“މަންމާ!….” ހިދާއަށް ހަޅޭލަވައިގަނެވުނެވެ. ހިދާއަށް ހޭލެވުނީ ތެޅިގަނެފައެވެ. އޭރު މުޅިމީހާ ވަނީ ދާހިއްލާފޯވެފައެވެ. ބިރުން މައިނޭވާލެވެމުން ދިޔައިރު ހިދާގެ މުޅި ހަށިގަނޑު ދިޔައީ ތުރުތުރު އަޅަމުންނެވެ. އަތްފައި ފިނިކަމުން ހީވަނީ ގަނޑުފެންކޮޅެއް ހެންނެވެ. ހިދާ އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވާލެވުނީ ވަރަށް މަސައްކަތުންނެވެ. ކުޑަކޮއް ހަމަޖެހިލުމަށް ފަހު ހިދާ އޭނާގެ ފޯނު ހޯދަންފެށި ޝިފްނާގެ ހާލެއް ބަލާލުމުގެ ގޮތުންނެވެ. ފޯނު ރިންގުވާތާ ފުދޭވަރަކަށް އިރުވީފަހުން ޝިފްނާ ފޯނުނެގިއެވެ. “ހަލޯ؟….” ޝިފްނާ ވާހަކަ ދެއްކިއެވެ. […]
އިބުރަތުން ފުރިގެންވި މައުލޫމާތުތަކެއް ލިބުމުން ހިތަށް އެރިއެވެ. ކައިވެނީގެ ކުރިން މިފަދަ ކަމެއް ބޮލަށް ނުވަދުނީ ކީއްވެ ހެއްޔެވެ؟ ފަހަރުގައި ވަރި ނުވެ ދިރިއުޅުން ހަމަ މަގަކަށް އެޅުނީހެވެ. އަހަންނަށް ރިޔާންގެ މަންމަ އާއި ކޮންމެ ވާހަކަ އެއްވެސް ދައްކަންކެރޭނެވެ. “ރިޔާންގެ މަންމަ ކައިރީ ބުނެވުނު ނަމަ އެ މަންމަ އަޑުއެހީސް” ޔަޤީން ކަމާއެކު މިހިތް ގޮވާލިއެވެ. އެ އަޑަށް އިޖާބަދޭން މާލަސް ވެއްޖެއެވެ. ލިބިގެން ދިޔަ އުފާވެރި ޚަބަރާއެކު ރާއްޖޭން ބޭރަށް ނުދާ ގޮތަށް މުއްތަސިރު […]
އިސާހިތަކު އެ ވާހަކަ ތަށް ރަށު ތެރެއަށް ފެތުރިގެން ހިގައްޖެއެވެ . ބައެއް މީހުން އެ ވާހަކަ ތައް ގަބޫލު ނުކޮށް ދިމާ އަށް ދޮގު ވާހަކަ އެއް ކަން ބުނަމުން ގެންދެއެވެ . ނަމަވެސް އަހަރެން ނަށް މި ކަންތައް ތަށް ދިމާ ވިކަން އަހަރެން ނަފްސު ގަބޫލް ކުރެވުނުއެވެ. މިއީ ވެސް އިމްތިހާނެކެވެ . އެކި މީހުން ގެ ފަރާތުން އެކި އެއްޗިހިން އައި ގޮން ޖެހުން ތަކެއެވެ . ސަބަބަކަށް ވަނީ އެ […]
“އޭ ދެން ތި މުނޑުދާރު އަނގައިން އެންމެ ބަހެއްވެސް ނުބުނަށްޗޭ އަދި ހާއްސަ ކޮން މަގޭ އަންހެނުންނާއި ބެހޭގޮތުން ” ޒިމާންގެ ޖަވާބުން ހިތަށް ކަރުނައިގެ ރާޅުބާނިއެއް އެރިއެވެ. ” މާން ތިހެން ވާހަކަ ނުދައްކަބަލަ” އަހަންނަށް ބުނެވުނެވެ. އެޔަށްފަހު އެއްވެސް ވާހަކައެއް ނުދައްކާ ހަމަހިމޭން ކަމުގެ ސުކޫތެއް ފާއިތު ވެގެން ހިގަންޖެއެވެ. ދެންވެސް ވާހަކަ ފެށީ އަހަންނެވެ. އެވާހަކަ ބުނެވެތޯ އުޅުނީމެވެ. އެކަމަށް ވެސް ހުރަސްއެޅީ އޭނާއެވެ. “ތި ޖުމްލަ ފުރިހަމަ ނުކުރާތި!” އެތައް އެއްޗެއް […]
ރަށު މީހުންނަށް އެކަންތައް ވީ މަޖަލަކަށް އަދި އަހަރެން ދޮގު ހަނދާގެން އުޅޭ ކަމަށް . އަހަރެންގެ އާއިލާ ގެ ބައެއް މީހުން އެކަންތައްތައް ގަބޫލް ނުކޮށް އެހެން މީހުން ކައިރީ ދައްކަމުން ގެން ދިޔައީ އެއީ އަހަރެން ހަދަ ހަދައިގެން ދައްކަމުން އަންނަ ވާހަކައެއް ކަމުގާ . ނަމަވެސް އަހަރެންނަށް އެކަންތައްތަކުގެ ސަބަބުން އަހަރެންގެ ދިރިއުޅުމަށް އެތަކެއް ހުރަހެއް އެތަކެއް ކަމެއް އަހަރެންނަށް ކުރިމަތި ކުރުވިއެވެ ރޭގަނޑު އެހެން އެކަނި އުޅުމަށް ބިރުވެރި ކަމަށް އައި […]
