Skip to content
އެސްފިޔަ

އެހެނަސް…(7)

ރިސެޕްޝަންގައި މަޑުކޮށްލައިގެން އިރުކޮޅަކު ހުރުމަށްފަހު، ރިޒާރވްކޮށްފައިވާ މޭޒު ކައިރިޔަށް ދެވުމާއެކު އަލޫކް ގޮނޑިދަމާދިނުމުން މަލާކް އިށީނެވެ. މަލާކްގެ ކުރިމައްޗަށްވާގޮތަށްހުރި ގޮނޑީގައި އަލޫކްވެސް އިށީނދެލިއެވެ. މެނޫ ގެނައުމުން ދެމީހުންވެސް އޯޑަރުކޮށްލުމަށްފަހު، ހަމަޖެހިލިއެވެ.

މަލާކް ވަށައިގެން ނަޒަރު ހިންގާލިއެވެ. ވީއައިޕީ އެސަރަހައްދުގެ ފާރުގައި ލައިފައިވަނީ ވަރަށްގަދަ މެޓް ރަތްކުލައެކެވެ. އެކިކަހަލަ ކުރެހުންތަކުން ފާރުތައް ޒީނަތްތެރިކޮށްފައި ވެއެވެ. އިށީނދެލައިގެންތިބި މަޑުމަހުމަލުގެ ކަވަރެއް ލެވިފައިވާ ރަންކުލައިގެ ގޮނޑިތަކުގެ ސަބަބުން އެތަނުގެ ފެންވަރު ވަރަށް ރަނގަޅަށް ފެނިގެންދެއެވެ. އޭސީގެ ފިނި މުޅިމާޙައުލަށް ފެތުރިފައިވީނަމަވެސް، މަލާކްެ ނިތްކުރީގައި ދާތިކިތައްވިދަން ފެށިއެވެ. ހާސްވެފައި އިން ވަރުންނެވެ.

“ވެޖެޓޭރިއަންއެއްތަ ތިއީ؟” މަރުފަދަ އެ ހަމަހިމޭންކަމަށް ނިމުމެއް ގެނުވީ އަލޫކްގެ ފިރިހެންވަންތަ އަޑުންނެވެ. “ނޫން..ކިހިނެއްވީ؟” މަލާކް ރައްދުދިނެވެ. “ވެޖެޓެބަލް ލަޒާނިޔާއަކަށް އޯޑަރ ދިނީމަ އަހާލީ ހަމަ…” ދެމީހުންގެ ވާހަކަ އެހިސާބަށް ދިޔަތަނުން ވެއިޓަރަކު ޑްރިންކްސް ހިފައިގެން އައެވެ.

“ވަރަށް ރީތި މިރޭ…” ލަދު ކަނޑާލުމަށްފަހު އަލޫކް މަލާކާއި މުޚާތަބު ކުރިއެވެ. “ތޭންކްސް.” “..މިރޭ އެކަންޏެއް ނޫން..އަބަދުވެސް!” އަލޫކްގެ އެވާހަކައިން މަލާކް ލަދުން އިސްޖަހާލިއެވެ. “އަދި ބްލަޝްވީމަ މާރީތި..” އަލޫކް އެހެންބުނީ ހަމަ ގަސްތުގައި މަލާކް އިތުރަށް ލަދުގަންނުވާލާށެވެ. ނަމަވެސް ޙަޤީޤަތުގައިވެސް އޭނާއަށް މަލާކް ވަރަށް ރީއްޗެވެ.

