Skip to content
އެސްފިޔަ

ހިތް އެކީ ދެވިއްޖޭ… 55

ހަމްނާ ކައިރިން ހުއްދައެއް ހޯދުމަށްފަހު އަޔާން ކިއާރާ ގޮވައިގެން ގޮސް ކާރަށް އެރިއެވެ. ކިއާރާ މައިޝާ އަށް ގުޅާލީ އަޔާން ކާރު ސްޓާރޓްކޮށްލުމުންނެވެ. “މައި……” އެކޮޅުން ފޯނު ނެގުމުން ކިއާރާ ގޮޮޮވާލިއެވެ..

“ކީކޭ ކީޓީ؟ ހުރިހާ ކަމެއް އޯކޭތަ؟ ޒާން ބުނި މިއަދު ބަލިވެގެން އޮފީހަށްވެސް ނާދޭ.. އަދި ގުޅައިނުލެވިގެން މިއުޅެނީ…” މައިޝާ އެކޮޅުން ބުނި އަޑުއިވުނެވެ.. ވާނީވެސް އެހެނެއް ނޫންހެއްޔެވެ. އޭނާ އުޅެނީ 5 މަހުގެ ބަނޑަކާއި އެކުގައެވެ.. އޭނާވެސް އަރާމު ކުރުން ނޫންކަމެއް ޒާއިންގެ މަންމަ ކުރިއަކަ ނުދެއެވެ. އެގޭގެ ހުރި ހަމައެކަނި ދަރިފުޅުގެ ފަރާތުން މާމަ ދަރިއެއް ލިބެންޏާ ވާނީވެސް އެހެނެއްނޫންހެއްޔެވެ؟ “އޯކޭ އޭ އެކަމް މައި…. ގެސް ވަޓް….” ކިއާރާ ބުނެލީ އަނގަމަތީ އަތް އަޅާލަމުންނެވެ.
“އަމް ޕްރެގްނެންޓް…” ކިއާރާ ބުނެލީ ކުއްލިއަކަށެވެ. އެކޮޅުން މައިޝާ ގެ އަޑު ކެނޑުނެވެ. އޭނާއަށް ލިބުނީ ސިހުމެއް ކަންނޭނގެއެވެ. “އޯމައިގޯޑް އޯމައި ގޯޑް.. އޯމައިގޯޑް… އަޅެ ނޭނގެ.. ބުނާނީ ކީކޭ ކަމެއް… މި ވަގުތު ވާ އިހްސާސް ވަރަށް އުނދަގޫ ބަސްތަކުން ނެރެން..ވަރަށް އުފާވެއްޖެ…. އޯ ގޯޑް…. ކޮންގްރޭޓްސް ބޯތް އޮފް ޔޫ..” ކުއްލިއަކަށް މައިޝާގެ އަޑުއިވުނެވެ. އޭނާ އެއްނޭވައިން ހުރިހާ އެއްޗެއް ކިޔާލިގޮތުންވެސް އޭނާ އުފާވެފައިވާ ވަރު ކިއާރާ އަށް އިނގުނެވެ. އެހެންކަމުން އޭނާއަށް ހެވުނެވެ.  “އަނެއްކާ ކިހިނެއްވީ މައި؟ ކޮންހާ އޯމައިގޯޑްތަކެއް؟ ކިޓީތަ؟” އެކޮޅުން އިވުނީ ޒާއިންގެ އަޑެވެ. “ކިޓީ ހެއްޔޭ؟؟… ޒާން.. އޯ މައިގޯޑް ވާނެއެއްނު އެ ދިން ހަބަރަކުން… އަޑުއަހާބަ.. ކިޓީ އަލުން ބުނެބަ…” މައިޝާ ޒާއިންއަށް ޖަވާބުދީފައި ކިއާރާ އާއި ވާހަކަދައްކަމުން ސްޕީކަރަށްލިއެވެ.

“ޒާން… އަންކަލް އަކަށް ވަނީއޭ…..” ކިއާރާ ދުރު ދުރުން ބުނެލީ ޒާއިން އަށް އިނގޭތޯއެވެ. ޒާއިން އަށް ނޭނގުމުން މައިޝާ ކިއާރާ ބަނޑުބޮޑު ވާހަކަ ބުންޏެވެ.. ޒާއިން އުފަލުން ފޮޅުނެވެ. މައިޝާއަށް ވުރެ އޭނާ އުފާހެން ހީވިއެވެ. ދެމީހުންވެސް ކިއާރާ އަށާއި އަޔާންއަށް “ކޮންގްރޭޓްސް” ކިއެވެ.

ކިއާރާ ފޯނު ބޭއްވީ ގެއާއި ހަމާއަށް އައިއްސައެވެ. މެސެޖްއަކުން ދީމާ އަދި ސަމާހްއަށްވެސް އެހަބަރު ދިނީ އެއީ ވެސް މުހިންމު ކަމެކޭ ހިތާއެވެ.

