Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިކުޑަކުދިންގެ

އޭލިޔަން ސިލްސިލާ 2 – 5

Aashii
Aashii Level 310 Stories100 Login
June 18, 2021 2 Mins Read
0 Comments

“ސެންތިސަސްނީ! ..” ޖާދޫގެ ބާރު ބޭނުން ކޮއްގެން  ރޫނާ، ސެވިއޯސް މައްޗަށް އުފުލާލިއެވެ. ދެން މިހާރު އެފުރާނަ ނެތް މަސްގަނޑު އޭނާގެ ޖާދޫގެ ދަނޑިކޮޅަށް ތަބާވާނެއެވެ. އެގޮތަށް ބޭނުންކޮއްގެން ފަސޭހަކަމާއިއެކު ސިޑިންވެސް އޭތި މައްޗަށް ނެނގިދާނެއެވެ. “ގަދަ އިނގޭ! ..” ނަޔާނީ ރޫނާގެ ކޮނޑުގައި ޖަހާލިއެވެ. ރޫނާއަށް ހީލެވުނެވެ. 

 

“އަވަސް ކުރޭ! ..” ތިން ކުދިން އެކީ ދުވަމުން ގޮސް ގަނޑުވަރުގެ ރަސްމީ ދޮރާށިން އެތެރެއަށް ވަނެވެ. އޭރު މާލަމުގައި ވަރަށް ގިނަ ނޯކަރުން ހަރަކާތްތެރި ވަމުން ދިޔައެވެ.  ހީވަނީ ވަރަށް ބޮޑު ކަމެއް ދިމާވެގެން އުޅޭ ހެންނެވެ. ތިން ކުދިން މުޅި ގަނޑުވަރުގެ އެކި ތަންތަނަށް ނަޒަރު ހިންގާލިއެވެ. ހަމަ މަންޒަރު ބަދަލެއް ނުވިއެވެ. ހުރީ ހަމަ އެއްމަންޒަރެކެވެ. 

 

“ރޫނާ! ..” ރިއާނާގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމާިއެކު ރޫނާ ތެޅިގަނެފައި އެދިމާ ބަލައިލިއެވެ. އެއާއިއެކު ބާކީ ތިބި ދެކުދިންނަށްވެސް ވީ އެވަރެވެ. އެކުދިން އުޅުނީ އެސެވިއޯސް ރިއާނާއަށް ދައްކާކަށެއް ނޫނެވެ. ރާއިދަށް ދައްކާށެވެ. ރިއާނާ އަދި މީ މާބޯހަރު މީހެކެވެ. ހެކި ދައްކައިގެން ވެސް ޤަބޫލުކުރާނީ އެތަކެއް ބަހާނާ ދައްކައިގެންނެވެ.

 

“އާދޭ މަަންމަ ފަހަތުން! އަވަހަށް؟ ..” 

 

ރިއާނާގެ ހަރަކާތްތަކުގައި އާދަޔާޚިލާފު އަވަސްކަމެއް  ހުއްޓެވެ. އަންނާށޭ ބުނުމުން ރޫނާއާއި ނަޔާނީ އަދި ލިލިޔަންއަށް ބަލަން ހުރެވުނީއެވެ. އެއާއިއެކު ހަމަ އެހެން ހުރުމުން ރިއާނާ ތަންކޮޅެއް ނުރުހުމާއިއެކު  އަދިއެއްފަހަރު ވެސް އެބަސް ތަކުރާރު ކޮއްލިއެވެ. ދެންވާނޭ ގޮތެއް ހިތަށް އަރުވާލުމަށްވެސް ނުކުޅެދިފައި ތިބެ އެކުދިން ރިއާނާގެ ފަހަތުން ސިޑިން މައްޗަށް އަރަން ހިނގައިގަތެވެ.

 

“ރުން ތީ ކޯއްޗެއް؟ ..” ރިއާނާގެ ކޮޓަރިއަށް ވަދެވުމާއިއެކީ ރިއާނާ ސުވާލުކޮއްލީ ކެތްމަދުވެފައި ހުރެއެވެ. މީ އަނެއްކާ މަންމަ ބާއޭ ރޫނާގެ ހިތަށް އެރިއެވެ. “ސެވިއޯސްއެއް! ..” ރޫނާގެ ޖަވާބުން ރިއާނާ އަވަހަށް އޭތި ބިންމަތީގައި ބޭއްވުމަށް އެދުނެވެ. އަނެއްކާވެސް ސުވާލުމާކުގައި ހުރެ ރޫނާ އެސެވިއޯސް ބިންމަތީގައި ބޭއްވިއެވެ.

 

“ކޮންތާކުން މީތި ފެނުނީ؟ ..” ރިއަނާ އަހަލިއެވެ. ކުޑަކުޑަ އުންމީދެއް ލިބުމުން އައި ހިތްވަރާއި އެކީގައި ރޫނާ ހުރިހާ ޙާދިސާއެއް ހަޤީޤަތަށް ކިޔައިދިނެވެ. ރިއާނާ ޤަބޫލުކުރީ  ހެކި ދެއްކީމައެވެ. ހެއްކަކީ އެފަށެވެ. “ސޮރީ އިނގޭ! ވަރަށް ހިތްވަރުގަދަ ކުއްޖެއްތީ! ..” ރިއާނާ ހިނިތުންވެލާފައި މާފަށް އެދުނެވެ. ރޫނާ އަވަހަށް މަޢާފު ކޮއްދިނެވެ. 