“ބުނީމެއްނު ޑިނަރ އަކަށްގޮސް ރަނގަޅަށް ޓޯކް ކުރާނިއްޔޭ…ސޯ..ޓެލް މީ އަބައުޓް ޔޫ މަލާކް!” އަލޫކްގެ ސިހިރުވެރި ދެލޯ މަލާކާއި ދިމާލަށް ހުއްޓާލުމުން އޭނާއަށް ހީވީ ބޯލި ޖޫސްކޯވަރުވެސް އަރުތެރޭ ތާށިވިހެންނެވެ. ނޭވާވެސް ހޮޅިތެރޭގައި ތާށިވިހެންނެވެ. އަލޫކް މިރޭ ވާހަކަތައް ނުހޯދާ ނުހުއްޓާނެކަން އިނގޭތީ މަލާކް ވާހަކަދައްކަން ފެށިއެވެ.
“ކިރިން ކިޔައިދިނީމެއްނު..” “އެއީ ބޮޑަށް ފެމިލީއެއްނު، އައި ވޮނަ ނޯ މޯރ އަބައުޓް ޔޫ!” “އެންމެ ރަނގަޅު، އަހަންނަށް ކިޔަނީ މަލާކް..ދެން، އައި ވޮނަބީ އަ ޑޮކްޓަރ…” މަލާކްވެސް އަލޫކަށް ޖެއްސުން ކޮށްލާ ހިތްވިއެވެ. “ޔުއަރ އޭޖް؟” އަލޫކް އިނީ ވަރަށް ޝައުޤުވެރިކަމާއި އެކީގައެވެ. “ބުނީމެއްނު ހޯދާބަލާމީހަކަށް ކޮންމެ އެއްޗެއްވެސް އިނގޭނެޔޭ، އެހެންވީމަ ޔޫ ނޯ އަބައުޓް މީ އެއްނު؟” “މަލާކްގެ ދުލުންނޭ އަހަންބޭނުންވަނީ! ޔުއަރ އޭޖް؟!” “އަ…އަިއެމް ނައިންޓީން…” އަލޫކް ހޭންފެށުމުންމަލާކް ހައިރާންވިއެވެ. “އަމިއްލަ މީހާގެ ޢުމުރު ހަނދާންކުރަން ތިހާއިރު ނަގާތަ؟ ހެހެ…އޯކޭ އޯކޭ..އައި ނޯ އަލޓް އަބައުޓް ޔޫ ސޯ، ފީލް ފްރީ، އެންޑް އާސްކްމީ އެނީތިން ޔޫ ވޯންޓް.” “ވަޓްސް ޔުއަރ އޭޖް؟” “ޓުވެންޓީވަން…ވާނީ މިއަހަރު…”

ކާއެެއްޗެހި ގެނައުމާ ދެމެދު ދެމީހުންގެ މެދުގައި އެކި އެކި ވާހަކަތައް ދެކެވެމުން ދިޔައެވެ. “ވަޓް އަބައުޓް ޔުއަރ ލަވްލައިފް އަލޫކް؟!” “ވެލް…އެންމެ ފުރަތަމަ ކުއްޖަކާ ރައްޓެހިވީ ވެން އައިވޯޒް ސިކްސްޓީން…ހައިސްކޫލްގަ. ދެން ސޯފާރ އައިހޭޑް ސިކްސް ގާރލްފްރެންޑްސް…އެކަމް…އިޓްސް ބީން މޯރ ދޭން އަ އިޔަރ މީހަކާ ޑޭޓް ނުކުރާތާ! ވަޓް އަބައުޓް ޔޫ!؟” މަލާކް ހައިރާންވެފައި އިރުކޮޅަކު އިނުމަށްފަހު ޖަވާބު ދިނެވެ. “އައި އޯލްސޯ ޑޭޓޭޑް ސަމްވަން ..އެންމެ ދެމަހަށް…މިކޮޅަށް އައުމުގެ ކުރިން އެއީ. އެކަމް އިނގުނީ ޖަސްޓް އަ ޓައިމްޕާސް އެއްކަން..އެހެންވެ ރުޅިވީ. އަސްލު ރިލޭޝަންޝިޕެއްވެސް ނޫން އެއީ، ކޮޒް އައި ނެވަރ އެކްޗުއަލީ ލަވްޑް ހިމް އެއިދަރ….ދެޓްްސް އޯލް!”

