ފުންމައިގެން ހުސްނާއަށް ތެދުވެވުނެވެ. އޭރު އޭނާގެ މުޅި ގައިން ހުރީ ދާ ހިއްލާފައެވެ. އޭނާގެ ނޭވާ ހަމައަކަށް އެޅެން ދެން އޭނާ މަޑުކޮށްލިއެވެ. ހުސްނާއަށް ފެނުނީ ހުވަފެނެއްގެ ސިފައިގައި އޭނާގެ މާޒީގެ އެއްބައެވެ. ހުސްނާ މަޑުމަޑުން ތެދުވިއެވެ. އަދި ފާރުގައި ލެނގިލިއެވެ.
އޭގެ ފަހުން އެތައް ކަމެއް ހިނގައިފިއެވެ. އެތައް ކަމެއް ހުސްނާ ކޮށްފިއެވެ. އޭގެ ހިތި މިހާރުވެސް ހުސްނާގެ އަރުތެރޭގައި ލަމުން ދިޔައެވެ.
ނަމަވެސް އަދިވެސް ހުސްނާގެ ހިތުގައި އަނދަމުން ދިޔަ ނަފްރަތާއި އަމިއްލަ އެދުންވެރިކަމުގެ އަލިފާންގަނޑު ނިވޭ ގޮތެއް ނުވެއެވެ.
*** 23 ވަނަ ބައި ***
ހުސްނާ އެހެން އިރުކޮޅެއް ވަންދެން ހުރުމަށްފަހު އެންމެ ފަހުން އެނދާއި ދިމާއަށް މިސްރާބު ޖަހައިފިއެވެ. އަދި މަޑުމަޑުން އެނދުގައި އޮށޯވެލިއެވެ. އޭނާގެ ހަޔާތް މިވަނީ ވަރަށް އަނދިރި މަގަކުން ދަތުރު ކުރަން ފަށާފައެެވެ. އެކަމުން އަރައިގަނެވޭނެކަމެއްވެސް ނޭނގެއެެވެ. ނަމަވެސް ހުސްނާއަށް އެނގޭހާވެސް އެއްޗަކީ އަދިވެސް އޭނާ އެންމެ ބޭނުންވާ އެދުން ފުރިހަމަ ނުވާކަމެވެ.
***
އާ ދުވަހަކަށް އިރު އަރައިފިއެވެ. ހުސްނާ އަވަސްއަވަހަށް ތެދުވެގެން ގޮސް ގައި ދޮވެލާ ހަދައިގެން ތައްޔާރުވެގެން ނުކުމެއްޖެއެވެ. އޭރު ކިރިޔާ 6 ޖެހީއެވެ. ހުސްނާ މަޑުމަޑުން ގޮސް ބަދިގެ ފަރާތަށް މިސްރާބު ޖެހިއެވެ. ބަދިގެއަށް ވަނުމަށްފަހު އިއްޔެ ކެއްކި ބޮޑު ގަރުދިޔަ ތެލި ހޫނުކުރުމަށް އަވަސްވެގަތެވެ.
ދެތިން ދަރުކޮޅެއް ލުމަށްފަހު ހުސްނާ އަލިފާންގަނޑު ރޮއިކޮށްލާއިފިއެވެ. އަދި ތެލީގެ މަތިގަނޑު ނެގިއެވެ. ނަމަވެސް އެ ބޮޑު ތެލީގެ ތެރޭގައި އެންމެ މަސްކޮޅެއް ވެސް ނެތެވެ. ހުސްނާ ހައިރާންވިއެވެ. އިއްޔެގަ އޭނާ ގައިމުވެސް ގަރުދިޔަ ކެއްކީ ބޮޑު ފަލަ 3 ކަންނެލީގައެވެ. އެހާ އަވަހަށް އެ ހުރިހާ މަހެއް ހުސްވާނީ ކިހިނެއް ހެއްޔެެވެ؟
ތެލީގައި ހުރީ ގަރުދިޔަ ކޮޅު އެކަންޏެވެ. ހުސްނާ މިހެން ހައިރާންވެފައި ހުއްޓައި ޔުމާން އާ ފުރެމުން ބަދިގެއަށް ވަނެވެ. ޔުމާން އައުމުން ހުސްނާ އޭނާގެ މޫނުމަތިން ހައިރާންކަމުގެހުރިހާ ނިޝާންތަކެއް ފިލުވާލިއެވެ.
