“އާހްހްހްހްހހހ” އެވަގުތު އިވްޔާގެ ކަންފަތުގައި ޖެހުނީ މިޒިޔަލްގެ ވޭނީ ހަޅޭކުގެ އަޑެވެ. އިވްޔާއަކަށް ދެން ހަދަންވީ ގޮތެއް ނޭނގުނެވެ. ދާންވީ ކުރިއަށް ހެއްޔެވެ؟ ފަހަތަށް ހެއްޔެވެ؟
(25 ވަނަ ބައި / ފަހުބައި)
އިވްޔާ ލަސް ލަހުން ފަހަތަށް އެނބުރުނެވެ. އިދިފުށަށް ޖެހިފައި އޮތް މިޒިޔަލް ފެނި އިވްޔާއަށް ހަޅޭ ލަވައިގަނެވުނެވެ. އޭރު އިބްރާހިމްބެ ދިޔައީ އަޑު ހަރުކޮށް ކިޔަވަމުންނެވެ. މުޅި ގޭތެރެއަށް ހީވަނީ ތޫފާނެއް އަހިސްފައި ވާހެންނެވެ. އެއްފަހަރު ހޭ އަޑެވެ. އަނެއް ފަހަރު ރޯ އަޑެވެ. އަނެއް ފަހަރު ވޭނީ ހަޅޭކުގެ އަޑެކެވެ. އިވްޔާއަކަށް ކުރިއަކަށްވެސް ފަހަތަށްވެސް ފިޔަވަޅެއް އަޅާކަށް ނުކެރުނެވެ. ހުރިތާ ގަބުވެފައި ހުރެވުނީއެވެ.
އިރުކޮޅަކު ކިޔަވާފައި އިބްރާހިމްބެ އެއްމިޔަކަނުން ހީލިއެވެ. މިޒިޔަލްއާއި ދިމާލަށް އިބްރާހިމްބެ ބަލައިލީ ކާމިޔާބީގެ ހިނިތުންވުމަކާއި އެކުއެވެ. މިޒިޔަލް ރުޅި އަހިސްފައި އިބްރާހިމްބެއާއި ދިމާލަށް ބަލައިލިއެވެ. އޭރު މިޒިޔަލްގެ ދެލޯ ރަތްވެފައި ވީ އިރު ދެބުމަ ވަނީ ކައިރި ވެފައެވެ.
އިނާއާއި މިޒްނާއަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. މައްވިޝްގެ ވޭނީ ރުއިން ތަކަކަށް ފަހު ވިރިގެން އެފޭބީ ދެމީހުންގެ ލޯ ކުރިމަތީގައެވެ. އޭރު އީވާ އޮތީ ނިދިފައެވެ. ފުރަތަމަވެސް ދެމީހުން ޔަގީން ކުރީ އީވާ ނޭވާ ލައިތޯއެވެ. އީވާ ނޭވާ ލާކަން އެނގުމުން ދެމީހުނަށް ހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
“ކަލޭ ކީކޭ ހިތަށް އަރައިގެން އަހަރެންގެ ކޮއްކޮ މަރާލީ ތި؟” ވާހަކަ ދެއްކީ މިޒިޔަލް ނަމަވެސް އިވުނީ ބަރުހެލި އަޑެކެވެ. “ދެން އޮތީ ކަލޭ! ކަލޭ ކިހިނެތް ހަދާނީ؟ ތައުބާވެ ކަލޭގެ އާއިލާ ގާތަށް ދާނީ ތަ؟ ނޫނީ ކަލޭވެސް އަންދާލަންވީ ތަ؟” އިބްރާހިމްބްގެ ކިޔެވުން ހުއްޓާލާފައި ސުވާލު ކުރިޔެވެ. “ތިއީން އެއްވެސް ކަމެއް ނުކުރާނަން” މިލީކް ހޭން ފެށިއެވެ.