ކިއާރާ ގެއަށް ވަތް އިރު އެކަކުވެސް ފެންނާކަށް ނެތެވެ. ބަދިގެ ކައިރި ރޯސްމެން އުޅޭތަން ފެނެއެވެ. އަޔާން ކިއާރާ ގެންގޮސް ސޯފާގައި ބޭންދިއެވެ. އެވަގުތު ރޯސްމެންނަށް އެމީހުން ފެނުނެވެ. “މޭމް…… އެބަ އަންނަން ސަރ ގޮވައިގެން…” ރޯސް އެހެން ބުނެފައި ދިޔައެވެ. އަޔާން ކިއާރާ ކައިރި އިށީނެވެ.. މާ ގިނައިރު ތަކެއް ނުވެ ފަތުހީ އާއި މަލިކާ އައެވެ. ކިއާރާ ތެދުވެފައި އެ ދެމީހުން ގައިގާވެސް ބައްދާލިއެވެ. “ދަރިފުޅު.. ނުވެސް ބުނަމެއްނު އަންނަ ވާހަކައެއް… ހާދަ ބަލިހެން ހީވޭ.. ރަނގަޅުތަ؟” ފަތުހީ ބުނެލީ ކިއާރާގެ މޫނުމަތިން ވަރުބަލިކަން ފާޅުވާންފެށުމުންނެވެ. ކިއާރާ އަޔާންއަށް ބަލައިލުމުން އަޔާން ބޯޖަހާލީ ހުއްދައެއް ދިންފަދަ ގޮތަކަށެވެ. ކިއާރާ ފުންނޭވައެއް ލުމަށްފަހު މަލިކާ އަދި ފަތުހީގެ އަތުގައި ހިފެހެއްޓިއެވެ. “ޑޭޑް… މަމް… ދެމީހުންވެސް ޕްރޮމޯޓް ވާކަށް މާ ގިނަދުވެއް ނެތް އިރާދަކުރެއްވިއްޔާ….” ކިއާރާ ބުންޏެވެ “ތިބުނީ؟” ދެމީހުން އެއްފަހަރާ އެހިއެވެ.. “މާމާ ކާފައަކަށް ވަނީއޭ…” ކިއާރާ ހެމުން ހެމުން އެހެން ބުންޏެވެ.. ފަތުހީ ދެލޯ ބޮޑުވި އިރު މަލިކާ އޭނާގެ އަނގަމަތީ އަތް އެޅިއެވެ. “ބައްޕަގެ ދަރިފުޅު… ؟ ހަމަ ތެދެއްތަ ތިބުނީ…؟” ފަތުހީ ކިއާރާ ގެނެސް ބައްދާލަމުން ބުންޏެވެ. ކިއާރާ އާއެކޭ ބުނުމުން މަލިކާވެސް ލޯބިން ކިއާރާގެ ގައިގާ ބައްދާލާ ބޮލުގައި ފިރުމާލިއެވެ. “އަޔާން..! ކިއާ އޮފީހަށް ދެންނުފޮނުވާތި.. އަދި އަރާމްކުރުމަށް ބުނާތި… ގަޑިން ގަޑިއަށް ކާންޖެހޭނެ، މޭވާ އެއްޗެހިވެސް… ބައްޕަ ފޮނުވާނަން މޭވާ މިގެއިން… އެންމެ ރަނގަޅެއްނު…” ފަތުހީ އުފަލުން ހީވަނީ އެހެން ކަމެއްވެގެން އުޅޭހެންނެވެ.

“ކިއާ މިއަދަށްފަހު އޮފީހަށް ނާންނާތި.. އަދި މިގެއަށްވެސް…. މަންމަމެން ދާނަން ތިގެއަށް ކިއާ އާއި ބައްދަލު ކުރަންވީމަ…. އަދި ތިއުޅޭހެން ފުންމަ ފުންމާފަ ދުވެ ދުވެފައެއް ނޫން އުޅޭނީ… މިހާރު ހަމައެކަނި ވިސްނަންޖެހޭނީ ކިއާ އަކަށް ނޫނޭ… އަންނަން އުޅޭ ދަރިފުޅަށްވެސް… ކިއާ.. ދަރިފުޅު ޑޮކްޓަރަށް ދެއްކިންތަ؟ ޗެކްއަޕް ހެދިންތަ؟” މަލިކާ އެހުމުން ކިއާރާ ނޫނެކޭ ބުނަން ދެކޮޅަށް ބޯ ހަރަކާތްކުރިއެވެ.. “އެންމެ ރަނގަޅުވާނީ ޑޮކްޓަރެއްގެ ލަފާ ހޯދާލުން…. ޑޮކްޓަރަށް ދައްކަން ދައްޗޭ..” މަލިކާ ބުނީ އެކަން ކޮންމެހެންވެސް ކުރަން މުހިއްމުކަމަށް ދެކިފައެވެ.. “ލައްބަ މަމީ…. ދާނަން އަޅުގަނޑު….” ކިއާރާ ބުންޏެވެ.

…..

ކިއާރާ މެން ގެއަށް އަންނަން ޖެހުނީ އެގެއިން ކައިގެންނެވެ. އޭނާ އާއިރު ހުރީ ވަރުބަލިވެފައެވެ. މިދުވަސްކޮޅު އޭނާ ވަރުބަލިވާލެއް އަވަހެވެ. އެއީ އެކަމުގެ ސަބަބުންކަން ކިއާރާއަށް އިނގުނެވެ. އަޔާން ކިއާރާ ގެންގޮސް އެނދުމަތީ ބޭއްވިއެވެ. އަދި ކައިރި އިށީނދެ އިނދެ ކިއާރާގެ ބޮލުގައި ފިރުމަމުން ދިޔައެވެ. “މާދަން ޑޮކްޓަރަށް ދައްކަން ދާނީ ދޯ؟” އަޔާން ބުންޏެވެ.. “އެޕޮއިންޓްމެންޓް ހައްދާލަންވީނު.. މައި ދައްކާ މީހާއަށް ދައްކާނީ… މި ދެތިންމަހު މައި އާއި އެކު ގޮސް އޭނާއާއިވެސް ކުޑަކޮށް ރައްޓެހިވެފައި ހުންނާނީ… އޭނާ ވަރަށް ރަނގަޅު….” ކިއާރާ ބުންޏެވެ. އެއަށްފަހު ފޯނުން މައިޝާއަށް ގުޅާލާ އެޕޮއިންޓްމެންޓެއް ހައްދާލުމަށް ބުނެ އެކަން ނިންމާލިއެވެ.

