Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިކުޑަކުދިންގެ

އޭލިޔަން ސިލްސިލާ 2 – ހަނގުރާމަ 4

Aashii
Aashii Level 310 Stories100 Login
June 17, 2021 3 Mins Read
0 Comments

“ރުނާ؟؟ ..” ނަޔާނީ ރޫނާގެ ސަމާލުކަން ހޯދުމުގެ ނިޔަތުގައި އަތުން އަަޑެއް ގޮއްވާލީ ދެތިން ފަހަރަކު ގޮވައިލުމުންވެސް ރޫނާ އިންގޮތަށް އިނީތީއެވެ. އޭރު ލިލިޔަން އާއި ނަޔާނީގެ ހަނގުރާމަ ހުއްޓިއްޖެއެވެ. ލިލިޔަންވެސް ރޫނާއަށް ގޮވާލިއެވެ. 

 

“ހޫމްމް! ..” ރޫނާ ހޫމްއެއް އަޅުވާލިއެވެ. “ކިހިނެތްވެފައި ތިއިނީ؟ ކަމެއް ގޯސްވީތަ؟ ..” ލިލިޔަން ރޫނާގެ ގާތުގައި އަހާލަމުން އޭނަގެ ވައަތް ފަރާތުގައި އިށީނެވެ. ނަޔާނީ އިނީ ރޫނާގެ ކަނާތް ފަރާތުގައެވެ.  “ކަމެއް ގޯސްނުވެ އެބަހުރިތަ؟ ޕީޖިވިއޯން އަންނަން ވަރަށް ކައިރިވަނީ! ..” ހިތްނުތަނަވަސް ވެފައިވާ ހާލު ރޫނާ އަނެއްކާވެސް ޖީބުގައި ބާއްވައިފައިވާ ފަށް ނެގިއެވެ. އޭނައަށް އެސިގްނަލް ލިބުނީއެވެ. ދެންމެއެވެ. ހަތްގަޑިއިރު ތެރޭގައި އެގަނޑުވަރަށް އަންނާނެއޭ ރޫނާގެ ހިތް ބުނީއެވެ.

 

“ޖިވީތަ؟ އެހް؟؟؟؟ ކީކޭ ތިބުނީ؟ ..” ލިލިޔަންއަށް ކީއެއްޗެއް ނޭނގުނެވެ. ނަޔާނީގެ ހައިރާންކަން އިތުރުވިއެވެ. “ކޯއްޗެއް އަންނަން ކައިރިވަނީއޭ؟ ..” ނަޔާނީ ސުވާލުކޮއްލިއެވެ. ރޫނާ ކިޔައިދޭން ފެށިއެވެ. ދެކުދިންވެސް ކަނުލައި އަޑުއަހަން ތިއްބެވެ.

 

“އަހަރެން ނަޔާގެ ގާތުގަ ބުނީމެއްނު އެނެމީއެއްގެ ވާހަކަ!! އޭތީގެ ނަމަކީ ޕީޖިވިއޯން! ..” ބާބުގެ ފުރަތަމަ ޕޮއިންޓް ދެކުދިންނަށް ކިޔައިދޭން، ރޫނާ ޕީޖިވިއޯންގެ ނަމަށް ކުޑަކޮށް ދަމާލިއެވެ. އެެހެން ބުނި ގޮތުންވެސް މީހެއްގެ ގާތަށް ހިނި ނައިހެއް ނުހުންނާނެއެވެ. “ހޫމްމް. ދެން؟؟ ..” ނަޔާނީ އިތުރަށް އޮޅުން ފިލުވާ ހިތްވިއެވެ. 

 

“އޭތި މިއަދު އެގުދަނުގައޭ ހުރީ. އަހަރެން އެގުދަނަށް ދިޔައީ މަންމަ ބުނެގެން ދަނޑިކޮޅެއް ބަލާ! އެކަމަކު އެތާ އެއްޗެއް ހުރީމަ އެގިއްޖެ އެއީ ސެވިއޯސްއެއްކަން. ކުރިއަކުން އެކަހަލަ ބާރުގަދަ ސޯސެރަރ ތަކަށް ސެވިއޯސް އަކަށްވެފައިވަނިކޮށް  ވެވިދާނެޔޭ އަހަރެންގެ ހިތެއް ނުބުނި. ކުރިން ބައްޕަ އޭތި ނައްތާލަންވެސް އުޅުނު.  އޭތި އެއްކޮށް ހިނގައްޖެ ކަމަށް ހީކޮށް އަހަރެމެން ތިބީ ވަރަށް އުފަލުން.  އެކަމަކު މިއަދު އެގުދަނުގައި ބޮޑު ހަނގުރާމައެއް ވެސް ހިގައިދިޔަ. އަހަރެންނާ އޭއްޗާއި ދެމެދު..”. ރޫނާ ކިޔައިދިނީ ކުރުކުރު  ޚުލާސާއެކެވެ.