ހެމުން، އަނގައިން ސޮނި ވަރަމުން މިޒިޔަލް އުޅޭ ގޮތް ބަލަން ހުރި އިވްޔާއަށް ރޮވޭ ގޮތް ވިއެވެ. ލޯބިވާ ފިރިމީހާ އުޅޭ ގޮތް ފެނި ހިތުގައި ރިއްސާލީ އިންތިހާއަށެވެ.
“ނުކުރާނަމޭ؟” އިބްރާހިމްބެ އަޑަށް ބާރުލާފައި ބުނެލިއެވެ. އަދި އަތުގައި އިން ފެންތަށިން ގޮށް މުއްޓެއް ނަގާ މިޒިޔަލްގެ މޫނު މައްޗަށް ޖެހިއެވެ. “އާހްހްހްހހ” މިޒިޔަލްގެ މޫނުން ދުން އެރިތަން އިބްރާހިމްބެ، އަދި އިވްޔާއަށް ވެސް ފެނުނެވެ.
“އަދި އެއްފަހަރު ތިހެން ބުނެބަލަ. ކަލޭމެން މާ ގޮތް ބޮޑުވެ، ފޮނި ބޮޑުވިޔަސް ޤުރްޢާންގެ މާތް ކަލިމަތަކުގެ ކުރިމަތީ ކަލޭމެން ނުވާނެ އެއްވެސް އެއްޗަކަށެއް” އިބްރާހިމްބެ ބުނެލިއެވެ.
“ކަލޭމެން އިންސާނުންނަށް ތިހާ ކުޑަކުޑަ ބާރެއް ލިބިފައި އޮތީމަވެސް ހާދަ ފޮންޏެކޭ ދޯ ތިވަނީ؟” މިޒިޔަލަށް ދެބުމަ ގާތް ކޮއްލަމުން ބުނެލީ ހިތް ހަމަ ނުޖެހިފައެވެ.
“މިއީކީ ކުޑަ ކުޑަ ބާރެއް ނޫނޭ. މިއީ މާތް ﷲ އަހަރެމެނަށް ދެއްވި ނިޢުމަތެއް. މިއީ މާތް ﷲ އަހަރެމެންނަށް ދެއްވި މުޢޫޖިޒާތެއް!” އިބްރާހިމްބެ ބުނެލިއެވެ. “ފަހު ފަހަރަށް މި އަހަނީ. ކަލޭ މި އާއިލާ ދޫކޮށް ކަލޭގެ އާއިލާ ގާތަށް ދާނީ ހޭ؟ ނުވަތަ އިސްލާމް ވާނީ ހޭ؟ ނުވަތަ އަނދާ ހުލިވެ ދާނީ ހޭ؟” އިބްރާހިމްގެ ތިން އިނގިލި ދައްކާލިއެވެ.
މިޒިޔަލް އެއްމިޔަކަނުން ހީލިއެވެ. “އެންމެ ރަނގަޅު. އަހަރެން މަރުވަންޏާ މަރުވާނީ މިޒިޔަލް އާއި އެކުގަ” މިޒިޔަލްގެ ކަރަށް ވާންކޮއްލަމުން މިލީކް ބުންޏެވެ.
“ނޫން!” އިވްޔާއަށް މިޒިޔަލްއާއި ދިމާލަށް ދުއްވައިގަނެވުނެވެ. އިބްރާހިމްބެ އަތުގެ އިޝާރާތުން ދުރުގައި ހުރުމަށް ބުނެލިއެވެ. ބިސްމިނުގެ ބަރަކާތާއި އެކު އިބްރާހިމްބެ އަޑު ހަރުކޮށް ކިޔެވަން އަނެއްކާވެސް ފެށިއެވެ. ހިނދުކޮޅެއްގެ ތެރޭގައި މިޒިޔަލްގެ ކަރަށް ވާންވެފައިވީ އަތް ދޫވެލިއެވެ. ބާރަކަށް މިލީކް ހޭރެން ފެށި އަޑު އިވުނެވެ. ހީވީ ވާލެއް ގޮވާލި ހެންނެވެ. އިވްޔާއަށް ކަންފަތުގައި އަތް އެޅުނެވެ. އެހާ ބާރު އަޑެއް ދުވަހަކުވެސް އިވްޔާއަށް އިވިފައެއް ނެތެވެ.