ކިއާރާ އަށް ނިދުނީ އަޔާން އެގޮތަށް ކިއާރާގެ ބޮލުގައި ފިރުމާލަ ފިރުމާލަ އިންދައެވެ. އަޔާން ކިއާރާގެ ބަނޑުގައި އަތް ލިއެވެ. އަދި އެ ހިމަ ތުނި ބަނޑުގައި އުފެދެމުން އަންނަ އޭނާގެ ދަރިފުޅާއި މެދު ވިސްނަންފެށިއެވެ. އޭނާއަށް މި ނިއުމަތް ދެއްވި ކަމަށް ޓަކައި ހަމްދުހުއްޓެވެ. މިއީ އޭނާ އުއްމީދުކޮށްގެން ހުރިކަމެއްވެސް ނޫނެވެ.

..

އަނެއްދުވަހެވެ. ކިއާރާ ޑޮކްޓަރަށް ދައްކަން ހަމަޖެހުނީ ހަވީރެވެ. އަޔާން އޮފީހަށް ދާންޖެހުނީ ކިއާރާ އާދޭސްކޮށްގެންނެވެ.. އެހާ އަވަހަށް އޭނާއަށް މާ ބޮޑު އަޅާލުންތަކެއް ލިބޭތީ އޭނާ ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ. އަދި އޭނާ ގަދަފަދައޭ ބުނެފައި އަޔާން ފޮނުވާލީވެސް އެހެންވެއެވެ.. މަލިކާވެސް ކައިފިތޯ ބަލަން މެސެޖްކުރާއިރު ފަތުހިވެސް އޮފީހުގައި އިނދެގެން ގުޅައެވެ.. ހަމްނާ ކިއާރާ އަށް ކާން ދޭއިރު، އާފަލާއި އަނބު ފަދަ ސިއްހަތަށް ފައިދާ ހުރި މޭވާތަށް ކެވޭނެހެން ކައިރި ބަހައްޓައެވެ. އޭނާ މިއަދު އުޅުނީ މުޅިންވެސް ހޮޑު ލަވާތީއެވެ. ބަދިގެތެރެއިން ރިހަ ކައްކާވަސް ދުވިޔަސް އޭނާ އޯކަށް ދެމެއެވެ. ހޮޑު ލާއިރު ލަނީވެސް އެހާ ގިނައިންނެވެ. ބަނޑު ހުސްވާވަރަށެވެ.

 

…….

ނަތީޖާ ދައްކާ ގޮތުންނަމަ ކިއާރާ ބަނޑުބޮޑުކަމަށާއި ބަނޑަށް އެއްމަސްވެއްޖެކަން އިނގިގެންދިޔައެވެ.  އޭނާ އަށް ޑޮކްޓަރ ނަސޭހަތްތެރިވީ އަމިއްލަ ސިއްހަތަށް ބެލުމަށާއި އަރާމުކުރުމަށާއި ޑޮކްޓަރ ދޭ ބޭސް ގަޑިން ގަޑިއަށް ކެއުމަށެވެ.  އަދި މަހަކު އެއް ފަހަރު 15 ގައި އައުމަށް އެދުނެވެ.

……

އޭގެ ފަހުން ކިއާރާ އަށް އައީ އެންމެންގެވެސް ލޮތްބާއި އަޅާލުން ލިބެމުންނެވެ. ދުރުގައި ހުރި ސަމާހްވެސްމެއެވެ. ކިއާރާއަށް ގުޅާލެވެނީ ހަފްތާއަކު އެއްފަހަރު ނަމަވެސް ކޮންމެ ދުވަހަކު ދެފަހަރު ހެން ކިއާރާއަށް މެސެޖްކުރެއެވެ. ފަތުހީމެންވެސް ހަފްތާއަކު ދެފަހަރު ކިއާރާ ކައިރިއަށް އާދެއެވެ. އެނާ އެންމެ އެދެވޭ ލޮތްބާއި އަޅާލުން އަޔާން ފަރާތުންވެސް ލިބެއެވެ. އޭނާ ކުޑަކޮށް ފަލަވާންފެށިއެވެ. ނަމަވެސް ބަނޑެއް ފާހަގައެއް ނުވެއެވެ. ކިއާރާ ގެ މޫނުމަތިން އިތުރަށް މައުސޫމްކަން ފާޅުވާން ފެށިކަހަލައެވެ.

ބަނޑަށް ދެމަސް ވާން ކައިރިވުމާއި އެކު ކިއާރާގެ ބަނޑުގައި ރިހުން އުފެދެން ފެށުނެވެ. އޭނާ އެކަކު ކައިރިވެސް އެވާހަކަ ނުބުނީ އެއީ ވާގޮތެއް ކަމަށް ހިތާއެވެ. ޑޮކްޓަރާއި ބައްދަލުކުރަން ކައިރިވެފައި ވާތީ އޭނާ ބޭނުންވީ އެކަން ޑޮކްޓަރާއި މަޝްވަރާކޮށްލާށެވެ. ނަމަވެސް ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދުމުގެ ސަބަބުން އޭނާ މައިޝާ ދާ ދުވަހު އޭނާއައި އެކު ދާން ނިންމާ މައިޝާއަށް ފޯނު ކުރިއެވެ.  “މައި… ދާނަންދޯ މާދަން…. އެޕޮއިންޓްމެންޓެއް ހައްދަންމިއުޅެނީ.. މައި އާއި އެކު ދާން.. . ދެމީހުންވެސް  ނިންމާފައި ދާނީ ކުޑަކޮށް ހިނގާލަން ޝޮޕިންއަށްވެސް…. ޕްލީސް…” ކިއާރާ ބުންޏެވެ.. “ޔާ އޯކޭ.. އޭރުން ޒާން ކައިރިވެސް ބުނާނަން ދެމިހުން ގޮސްދާނަމޭ… ޒާން ޑްރޮޕް ކޮށްލަދީފާނެ ހޮސްޕިޓަލަށް.. އެންމެ ރަނގަޅެއްނު…. ދެ އެޕޮއިންޓްމެންޓް ހައްދަންވީދޯ…؟” މައިޝާ އެހުމުން ކިއާރާ އާއެކޭ ބުންޏެވެ. “ބައިދަވޭ.. ކިއާ ދާންޖެހޭނީ 15 ގައެއްނު ދެން ކީއްވެ؟ ކަމެއް ވީތަ؟” މައިޝާ އެހިއެވެ. އެވަގުތު އަޔާން ފާހަނައިން ނިކުތުމުން ކިއާރާ އެވާހަކަ ބުނާކަށް ނުހެދިއެވެ. “މާދަން މީޓްކޮށްފަ ބުނާނަން.. އިނގޭ… ދާންވީ ގަޑި މެސެޖް ކޮށްލައްޗޭ.. އަދި ޒާން ކައިރި ބުނާތި މިގެއަށް އައިސް ގޮވައިގެން ހޮސްޕިޓަލަށް ދާން..” ކިއާރާ އެހެން ބުނެފައި ފޯނު ބޭއްވިއެވެ. އަޔާން އައިސް ކިއާރާ ކައިރި ވީގޮތް އޮޅުންފިލުވުމުން އޭނާ ވާހަކަ އޮޅުވާލީއެވެ.