މަލާކްގެ ހިތްބޭނުންވީ ކުރީދުހުފެނުނު ކަންތަކާއި، ސިޑިކައިރިން މަަލާކަށް އެރޭ އަލޫކްފެނުނު ޙާލަތާއި ގުޅޭގޮތުން ސުވާލުކުރާށެވެ. ނަމަވެސް ސިކުނޑި ދެކޮޅުހަދަމުންދިޔައެވެ. މިއީ އަދި އެންމެ ރަނގަޅު ވަގުތެއްނޫނަކަން ވިސްނައި ދެމުންނެވެ.

ޑެޒާރޓް ނިމުން ތަނުން އަލޫކް ތެދުވިއެވެ. ހައިރާންވެފައި މަލާކް ބަލަހައްޓައިގެން އިނީ ވާން މިއުޅެނީ ކީއްކަން ހަމަ އެއްގޮތަކަށްވެސް ނޭނގޭތީއެވެ. މަލާކްގެ ކައިރީގައި އެއްކަކޫ ޖަހާލުމަށްފަހު ވަރަށް ފިލްމީ ގޮތަކަށް އަލޫކް ތިރިވެލިއެވެ. އަދި ޖީބުން ރަތްކުލައިގެ ފިނިފެންމަލެއް ނެގުމަށްފަހު ދިއްކޮށްލިއެވެ. “މަލާކް، ވިލް ޔޫ ބީ މައި ގާރލްފްރެންޑް؟” އަލޫކް ބަލަހައްޓައިގެން ހުރީ ސީދާ މަލާކްގެ ދެލޮލަށެވެ. ވިސްނާލަން ބޭނުންވިނަމަވެސް މަލާކްގެ ދުލުން އާނއެކޭ ބުނެވުނީ އޭނާގެ އިޚްތިޔާރުން ބޭރުގައެވެ. އަލޫކަށް އޭނާގެ ނަފްސުގެ މަށްޗަށް ބާރުފޯރުވެނީބާއެވެ؟ ފިނިވެފައިވާ ދެއަތުން މަލާކްއެ ފިނިފެންމަލުގައި ހިފާލިއެވެ. އަލޫކް ހިނިތުންވެލިއެވެ. ދަތްތައްފެންނަ ވަރަށެވެ. އެއީ ހަމަ ‘މިލިޔަންޑޮލާރ ސްމައިލް’ އެކެވެ.

ކާރު ސްޓާޓްކޮށްލުމަށްފަހު އަލޫކް ހަމަޖެހިލިއެވެ. ލަދުން އިން މަލާކާއި ދިމާލަށް ނަޒަރު ހިންގާލިއެވެ. “އައި ވޮނަ ޝޯ ޔޫ ސަމްތިން…” ބެލްޓުއެޅުމަށްބުނެފައި ބާރު ސްޕީޑުގައި އަލޫކް ކާރު ދުއްވާލިއެވެ. މަލާކްގެ ހިތްކޮންމެވެސް ވަރަކަށް ނުތަނަވަސްވަމުން ދިޔަނަމަވެސް އެތުންފަތުގައި ވަނީ ލުއިލުއި ރީތި ހިނިތުންވުމެކެވެ.

ބޮޑު ގޭޓެއްލައިފައި ހުރި ގެއެއްގެ ކައިރިއަށްކާރު މަޑުކޮށްލުމަށްފަހު ގޭޓުގެ އަރިމަތީގައި އިން ޑިޖިޓަލް ސްކްރީނަކަށް އަލޫކް ފިތާލުމާއެކު އެގޭޓު ހުޅުވެންފެށިއެވެ. ޑްރައިވް ވޭ އިން ކާރުދުއްވާލުމަށްފަހު ގޮސް ބޮޑު ގަރާޖްކައިރިއަށްވެސް މަޑުކޮށްލުމަށްފަހު ހަމަ އެފަދަ ސްކްރީނަކުން ގަރާޖް ހުޅުވާލިއެވެ.