ފަސް ވަރަކަށް މިނިޓް ފަހުން އިދިފުށަށް ދެމިފައިވީ މިޒިޔަލްގެ ހަށިގަނޑު ސީދާ ވެލިއެވެ. އިބްރާހިމްބެގެ ހުއްދަ ލިބުމާއި އެކު އިވްޔާ ގޮސް މިޒިޔަލްގެ ގާތުގައި އިށީނެވެ.
“ޔަލް..؟ ޔަލް..؟ ލޯ ހުޅުވަބަ.. ހެޔޮނުވާނެ” އިވްޔާ ރޮމުން ރޮމުން މިޒިޔަލްގެ ކޮލުގައި ކޮއްޓާލިއެވެ. މިޒިޔަލްގެ ވަރުބަލި ވެފައިވީ މޫނުގައި އިވްޔާ ބޮސް ދެމުން ދިޔައެވެ. ނަމަވެސް މިޒިޔަލް އެއްވެސް ހަރަކާތެއް ނުކުރިޔެވެ.
“ނޫން. ނޫން ނޫން. ޔަލް މަރެއް ނުވާނެ. ޔަލް މަރެއް ނުވާނެ.” މިޒިޔަލްގެ ހަށިގަނޑު މެޔާލާ ބޮނޑި ކޮއްލަމުން އިވްޔާ ރޯން ފެށިއެވެ. އިބްރާހިމްބެއަށް އިސްޖަހާލެވުނެވެ.
އިވްޔާ ރޮމުން “ޔަލް މަރެއް ނުވާނޭ” ކިޔާ އަޑަށް މިޒްނާއަށްވެސް ކޮޓަރިން ނިކުމެވުނެވެ. އިވްޔާގެ އުނގުގައި ދެމިފައި އޮތް މިޒިޔަލް ފެނި މިޒްނާއަށް ހަޅޭ ލަވައިގަނެވުނެވެ.
“މަގޭ ދަރިފުޅާ…” މިޒްނާ ގޮސް މިޒިޔަލް ގާތުގައ އިށީނެވެ. “ދަރިފުޅާ. ހެޔޮނުވާނެ ދެލޯ ހުޅުވާލާ” މިޒްނާ މިޒިޔަލްގެ ދެއަތުގައި ހިފާލިއެވެ. މަންޒަރު ބަލަން ދުރުގައި ހުރި އިނާގެ ދެލޮލުންވެސް ކަރުނަ ތިއްކެއް ވެއްޓުނެވެ.
ދުވަސްތަކަށް ފަހު އިވްޔާގެ ތުންފަތުން އިނާއަށް ހިނިތުންވުމެއް ފެނިއްޖެއެވެ. އަނެއްކާވެސް އެ ހިނިތުންވުން ފިލައިގެން ދިޔައީކަން އެނގުމުން އިނާއަށްވެސް ރޮވިއްޖެއެވެ.
“ދަރިފުޅާ އިވް… ހުއްޓާލާ. އިންޝާ ﷲ މިހާރު ޔަލް އެހުރީ ދެން އެކަހަލަ އެއްވެސް އުނދަގުލެއް ނުޖެހޭނެ މާހައުލެއްގައި.” އިނާ ގޮސް އިވްޔާ ގާތުގައި އިށީންނަމުން މިޒްނާގެ އުނަގަނޑުގައިވެސް ފިރުމާލަ ދިނެވެ. އެމައިމީހާގެ ހިތުގައި އަޅާނީ ކޮންކަހަލަ ވޭނެއް ކަން އަންދާޒާ ކޮއްލަންވެސް އިނާއަކަށް ނޭނގުނެވެ.
