ބާބު 3 – ބާރުތަށް ފަނޑުވެފައިވާ ދޫންޏަކީ ސާމަރާ ދޫންޏެކެވެ. އެ ރީތި ސާމަރާ ދޫނި އަހަރެން ކައިރިއަށް އައިސް ފަތްގަނޑު ފަތުރާލިއެވެ. ހީވަނީ ފަތްތަކުގައި އަތްލަން ދިންހެންނެވެ. އޭގެންފަތެއްގައި އަތްލަން އުޅުނީމެވެ. އޭގައި އަތް ބީއްސާލީމެވެ. އެ ފަތް އޮމާން ބާލީހެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަމަވެސް އިރުކޮޅެއް ތެރޭގައި އަހަރެންގެ ހަށިގަނޑު ތެރެއިން ކަޅު ޖިންނިއެއް ނިކުތެވެ. އެ ޖިންނީގެ ހާލުވަނީ ސުމަކަށް ގޮއްސައެވެ. އިރުކޮޅެއްތެރޭ އެ ޖިންނި ގެއްލުނެވެ. ސާމަރާދޫނި އަހަރެންގެ ގަޔާއި […]
ދޮރުން ނިކުމެވުނީ ބޮޑު ގަސް ތަކެއް ތެރެއަށެވެ. ބޯ ޖަންގައްޔަކަށެވެ. އެ ގަސް ތަކު ތެރެއިން ގަނޑުވަރު ފެނޭތޯ ބެލީމެވެ. ނަމަވެސް ވަށައިގެން ބޮޑެތި ގަސްތަކެއް ހުރުމުން ގަނޑުވަރެއް ނުފެނުނެވެ. އޭގެން ގަހަކަށް އެރޭތޯ ބެލީމެވެ. ނަމަވެސް ގަހުގެ ތިރީގައި ގޮތްޕެއް ނެތެވެ. އެންމެ ފަހުން އަހަރެންނަށް ޖެހުނީ ހިނގާށެވެ. އެއް މޭލަށް ހިނގިއްޖެއެވެ. މިފަހަރު ފާޑެއްގެ ގަހެއް ފެނުނެވެ. ގަހުގެ ތިރީގައި ގޮފި ތަކެއް ހުއްޓެވެ. ގަހުގެ މައިގަނޑު ހުރީ ނޫ ކުލައިގައެވެ. ގޮފިތަށްވެސް ހުރީ […]
އެ އާއިއެކު އެފޮތް ލެއްޕުނެވެ. ****** ހުއްޓުމެއް ނެތި ފައިބަމުން ދިޔަ ކަރުނަތަށް އެ ފޮތަށް ފޭބިއެވެ. ކުއްލިއަކަށް ދޮރު ޓަސްކިޔާ ހުޅުވުނެވެ. ދޮރުމަތީ ގައި ހުރި މީހާ ފެނުމުން ބިރުން ފިތްކަނޑައިގެން ނުދިޔީ ކިރިޔާއެވެ. ދޮރުމަތީގައި ހުރީ އެއްކަލަ ފޫޅު މައި މީހައެވެ. އެ މަންޒަރުން ފެނުނު މީހައެވެ. ހަމަ އޭރު ހުރިގޮތައް އެއްވެސް ބަދަލެއް ނައިސް އެހުރީ ކީއްވެ ބާއެވެ؟ އަހަރެންގެ ހިތާ ތަކުރާރުކޮށް ސުވާލު ކުރެވުނެވެ. އިރުކޮޅެއް އެ މީހާގެ ސިފަ ބަދަލު […]
ބާބު 2 – ކުރީގެ ރަސްކަން ތަޅުދަނޑީގައި ހިފާ ވަރަށް ބާރަށް އަނބުރާލީމެވެ. ކުރަކި އަޑެއް ކިޔުމަށްފަހު ހުޅުވިފައި ފެންނަނީ މަންޒަރުތަކެކެވެ. ބަރު އަޑަކުން އެ ފޮތް ވާހަކަދެއްކިއެވެ. މަންޒަރުތައް ފެންނަމުން ދިޔައީ ފިލްމެއް ފަދައިންނެވެ. ****** “މިއަކީ މިގަނޑުވަރުގައި ހިނގާދިޔަ ބިރުވެރި ހާދިސާއެކެވެ. މިއަކީ މިގަނޑުވަރުގައި ރަސްކަންކުރެއްވި ފަންސާސް ނުވަ(59) ވަނަ ރަސްކަމެވެ. މިއީ ސިހުރުވެރިންގެ އާދައެވެ. މިއީ އެންމެ ބޮޑު އަދި އެންމެ ވަރުގަދަ ސިހުރެކެވެ. މީގެ ބާރުން މުޅި މިރަށް ފޭދިގެންގޮސް […]
މީހުން އަހަރެންނާ އި މުޚާތަބު ކުރަމުން ދިޔައީ ‘ރާނީ’ ގެ ނަމުންނެވެ. “އެއީ ކީއްވެބާ.” އަހަރެންގެ ނިކަމެތި ހިތާ ސުވާލު ކުރެވެމުން ދިޔައެވެ. ****** އަހަރެން ހުރީ މަގު މެދުގައި ތަން ތަން ދެކިލުމަށް ލޯ ދީގެންނެވެ. ހުއްޓާ އަހަރެން ގެ ކުރިމަތިން ސަވާރީއެއް އައިސް އެރުމަށް އިޝާރާތް ކުރިއެވެ. ‘ ރުވަޑުނގަ ތްހިވާޖަ’. އެ ސަވާރީގެ ނަމަކަށް އިނީ އެހެންނެވެ. ފުރަތަމަ އެއީ ކޮން ނަމެއް ކަމެއް ނޭންގުނެވެ. ދެވަނަ ފަހަރަށް އެރުމަށް އިޝާރާތް ކުރުމުން […]
ބާބު 1 – ރީތި ރަށް އަހަންނަށް ހޭލެވުނީ އިރުގެ އަލިކަން ކޮޓަރިތެރެއަށް އެޅިލުމުންނެވެ. އޭރު އަހަރެންގެ މަންމަ ހަނީފާ ހުރީ ބަދިގޭގައި ސައި ހަދާށެވެ. “އަވަހަށް އާދޭ ދަރިފުޅާ ސައިބޯން. ދަރިފުޅު ބުނެގެން މަންމަ މިހިރީ ހަވާދުރިހަ ވެސް ކައްކާފައި”. ހަނީފާ ގޮނޑީގައި އިށީންނަމުން ބުންޏެވެ. އޭރު އަހަރެން ހުރީ މޫނުވެސް ނުދޮވެއެވެ. މޫނުދޮވެ، ސައިބޮއެގެން ދިޔައީ ފޮށިތައްޔާރު ކުރުމަށްޓަކައެވެ. އޭރު ގަޑިން ދިހަގަޑި ބައި ވަނީއެވެ. އަހަރެންގެ ފޮށި ތައްޔާރު ކުރުމުގައި އަވަދިނެތި އުޅެނިކޮށް، […]