 

“މަންމާ ދެން ދޮންބެ ވީނަސް އިން އަންނާނީ ކޮންއިރަކު؟ ..” ރޫނާ އަހާލިއެވެ. ހާލަތު މާގޯސްވެފައިވާ ދަނޑިވަޅެއްގައި ރަޔާންގެ އެހީތެރިކަން އޭނަ ވަރަށް ބޭނުންވެއެވެ. ރަޔާން ވީނަސްއަށް ދިޔައީ ކިޔަވާށެެވެ. “ނޭނގެ މަންމައަކަށް. ނޫނޭ އަދި ހަނދާންނެތިފަ މިހުރީ. ކޮންމެވެސް އޭލިޔަނަކަށް ހަމަލާ ދީގެން އެބައުޅޭ. މަންމަ ބުނިން ސަލާމަތީ ފިޔަވަޅުތައް  އަޅައިގެން ތިބޭށޭ. އެހެންވެ  އެމީހުން އެތޮޅެނީ..” 

 

ރިއާނާ ދިން  ޚަބަރަކުން ރޫނާގެ ހިތް ޑަންޑަންލާފައި ތެޅިލިއެވެ.  އެހެންކުދިންގެ  ވެސް މެއެވެ. “ކީކޭ؟؟؟ ..”

 

“އާން! އިނގޭ ޤަބޫލުކުރަން އުނދަގޫ ވާނެކަންވެސް. މިވަގުތު ބައްޕައެއް ނެތް! ބާރުގަދަ ޖާދޫގެ ދަނޑިތައް ވަގަށް ނަގައިފި! ބައްޕަ ހުރެގެން ދޯ އިތުރުކަމެއް އެނގޭނީވެސް. “. ރިއާނާވެސް ވަނީ ވަރަށް ހާސްވެ ކަންބޮޑު ވެފައެވެ.  އޭލިޔަނުންނަށް އަނިޔާ ލިބިއްޖެއްޔާ  އޭނަގެ އަމިއްލަ ނަފްސަކަށް މަޢާފެއް ނުދެވޭނެއެވެ. ކުރިން ރޫނާގެ ވާހަކަތައް ޤަބޫލު ކުރެވުނުނަމައޭ އޭނަގެ ހިތަށް އެތައް ފަހަރަކު އެރިއެވެ.

 

“ބައްޕަ؟؟ ނެތޭ؟؟ ދެން ކީއްކުރާނީ؟ ..” ރޫނާ ބިރުން ލޮލަށް ފެންއައެވެ. “ނޭނގޭއޭ ކޮއެފުޅާ!.. އަހަރެމެން  ދިމަވާ ނުރައްކަލަކަށް ސަމާލުވެގެން ތިބެން ޖެހޭނީ ..” ރިއާނާ ޖަވާބުދިނެވެ. “ލިލީ. ނަޔާ. އާދޭ އަހަންނާއި އެކު!! ..” ރޫނާ ޚިޔާލު ބަދަލުކޮއްލައި ކޮޅަށް ތެދުވެ ހިނގައިގަތީމާ ރިއާނާގެ ހިތުގައި ސުވާލު އުފެދުނެވެ. “ކޮންތާކަށް؟ ..” ރިއާނާއަށް އެހުނެވެ. “އެމީހުންނާ ކުރިމަތިލާން..” “ނޫނެކޭ ރޫނާ! މިތާ މަޑުކުރޭ! ..”ރިއާނާ އެދުނެވެ. އޭނަގެ އިހުމާލުން ރޫނާއާއި އޭނާގެ އެކުވެރިން ނުރައްކަލުގެ ތެރެއަށް ވެއްޓެން ރިއާނާ ބޭނުމެއް ނުވެއެވެ.

 

“މަންމާ ދެން މިތާ ތިބެގެން ކަމެއް ނުވާނެޔޭ!.. އެ ޕީޖިވިއޯންއާ ކުރިމަތިލައިގެން އަހަރެމެންނަށް މި ގައުުމު ސަލާމަތް ކުރެވޭނީ..” ރޫނާ އެހެން ބުނުމުން ރިއާނަގެ ލޮލަށް އުފަލުން ކަރުނަ ޖަމާވިއެވެ.  ފިސާރި އަންހެން ދަރިއެއްގެ މަންމައަށް ވީމައެވެ.  އަދި އެކުއްޖާއަށް ރަނގަޅު  ތަރުބިއްޔަތެއް ދެވުނީމައެވެ. އެއާއިއެކު ސަމާލުވައްޗޭ ބުނެ އެއިން ކޮންމެ ކުއްޖަކަށް ޖާދުގެ ދަނޑިކޮޅެއް ދިނެވެ. “ނަން މެޖިކަލް ކްރިއޭޗަރއެއް ވިޔަސް ތި ދަނޑިތައް ބޭނުން ކުރެވިދާނެ.” 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

އިންތިހާ-2

Next

ޕޯޝަން – 4

Next
June 18, 2021

ޕޯޝަން – 4

Previews
June 17, 2021

އިންތިހާ-2



All Right Reserved!