“ދަރިފުޅާ އުޅޭ ސައިބޯން؟” ހުސްނާ ވަރަށް ލޯބިން އަހާލިއެވެ. މީގެ ރައްދުގައި ބޯ ޖަހާލުމަށްފަހު ޔުމާން ކާ ގެއަށް ގޮސް އިށީނެވެ. ހުސްނާ އަވަސްއަވަހަށް ފުށް މޮޑުމަށްފަހު ރޮށި ފިހުނެވެ. އަދި ގަރުދިޔަ އެތި ހޫނުކުރުމަށްފަހު ބޯ ތަށްޓަކަށް އެއް ބައި އެޅުމަށްފަހު ކާ ގެއަށް އެ ތަށްޓާއި ރޮށި ތަށި ލިއެވެ.
ހުސްނާ ބަދިގެ ތެރެ އެއްވަރުކުރުމަށްފަހު ޔުމާނަށް ކަޅު ސައި ތަށްޓެއް ގިރިއެވެ. ސައި ތަށި ހިފައިގެން ގޮސް ކާ ގެއަށް ގޮސް ޔުމާން ކައިރީގައި ސައި ތަށި ބެހެއްޓިއެވެ. އަދި ޔުމާން އާއި ޖެހިގެން އިން ގޮނޑީގައި އިށީނެވެ.
“މަންމާ މީގައި އެންމެ މަސްކޮޅެއްވެސް ނެތީތަ؟” ޔުމާން ޝަކުވާ ކުރިއެވެ. “އާން….ދަރިފުޅު އިއްޔެ ކެއިންތަ ގަރުދިޔަ މަސް؟” ހުސްނާ އަހާލިއެވެ. “އާން ކެއިން. އެކަމަކު އެހާ ގިނައިންނެއް ނުކަން” ޔުމާން ޖަވާބު ދިނެވެ. ޔުމާންގެ މި ޖަވާބުން ހުސްނާގެ ހިތް ނުތަނަވަސް ވާ ގޮތް ވިއެވެ. “ކޮބާތަ ޔުމްނާ؟” ޔުމާން އަހާލިއެވެ. ހުސްނާ ޔުމްނާ މަތިން ހަނދާންވީ ދެނެވެ. “ކޮ..ކޮޓަރީގަ ކަންނޭގެ..” ހުސްނާ ބުންޏެވެ.
“އަންނާނަން ބަލައިލާފަ” ޔުމާން ސައި ތަށި ހުސްކޮށްލުމަށްފަހު ތެދުވަމުން ބުންޏެވެ. ހުސްނާ ޔުމާން ހުއްޓުވަން ބޭނުންވިއެވެ. ރޭގައި ހުސްނާއަށް ޔުމްނާގެ ފަރާތުން ފެނުނު މަންޒަރުގެ ސަބަބުންނެވެ. ނަމަވެސް ނުދާށެ ބުނެފި ނަމަ ޔުމާންވެސް ހުސްނާއަށް ޝައްކު ކޮށްދާނެތީ އެ ބަސްތަށް ހުސްނާ ދިރުވާލިއެވެ.
