Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ހަވޭލީ – ސައުވީއްސްވަނަ ބައި

Mariyam Imna
Mariyam Imna Level 210 Stories100 Login
September 20, 2025 3 Mins Read
4 Comments

ކުއްލިއަކަށް ފާޚާނާ ތެރެއިން ފެންވެރޭ އަޑު އިވެންފެށިއެވެ. ޔުމްނާ އެ އުޅެނީ ފާހަނާގަތާއެވެ. ޔުމާން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ހަމަ އެ ވަގުތު ފާހަނާގެ ތެރެއިން ބަރު ހުނުމެއްގެ އަޑު ގުގުމައިގެން ދިޔައެވެ. އެ އަޑަށް ސިފިފައި ޔުމާން ހުއްޓުނެވެ.

*** 24 ވަނަ ބައި ***

ޔުމާންއަށް ހުރެވުނީ ގުޑިލަންވެސް ނޭނގިފައެވެ. ވާނީވެސް އެހެންތާއެވެ. އެ ގޭގައި ޔުމާން ނޫން އެހެން ފިރިހެނެއް ނޫޅޭނެއެވެ. ވީއިރު ފާހަނާގެ ތެރެއިން މި އިވުނީ ކާކުގެ ހުނުމުގެ އަޑެއް ހެއްޔެވެ؟ މިއީ ޔުމްނާ ޔުމާން ބިރުގަންނަވާލަންވެގެން ކުރާ ކަމެއް ހެއްޔެވެ؟ ނޫނީ…..

ޔުމާން އިރުކޮޅަކު މަޑު ކޮށްލިއެވެ. އޭރުވެސް ފާހަނާ ތެރެއިން ފެންވެރޭ އަޑު އިވެމުން ދިޔައެވެ. އެހެން ހުންނަތާ ދެތިން މިނެޓު ވީ ފަހުން ޔުމާން ނިކުންނަން ވެގެން ހިނގައިގަތެވެ. ހަމައެވަގުތު ފާހަނާގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. ޔުމާން އަވަސްއަވަހަށް ޔުމްނާގެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

“އަހަރެންގެ ކޮޓަރީގައި ކީއްކުރަނީތި؟” ޔުމްނާގެ އަޑު އިވިފައި ޔުމާން ފަހަތް ބަލާލިއެވެ. ޔުމްނާ ހުރީ އެހާ އަވަހަށް ހެދުންވެސް ލައިގެންނެވެ. “މި…ޔުމްނާ ނުހޭލާތީވެ….” ޔުމާން ތުރުތުރު އަޅާހާލު ބުންޏެވެ. ޔުމްނާ އޭނާއާއި ދިމާއަށް ބަލަހައްޓައިގެން ހުރީ ބުޅާ މަސްގަނޑަށް ބަލާ ބީދައިންނެވެ. ޔުމާން މިކަން ނޭނގޭކަމަށް ހަދާފައި ލަސްލަހުން ހިންދިރުވާލިއެވެ.

“އަ…އަވަހަށް ރީތިވެގެން ސައިބޯން އަންނާށޯ” ޔުމާން މިހެން ބުނަމުން ކޮޓަރިން ނުކުތެވެ.

ޔުމާން ދިއުމުން ޔުމްނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި އެނދުމައްޗަށް ގުޅަވަރަކަށް ޖެހުނެވެ. “އެއީ އަޅެފަހެ ކާކުތަ މަށަށް އަމުރުކުރަން؟” ބަރުވެފައި ހުރި އަޑުން ޔުމްނާ ބުންޏެވެ. “ހީވަނީ މާ މަތީގައި އުޅޭ މީހެއް ހެން ވިއްޔަ…” ޔުމްނާ ދެލޯ އަޅަމުން ބުންޏެވެ.

އެހެން އިރުކޮޅެއްވަންދެން އިނުމަށްފަހު ޔުމްނާ އެނދުން ތެދުވިއެވެ. އަދި އޭނާގެ އިސްތަށިގަނޑު ހުޅިއަކަށް ޖެހުމަށްފަހު ކޮޓަރިން ނުކުތެވެ.

ޔުމްނާ ފައި ދަމަމުން ގޮސް ކާގެއަށް ވަނެވެ. އެ ވަގުތު ވެގެން ދިޔައީ ހުސްނާ ކާގެއިން ނުކުންނަން ދިމާކުރި ވަގުތަށެވެ. ދެ މީހުން އެކަކު އަނެކެއްގެ ގައިގައި ޖެހުނެވެ.