އަޔާން ގެ އެދުމުގެ މަތިން ބަސްއަހައިގެން ކިއާރާ ނިދަން އޮތެވެ. ބަނޑުގައި ފިރުމާލަ ފިރުމާލަ އޮތީ ބޭރުން ތަދުވާކަމުގެ އިހްސާސްނުވިޔަސް އެތެރެއިން އެ އިހްސާސްވާތީއެވެ. ކިއާރާ  ބިރުގަންނަންފެށިއެވެ. އަޔާން ކައިރި ބުނާނީ ބާއޭވެސް ހިތަށްއެރިއެވެ. ނަމަވެސް މާދަން ޑޮކްޓަރަށް ދެއްކީމަ އިނގިދާނެތާއެވެ.

ކިއާރާމެންގެ ވަގުތު އޮތީ ހެނދުނެވެ. “އަޔާން މިއަދު މައި އައި އެކު ޑޮކް އަށް ދައްކާލާނީ… އޯކޭ އެއްނު…. އެއީ ދެމީހުން އެބައޮތް ޝޮޕިންއަށް ދިޔުންވެސް އެހެންވެ..” ކިއާރާ އެހެން ބުނުމުން އަޔާން އެންމެ ރަނގަޅޭ ބުނެ އޮފީހަށް ދާންދިޔައީ ޒާއިން އަންނާނޭ ބުނުމުންނެވެ.

……..

ހޮސްޕިޓަލު ތެރެއަށް ވަންނަމުން ކިއާރާ މައިޝާއަށް އޭނާއަށް ވާގޮތް ކިޔައިދިނެވެ. “އެހެންތަ؟ ކިއާ އާރ ޔޫ ޝުއަރ…. އެތެރެއަށް ތަ؟” މައިޝާ ބުނެލުމުން ކިއާރާ ބޯޖަހާލިއެވެ. “އަޔާން ކައިރި ނުބުނީ ކީއްވެ؟ ތީ ބުނަން ޖެހޭ ކަހަލަ ކަމެކޭ..” މައިޝާ ހިތްހަމަނުޖެހުނެވެ. “ޑޮކްއަށް ދައްކާފައި ވާގޮތް ބަލާފައި ބުނާނީ..” ކިއާރާ ބުންޏެވެ.

މައިޝާގެ ޗެކްއަޕްއަށް ފަހު ކިއާރާގެ ބުރުޖެހުނެވެ. ކިއާރާ އޭނާއަށް ވާގޮތް ޑޮކްޓަރ ކައިރި ބުނުމުން ވަގުތުން ޓެސްޓްތަކަކާއި ސްކޭންތަކެއް ހަދަން ޖެހުނެވެ. މިއަދުން މިއަދަށް އެކަންތަށްކޮށް ނިންމުމުގެ ބޭނުމުގައި އެ ހުރިހާ ޓެސްޓްތަކެއް ހަދާ ނިމުނު އިރު މެންދުރުވެސް ވެއްޖެއެވެ.

“މާދަން މިކޮޅުން ގުޅާލާނެ، އޭރުން މިކޮޅަށް ދުރުވެފައި ރިޒަލްޓާއި އެކު އަޅުގަނޑާއި ބައްދަލުކުރަތި” ޑޮކްޓަރު އެހެން ބުނުމުން. ކިއާރާ އާއި މައިޝާ ނިކުތެވެ.. “މައި… ބޮޑު ބަނޑެއް އިނަސް ވަރަށް ލޯބި އަސްލު..” ކިއާރާ އެހެން ބުނުމުން. މައިޝާ ހޭންފެށިއެވެ.

………

ކިއާރާ އަޔާން ކައިރި ޑޮކްޓަރަށް ދެއްކި ވާހަކަ ފޮރުވީ ރިޕޯޓް ބަލާލުމަށްފަހު ބުނަންވެގެންނެވެ. އެންމެންގެ ކުރިމަތީ ހިނިތުންވެލައިގެން އުޅުނެއްކަމަކު އޭނާ ހުރީ ނުތަވަސްވެފައެވެ. ބައެއްފަހަރު ބަނޑުގައި ރިއްސާލެއް ބޮޑުވެއެވެ.