ކާރުން ފޭބި މަލާކްއަށް ހުރީ އަނގަހުޅުވާލިގޮތަށް ލައްޕަންވެސް ނޭނގިފައެވެ. ދެންމެއެއައި މެޓްބްލެކް ކުލައިގެ ކާރުގެ އިތުރުންވެސް ހަތަރުކާރު އެގަރާޖޖުގައި ޕާކްކޮށްފައި އޮތެވެ. މުޅިންވެސް އަގުބޮޑެތިހެން ހީވާ ކާރެވެ. އަލޫކް އަންނާށޭ ގޮވާލުމުން މަލާކް އޭނާގެ ފަހަތުން ދިޔައެވެ. ގޭގެ މައިދޮރުގެ އަރިމަތީގައި އިން ސްކްރީނަކަށް އަލޫކްގެ ފިންގާޕްރިންޓް ޖެހުމާއެކު ތަޅު ހުޅުވުނެވެ.

އެތެރެއަށް ވަނުމާއެކު ލައިޓްތައްވެސް އަމިއްލައަށް ދިއްލުނެވެ. މަލާކް ހުރީ އެސްފިޔަޖަހަންވެސް ހަނދާންނެތިފައެވެ. އެހާމެތަނަވަސް ބޮޑު ސިޓިންރޫމެކެވެ. ގްރޭކުލައިގެ ސޯފާތަކުގައިވަނީ މަހުމަލުގެ މަޑު އަރާމު ގޮދަޑިތަކެކެވެ. އަގު ބޮޑުހެންހީވާ ފަރުނީޗަރުވެސް ހުއްޓެވެ. ދެވަނަފަންގިފިލާއަށް އަރަންދެވޭނެހެން ދެފަރާތުން ސިޑިހުއްޓެވެ. ބަދިގެއާއި ކާގެވެސް ހަމައެހާމެ ބޮޑެވެ. ފާރުތަކުގައިލެވިފައިވަނީ ކަޅުކުލަޔާއި އަޅިކުލައެވެ. ނަމަވެސް ގިނަ ފާރުތަކުގައި ހުރީ ހުދުކުލައެވެ. ހުދުކުލައިގެ ޓައިލްސް ޖަހާފައިވާ ސީޑީގެ މަތީން ގްރޭ ކާރޕެޓެއްވެސް އަޅާފައިވެއެވެ.ސިޑިންމައްޗަށްއަރަމުންދާއިރުއަރިމަތީގައިވާފާރުފުރިފައިވަނީހުސްއަލޫކްގެފޮޓޯތަކުންނެވެ.

މަލާކް އެންމެ ހައިރާންވީ ގޭގެ ‘ބެކްޔާރޑް’އާ ވީފަރާތުގެ ފާރުތަކުގެ ބަދަލުގައި ބިއްލޫރިލެވިފައި ހިރީމައެވެ. ސްވިމިންގް ޕޫލާއި ކޮފީބާރވެސް ހުރީ ރީތިކޮށް ފެންނާށެވެ. އަލޫކް އޭނާ ގޮވައިގެންމައްޗަށް އެރިއެވެ. ތިރީބައިގައި ހުރި ދެކޮޓަރިޔާއި ޚިލާފަށް އެބައިގައި ބައިވަރު ކޮޓަރި ހުއްޓެވެ. އަދިވެސްމައްޝަށް އެރެން އެއްސިޑި ހުއްޓެވެ. ތިންވަނަ ބުރީގައި ހުރީ ދެ ކޮޓަރިއެވެ. އޭގެތެރެއިން އެއްކޮޓަރިއަކީ ޖިމެކެވެ. އަނެއްކޮޓަރިއަކީ ސްޓަޑީއެވެ. ނަމަވެސް ބޮޑު ލައިބްރަރީއެއްވަރުވެއެވެ. ދެން ހުރި ބިއްލޫރި ދޮރުން ނުކުމެވެނީ ހިތްފަސޭހަ ޓެރަހަކަށެވެ.