އެންމެން ރޮވިފައި ތިއްބާ ދެން އިވުނީ ހުނުމުގެ އަޑެކެވެ. އެއަޑަށް ސިހުނީ އިވްޔާ، އިނާ އަދި މިޒްނާ އެކަންޏެއް ނޫނެވެ. އިބްރާހިމްބެ ވެސް ސިހުނެވެ. އެވީ ކީތް ހެއްޔެވެ؟
އޭރު މިޒިޔަލް އޮވެގެން ހަމަ ހެނީއެވެ. ހީވަނި މޮޔަވެފައި އޮތް މީހެއް ހެންނެވެ. “ސާބަހޭ އިވް. ޔަލް މަރެއް ނުވެޔޭ” މިޒިޔަލް ހެމުން ހެމުން ބުނެލިއެވެ.
އިވްޔާ ތުންފިއްތާލަމުން މިޒިޔަލްގެ މޭގައި ތަޅައިގަތެވެ. އެއާއި އެކު އެންމެނަށްވެސް ހެވުނެވެ.
“ހާސް ނުވޭ. ﷲ ގެ އިރާދަ ފުޅާއި އެކު ސިހުރުގެ މިކަންތައް ގަނޑުން މި އާއިލާ ސަލާމަތް ވެއްޖެ. އިބްރާހިމްބެ އުފަލާއި އެކު ބުނެލިއެވެ. “ޔަލް އަކަށް ކަމެއް ނުވޭ ދޯ އެހެންވެ؟” އިވްޔާއަށް އެހުނީ ޔަގީން ކޮއްލާށެވެ.
“ޔޭސްސް ދޫނީ. ޔަލް އޯކޭ އޭ” އިވްޔާގެ އަތުގައި ހިފާލަމުން މިޒިޔަލް ބުނެލިއެވެ. އިވްޔާ އުފާވެފައި މިޒިޔަލްގެ ހަށިގަނޑުގައި ބައްދާލިއެވެ.
***7 މަސް ފަސް***
އެހާދިސާއަށް ފަހު އިވްޔާއާއި މިޒިޔަލް ބަދަލުވީ ހިންމަފުއްޓަށެވެ. އިޒްނާ ކޮންމެ ގޮތަކަށް ކަންކޮއްފައި ހުރި ނަމަވެސް އިޒްނާ ނެތް ދުނިޔޭގައި އިޒާކް އެކަނި ކޮއްލާކަށް މިޒްނާއަށް ނުކެރުނެވެ. ދަންޖެހިދައި އިން އިޒްނާ ފެނުނު ފަހުން އިޒާކް މުޅިން ހަމަ އެއްވެސް ނޫނެވެ. މިޒްނާ ދިޔައީ އިޒާކްއަށް ނަފްސާނީ ގޮތުން ފަރުވަ ދެމުންނެވެ.
ރޭގަނޑުގެ ވަގުތެވެ. އިވްޔާއާއި މިޒިޔަލް ތިބީ ކޮޓަރި ތެރޭގައެވެ. ކޮޓަރީގައި ބާއްވާފައި އޮތް ކާޕެޓް މަތީގައި އީވާ ހުރި އިރު މިޒިޔަލްއާއި އިވްޔާ މަސައްކަތް ކުރަމުން ދިޔައީ އީވާއަށް ވާހަކަ ދައްކަން އެހީ ވުމަށެވެ.
“ކިޔާބަ ދޫނީ މަންމި”
“އެ ދޮގެއް ދޫނި ސޭ ބައްޕި”
އިވްޔާއާއި މިޒިޔަލްގެ އެހެން ކިޔާ އަޑު އަހަން އީވާ އިނީ ހެވިފައެވެ. ވާނުވާ ނޭނގުނަސް މަންމައާއި ބައްޕަ އެހެން ކިޔާ އަޑު އަހަން އީވާ އިނީ މަޖާވެފައެވެ.