އަނެއްދުވަހެވެ. މެންދުރު ނުވަނިސް ކޯލް އައެވެ. އަޔާން އޮފީހަށް ދިޔަ ވަގުތު ބަލާފައި .ކިއާރާ ހޮސްޕިޓަލަށް ދިޔައެވެ.  ކިއާރާ ރިޕޯޓް ބަލަން ޑޮކްޓަރ އިން އިރު އޭނާގެ މޫނުމަތިން ފެންނަނީ ނުތަވަސްކަމެވެ. އެހެންކަމުން ކިއާރާ އިތުރަށް ބިރުގަންނަން ފެށިއެވެ.”ކިއާރާ…! ކިއާރާ އަށް އެއްވެސް އަނިޔާއެއް ލިބިފައިވޭތަ މީގެ ކުރިން؟ އެއްވެސް ކަހަލަ އެތެރެ ހައްޓަށް އެފެކްޓް ކުރާ ކަހަލަ؟” ޑޮކްޓަރު އެހެން އެހުމާއި އެކު ކިއާރާ ނޭވާ އަވަސްވިއެވެ. އިރުކޮޅަކު އެހެން އިނދެފައި މަޑުމަޑުން ބޯޖަހާލިއެވެ. ޑޮކްޓަރު އަތުގައި އޮތް ފައިލް ޓޭބަލް މަތީ ބާއްވާފައި ދެއަތް ޖޯޑުކުރިއެވެ. “އެކްސްޕްލެއިން ކުރެވިދާނެތަ؟” ޑޮކްޓަރު އެހިއެވެ.. ކިއާރާ އިތުރަށް ބިރުގަންނަން ފެށިއެވެ. ބިރުގަނެފައިވާ ހާލު ކިއާރާ މާޒީގެ ވާހަކަތަށް ޑޮކްޓަރާއި ހިއްސާކުރިއެވެ. އެތަކެއް މީހުންގެ ޝިކާރައަކަށް އެ ޅަ ހަށިގަނޑު ވެ ދިޔަ ގޮތެވެ.. “ޑޮކް މައްސަލައެއް އުޅެނީތަ؟ ޕްލީސް.. ކިހިނެއްވީތަ.؟” ޑޮކްޓަރ އިންގޮތުން ކިއާރާ އަހާލިއެވެ.

“ކިއާރާގެ ރަހިމް އަށް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފަހުރީ، އިތުރު ބޭބީއެއް ލިބޭނެކަމުގެ އުއްމީދު ވަރަށް ކުޑަ..” ޑޮކްޓަރު ބުނެލުމާއި އެކު ކިއާރާ ދެލޯ ބޮޑުކޮށްލާފައި ބަނޑުގައި ހިފެހެއްޓިއެވެ. ބަނޑުގައި އޮތް ދަރިފުޅާއި މެދު ބިރުގަތީއެވެ. “ނޫން ދަރިފުޅު އިރާދަކުރެއްވިއްޔާ ސޭފް…. މިކަހަލަ ކޭސްތަކުގައި ވިހެއުމަށްވުރެ އޮޕްރޭޝަންކުރުން އެއީ އެންމެ ރަނގަޅު ގޮތް….. އެކަމް ކިއާ، މި ބޭސްތަކުގެ އިތުރަށް މިބުނާ ކަންތަކަށް ކިއާ ޖެހޭނެ ވަރަށް ބޮޑަށް ސަމާލުވާން.. ” ޑޮކްޓަރު ކިއާރާއަށް ބޭސްސިޓީ ލިޔެދެމުން އިރުޝާދުތަކެއް ދިނެވެ. ކިއާރާ އުފާވީ މި ދަރިފުޅަށް އެއްވެސް ގެއްލުމެއް ނެތީމައެވެ. އިތުރު ކުއްޖެއް ލިބޭނެކަމުގެ އުއްމީދު ނެތެއްކަމަކު މި ދަރިފުޅު ކިއާރާއާއި އަޔާންގެ އުއްމީދުތަށް ފުރިހަމަކުރާނެއެވެ.

……..

އަޔާން އާއިރު ކިއާރާ އޮތީ އެނދުމަތީގައެވެ. އޭނާ އޮތްގޮތުން ކަމަކާ ވިސްނަނީކަން އަޔާންއަށް ނަގައިގަނެވުނެވެ. “ބޭބީ ޑޯލް.. ހާދަ ފުން ވިސްނުމެއްގައި..” އަޔާން ލައިގެން ހުރި ގަމިސް ބާލަމުން ބުންޏެވެ. ކިއާރާ ވަކި އެއްޗެއް ނުބުނެއެވެ. އަޔާން ފެންވަރަން ވަނެވެ.

އިރުކޮޅެއްނުވެ އަޔާން ނިކުތުމާއި އެކު ކިއާރާ ހިނިތުންވެލާފައި އަޔާން ކައިރި އައުމަށް އެދުނެވެ. އަޔާން އައިސް އެނދުމަތީ އިށީނުމުން ކިއާރާ ތެދުވެފައޮ އަޔާންގެ ގައިގާ ބައްދާލިއެވެ. . “އަޔާން… އައި ލަވް ޔޫ.. އައި ލަވް ޔޫ.. އައި ލަވް ޔޫ ސޯ މަޗް…” ކިއާރާ ބުނެލީ ލޯމަރާލަމުންނެވެ. “ބޭބީ ޑޯލް؟ ކަމެއްވީތަ؟ ހުމްމް ކަމެއްވީމަ ނޫނީ ތިހެން ނޫޅޭނޭ ދެން ބުނެބަ..” އަޔާން ބުންޏެވެ.

