Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިކުޑަކުދިންގެ

ޕޯޝަން – 3

Aashii
Aashii Level 310 Stories100 Login
June 17, 2021 3 Mins Read
0 Comments

 

 

ނޯޓް: އަޅުގަނޑު ލިޔާ ހުރިހާ ވާހަކަ އަކީ ވެސް ކުޑަކުދިންގެ ވާހަކަ އެވެ. ??

“ހައްހައްހައްހާ!! ..” ގެއަށް ވަދެ ދޮރުން ރީހާނާ ނިވާވުމާއިއެކު ތިން ކުދިންވެސް ހިނިގަނޑު ބޭރުކޮއްލިއެވެ. “އަސްލު އީން ކީއްކޮއްފަ ތިއައީ؟ ..” ޔޫލީ އެއްސެވެ. ހީހީފައެވެ. ” މަންމަަ ހެނދުނު ދޮންނަން އެޅި އެއްޗިއްސަށް ގަރުދިޔަ ތެލި އޮއްސާލާފަ މިއައީ..”  އަނާ ކުރުގޮތަކަށް ވީ ގޮތް ކިޔައިދިން އިރު ޔޫވްއާއި ޔޫލީ އަށް ހޭން ވެސް ނޭނގުނެވެ.  “ކިހިނެއްވީ؟ ..” އަނާ އަހާލީ ޔޫވް އާއި ޔޫލީ ތިބި ގޮތުންނެވެ. 

 

“ކަމެއް ނުވޭ ..”ދެކުދިންވެސް ޖޯލިން ތެދުވެ ރީއްޗަށް ހިނގަމުން އެ ދަނޑާއި ދިމާލަށް ހިނގައިގަތެވެ. “މިފަހަރު އަވަސްކުރޭ. މަންމައެއް ނާންނާނެ. އެހެންވީމަ ޕްލޭންގެ ބޭނުމެއް ނެތް ..” އަނާ އެދުނެވެ. އެއާއިއެކު ޔޫލީ އާއި ޔޫވް އަތްމަތި އަވަސްކޮއްގެން ތިން ކުލައިގެ އެކަހަލަ މޭވާ ގެނައީ އިރުކޮޅެއްގެ ތެރޭގައެވެ. “ހިނގާ ގެއަށް ދާން. މަންމަގެ ބޮލުން މިހާރު ދުން އަރާނެ ..” ހެވިފައި ހުރެ އަނާއަށް ބުނެލެވުނެވެ. ޔޫވްއާއި ޔޫލީއަށް ވެސް ހެވުނެވެ. 

 

ރީއްޗަށް ހިނގާފައި  ތިން ކުދިން ގެއަށް ވަންއިރު އަލުން ހުރިހާ އެއްޗެއް ދޮވެގެން ހިއްކަން އަޅަންވެގެން ރީހާނާ އުޅެއެވެ. އެކުދިން ފެނުމާއިއެކު ރީހާނާގެ ހިތުގައި ސުވާލު މާކު ޖެހުނެވެ. “ފަޔަށް ތަދު ނުވަނީތަ މިހާރު ޔޫލީ އާއި ޔޫވް؟ ..” ހަމަޖެހިފައި ހުރެ ރީހާނާ ހިންދެމިލީ ސޯފާގައެވެ. އެއްޗިހިތައް އަޅުވާ ނިމުނީއެވެ. އެކުދިން ގެއަށް ވަތް އިރު ރީހާނާ ހުރީ އެންމެ ފަހު ހެދުން ހަރުގަނޑުގައި އަޅުވާށެވެ.

 

ރީހާނާގެ ސުވާލުން ތިން ކުދިންގެ ދުލުގައި ތަޅު އެޅެވުނު ފަދައެވެ. “އެއީ.. އަމްމްމް …” ބުނާނެ އެއްޗެއް އެކެއްގެ ހިތަކަށް ވެސް ނައެވެ. “ކުޑަކޮށް ދުވީމަ ރަނގަޅު ވީއޭ ދައްތާ! ..” ތުރުުތުރު އަޅާހުރި އަޑަކުން ޔޫލީ ބުނެލީ އޭނަގެ ހިތަށް އައި އެންމެ ފުރިހަމަ ބަހާނާއެވެ. “އެހެންތަ؟ ..” ރީހާނާ އަހާލިއެވެ. “ހޫމް ..” ޔޫލީ ދުންޖަހާފައި އަނާގެ ކޮތަރިއަށް ވަނެވެ. ފަހަތުން ބާކީ ތިބި ކުދިންވެސް ވަނީ ޝުކުރުވެރިވާ ހާލުގައެވެ. “އޯވް! ..” ރީހާނާގެ ހިތަށް އެރީ ހަމަ އެކަނި އެހެންނެވެ.