“އޯކޭ. ހިނގާބަލަ އަޅެ އީވީ ތަންކޮޅެއް ދުރުގަ ބަހައްޓަން. އިނގިދާނެތާ ކާކު ކައިރިއަށްކަން އަންނަނީ” މިޒިޔަލް ދެއަތް އުރާލަމުން ބުނެލިއެވެ. “މައްސަލައެއް ނެތް” އީވާ ތަންކޮޅެއް ދުރުގައި ބަހައްޓާފައި އިވްޔާ ގޮސް މިޒިޔަލް ގާތުގައި އިށީނެވެ.
“އާދޭ މަންމި ކައިރިއަށް”
“އާދޭ ބައްޕި ކައިރިއަށް”
މިޒިޔަލްއާއި އިވްޔާ ގޮވާތަން ބަލަން އިރުކޮޅަކު ހުރެފައި އީވާ ހިނގާލާފައި ދިޔައީ އިވްޔާއާއި ދިމާލަށެވެ. “މަން… މަމި… މަން…މި” އީވާ ކޮށި ގޮތަކަށް ބުނެލިއެވެ.
“ޔޭ!!” އިވްޔާ އުފާވެލާފައި ބުނެލިއެވެ. މިޒިޔަލް ތުންއަނބުރާލާފައި ދުރުބަލާލިއެވެ. އީވާ މިޒިޔަލްގެ މޫނުގައި އަތް ޖައްސާލިއެވެ. “ބައްޕި” އީވާގެ މައުސޫމް ހުނުމުގެ އަޑު މުޅި ކޮޓަރި ތެރޭ އިއްވާ ލަމުން ބުނެލިއެވެ.
މިޒިޔަލް އުފާވެލާފައި އީވާ އުރާލިއެވެ. އަދި އީވާ މައްޗަށް އުފުލާލަމުން އެނބުރެލިއެވެ.
“އޭ އެކަމަކު އީވީ ހަމަ މަންމި އިނގޭ ފުރަތަމަ ކީ؟” އިވްޔާ ފޮނިވެލިއެވެ. “ހެވޭ. ބައްޕި އޭ ދޯ އެންމެ ފަރިތަކޮށް ބުނެލީ. މިއީ ހަމަ ބައްޕި ކުއްޖެކޭ ދޯ؟” އީވާގެ ކޮލުގައި ދޮނެއް ދެމުން މިޒިޔަލް ބުނެލިއެވެ. އީވާ ތުންކޮޅު އަނބުރާލިއެވެ.
(ނިމުނީ)
ނޯޓް: މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޙިޔާލީ ވާހަކަ އެކެވެ.
ކިޔުންތެރިންގެ ސަމާލު ކަމަށް: އަޅުގަނޑުގެ ޓެސްޓު ފެށެން ކައިރި ވާތީވެ ދެން އަޅުގަނޑު ވާހަކަ ނެރޭނީ ޓެސްޓު ނިމުމުން ކަމަށް ބުނެލަމެވެ. އެހެނަސް “ޕްރޯ ސްޓޯރީޒް” އަކީ ކަނޑައެޅިފައިވާ ތާރީޙް ތަކުގައި ނިކުންނާނެ ވާހަކައަކަށް ވާތީވެ، އެވާހަކަ ނެރެވޭނެ ވާހަކަ ވެސް ބުނެލަމެވެ. އަޅުގަނޑެގެ 10 ވަަނަ ދިގުވާހަކަ “ހަންޖަރު” ގެ ޓްރޭލާރ ވަރަަށް އަވަހަށް ކިޔާލަން ލިބޭނެ ވާޙަކަ ވެސް ބުނެލަމެވެ. “ހަންޖަރު” ވާހަކަ އަކީ ހިލޭ ކިޔާލަން ލިބޭ ވާހަކައެއްކަންވެސް ފާހަގަ ކޮއްލަމެވެ.
ހުރިހާ ކިޔުންތެރިނަށްވެސް އަންޑަސްޓޭންޑް ވާނެ ކަމަށް ގަބޫލް ކުރަމެވެ. މިވާހަކަވެސް ކިޔުންތެރިންނަށް ކަމުދިޔަ ކަމަށް އުންމީދު ކުރަމެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
31 Comments!
Comments are closed.