ކިއާރާ އަޔާން ކައިރި އެވާހަކަ ބުނަން ފަސްޖެހުނެވެ. ނަމަވެސް އެއީ އޭނާއަށް އިނގެން ޖެހޭނެއެއްޗެކެވެ. “ލަވް..! ރުޅި ނާއްނައްޗޭ؟” ކިއާރާ އެހިއެވެ. އަޔާން ބޯ ޖަހާލިއެވެ. “އަސްލު އިއްޔެ އާއި މިއަދު ދިޔައީ ޑޮކްއަށް ދައްކަން…” ކިއާރާ ބުންޏެވެ. “ކިހިނެއްވެ؟ ކަމެއް ވީތަ؟؟؟؟” އަޔާން ހާސްވެފައި އެހިއެވެ. “އަމް ސޮރީ އަޔާން ކައިރި މިވާހަކަ ކުރިން ނުބުނެވުނީމަ، ހިތަށް އެރީ ޑޮކްއަށް ދައްކާފައޭ ބުނާނީ…. ޑޮކް ޓެސްޓްތަކަކާއި ސްކޭންތަކެއް ހަދާފައި އެހީ އެތެރެ ހަށްޓަށް އެއްވެސް ގެއްލުމެއް ވާކަހަލަ އަނިޔާއެއްވީތޯ….. އެން ކުރީގެ ވާހަކަ ތަންކޮޅެއް ކުރުކޮށް ޑޮކްއަށް ކިޔައިދިނީމަ ބުނީ……..” ކިއާރާ ހުއްޓާލާފައި އަޔާންގެ މޫނަށް ރަނގަޅަށް ބަލައިލިއެވެ. އަޔާން އިނީ ހިސާބަކަށް ނުތަވަސްވެފައިކަން ކިއާރާ އަށް އިނގުނެވެ. އެހެންކަމުން ކިއާރާ އަޔާންގެ ގައިގާ ބައްދާލާފައި ވާހަކަ ފުރިހަމަކުރިއެވެ. “ޑޮކް ބުނީ ރަހިމަށް އަސަރުކޮށްފައޯ ހުރީ، ހެދިބޮޑުވަމުން އައި ދުވަސްކޮޅަށްވެފައި، އަންހެންކުއްޖެއްގެ ދިރިއުޅުމުގެ އެންމެ މުހިންމު މަރުހަލާ ކަޑައްތު ކުރާ ދުވަސްތަށް ތެރޭ އެކަހަލަ އެތަށް ގޮތަކުން އަނިޔާލިބި، ގަދަކަމުން އެކަން ކުރުވަން އުޅުމުގެ ނަތީޖާ އެއީ….

ދެން ބުނީ….. ބޭބީއަށް އަސަރެއްނުކުރާނޭ ކިޔާފައި ސަމާލުވާން ބައެއް ކަންތަކާއި ބޭސް ދިނީ، …ދެން….ދެން ބުނީ އިތުރު ބޭބީއެއް ލިބުމުގެ… އުއްމީދު ކުޑައޭ…. އަމް…އަމް ސޮރީ އަޔާން…..” ކިއާރާ އެހެން ބުނުއިރު ދެލޮލުގައި ވަނީ ކަރުނައެވެ. ފުރަތަމަ ދަރިފުޅަށްޓަކައި އުފާވިޔަސް އެ ކުއްޖާއާއި އެކު ކުޅެލާ ހަދާލާނެ އިތުރު ކުއްޖެއް ލިބުމުގެ އުއްމީދެއް ނެތުމުން ހިތުގައި ޖެހުނީއެވެ. އޭނާ ގެ ނުކުޅެދުންތެރިކަން އިހްސާސްވީއެވެ. އެ ހުރިހާކަމެއްވީވެސް އޭނާއާއި ހެދިކަން ކިއާރާއަށް ހީވާންފެށިއެވެ. މާފަށް އެދުނިވެސް އެހެންވެގެންނެވެ.

އަޔާން އިރުކޮޅަކު އެހެން އިނދެފައި ވަރަށް ބޮޑަށް އެއަތު ތެރޭ ކިއާރާ ފޮރުވާލިއެވެ. ކޮންމެ ކަމެއްގައިވެސް ހިކުމަތެއް ވާހެން މިކަމުގައިވެސް ވާނެއެވެ. އޭނާ ޝުކުރުކުރީ ލިބެން އުޅޭ ދަރިފުޅަށް ގެއްލުމެއް ނެތީތީއެވެ. ލިބޭމިންވަރަށް ޝުކުރުކުރުން އެއީ ރަނގަޅުގޮތް ކަމަށް އަޔާން ހިތަށް ވިސްނައިދެމުންދިޔައެވެ. އޭރު މަޑުން ނަމަވެސް ކިއާރާގެ ގިސްލުމުގެ އަޑުއިވުނެވެ. “އިޓްސް އޯކޭ އޭ ބޭބީ…! އިޓްސް އޯކޭ…! ބޭބީ ޑޯލްއާއި ބޭބީ ރަނގަޅުވީމަ އެ ނިމުނީ…. ކޮންމެކަމެއްވެސް ވާނީ ރަނގަޅަށް…. އިނގޭ…” އަޔާން ބުނީ ކިއާރާ ހިތްހަމަޖައްސާލާށެވެ. “އަޔާން…! އަމް ސޮރީ…. އެ ދުވަހު މަންމަ އެ ކުރިކަންތަކާއި ދެކޮޅަށް ތެދުވެ އެކަން ވިޔަ ނުދިންނަމަ މިހެން ނުވިސް…. އެދުވަހު އެ ގޯސް މަންމަދެކެ ވާ ލޮތްބަށްޓަކައި ފިޔަވަޅެއް ނުނެގުނީމަ މިއަދު މިހެން މިވީ.. އޭރު އެކަން ހުއްޓެން އޮތް އިރު ހުއްޓެވުނު ނަމަ މިހެން ނުވިސް… ހަމަ ކުޑަ ހިތްވަރެއް ކޮށްލާ އަމިއްލަނަފްސަށާއި ހަށިރައްކަލަށް ތެދުވެވުނު ނަމަ…… އަމް ސޮރީ އަޔާން…… އަމް ސޮރީ…” ކިއާރާ އަސްލު އެ ރޯ ސަބަބު އިނގުމާއި އެކު އަޔާން ވަގުތުން އޭނާ ދުރަށްޖެއްސިއެވެ. އަދި އެ މޫނުމައްޗަށް ބަލައިލާފައި ކަރުނަތަށް ފޮހެދިނީ ވަރަށް ލޯބިންނެވެ.