ޔުމާން ތުމުން ފުމެމުން މަޑު ރާގެއް ލައްވަމުން ގޮސް ޔުމްނާގެ ކޮޓަރިއާއި އަރާ ހަމަވިއެވެ. ކޮޓަރިއާއި އަރާ ހަމަވުމުން ތިން ފަހަރު ޔުމާން ޓަކި ޖެހިއެވެ. ނަމަވެސް އެތެރެއިން އެއްވެސް ހަބަރެއް ނުވިއެވެ. އަނެއްކާވެސް ޔުމާން ޓަކި ޖެހިއެވެ. މި ފަހަރު ތަންކޮޅެއް ބާރަށެވެ. ނަމަވެސް އަޑެއް ބަޑެއްވެސް އިވިނުލައެވެ. ޔުމާން ކޮޓަރީގެ ތަޅުގައި ހިފައިލިއެވެ. ތަޅު ހުރީ ހުޅުވާފައެވެ. މިކަމާ ޔުމާން ކުޑަކޮށް ހައިރާންވިއެވެ. ޔުމްނާއަކީ އަބަދުވެސް ކޮޓަރި ތަޅުލައިގެން އޮންނަ ކުއްޖެކެވެ. އަނެއްކާ ހަނދާން ނެތުނީ ބާވައެވެ؟
ޔުމާން އެހެން އެތައް އިރެއްވަންދެން ހުރުމަށްފަހު އެންމެ ފަހުން މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވިއެވެ. މުޅި ކޮޓަރި ތެރެއަށް ވެރިވެފައިވަނީ އަނދިރިކަމެވެ. ދޮރުފޮތި ދަމާފައި ހުރުމުން ކޮޓަރި ތެރޭގައި އެއްވެސް އަލިކަމެއް ނެތެވެ. ޔުމާން މަޑުމަޑުން ކޮޓަރި ތެރެއަށް ވަނެވެ. “ޔު…ޔުމްނާ؟” ޔުމާން މަޑުމަޑުން ގޮވާލިއެވެ. ޔުމްނާގެ ހަބަރެއް ނެތެވެ.
ޔުމާން ޔުމްނާގެ އެނދާއި ދިމާއަށް ހިނގައިގަތެވެ. އެނދަށް ހީވަނީ ނަގޫ ރޯޅިއެއް އަރާފައި އޮތް ހެެންނެވެ. އެއްބައި ބާލީސްތައް އޮތީ ބިންމަތީގައެވެ. ރަޖާގަނޑު އޮތީ އެއްވެސް ތަރތީބެއް ނެތި އެނދުގެ ފަނޑީގައި އެޅިފައެވެ. މި މަންޒަރު ފެނި ޔުމާންގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ. ޔުމްނާއަކީ އާންމު ގޮތެއްގައި ވަރަށް ސާފުތާހިރު ކުއްޖެކެވެ. ނަމަވެސް މިއަދު ފެންނަމުން ދިޔައީ އޭގެ ދިމާ އިދިކޮޅެވެ.
ކުއްލިއަކަށް ފާހަނާ ތެރެއިން ފެންވެރޭ އަޑު ޔުމާންއަށް އިވެން ފެށިއެވެ. ޔުމްނާ އެ އުޅެނީ ފާހަނާގަތާއެވެ. ޔުމާން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ހަމަ އެވަގުތު ފާހަނާގެ ތެރެއިން ބަރު ހުނުމެއްގެ އަޑު މަޑުމަޑުން ގުގުމާލިއެވެ. ޔުމާންގެ ހިތް ނުހުއްޓުނީ ހަމަ ކިރިޔާއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



V Reethi Maashaa Allah 💕💕
Kaaku baa E hey adu E ivuny😭😭
Probably the jinniiii 😭
Oh yumaan ah ves mihaaru mi kameh jehuny baa 😭🤔
Where is faraa now 🤔
When next
TC
Lysm 💜
Hi Kudu!
Let’s see who was giggling in the bathroom so much dhw
Yep its finally Yumaan’s turn to get spooked
We’ll see Fara soon
Insha Allah next Wednesday ah upload kohlleveytho massakkai kuraanan😄
Hadhaa kureyyyyy 😭 when next part can’t wait
Hey Luna!
Yes I know this part is a little too short compared to the previous ones, so sorry about that!🥲
Insha Allah next Wednesday ga thankolheh dhigu baeh upload kohllan massakai kuraanan😁