Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިކުޑަކުދިންގެ

ޕޯޝަން – 4

Aashii
Aashii Level 310 Stories100 Login
June 18, 2021 2 Mins Read
0 Comments

 “އަނާ! ..” ޔޫލީގެ އަޑު އިވުމާއިއެކު އަނާ ތިރިއަށް ބަލައިލިއެވެ. ޔޫލީ ހުރީ ބޮޑުވާ އިނގިލި ދައްކައިގެންނެވެ. އަނާ އެންމެ ހައިރާންވީ އެރޮބޮޓްގެ އެންމެ ގާތުގައި ޔޫލީ ހުރީމައެވެ. އޭނައަށް އެންމެ އެތެރެއަށް ނުވަދެވުނު އިރު ޔޫލީ އަށް ވަދެވުނީ ކިހިނަކުން ބާއޭ އަނާގެ ހިތަށް އެރިއެވެ.

 

އަނާ ހައިރާންވެފައި ހުރުމުން ޔޫލީ ހުރީ ހިނިއައިސްފައެވެ. “އެއީ ޕޯޝަންއެއް ބޭނުންކުރީ! ..”ވައިއަޑަކުން އަނާގެ ކަންފަތު ކައިރީގައި މީހަކު ބުނެލިއެވެ. ސިހިގެން ދިޔަވަރުން އަނާއަށް ކަންފަތް ފޮޅާލެވުނެވެ. ހަޅޭއްލަވައިގަނެވުނީ ވެސް ބާރަށެވެ.

 

ޔޫވްގެ ހުނުމުގެ އަޑު އަނާގެ ކަންފަތުގައި ޖެހުމާއިއެކު އެކުއްޖާގެ ކަމެއްކަން އަނާއަށް ޔަގީން ކުރެވުނެވެ. “ޔޫ ޕްރޭންކް ސްޓާރ ..” ލޯ ހުޅުވާލުމަށްފަހު  އަނާ ޔޫވްއާ ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮއްލިއެވެ. ނަމަވެސް އަނާއަށް ހަމަ އެކަނި ހެމުން ދަނިކޮށް ފެނުނީ ޔޫޫވްއެއް ނޫނެވެ. މާދުރުގައި ޕަކަޕަކަ އަޅާފައި ހެމުން ދިޔަ ޔޫލީ ވެސް އޭނައަށް ފެނުނެވެ. އަނާ ބޯހޫރުވާލިއެވެ. 

 

“ޔޫ ޓޫ.. ޕިސްޕިސް”.

 

“ވަޓް ދަ ވޮވް..” އަނާއަށް އެ ރޮބޮޓް ކުރިން އެހާ ރީއްޗަކަށް ނުފެނެއެވެ. ފަހުން ސަކަރާތް ނިންމާލާފައި އަނާ ބަލާލިއިރު އެއީ ކޮންކަހަލަ ރޮބޮޓެއްކަން އެނގުނެވެ. އެއީ މިނީ ރޮބޮޓެކެވެ. އޭތި ޖިމްނާސްްޓިކް ހަދާ އިރު ވަރަށް މަޖަލެވެ. މީހުންތައް ހެމުން ދިޔައިރު އަނެއްބައި މީހުން ދިޔައީ އެމަންޒަރުތައް ކެމެރާތަކުގައި ރައްކާ ކުރަމުންނެވެ.

 

“ކޮންެއިރެއް ތީތި ފެނުނުތާ! ..” 

 

ޔޫވް އަށް އަނާ ބަލަނީ ކޯއްޗަކަށްކަން އެނގިގެން ކަންނޭނގެއެވެ. އަވަހަށް ބުނެލައިފިއެވެ.  އަނާ ހީލިއެވެ. އެވަގުތަކީ ޔޫލީ ވެސް މީހުންގަނޑުގެ ތެރެއިން ސަލާމަތްވެގެން އައި ވަގުތެވެ. “އެތާ ތެރެއަށް ވަނީ ކިއްވެ؟ ..” އަނާގެ ގާތަށް ހިނިއައީ ޔޫލީ ހުރި ގޮތުންނެވެ. އިސްތަށިގަނޑު ހޭވިފައި ވާއިރު މޫނުމަތީގައި ވިދަމުން ދިޔައީ ދާތިކިތަކެކެވެ. 

 

“ދެން އީން ވެސް؟؟ އަޅޭ ..”

 

 ވަރަށް ނޫންކަމަށް ހަދާފައި ޔޫލީ ތުންކޮޅު އޫކޮއްލިއެވެ. އަވަސް އަވަހަށް  އިސްތަށިގަނޑުގައި އަތުން އޮމާންކޮއްލައި ހުޅިއެއް ޖަހާލިއެވެ. އަދި ދަބަހުން ޓިޝޫއެއް ނަގައި މޫނުމަތީގައި ހޭކިއެވެ. ޔޫލީ އަޅައިގެން ހުރި ދަބަސް އަނާ އާއި ޔޫވްއަށް ފެނުނީ އެވަގުތުއެވެ.