 

“ނަސީބެއް. ދޯ! ..” ޔޫވް ފުންނޭވާއެއް ލިއެވެ. ހީވީ ދުވަހަކުވެސް ނޭވާ ނުލާ ހުރިހެންނެވެ. “ޔެޕް. އެކަމް މިއޮތީ ނިމިފަ. މިރޭ ދޯ ދެން ..”. އަނާ ބުނެލައިފިއެވެ. އެކަމާ އެއްބަސްވުމުގެ ގޮތުން ޔޫލީ ވެސް ބޯޖަހާލިއެވެ. އެވަގުތުކޮޅު ކޮޓަރީގައި ތިބެގެން އެކުދިން ވަރަށް ވާހަކަ ދެއްކިއެވެ. ސަކަރާތްޖަހައި މަޖާވެސް ކުރިއެވެ. އެދުވަހު އިރު އޮއްސިގެން ދިޔައިރު ކޮންމެ ކުއްޖެއްވެސް އެކުއްޖެއްގެ ގެއަށް ދިޔައީ މިރޭ ދިމާވާނެކަމަށް ބުނެފައެވެ.

 

*******

 

ވަގުތަކީ ރޭނގަޑުގެ ވަގުތެވެ. ޕްލޭނާއި އެއްގޮތަށް ކަންތައް ކުރިއެވެ. ޕްލޭން ކާމިޔާބު ވެސް ވިއެވެ. 

 

ޔޫލީ، އާއި ޔޫވް ވަރަ ފަތުރާލައި އުދުހެވޭނެ ވަގުތެއްގެ އިންތިޒާރުގައި ތިބީ ކެތްތެރިކަން ކޮޅުންލާ ހާލުގައެވެ. އަނާ އޭނާ ލައިގެން ހުރި ބޫޓުގެ ނާޑުވާ ނަައްޓައިގެން ވެސް އޭތި އަޅުވަން ހޭދަވި ތިން ސުކުންތު ވެސް އެކުދިންނަށްވީ ދިގު ދިގު ތިން ގަރުނަށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަނާ އަށް އެދެކުދިންގެ ފުސް މޫނު ފެނުމާއިއެކީ ހިނިގަނޑެއް ޖަހާލެވުނެވެ.  އިތުރަށް އަނެއްކާވެސް އެދެމޫނު ބަނަވިހެން ހީވިއެވެ. އެދެކުދިން ނުވެސް ބަލައި ހުއްޓާ، ބިމުގައި ހުރި އަނާ ފެނުނީ ޖައްވުގައި އުދުހެން ހުއްޓައެވެ. އަނާ އުދުހުނުލެއް ބާރުކަމުން ޔޫވް އާއި ޔޫލީ ތަންކޮޅެއް ހިތްހަމަ ނުޖެހުނެވެ. “ސްލޯ ޑައުން! ..”

 

“އީން!.. އީންގެ މަންމަމެންނަށް ފެނިދާނެއޭ. މިތާ އެންމެ ބޮޑު ލޮލަކަށް ހުންނާނީ އީންގެ މަންމަދޯ؟ އެހެންވީމަ ފަހަރެއްގަ އީންގެ ފިޔަގަނޑު ވަކިކުރަން އެނގިދާނެ ..” ޔޫލީ ނަސޭހަތްތެރިވިއެވެ. ނަމަވެސް ޔޫވް އެރީ އަނާގެ ކޮޅަށެވެ. 

 

“ރީހާނާއްތަ އަށް ނޭނގޭނެއޭ ޕަލް! .. އެހެންވިޔަސް ރީހާނާއްތަ އޮތީ ނިދާފަ އަހަރެމެން އައިއިރު.” ޔޫލީ ތުން އަނބުރާލާފައި ކުރިއަށް އުނދުހުނެވެ. ޔޫވް ބުމަ އަރުވާފައި ވެސް ޔޫލީ އާއި އަރާ ހަމަކުރަން އުޅެގަތެވެ. ޔޫލީ އާއި ޔޫވް އަކީ އެންމާބަނޑު ދެކުދިންނެވެ. ނަމަވެސް އެދެކުދިންގެ  ސިފަތައް އުޑާ ބިމާހާ ތަފާތެވެ. 