“ބޭބީ ޑޯލް…!!! މައި ޕްރިންސަސް…… މިދިމާ ބަލާބަ…” އަޔާން އެހެން ބުނެފައި ކިއާރާ ގެ މޫނުގައި ދެފަރާތުން ހިފަހައްޓާލާ އަޔާންގެ މޫނާއި އެއްވަރުކުރިއެވެ. ކަރުނައިގެ ދެލޮލުން ކިއާރާ އަޔާންގެ ދެލޮލަށް ބަލަހައްޓައިގެން އިނެވެ. “އެ ކިއާ ގެ ސަބަބުން ވީ ކަމެއް ނޫނޭ އިނގޭ؟؟ އެމީހުންގެ ސަބަބުން ވީ ކަމެއް ކިއާ އަމިއްލަ ބޮލުގައި އެޅުވީމަ ކިހިނެއްވާނީ؟ އެހެން ނޫނަސް މީ ލައިފް އަކީ! އުފަލާއި ހިތާމަ އެއްކޮށްލިބޭނީ…. ޝުކުރުކުރަން ޖެހޭނެ އެއްނު މި ބޭބީ އާއި މައި ޑޯލް ސޭފް ވީމަ…! ދެޓްސް އޯލް އައި ވޯންޓް… އެން ކިއާ ތިހެން ދެން ނުވިސްނައްޗޭ… ޕްލީސް.. އައި ލަވް ޔޫ ބޭބީ ޑޯލް…” އަޔާން އެހެން ބުނެފައި ކިއާރާގެ ނިތަށް ބޮސްދިނެވެ. ކިއާރާ އެއްޗެއް ނުބުނެ އަޔާންގެ މޭގައި ލައްވިއެވެ. އެ އިންގޮތަށް އޭނާ އިނީ ހަމަޔަކަށް އެޅެންދެންނެވެ.

“މިއަދު ހިނގާ ބުރަކަށް ދާން ދޯ…” އަޔާން ކިއާރާ ހިތްހަމަ ޖައްސާލަދެން ބޭނުންވާތީ ބުންޏެވެ. ކިއާރާ އާއެކޭ ބުނީ ބޮލުގެ އިޝާރާތުންނެވެ. އަޔާން އެކި ވާހަކަތަށް ދައްކަމުން ކިއާރާގެ ހިތަށް ލުއިކަމެއް ގެނެސްދިނެވެ. އެއީ މީހަކު ދެރަވާންވީ ކަމެއް ނޫންކަން ބުނެ ވިސްނައިވެސްދިނެވެ. ކިއާރާ ހަމަޔަކަށް އެޅުނީ އެހެންވެއެވެ.

 

…………………………

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (63)

  1. HANDIAN

    me 1st

    1. Ryn
      HANDIAN

      Aha congrats. ?❤

    2. Sh@@#¥/\/
      HANDIAN

      tc me jehuny olhigen
      We 1st

  2. Pinky handi ??

    Yayyy. We are first handiansss ???

    1. HANDIAN
      Pinky handi ??

      Yaa we all

    2. HANDIAN
      Pinky handi ??

      -hadiees

    3. Aishath
      Pinky handi ??

      Ey mi dhen kihineh vegen ulhey jinni shaitoanun thakehtha alhe fahe myhakah heess nuleveynetha huhh??????????????????????????????????

    4. Andhu
      Pinky handi ??

      Aan eyey massala aky aishath… boa halaaku

  3. :-)

    HANDIAN vx dhw..m first:-(
    I ddnt read yet..hehe

  4. Pinky handi ??

    Handian haadha gohey. Me nujaha we jehi nama. Afterall we are one..
    Haadha dhuru vehjey dho

    1. Sh@@#¥/\/
      Pinky handi ??

      sorry we 1st me jehuny olhigen

  5. Ryn

    Hey! Dhn othy last part! I guess i wil upload it tomorrow morning or afternoon ga 😉 And the new story is “Inthixaaruga hurin” Sumaa and Maaxin ge… e story ge season 2 and vrh gina kudhin ah e story rythi v ma i thought to make a season 2 and its completed. 😉 May b i will start to upload it soon and i cant upload like this 3 parts daily cx jan in fashaign i will b busy with my studies and in classes so i wont have much time, so may b i can up 1 daily kh 😉 anyway tc nights 😉

    1. Ayaan
      Ryn

      Thanks ryn. Ryn ge age??

    2. mamolhu
      Ryn

      Runnn!! This is one of the bedt story esfiyaage.?
      Bdw inthizaaruga hurin e story up kuree esfiyaaga tga??

    3. Ryn
      Ryn

      Thaaankyouu and yaa esfiya ga ihnaany 😉

    4. Kalhu handi
      Ryn

      Dhuvaalaku 1 part up kurias ok vaane.. Medhu nukedi vaahaka up kohdhenya aharemennah k.. Ryn mivaahaka ves v rythi..

    5. Modern handi
      Ryn

      Ryn ge story thah baeh myhunnah hadivegen heeveee ehn fadha kameh henn.. Neyvaa neyfathun nulaa ryn aa dhimaalah ehchehi kiya kiyaafa.. Bunan beynunvany ryn ge vaahaka hama rychey…

  6. tui

    Ryn u r the best.I love it.keep it up?????? hajam nuva myhun ge comment thakah alhaanulaathi.ryn upload kuraa varah ehen myhunge story thah upload nukureveythy kiyan foohivany…balaa ekey bunaa myhunnah bunelan othy mi site aky liyuntherin ge siteh v ma e liyun theriyakah liyeveyneye beynun varakah.ehen v ma mulhi site ga ryn ge dhefaye nukiyaashey.eygenvs ingeny ryn ah mikan vaanekan.love u ryn????

    1. Ryn
      tui

      thaaankyou darling 😉 love u too 😉 vrh bodah thanks 😉

  7. Maahy

    Wowww… V salhi ?
    Hama habeys ❤❤❤

    1. Ryn
      Maahy

      thnkx 😉

  8. meemi

    rythi..vrh salhi….. thnkxx 4 this stry…loabivey..tc

    1. Ryn
      meemi

      thnkyou lwbivey too 😉 tc

  9. afff

    Story hama habbu …
    Keep it up ryn..
    Luv Yuh???

