“ބައްޕައަށް އަންގަން ޖެހޭނެ. ހިނގާ ބައްޕަގެ ގާތަށް މީނަ ހާޒިރު ކުރަން. ފަހަރެއްގަ ބައްޕަ އޭުރުން ޤަބޫލު ކޮއްފާނެ! ..” ރޫނާގެ ޚިޔާލު ދެކުދިންނަށްވެސް ކަމުދިޔައެވެ. އަވަހަށް އޭތީގެ ފައިގައި ހިފާ ކޮއްޕަން ފެށިއެވެ. އޭތި ގުނޑިނުލީ ތާނގައި، ކުރިއަކަށްވެސް ނުދިޔައެވެ. ރޫނާ ހީލާފައި ތަންކޮޅެއް ދުރަށް ޖެހިލުމަށް އެދުނެވެ. މަޖާވެފައި ލިލިޔަން އާއި ނަޔާނީ ތެދުވެފައި ރޫނާގެ ގާތު މަޑުކޮށްލިއެވެ. “ސެންތިސަސްނީ! ..” ޖާދޫގެ ބާރު ބޭނުން ކޮއްގެން ރޫނާ، ސެވިއޯސް މައްޗަށް […]
“އަނާ! ..” ޔޫލީގެ އަޑު އިވުމާއިއެކު އަނާ ތިރިއަށް ބަލައިލިއެވެ. ޔޫލީ ހުރީ ބޮޑުވާ އިނގިލި ދައްކައިގެންނެވެ. އަނާ އެންމެ ހައިރާންވީ އެރޮބޮޓްގެ އެންމެ ގާތުގައި ޔޫލީ ހުރީމައެވެ. އޭނައަށް އެންމެ އެތެރެއަށް ނުވަދެވުނު އިރު ޔޫލީ އަށް ވަދެވުނީ ކިހިނަކުން ބާއޭ އަނާގެ ހިތަށް އެރިއެވެ. އަނާ ހައިރާންވެފައި ހުރުމުން ޔޫލީ ހުރީ ހިނިއައިސްފައެވެ. “އެއީ ޕޯޝަންއެއް ބޭނުންކުރީ! ..”ވައިއަޑަކުން އަނާގެ ކަންފަތު ކައިރީގައި މީހަކު ބުނެލިއެވެ. ސިހިގެން ދިޔަވަރުން އަނާއަށް ކަންފަތް ފޮޅާލެވުނެވެ. […]
“ސެންތިސަސްނީ! ..” ޖާދޫގެ ބާރު ބޭނުން ކޮއްގެން ރޫނާ، ސެވިއޯސް މައްޗަށް އުފުލާލިއެވެ. ދެން މިހާރު އެފުރާނަ ނެތް މަސްގަނޑު އޭނާގެ ޖާދޫގެ ދަނޑިކޮޅަށް ތަބާވާނެއެވެ. އެގޮތަށް ބޭނުންކޮއްގެން ފަސޭހަކަމާއިއެކު ސިޑިންވެސް އޭތި މައްޗަށް ނެނގިދާނެއެވެ. “ގަދަ އިނގޭ! ..” ނަޔާނީ ރޫނާގެ ކޮނޑުގައި ޖަހާލިއެވެ. ރޫނާއަށް ހީލެވުނެވެ. “އަވަސް ކުރޭ! ..” ތިން ކުދިން އެކީ ދުވަމުން ގޮސް ގަނޑުވަރުގެ ރަސްމީ ދޮރާށިން އެތެރެއަށް ވަނެވެ. އޭރު މާލަމުގައި ވަރަށް ގިނަ ނޯކަރުން ހަރަކާތްތެރި […]
“ރުނާ؟؟ ..” ނަޔާނީ ރޫނާގެ ސަމާލުކަން ހޯދުމުގެ ނިޔަތުގައި އަތުން އަަޑެއް ގޮއްވާލީ ދެތިން ފަހަރަކު ގޮވައިލުމުންވެސް ރޫނާ އިންގޮތަށް އިނީތީއެވެ. އޭރު ލިލިޔަން އާއި ނަޔާނީގެ ހަނގުރާމަ ހުއްޓިއްޖެއެވެ. ލިލިޔަންވެސް ރޫނާއަށް ގޮވާލިއެވެ. “ހޫމްމް! ..” ރޫނާ ހޫމްއެއް އަޅުވާލިއެވެ. “ކިހިނެތްވެފައި ތިއިނީ؟ ކަމެއް ގޯސްވީތަ؟ ..” ލިލިޔަން ރޫނާގެ ގާތުގައި އަހާލަމުން އޭނަގެ ވައަތް ފަރާތުގައި އިށީނެވެ. ނަޔާނީ އިނީ ރޫނާގެ ކަނާތް ފަރާތުގައެވެ. “ކަމެއް ގޯސްނުވެ އެބަހުރިތަ؟ ޕީޖިވިއޯން އަންނަން ވަރަށް […]
ނޯޓް: އަޅުގަނޑު ލިޔާ ހުރިހާ ވާހަކަ އަކީ ވެސް ކުޑަކުދިންގެ ވާހަކަ އެވެ. ?? “ހައްހައްހައްހާ!! ..” ގެއަށް ވަދެ ދޮރުން ރީހާނާ ނިވާވުމާއިއެކު ތިން ކުދިންވެސް ހިނިގަނޑު ބޭރުކޮއްލިއެވެ. “އަސްލު އީން ކީއްކޮއްފަ ތިއައީ؟ ..” ޔޫލީ އެއްސެވެ. ހީހީފައެވެ. ” މަންމަަ ހެނދުނު ދޮންނަން އެޅި އެއްޗިއްސަށް ގަރުދިޔަ ތެލި އޮއްސާލާފަ މިއައީ..” އަނާ ކުރުގޮތަކަށް ވީ ގޮތް ކިޔައިދިން އިރު ޔޫވްއާއި ޔޫލީ އަށް ހޭން ވެސް ނޭނގުނެވެ. “ކިހިނެއްވީ؟ […]