 

“ދެން ކާކު މޮޅުވީ؟ އަހަރެންގެ ގާތު ނުބުނޭ ކުރިން ވެސް  ތިޔަ އެނެމީގެ ވާހަކަ! ..” ލިލިޔަން ތުންކޮޅު އޫކޮއްލިއެވެ. ރޫނާ ހީލާފައި އޭނަ ބުނީ ހަމައެކަނި ނަޔާނީގެ ގާތުގައި ކަމަށް ބުންޏެވެ.  އެއާއިއެކު  ނަޔާނީ ފޮނިގޮތަކަށް ބުމަ އަރުވާލިއެވެ. ލިލިޔަން ހުރީ، ގޮތަކަށް ބުނާނަމަ  ވަރަށް (ޖެލަސް) ވެފައެވެ. 

 

“އަހަރެންނޭ ފާޑަކަށް މޮޅުވީ!. އަހަރެން އެސްޕެލް ނުޖެއްސި ނަމަ، ..” ރޫނާ ކިޔުން ހުއްޓާލިއެވެ. 

 

“ނުޖެއްސި ނަމަ؟؟ ..” ބިރުގަނެފައިވާ ހިތަކާއިއެކީ  ނަޔާނީއަށް އެހުނެވެ.  

 

“ފުރާނަ ދިޔުންވެސް އެކަށީގެންވޭ. ދެން އަހަރެން (އެކްސްޕެލިއަރމަސް،) އޭ ކިޔާފަ އޭނަގެ އަތުގަ އޮތް ދަބަހަށް  ޖެއްސީ، އެއާއިއެކު އެދަބަސް  އޭނަގެ އަތުން ދޫވެގެން އައީ. އަހަރެން އޭނަ ގައުމަށް ފޮނުވާލާފަ މަންމަގެ ގާތުގައި ބުނީމަ މަންމަ އެވާހަކަ ޤަބޫލެއްވެސް ނުކުރި. ވަރަށް ދެރަވެފަ ހުއްޓާ، ދަބަހުގެ މަތިން ހަނދާންވެގެން އަނބުރާ ގުދަނަށް އައިސް ދަބަސް ނެގީ ދެން. ދަބަހުގެ ތެރޭގަ ހަމައެކަނި އޮތީ މިފަށް! ..”

 

 ބާކީ އޮތް ވާހަކަ ވެސް ރޫނާ ކިޔައިދިނެެވެ. ނަޔާނީ އާއި ލިލިޔަންގެ ހިތުގައި އޮތް ބިރުވެރިކަމަށް އިތުރު ބޮޅެއް އިތުރުވެގެން ދިޔައެވެ.

 

“ދެން އޭތީގެ މަޤްސަދަކީ؟ ..” ރޫނާ އަވަހަށް ވިލާގަނޑު މަތިން ތެދުވެގެން ގަނޑުވަރުގެ ދޮރޯއްޓާ ދިމާލަށް ހިނގައިގަތެވެ. ހައިރާންވެފައި ނަޔާނީއާ ލިލިޔަންވެސް ދުވެފައި ރޫނާގެ ދެފަރާތަށް ހުއްޓުނެވެ. “ބަލަ ރުން. ކުއްލިޔަކަށް ކިހިނެތްވީ؟ ..” ލިލަޔަންއަށް ހައިރާންކަމެއް ލިބުނެވެ.  “އަހަރެމެންނަށް ސްޕައި ކުރާ މަޚްލޫޤެއް އެބައުޅޭ! ..” ރޫނާ އެފަށުގެ ފުލަށް ބަލާލަމުން ދެފަރާތަށް ކަޅި ހިންގާލިއެވެ. “ކިހިނެއް އެއެއް އެނގެނީ؟ ..” ނަޔާނީ ސަމާސާއަކަށް ހަދާފައި ފަހަތަށް ބަލާލިވަގުތު ކަޅުކުލައިގެ މީހެއްގެ ހެދުމުގެ ފޮތިކޮޅެއް ލޮލުގައި އަޅައިގަތެވެ.

 

“ސެވިއޯސްއެއް!! އަލޮވް ހަމްމޯރާ!!! ..” 