 

ދެތިން ގަޑިއިރުގެ ދަތުރަކަށް ފަހު ތިރި ބަލާލި ތިން ކުދިންނަށް ފެނިގެން ދިޔައީ ކުޑަ ކުޑަ ރަށެކެވެ.  މަތިން އެކަނި ވެސް އެރަށުގެ ހިތްގައިމުކަން ފެނެއެވެ. މުޅި ރަށް ފުރާލާފައި ވަނީ މިރަށަށް ޒިޔާރާތް ކުރާ އޭލިޔަނުންނާ، މަޚްލޫގުންނާ، މޮޅެތި ޖާދޫގަރުންގެ  އާލާތްތަކުންނެވެ.  އެކި ވައްތަރުގެ ޕޯޝަންސް ތަކާއި ރޮބޮޓްތަކާއި ޑާކް މެޖިކަކީ އެމަޚްލޫޤުން އާ މެޙެމާނުންނަށް ދައްކަން އެމީހުން ހަދާ އީޖާދުތަކަށް ވެފައިވާއިރު، ޔޫވް، ޔޫލީ، އަދި އަނާ ތިބީ ހައިރާންވެ އަންތަރީސްވެފައެެވެ. އަނާ އަވަހަށް ބިމުގައި ޖައްސާލައި ވަރަ ލައްޕާ ހަދާލިއިރު  ޔޫވް އާއި ޔޫލީ ނުފެނުނެވެ. 

 

“އޮހް! އެތިބީ.. ޔޫވް، ޔޫލް ..” ބޯހޫރުވާލާފައި އަނެއްކާވެސް މައްޗަށް އަރާ މަތިން ތަން ދެކިލަންވެގެން އުދުހެން ތިބި ޔޫވް އާއި ޔޫލީންއަށް ތަންކޮޅެއް ބާރަށް ގޮވާލިއެވެ.

 

“ޔޫވް! ޔޫލީ! ގެއަށް ދާން ވާނެ ފަތިސް ވާން ވާ އިރަށް. މަންމަ ތެދުވާނެ އެގަޑީ. އޯކޭ؟؟ ގެޓް އިޓް؟ 2:30 އޭއެމްގަ މައްޗަށް އަރަން ވާނެ. ގަޑިއަށް ބަލައްޗޭ .. ހޭވް ފަން. ބާއި ..” އެއްނޭވާ މަތިން ބުނެލުމަށް ފަހު އަނާ އުނދުހިފައި ބިމަށް ތިރި ކުރިއެވެ. ވަރަ ލައްޕާލާފައި އެންމެ ފުރަތަމަ ވެސް އޭނާ އުޅެގަތީ ރޮބަޓްތައް ތިބި ކޯނާރ އަށް ދާށެވެ. އަނާ ހިނގައިފައި ދިޔައިރުވެސް އިރުއިރުކޮޅާ ކޮންމެވެސް މީހެއްގެ ގައިގައި ޖެހިގަނެވެއެވެ. ގަސްތުގައެއް ނޫނެވެ. ޖާގަ ނެތީމާ ވާގޮތަކަށް ވާތީ އަނާ ހުރީ ކެތްތެރި ވެލައިގެންނެވެ.

އަނާ އަށް އަނެއްކާވެސް މައްޗަށް އަރަން ޖެހުނެވެ. އިސްކޮޅުން ދިގު މީހުންތައް ތަން ނުދައްކާ އަތްތިލަ ބަޑި ޖަހާތީ އަނާ އުދުހިފައި އެ ރޮބޮޓް ފެންނަ ގޮތަށް މަތީގައި މަޑުކޮއްލިއެވެ.

 

 “އަނާ! ..” ޔޫލީގެ އަޑު އިވުމާއިއެކު އަނާ ތިރިއަށް ބަލައިލިއެވެ. ޔޫލީ ހުރީ ބޮޑުވާ އިނގިލި ދައްކައިގެންނެވެ. އަނާ އެންމެ ހައިރާންވީ އެރޮބޮޓްގެ އެންމެ ގާތުގައި ޔޫލީ ހުރީމައެވެ. އޭނައަށް އެންމެ އެތެރެއަށް ނުވަދެވުނު އިރު ޔޫލީ އަށް ވަދެވުނީ ކިހިނަކުން ބާއޭ އަނާގެ ހިތަށް އެރިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

ލޯބި_16

Next

ކޮމެޑީ ލޭންޑް 13

Next
June 17, 2021

ކޮމެޑީ ލޭންޑް 13

Previews
June 17, 2021

ލޯބި_16



All Right Reserved!