“ކިހިނެތްވީ؟؟ ..” ޔޫވް ހާސްވެފައި އަހާލިއެވެ. ވާނީ ވެސް އެހެންނެވެ. އަނާ އުޅުނު ގޮތުންވެސް މީހަކު ބިރު ނުގަނެ ނުދާނެއެވެ. “ޔޫލްލްލްލްލްލް ..” އަނާ ފުންނޭވާއެއް ލިއެވެ. “ކިހިނެއް ވީތަ.. ކަމަނާފާނު ..” ޔޫލީގެ ގާތަށް އައީ ހިންޏެވެ. “އަހަރެން ވެސް ބޭނުމޭ އެތަނަށް ދާން .. “އަނާ ހާމަކުރިއެވެ. “އަސްލު؟؟ ރިއަލީ؟؟ ޕްލޭންއެއް .. މިވަގުތު!! ..” ޔޫވް ނުހަނު އުފާވިއެވެ. ޔޫލީ ވެސް މެއެވެ. “އަމްމްމް.. ކިހިނެއް ވާނީ މިޑްނައިޓް؟؟ ..”ޔޫލީ […]
އިރުގެ އަލިތައް އަނާގެ ލޮލަށް އެޅުމާއިއެކު އަނާ އުނދަގޫ ގޮތަކަށް ލޯހުޅުވާލިއެވެ. ހުޅުވިފައިވާ ކުޑަދޮރަށް ނުރުހުމުގެ ނަޒަރެއް ދެމުން އޭނާ ކިލްޓު ތެރޭގައި ގައި ފޮރުވައިލިއެވެ. އަނެއްކާ ވެސް އަވަހަށް ނިދޭތޯ އުޅުނެވެ. ނަމަވެސް ނިންޖެއް ނައިސް ހުއްޓާ އަނާގެ މަންމަ ރީހާނާ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. “އީން ދޭ ފެންވަރައިގެން ސައިބޯން. ހުންނާނެ ސައި ތައްޔާރު ކޮއްފައި. މޭޒުމަތީގަ ..”ރީހާނާ ކޮޓަރިއަށް ވަދެ ކޮޓަރި ތަރުތީބު ކޮއްލިއެވެ. ކުޑަދޮރުގެ ފަރުދާތައް ކަހައިލައި ދޮރު ފޮތިގަނޑު […]
” މިވެސް ދެންދޯ؟ ..” ރޫނާއަށްވެސް ހީލެވުނެވެ. ލިލިޔަންވެސް ހެމުން ހެމުން ގޮސް ރޫނާގެ ކޮޑުގައި އަތް އަޅުވާލިއިރު ދެން ފެނުނީ ބިންމައްޗަށް ވެއްޓިފައި އޮތްވައެވެ. އާއެކެވެ. ނަޔާނީ ގޮސް ލިލިޔަން ފައިދަތި އެޅުވީއެވެ. “ނަޔާނީ!! އައިވިލް ކިލްޔޫ! ..” ލިލިޔަން ސަމާސާއަކަށް ހަދާފައި ހަޅޭއްލަވައިގަތެވެ. “ހެހެ!.. އައިވިލް ކިލް ޔޫ ފަސްޓް! ..” ނަޔާނީ ރައްދު ދިނެވެ. ދެމީހުން ދެމީހުންނަށް ކޯޅެމުން ދިޔައެވެ. ރޫނާ މިމަންޒަރު ބަލަން ދުރުގައި އިނެވެ. އޭނަގެ […]
ފެންނަމުން ދިޔައީ ގަނޑުވަރެކެވެ. އެތައް އޭލިޔަނުންނެއް އުޅެމުންދާ ގަނޑުވަރެކެވެ. ބާރުގަދަ އޭލިޔަނުންނާއި ނިކަމެތިކަން ލިބިފައިވާ އޭލިޔަނުންނެވެ. މިއީ އެސޫފިތަކުގެ ވަތަނެވެ. ކޮންމެ އޭލިޔަނަކަށް ވެސް އެއެއްޗެއް ބޭނުން ގޮތަކަށް އުޅުމުގެ ފުރިހަމަ މިނިވަންކަން ލިބިފައިވެއެވެ. އޭރު ގަޑިން ހަވީރު ހަތަރެއް ޖެހީއެވެ. އެތާގައި މަސައްކަތް ކުރަން ތިބި އެންމެންގެވެސް ސަމާލުކަން ދަމައިގަތީ ހަނި ކޯރިޑޯއެއްގެ ތެރެއިން ދުވެފައި އަންނަ ދެއަންހެން ކުދިންގެ ފިޔަވަޅުތަކުގެ އަޑެވެ. އުމުރުން ސޯޅަ އަހަރުވެ ފުރާ ފުރިހަމަ ވެފައި ވީއިރުވެސް އެއީ ދެ […]