 

ރޫނާއަށް ވެސް އެތަން ފެނުމާއިއެކު ދަނޑިގަނޑުން އިޝާރާތެއް ކޮއްލަމުން ހަޅޭއްލަވައިގަތެވެ. އެއާއިއެކު އެފާރު ފުނޑު ފުނޑުވެ ގާތަށް މުޅި ތަނަށް ފޭބިއެވެ.  އެއްކަލަ ސެވިއޯސް ވެސް ގަނޑުވެގެން ހުރިތަނަށް ޖެހި ބުދެއްހެން ވެއްޓުނެވެ. އެއާއިއެކު ރޫނާމެން ދުވެފައި ގޮސް  އެމީހާގެ ގާތުގައި އިށީންއިރު އެމީހާގެ ކަޅި ހުރީ އެކުދިންނާއި ދިމާލަށެވެ. ރުނާ ބޯހޫރާލާފައި ދަނޑިގަނޑުން އެމީހާގެ ލޯ މަރާލިއެވެ.

 

“ނަސީބެއްނު؟ ..” ނަޔާނީއަށް  ބުނެވުނެވެ. “އާން! .” ސެވިއޯސްގެ ގާތުން ތެދުވަމުން ރޫނާ ބުނެލިއިރު އަޑުގައި ނޭނގޭފަދަ ޖޯޝެއް ހުއްޓެވެ. “ދެން ރުން ކިހިނެތް ހަދަން ތި ވިސްނަނީ؟ ..” ލިލިޔަން ވެސް ތެދުވަމުން އަހާލިއެވެ. ނަޔާނީ އޭރު ގައިފޮޅަމުން ތެދުވެއްޖެއެވެ. 

 

“ބައްޕައަށް އަންގަން  ޖެހޭނެ. ހިނގާ ބައްޕަގެ ގާތަށް މީނަ ހާޒިރު ކުރަން. ފަހަރެއްގަ ބައްޕަ އޭުރުން ޤަބޫލު ކޮއްފާނެ! ..” ރޫނާގެ ޚިޔާލު ދެކުދިންނަށްވެސް ކަމުދިޔައެވެ.  އަވަހަށް އޭތީގެ  ފައިގައި ހިފާ ކޮއްޕަން ފެށިއެވެ. އޭތި ގުނޑިނުލީ ތާނގައި، ކުރިއަކަށްވެސް ނުދިޔައެވެ. ރޫނާ ހީލާފައި ތަންކޮޅެއް ދުރަށް ޖެހިލުމަށް އެދުނެވެ. މަޖާވެފައި ލިލިޔަން އާއި ނަޔާނީ ތެދުވެފައި ރޫނާގެ ގާތު މަޑުކޮށްލިއެވެ.

 

“ސެންތިސަސްނީ! ..” ޖާދޫގެ ބާރު ބޭނުން ކޮއްގެން  ރޫނާ، ސެވިއޯސް މައްޗަށް އުފުލާލިއެވެ. ދެން މިހާރު އެފުރާނަ ނެތް މަސްގަނޑު އޭނާގެ ޖާދޫގެ ދަނޑިކޮޅަށް ތަބާވާނެއެވެ. އެގޮތަށް ބޭނުންކޮއްގެން ފަސޭހަކަމާއިއެކު ސިޑިންވެސް އޭތި މައްޗަށް ނެނގިދާނެއެވެ. “ގަދަ އިނގޭ! ..” ނަޔާނީ ރޫނާގެ ކޮނޑުގައި ޖަހާލިއެވެ. ރޫނާއަށް ހީލެވުނެވެ. 

 

“އަވަސް ކުރޭ! ..” ތިން ކުދިން އެކީ ދުވަމުން ގޮސް ގަނޑުވަރުގެ ރަސްމީ ދޮރާށިން އެތެރެއަށް ވަނެވެ. އޭރު މާލަމުގައި ވަރަށް ގިނަ ނޯކަރުން ހަރަކާތްތެރި ވަމުން ދިޔައެވެ.  ހީވަނީ ވަރަށް ބޮޑު ކަމެއް ދިމާވެގެން އުޅޭ ހެންނެވެ. ތިން ކުދިން މުޅި ގަނޑުވަރުގެ އެކި ތަންތަނަށް ނަޒަރު ހިންގާލިއެވެ. ހަމަ މަންޒަރު ބަދަލެއް ނުވިއެވެ. ހުރީ ހަމަ އެއްމަންޒަރެކެވެ. 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

ލޯބި_16

Next

ކޮމެޑީ ލޭންޑް 13

Next
June 17, 2021

ކޮމެޑީ ލޭންޑް 13

Previews
June 17, 2021

ލޯބި_16



All Right Reserved!