Masha Allah they get a happy ending❤️ cover pic ves Vrh reethi season 2 eh ves kiyaalan beynun mi vaahaka ige yes i understands kaamiyabu imthihaanakah Edhen Hanjaru Vhk hiley kiyaalan libey thee vrh ufaavehje Curiously waiting for the next story
Lysmm❤️
Hehe yesss happy ending for iv and yal🫶🏻
Jazaakallah khairan dear ❤️
Hehe sorry but i am not planning to write a season 2 for this story.. this is the very end hama hehe..
Stay tuned for hanjaru trailer.. trailer ga liyelaanan kon irakun kameh hanjaru vaahaka neren fashaany.. which will be the day i finish my exam
Stay tuned🥰
Lyt
Maasha Allah mi stry vx vrh reethi💜💜
Cover pic vrh loabi.. Maasha Allah 💜
Alheyy… Haadha cute family ekeyy💜☺️💜
Itz ok… N good luck with you tests and HANJARU..
E story hiley kiyaalan libey thy so happy
Tc.. Lysm Shiher 💜💜
Jazaakallah khairan dear ❤️
Stay tuned for hanjaru trailer.. trailer ga liyelaanan kon irakun kameh hanjaru vaahaka neren fashaany.. which will be the day i finish my exam
Stay tuned🥰
Lyt
masha allah mi whole story ves vrh reethi
at a loss of words of how beautiful the story was
really love the cover pic
one of the best stories i have read in my life so far
sooo happy i got to read this amazing story from my favv author
kinda sad nimuneemai but happy anehkka new story eh kiyaalan libeyne thee ve
good luck on your tests,best wishes
tc
lysmmm shiherrrr
💖💖💖
Jazaakallah khairan dear ❤️
Stay tuned for hanjaru trailer.. trailer ga liyelaanan kon irakun kameh hanjaru vaahaka neren fashaany.. which will be the day i finish my exam
Stay tuned🥰
Lyt
Masha allah mi part vs vrh reethi
Nimunii dhww…vrh loabi nimun genesfa ingoi
Mihaar vs kiyaahih vehje hanjar
Goodluck
Lyyy🫶🏻🫶🏻🫶🏻
Jazaakallah khairan dear ❤️
Varah ufa vejje kamudhiyaiima🥰
Stay tuned for hanjaru trailer.. trailer ga liyelaanan kon irakun kameh hanjaru vaahaka neren fashaany.. which will be the day i finish my exam
Stay tuned🥰
Lyt
Alhey yal!!
Hith nuhuttunee kiriyaa!!
Yal and Ivee ah kameh nuvaa kan engumun such a relief 💗
So happy they got a happy ending😊😊😊
Ivya libunee varu gadha drama king eh dhw👀
Oh it’s okay darls
I’m more than happy to hear that there’s a new story from u and it’s for free!!!
Your are such a creative and a courageous author!!!