ހުސްނާގެ މޫނު ހުދުވިއެވެ. މި މަންޒަރު ފެނިފައި ޔުމްނާގެ ތުންފަތުގައި ލާނެތް ހިނިތުންވުމެއް ކުޅެލިއެވެ. “ހާދަ ބިރުގެންފަ؟” ޔުމްނާ މަލާމާތްކުރާ ބީދައަކުން ބުންޏެވެ. މި އަޑު އިވި ހުސްނާގެ ހިތަށް އިތުރު ބިރުވެރިކަމެއް ވެރިވިއެވެ. “ބ..ބިރުގަނެފައެއް…ނޫން…” ހުސްނާ މަޑުމަޑުން ބުންޏެވެ. “އެކަމަކު މޫނުމަތި ހުރީ ހުދު ކުލައިގަ”. ޔުމްނާ ފާހަގަކުރިއެވެ. “އެ…އެއީ ކައްކަން އުޅުނީމަ. ދެން އެހާ ގިނަ ސުވާލު ނުކޮށް ސައިބޯން ދޭ އަވަހަށް”. ހުސްނާ ވާހަކަ އަނބުރާލުމަށްފަހު ބާރުބާރަށް ޔުމްނާއާއި ދުރަށް ދިއުމަށް ހިނގައިގަތެވެ.

ހުސްނާ ދިއުމުން ޔުމްނާ ކާގެއަށް ވަނެވެ. ނޭފަތުގައި ޖެހުނު ގަރުދިޔަ ވަހާއެކީ އޭނާގެ ކުޅު ދިޔާވިއެވެ. މަޑުމަޑުން ގޮސް ގަރުދިޔަ އަޅާފައި ހުރި ބޯތަށީގެ މަތި ނެގިއެވެެ. އޭގައި އެންމެ މަސްކޮޅެއްވެސް ނެތެވެ. ޔުމްނާގެ ހިނިތުންވުނުް ފުޅާވެގެން ދިޔައެވެ. އަދި މަޑުމަޑުން ގޮސް ބަދިގެއަށް ވަނެވެ. ބަދިގޭގެ ދުމޮށި މައްޗަށް އަރުވާފައި ހުރި ގަރުދިޔަ ތެލި ޔުމްނާއަށް ފެނުނެވެ. ޔުމްނާ ތެލިތެރެ ބަލާލިއެވެ. އެންމެ މަސްކޮޅެއްވެސް ނެތެވެ. ޔުމްނާ މިތަން ބަލާލުމަށްފަހު މަޑުމަޑުން ގެއިން ނުކުންނަން ހިނގައިގަތެވެ.

ގެއިން ނުކުތުމަށްފަހު ޔުމްނާ ލަސް ފިޔަވަޅުތަކެއްގައި ހިނގަމުން ގޮސް ވަލާވީ ފަރާތުން އަތިރިމައްޗާއި ދިމާއަށް މިސްރާބު ޖެހިއެވެ. ވަގުތަކީ ހެނދުނުގެ ވަގުތު ކަމުން މަގުތަކުގައި މީހުން މަދެވެ. ވަލުތެރޭގައި ޔުމްނާ ހިނގަމުން ދިޔައިރު ބީހިލާ ތެތްފިނި ވައިރޯޅިަތައް ޔުމްނާގެ ގައިގައި ފިރުމާލާފައި ދެއެވެ.

މާ ގިނަ އިރުތަކެއްނުވެ ޔުމްނާއަށް ރަށުގެ ފުއްޓަރު ފަރާތަށް ނުކުމެވިއްޖެއެވެ. ޔުމްނާ ހިންދެމިލިއެވެ. ކައިރީގައި މިދިލި ގަސްތަކާއި މަގޫ ގަސްތަށް ޖެހެމުންދިޔަ ވައިރޯޅިއާއި އެއްވަރަށް ހެލެމުން ދިޔައެވެ. ޔުމްނާ ލަސް ހިނގުމެއްގައި މަޑުމަޑުން އަތިރިމައްޗަށް ފައިބަން ފެށިއެވެ. ރާޅުޖެހޭހާ ހިސާބަށް ޔުމްނާއަށް ދެވުމުން ޔުމްނާ ދުވަން ފެށިއެވެ.