އަނެއްކާވެސް އަލޫކްއާއި ދެމީހުން ދެވަނަ ފަންގިފިލާަށް ފޭބިއެވެ. އެފަންގިފިލާގައި ހުރީ މާސްޓަރ ދެބެޑްރޫމާއި އެއަށްވުރެ ތަންކޮޅެއްކުޑަ ދެކޮޓަރިއެވެ. “މިބައިގަ އުޅެނީ އަހަރެން..ތިރީގައި ހުރި އެއްކޮޓަރީގައި އުޅޭނީ ދެމެއިޑް، އަނެއްކޮޓަރީގަ އަހަރެންގެ ޕާރސަނަލް ބަޓްލަރ…މިއީ އަހަރެންގެ ކޮޓަރި..” ދެފަރާތަށް ހުޅުވެންހުރި މާސްޓަރ ރޫމެއްގެ ބޮޑުދޮރު ހުޅުވާލަމުން އަލޫކްބުނެލިއެވެ.

ކޮޓަރީގެ ފްލޯ އެއްކޮންފޮރުވާލެވިފައިވަނީ ކަޅުކުލައިގެ ކާރޕެޓަކުންނެވެ. ފާރުތަކުގައިވަނީ އަޅިކުލަޔާއި ހުދުކުލައެވެ. މިހާރުވެސް އެކޮޓަރި ތެރޭގައި އޭސީގެ ފިނި ހަރުލައިފައި އެބަހުއްޓެވެ. އެނދުގައިވެސް ވަނީ އެކުލަތަކުގެ ބާލީސްތަކާއި ބެޑްޝީޓާއި ބްލޭންކެޓެކެވެ. ބެލްކަންޏަށް ނުކުމެވެން ހުރި ދޮރު ހުރި ބިތުގައިވަނީ ހުސް ބިއްލޫރިއެވެ. އަޅިކުލައިގެ ދޮރުފޮތިގަނޑެއްދަމާފައިވެއެވެ. އެނދުހުރި ފަރާތްނޫން އަނެއްވަރާތުގައި ކަޅުކުލައިގެ ބޮޑުޕިޔާނޯއެއްވެސް ހުއްޓެވެ.

ކޮޓަރި ތެރެއިން ހުޅިވެންހުރި އެހެންދޮރެއްހުޅުވާލިއިރު އެއީ ކްލޯޒެޓްއެވެ. އެކިއެކިވައްތަރުގެ ބޫޓްތަކުން އެއްބިތްފުރިފައިވާ އިރު ދެން ހުރި ބިތުގައިހުރީ ހުސް ގަމީހާއި ފަޓުލޫނުތަކެވެ. އަދި ހުސް އަވިއައިނުތަކުން ފުރިފައިހުރި ބިތެއްވެސް ހުއްޓެވެ.އަދިބައިވަރުޑްރޯވާރލައިފައިހުރިކަބަޑެއްފުރިފައިގަޑިޔާއިޓައީވެސްހުއްޓެވެ. ކްލޯޒެޓްގެ ތެރެއިން ފާޚަނާއަށް ވަދެވެންހުރި ދޮރެއްވެސް ހުއްޓެވެ.

“ކިހިނެއްވަނީ؟” ދާދިކައިރިން އަލޫކްގެ އަޑު އިވުމާއެކު މަލާކްގެ ގައިގައިހުރި ހުރިހާ ލޯލިތަކެއް ކޮޅަށްޖެހުނެވެ. އޭނާގެ ހިތްތެޅެންފެށީ ކައިރީގައިހުރި އަލޫކަށްވެސް އިވޭނެހާ ބާރަށެވެ. މަލާކް ހުރީ ބިރުންނެވެ. ނަަމަވެސް އަލޫކްއޭނާގެ ގައިގައި އިނގިލިކުރި ޖައްސާލާކަށްވެސް ނޫޅެއެވެ. ހަމަޖެހުމުގެ ނޭވާއެއްލައިފައި މަލާކް ކްލޯޒެޓުންނުކުތެވެ.

