހަވީރު ނޫނިއްޔާ. ހަވީރު ޝަޒީ ބިޒީވާނެ.” ޝަޒީ ލޮލުގައަޅާފަ އިން ނަންބަރު އައިނު ނަގަމުން ބުނެލިއެވެ.”ހޫމް ކަމަނާއަށް ކުޅެން ނޮގޮސް ނުހުރެވޭނެ ކަން އަހަރުމެންނަށް ވެސް މިހާރު އެގެޔޭ ދޯ” ނިހާދު ނަސްރާއަށް ދޯ ދިނެވެ. އެންމެން އެއްފަހަރާ ހޫ ލައްވާލިއެވެ.
“ޝަޒީ ޝިފާން މިގޭގަ ކީއްކުރަނީތަ؟” އަސްމާ ހިތުގަ އޮތް ސުވާލު ހުޝަހެޅުމުން އެންމެން ޝަޒީއަށް އެއްފަހަރު އަނެއްފަހަރު ޝިފާން އަށް ބަލާލިއެވެ.”ޝަޒީ ދަންނަ މީހެއްތަ؟” ނިހާދު ބޭނުންވީ ޝިފާން އަކީ ކާކުތޯ ބަލާޝެވެ. ” ތީ ބައްޕަގެ ރައްޓެއްސެއްގެ ކުއްޖެއް.އެހެންވެ މިގޭގަ ހުންނަނީ.” ޝަޒީ އެއްމެނަށް ޝިފާން ތައާރަފު ކޮއްދިނުމަށް ފަހު ގޮސް ކޮޓަރިއަށް ވަނެވެ. އޯ..ނޯ މިއަދު ލަސްވެއްޖެ. ކުއލިއަކަށް ފެނުނީ ޝަޒީ ދުވެފަ އައިސް ފައިވާން ހަރު ކައިރީ މަޑުކޮއްލި ތަނެވެ. އަދި އަވަހަށް ޓެނިސް ހިފާގެން ނުކުންނަމުން ދަނީއޭ ބުނެލިއެވެ. އެންމެން ބަލަހައްޓާގެން ތިބެފަ ހޭންފެޝިއެވެ.ޝިފާން ވާނުވާ ނޭގިފަ ބަލަހައްޓާގެން ހުއްޓެވެ.

Share Article

Follow Me Written By

ash

Level 1

Other Articles

Previous

މައި ނޭމް އިޒް ޚާން (ބާރަވަނަ ބައި)

Next

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 54

Next
November 14, 2013

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 54

Previews
November 10, 2013

މައި ނޭމް އިޒް ޚާން (ބާރަވަނަ ބައި)

10 Comments!

  1. bookworm says:
    November 12, 2013 at 1:41 pm

    varah reethi,maa kuru vefa genes dheveyleh las vaathi massalayaki 🙂

  2. girl says:
    November 12, 2013 at 4:56 pm

    kiahiteh nuvey lahun up kurathy..but nice

  3. LILLLY says:
    November 12, 2013 at 4:57 pm

    not interesting

    1. sunflower says:
      November 13, 2013 at 1:52 am

      hehe. lovelygirl haadha rulhi gadha ey dho 😛

  4. މުނާ says:
    November 12, 2013 at 5:53 pm

    ވަރަށް ވަރަށް ރީތި، އަވަހަށް އަޕްކޮށްދީބަ ޕްލީސް

    ތޭންކްސް

  5. Lovely girl says:
    November 13, 2013 at 1:48 am

    Vvv reethi .intresting nooniya nukeema veenu

  6. sunflower says:
    November 13, 2013 at 1:51 am

    , boring thankolhaky. kuree ge bai thakuga vaa goiy handhaan nethey fahun aneh bai upload vany

  7. Lovely girl says:
    November 13, 2013 at 2:02 am

    Hey rulhi gadhaeh nuvaane.anyways ehen buni ehchehnoon ingey lillly

  8. zee says:
    November 13, 2013 at 7:00 pm

    sheenu beynun kuran vaa gina than thanah shaviyani beynun kohfa huryma hama nujehey

  9. friend says:
    January 5, 2015 at 12:25 pm

    lovely girl sad vy ma tha anekkaa rulhi eruny. mi buny story not intresting ey buny ma sad vy hey? aslu thi kudhin bunaahen maa kury. ekamu intresting varah . intresting ey bunyma anekkaa lovely girl angry nuvahchey.

Comments are closed.



All Right Reserved!