    1. Ryn
      afff

      thnkyou… Luv u 2 😉

  10. Kiddy

    Wow haadha salhi ey. Kiddy 3rd dhw

    1. Ryn
      Kiddy

      Thankyou… sorry not third but not the last tho 😉 tc

    2. Guy
      Kiddy

      Ryn dhooni ge age buneba alhe

  11. baby handi

    story hama varah salhi ryn….

  12. Aisha

    Reewthi❤

  13. me

    Dude, Its really awesome…..

  14. Princess handi

    Owww v rythi. ……dhn in bai vx mirey kiyaalaa hiyy vany

  15. Muskaan

    ?

  16. Ashly

    Thank ryn v obi

  17. Aish

    Varah reethi

  18. Aharen

    E ryn ge personal chat room tha

  19. Xoa

    This story is obiness. Waiting for the last part. And yeah inthizaarugaa hurin part2 also. Ryn you are the best writer best wishes for you ❤️❤️️? Gud nyt all

  20. Police Handi

    Hello HANDIAN & all handies ???

    1. Sweet handi
      Police Handi

      Hola

    2. Chum handi
      Police Handi

      Hi!

    3. HANDIAN
      Police Handi

      hii

  21. Faathee

    Wow.. daily koh up kuranyaa ok ey 1 part viyas. Up kohla dheni koh ok

  22. naaanu

    Yayyyyy.finally dhw.kiyaa is happyy.and yayyyyyyyyyt maaazin is backkk.thanks ryn.vaahaka kiyaa hithun meeny.dhevaahaka ves..seeeya ❤

  23. Dhon handi

    wowowww ryn vvvv reeethii.. miadhu nukiyaa hurii parts mikiyaalee.. n vvv reethii hama dhen.. vv loaaabi omg omg baii lol ryn ahves ehen kanneynge vanee.. haha.. ly?

  24. chum chum girl

    awwwwwwnnn……. haadha reechey…. and ryn sissyy.. mi girl ah kurin bae h parts thakuga cmnt nukurevuneema v dheraveyy.. but still I love u n ur story… i mean stories.. and eagerly watin 4 the last part.. oh! i’m so exited… and it’s ok whether u can’t upload the “inthizaarugaa hurin” ge 3 times a day.. cux we, I mean ur greatest fans understand… love you bbg… Good Night… Sweet Dreams.. and vrh miss vaane ayaan men kiyaa men mathin… vrh bey nun mee ge ves season 2 eh.. and yea I also don’t think I can read the episodes of the next story daily .. cuz school hulhuvunee ma vrh busy vaane.. but ehen writers hen story ge ehbai liyefa nuhuttaa lahchey sissyy… gud luck on ur future and the writing carer 2…. keep going.. bye.. see u tommorow.. and handians can i Join u as Chum Handi? plzzzzz

    1. Police Handi
      chum chum girl

      yes yes ofcause why not????

    2. Chum handi
      chum chum girl

      oh… Thanks bro! mwahhh….. hahaha

  25. pis pis

    Wow v habeys

  26. Lym

    Nice? story ?

  27. Kiyuntheriyaa

    Woww varah reethi ingey haadha reecchey asluves ryn varahmolhu maashaa allaah ryn hamamolhy

  28. Yun

    I hate u ryn

    1. Chum handi
      Yun

      oh u jealous of her fortune? Huh?

    2. Andhu
      Yun

      Chum chum girl will u be my gf????

    3. Andhu
      Yun

      Whts ur age btw????

    4. Chum handi
      Yun

      Andhu….. haha….. I even don’t know u.. dhen age dho? nubuneveyne mikahala public thanehga dho? and thikahala personal information kurin faharaku kujjakah dheegen eynage friends kaireega kee. i was ashamed of my self.. mibunee bodu singaa meehku chum kahala teenager ehge vaahaka dheh keema ladhugathee… dhen mee ehaa bodu kujjeh noon ingey… hahaha..

  29. Harmony

    Alhey ryn.. ??????
    I love you sooooooooo much.
    Warrrrrrrraaah reethi mi vaahaka. Dhen e dhemeehunge life ah sad dhuvaheh nugennache.. she suffered a lot. Unbearable pain dhw. But ryn ge story eh. So u have the ryt. But I don’t wanna see then hurt anymore. It’s unbearable for me even. And yess waiting for next part

  30. ryn ge fan

    Wow..ryn…..nyc stry..??

  31. Me

    Who won’t like to read two to three parts daily.. I love it Run.. Emyhunnah alhaa nulaa.. KKBK hama ?

  32. Kamana handi

    Hello handians ? rynoooo story hama vv salhi..

  33. Mother of handians

    Damn it.
    Adhives mivaahaka nunimeneetha.
    Adhi hama jehilaigen esfiya ah miadhu mivaneeves mivaahaka mihaar onnaanee nimifa kamah heekoh.
    Boa halaaku.
    Mivaaha nimunu dhuvahakun dhen anehkaa ves esfiya ah vannaanee.

  34. Aakee

    pls pls vaahaka kiyaahih nuvaa kudhin vaahaka nukiyabaa ….. vaahaka liyaa meehaa ge hih halaaku vaakahala massage nuliyebaa …. vvv reethi vaahaka e mee

  35. Myn

    Shine ge kuhveri loabi haadha reehchay. Aslu mihaaru igijje rynge mivaahakaige ibaaraiy kurun hama kos v v kos. English vegen gos over. Kudhinnay dhivehi saadha reethi vaahaka eh kiyaalan baynumiyya shine ge vaahaka thah balaalaba. Hama awsome ?????????❤❤❤❤❤

    1. Mother of handians
      Myn

      Dhogeh noon thibuny.
      Maa ingireysi.
      Dhen maa drama bai bodee.
      Hama boa halaaku

Comments are closed.