“އެނދުގައި އިށީނދެލަ..ލަސްވެއްޖެދޯ މިހާރުވެސް..ވެއިޓް..އެބައަންނަން އެއްޗެއް ހިފައިގެން..” މަލާކް ކޮޓަރީގައި ބައިންދާފައި އަލޫކް ތިރިޔަށްދިޔައެވެ.

ފެންނަން މިހުރި ހުރިހާކަމަކަށްބަލާލާފައި އަލޫކަކީ އެކަހަލަ އުޅުމެއްއުޅޭ މީހެއްހެންހިޔެއްނުވެއެވެ. މަލާކްއަށް އެއްކަނެއްގައިހުރި ބޮޑު ޑަސްބިނެއް ލޮލުގައި އަޅައިގަތެވެ. އޭނާގެ ހިތްއެދިގޮވަންފެށީ ޑަސްބިންބަލާލަންށެވެ. މޭމަތީގައި އަތްއަޅާލައިގެންހުރެ މަަލާކް މަޑުމަޑުންގޮސް ޑަސްބިންހުޅުވާލިއެވެ.

އޭނާގެ ފައިދަށުން ހީވީ ބިންގަނޑުދަމައިގަތްހެންނެވެ. ހިތުގައި މީހަކު ކޮށިވަޅިއަކުން ޅިޔައަޅާލިހެނެވެ. މޫނުމަތީގައިއެއްޗަކުންޖެހި ހެންނެވެ. ޤަބޫލުކުރަންދަތި ވެފައި އެހުރިގޮތަށް ގަނޑުވެފައި އިރުކޮޅަކު ހުރެވުނެވެ. ލޮލުންނީރާލި ކަަރުނަތިކިތައް އަތުގެނުފުށުން ފުހެލުމަށްފަހު އޭނާ އަނގަމަތީގައި އަތްއަޅާލައިގެންހުރެ އައިސް ޕިޔާނޯކައިރީގައި ހުއްޓިލިއެވެ.

ދެލޮލަށް ފެނުނު ޙަޤީޤަތެއްނަމަވެސް އޭނާގެ ހިތް ދެކޮޅުހަދަމުންދިޔައެވެ. އިންކާރުކުރަމުންދިޔައެވެ. އެއީ ހަމަ ތެދެއްހެއްޔެވެ؟ އެކަން އެގޮތަށްވެދާނެ ހެއްޔެވެ؟ މިއީ ހުވަފެނެއްބާއެވެ؟ އަލޫކްއަކީ ޙަޤީޤަތުގައިވެސް ހަމަ އެކަހަލަމީހެއްހެއްޔެވެ؟

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (11)

  1. Ary

    Yey Ary first dw.. Adhi nukiyan… Kiyaalaafa comment kohlaanan

    1. Zelll
      Ary

      Congrats Art, for being first❤

    2. Zelll
      Ary

      Ary***

  2. unique

    seriusly

  3. unique

    seriously

  4. Ary

    V reethi… Koacheba dustbin ga hury… Raa fulhi thakehtha anehka… Cant wait to see curiously waitingggggg for next parttt

    1. Zelll
      Ary

      Thanks❤❤❤ dustbin ga hury koachehenn heevany??? hingaadhw balaalamaa..Zelll akah ves neynge. Malaak ah ingeyny…malaak buneythw dhenn next parts thahh kiyamaa dhw. Nunn raafulhi eh noon kanneynge?

  5. unique

    vvvvvvvvvvvvv reethi zelll mi story gendhany hama vvvv reethi gothakah hope to see the next part soon

    1. Zelll
      unique

      Thanks❤❤❤ oh, seriously koacheh tha? Previous comment ga dhenn inyma

  6. Afy

    Vv reethi mi story . ekam thankolheh avahah up kuraanama foohi nuve kiyaaleveynee.thee v hunaru veri writer eh so pls readers hinhama jehey gothah genes dheebala.i sure u will be one of best writer. ??❤️

    1. Zelll
      Afy

      Awwnn, thanks Afy ❤❤ that made my day❤❤ I’ll try my best not to disappoint you all❤

Comments are closed.