Lived this story whole heartedly
Lyssssm💗💗💗
Jazaakallah khairan dear ❤️
Haha yal dhw🤣 such a prankstar😭
Stay tuned for hanjaru trailer.. trailer ga liyelaanan kon irakun kameh hanjaru vaahaka neren fashaany.. which will be the day i finish my exam
Stay tuned🥰
Lyt
Maashaa Allah mi part ves v Reethi 💓
Mi vaahaka ves nimuny ey dho 😭😭😀
I really thought miziyal actually died 😭😂
Yesssss they are finally saved from those freaking jini thah
Miziyal and ivya and eeva haadhahaa cute ey dho 😆😆🙂
Loved this story 😊
Can’t wait for you’re next one 😅☺️
Hope we get a interesting plot in the next one ‘HANJARU’ as well
Tc❤️❤️❤️❤️
And good luck on you’re exams ❤️💗💗
Jazaakallah khairan❤️
Jazaakallah khairan dear ❤️
Haha yal dhw🤣 such a prankstar😭
Stay tuned for hanjaru trailer.. trailer ga liyelaanan kon irakun kameh hanjaru vaahaka neren fashaany.. which will be the day i finish my exam
Stay tuned🥰
Lyt
Alley nimunee dhw
Mashallah mi part vs vrh reethi
Gudd luck on your exams sis
Jazaakallah khairan dear ❤️
Heyy shiherr.. I read this story beginning to end even if I didn’t comment on every ep.. but still this is one of the best horror stories I’ve written.. the descriptions of the scenes are amazing I loved this story.. haadha avahakahshey ekam nimuney dhww.. you’ll have my full support.. lyssm darll can’t wait for Ur other stories 💜🦋
Heyyy maash.. hehehe yess maash ge story vess shihaa kiyan hama abadhu comment nukollevunass vess..i am soo happy to hear that jazaakallah khairan🥺🥺❤️
You’ll forever have my full support as well.. ilyyymm can’t wait for hiyy edhe yaara thiye next episode🫶🏻
Maasha Allah ❤️ After a happy ending…mi story ge bonus eh upload kohlaba…Mi story vrh vrh furihama This is the story I read the best Your my one of fav authors
Lyssmm ❤️
TC ❤️❤️
Heyyyy Aishath
Jazaakallah khairan dear❤️
Hmmmmm that’s a good idea.. ekamaku vaany dhn shihaa ge exam ninmmaalaafa in sha allah.. i will give some thoughts about writing a bonus episode
Lyttt
Maasha Allah ❤️ After a happy ending…mi story ge bonus eh upload kohlaba…Mi story vrh vrh furihama This is the story I read the best Your my one of fav authors
Lyssmm ❤️
TC ❤️❤️
What do you guys think? Want a bonus episode for the story?
Yessss
Yes want to read a bonus episode
Alhamdhullilah. Mi vaahaka feshigen nimendhen kiyaalan libuneema varah ufaa vejje. At the same time im so happy the story ended with a happy ending.
Alhamdhulihllah
Happy to hear that
Hey shiherr! Awwn mi story ves nimunee dhw.. I love it ingey. Hama absolutely amazing! Shiherr ge first horror story akah mi vaahaka hama varah salhi. The plot was also very interesting, although my mind says u can do better than this. So try ingey, in the future
Im so glad Mizyal, Ivya, and Eevaa got a happy ending. Actually, Iznaa komme gothakah kanthah kuriyas, she is also a mother right? But huri hamaekani dharifulhah viyas limits onnan vaanekan mi story in engey. Aslu Ezaa ah varah asaru kuraane dhw. Efakeeru kihaa ekani veri vaane?
And, sihuru ge kanthah gandun salaamai veethee varah vx happy. I kinda feel bad for Mahvish, though.. he didn’t do anything wrong. We could say he was innocent dhw.
And that Mizyal ganduu. Ekahala prank jassaakah nuvaane dhw. Heyonuvaane. Actually, (love the photo ingey) e photo fenuneema i thought Miziyal salaamai ve happy ending ekey, ekam ehen veema i was totally shocked.!!! Naseebeh hama salaamai vikan.
Anyways, once more varah reethi vhk eh, as always.
And, khanjaru is, hiley kiyaalan libey vaahaka eh dhw? Not to esfiya pro, right? But u mentionex esfiya pro ah liyaa vaahaka eh vx innaane ey. So im assuming thats a different story, not khanjaru?
And, its totally fine Shiherr. Exams are always important, they’ll shape ur future right? We totally understand. The same happens to us too right?
And, if it is ok with you, yes we would like a bonus episode
Lyyssssm 🥰🥰
Hey oreo gurll
Jazaakallah khairan dearr.. in sha allah adhivess i will improve hehe…
Yes shiraath is the pro story.. in sha allah bonus episode eh geness dheynan
Happy u loved this
Lyt
Gud luck on your exam shiherrr
Jazaakallah khairan