އެޔަށްފަހު ލީނިޔާ އެހެން ދިމާލަކަށް ބަލައިލިއެވެ. އެއްވެސް މާނައެއް ނެތް ކަމަށް ހެދިގެންނެވެ. ވަކިވެވުނު އިރު ވީ އަނިޔާއަށް ވުރެ އެކަމުން ބާސިލަށް ބޮޑަށް އަނިޔާއެއް ލިބުނެވެ. ފަހަތަށް ޖެހެމުން ގޮސް ބާސިލް އެތަނުން އަވަހަށް ދިޔައެވެ. އަހަން އައި ސުވާލުވެސް އަހާނުލައެވެ. އެއަށްވުރެ ބޮޑަށް އެހިތުގައި ޖެހިއްޖެއެވެ. ދުވަހަކުވެސް ލީނިޔާގެ ކުރިމައްޗަށް އަރަން ބާސިލަށް ކެެރިދާނެބާއެވެ. ކަންތައްތައް ބަދަލުވެގެން ދެން ދާނީ ކިހިނެއްބާއެވެ. ********************************* ހުވަފެނަކީ ތެދުކުރަން އުޅުނީމާ ހަޤީގަތަކަށް ވާކަންކަމެވެ. މީ އަޝްބާ ދެކޭގޮތެވެ. […]
ލިނީ ފެންނަން ހުރީ ހިމޭނުންނެވެ. އޭނާގެ ހިތާމަ، އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާ ޚުބާބްގެ ބިރުވެރިކަމާ އެއްވެފައި އޮތް ފަދައެވެ. މިވަގުތު އެމީހުންގެ ކާރު ދިޔައީ ބިރުވެރި މިސްރާބަކަށްކަހަލައެވެ. އެކަމަކު ޚުބާބާއި ބާސިލްގެ އެހީގައި، އެ ހިމޭންކަން ވީރާނާވިއެވެ. އެމީހުންގެ ގުޅުން ބާރުގަދަވިއެވެ. މިއީ އަނެއްކާ ދާއިމީ ފަރުވާއެއްބާއެވެ. ނޫނީ ވަގުތީ ހަތިޔާރެއްބާއެވެ. އެހެން ނޫނިއްޔާ ހަމަ މިކުދިންނަށް ދެން އޮތީ އަސްލުވެސް އުފަލުގެ މަނާޒިރެއް ހެއްޔެވެ؟ އެހެންވިއްޖެއްޔާ ދުވަހަކުވެސް މިގުޅުން ތަކަށް ބަދަލެއް ނާންނާނެ ނޫންހެއްޔެވެ؟ […]
އެއް ހެދުންލާފައި އަނެއް ހެދުން ލާފައި ހޫރިޔާ އުޅޭއިރު ހީވަނީ އީދެއް އައިސްގެން އުޅޭ ހެންނެވެ. އެނދުމަތިވެސް އޮތީ ހޫރިޔާ ބާލަމުންދިޔަ ހެދުންތަކުން ފުރިފައެވެ. ރީތިވާ މޭޒު ހުރީ ކޮޅާ ކޮޅު ނުފެންނަށް ވަރަށް މޭކަޕް ސާމަނުން ބަރާވެފައެވެ. ހިތްކިޔާ ކަހަލަ ހެދުމެއް ލެވުނީވެސް އަށްވަރަކަށް ހެދުން ލެވުނު ފަހުންނެވެ. ލެވޭއިރު ހެދުމެއް ދިގުވެދާނެވެ. ނުނީ ދޫވެދާނެއެވެ. ނަމާދުކޮށްގެން ގެއަށް އައިސް ވަތް ރިޔާނު ހުއްޓުނީ ވިލިގިއްޔަށް ދާން ތައްޔާރުވެގެން ހުރި ހޫރް ފެނިފައެވެ. އޭނާއަށް ގަބޫލުކުރަން […]
ޖިންނި ސައިތޯނުން އަކީ އަހަރުމެން އިންސީންނާ އެކު އުޅެމުން އަންނަ ބައެކެވެ . މި ބިންމައްޗަށް ފައިބައި އެ ސޮރުމެން އުޅެއެވެ . ނަމަވެސް އަހަރުމެންނަށް އެ ސޮރުމެން ވަނީ ވައްހަނާ ވެގެންނެއެވެ . 14 15 ގެ ހަނދު ދޭ ރެއެކެވެ . އަހަރެން ފޫހި ފިލުވާލުމަށް އާދާގެ ރޭ ގޮތަށް އަހަރެން ސައިކަލުގައި ނިކުތީމެއެވެ . ރަށު ތެރޭގައި ދުއްވާލުމަށެއެވެ . އަބަދު ގޭ ތެރޭގައި ނޯތުމަށާއި ، މީހާ އެއްކޮށް ސްޓެރެސް ފިލުވާލުމަށްޓަކައި […]