 

“ޔޫލް އައީ ދަބަހެއް ހިފައިގެން؟ ..” އަނާ ޔަގީން ކޮއްލުމަށް އަހާލިއެވެ. ޔޫލީ ހޫމްއެއް އަޅުވާލުމުން އަނާ ޔޫވްއަށް ބަލާލިއެވެ. 

 

“މިހާރު ދެން ނުގޮސް ހުރީ ކޮންތަނަކަށް؟ ..”

 

 އަނާ މަތީގައި ހުރެ އެކުޑަ ރަށަށް ނަޒަރު ހިންގާލިއެވެ. އޭނައަށް ޕޯޝަންތައް ހުރި ދިމާ ފެނުނެވެ. އަވަހަށް އެތަނަށް ދާން ބޭނުންވިއެވެ. “ކޮންތަނަކަށް ނުދަނީ؟ މުޅި ރަށް ވަށާ ބުރެއް ޖަހާފިން ..” ޔޫވް ޖަވާބުދިނެވެ. ޔޫލީގެ އަނގަ ވަގުތުން ހުޅުވުނެވެ. 

 

“ހުސް ދޮގު! ނުދޭ އެއްވެސް ތަނަކަށް ..” ޔޫލީ ހަށަން ބަދެލިއެވެ. “ނޫނެކޭ! އަހަރެން ގޮސްފީމޭ .. ޔޫލް އެތާ ހުއްޓާ ..” ޔޫވް ވެސް ގަދަ ހަދާލިއެވެ.ޔޫލީ އަދިވެސް ހުރީ ފާޑަކަށް ރުޅިއައިސްފައެވެ. “ދެން އަހަންނާއިއެކު ޕޯޝަންތައް ތިބި ދިމާއަށް އާދެބަ . ޒުވާބު ނުކޮށް.. ކަމަނާފާނު”. ޔޫލީ ގޮވައިގެން ޕޯޝަންސްތަކަށް ޙާއްސަ ކުރެވިފައިވާ އެދިމާއަށް އަނާ މިސްރާބުޖެހީ ޔޫވްއަށް ޔޫލީއަށް ނޭނގޭނެ ހެން ފަހަތުން އައުމަށް ލޮލުން ބުނެދީފައެވެ. ނަމަވެސް ޔޫލީ ހުޝިޔާރުކަމުން އެކަން ދެނެގަތެވެ. ނަމަވެސް އެކަން ނާންގާ ހުރީއެވެ.

 

ކުޑަ ރަށެއްކަމުން ދެތިން މިނެޓްތެރޭ އެކުދިންނަށް އެދިމާލަށް ދެވުނެވެ. ނަމަވެސް ދެގަޑި ބައިވާން އޮތީ އެންމެ ތިރީހަކަށް މިނެޓެވެ. ޔޫވްއަށް އެކަން އެނގުމުން ތަންކޮޅެއް އަވަސްކުރުމަށް އެދުނެވެ. 

 

“ވަރަށް މަދުދޯ މީހުން..” އަނާ ވަށައިގެން ބަލާލިއެވެ. 

 

“ޔެއަހް.. ޖާދޫގަރުންނަށް ބިރުން ކަންނޭނގެ ..” ޔޫލީ ސަމާސާ ކޮއްލިއެވެ.

 

 “ވެދާނެ ..” ޔޫވްވެސް ފަހަތުގައި ހުއްޓެވެ. ޔޫލީ އަވަހަށް ޔޫވްއަށް ކަޅިގަނޑު އަޅައިގަތެވެ. ޔޫވް ދެކޮނޑު އަރުވާލު މާއިއެކު  އަނެއްކާވެސް ޔޫލީ ދެލޯ ހަނިކޮއްލިއެވެ. މިފަހަރު އެއްވެސް ގޮތަކަށް އޭގެ ރައްދެއް ޔޫވް ނުދިނެވެ. އޭނާ ހުރީ އެހެން ދިމާއަކަށް ބަލާށެވެ. ޔޫލީ ހަމަޖެހުނެވެ.

 

“ކޮއްކޯ .. މީގަ ހިފާލަބަލަ ..” މުސްކުޅި ދައިތައެއްގެ އަޑު އިވުމާއިއެކު އަނާ ފަހަތަށް ބަލާލިއެވެ. އޭނަގެ ހިތުގައި ކުޑަކުޑަ ބިރުވެރިކަމެއް އުފެދުނީ ކުރިމަތީގައި ހުއްޓިލައިގެން ހުރި ދައިތަގެ މޫނުމަތީގައިވާ ހިނިތުންވުން ފެނިފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

އޭލިޔަން ސިލްސިލާ 2 – 5

Next

ނަފްރަތަކީީ ލޯބީގެ ފެށުން 5

Next
June 18, 2021

ނަފްރަތަކީީ ލޯބީގެ ފެށުން 5

Previews
June 18, 2021

އޭލިޔަން ސިލްސިލާ 2 – 5



All Right Reserved!