ޔުމްނާ މިހެން ދުވަމުން ގޮސް ކަކޫތާ ފެނާއި ހަމައަށް ދެވުމުން މޫދަށް ޑައިވެއް ޖެހިއެވެ. އަދި ފަތަން ފެށިއެވެ. ފަޅުން ބޭރުވުމުން ޔުމްނާ ލޮނުގަނޑުގެ އެންމެ އަޑިއަށް ފީނައިގަތެވެ. އޭރު އޭނާ ވަށައިގެން ރެހި އައިނެއް އުޅުނެވެ.

ޔުމްނާ ރެހިތަކާއި ދިމާއަށް ފަތައިގަތެވެ. އޭރު އޭނާގެ ދެލޯ ހުރީ ރަތްކުލައަށް ބަދަލުވެފައެވެ. ކުއްލި ލަތްކަކާއެއްކޮށް ޔުމްނާ އޭނާގެ އަތުން ރެހިތަކެއް ހިފިއެވެ. ނަމަވެސް މިވަރުން ހިތް ނުފުރުމުން އިތުރަށް އަޑިއަށް ފީނާލުމަށްފަހު އަނެއް އަތުންވެސް ރެހީގެ މުށެއް ނެގިއެވެ. މިވަރަށް ނެގުމުން ޔުމްނާ އެއްގަމާއި ދިމާއަށް ފީނައިގަތެވެ.

އެއްގަމަށް އެރުނުއިރު ޔުމްނާ ހުރީ ތެމި ފޯވެފައެވެ. އޭރު ޔުމްނާ އަތުގައި ހުރި ރެހިތައް ދިޔައީ ތެޅެމުންނެވެ. ޔުމްނާގެ ކުޅު ދިޔާވެގެންދިޔައެވެ. އަދި ލަސްކުރުމެއްނެތި އެ ދިރިދިރި ހުރި ރެހިތައް އަނގައަށް އޮއްސާލިއެވެ.

ޔުމްނާ ރެހިތައް ހަފަމުން ދިޔައިރު އަނގައިގެ އެއް މިޔަކަނުން ލޭ ފައިބަމުން ދިޔައެވެ. މިކަން އިހުސާސް ވުމުން އޭނާގެ ބޮޑުވާ އިނގިލިން ލޭކޮޅު ފުހެލުމަށްފަހު މީރުކޮށް އެ އެތިކޮޅު ލޮއެލިއެވެ. ރެހިކައި ނިމުމުން ޔުމްނާގެ ހުރިހާ އިނގިއްޔެއް ލޮއެލިއެވެ. އަދި އެއަށްފަހު ގެއާއި ދިމާއަށް ހިނގައިގަތެވެ.

ޔުމްނާއަށް ގެއަށް ވަދެވުނުއިރު ހެނދުނު 8 ޖަހާފިއެވެ. ތެތް ހެދުމާއެއްކޮށް ޔުމްނާ ހުރިގޮތައް ވަނީ ކޮޓަރިއަށެވެ. އަދި އެއަށްފަހު ފާހާނާއަށް ވަދެ ފެންވެރިއެވެ. ފެންވަރާ ނިމުމުން ތެތް ހެދުން ޔުމްނާ ދާވަށިގަނޑަށް އެއްލިއެވެ. އަދި އެއަށްފަހު އެނދުމައްޗަށް ވެއްޓިގަތުމަށްފަހު ނިދަން އޮތެވެ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mariyam Imna
Follow Me Written By

Mariyam Imna

Level 210 Stories100 Login

Other Articles

Previous

ލޯބި އަހަރެންވެސް ވީމޭ…

Next

ހިތުގެ ރިހުން (29)

Next
September 20, 2025

ހިތުގެ ރިހުން (29)

Previews
September 20, 2025

ލޯބި އަހަރެންވެސް ވީމޭ…

4 Comments!

  1. Kudu says:
    September 20, 2025 at 12:41 pm

    Maashaa Allah mi part ves v Reethi ❤️
    Husna ah kihineth evee 😭
    Yumna is giving me the creeps 😥😭
    Quick question is there a nama for the jini 🤔🤔
    I think we found out who ate the garudhiya mas 😅
    When next
    TC
    Lysm 💜

  2. Mariyam Imna Mariyam Imna says:
    September 22, 2025 at 9:34 am

    Hi Kudu!
    Husna is Husnaing as usual😭
    Yep i felt creeped out when I wrote that rehi scene🤢
    We’ll see the name of the jinni very soon
    Yep someone is having raw fish cravings and its definitely not Yumaan or Husna 😭
    TC and Lyt!🤍🤍🤍

  3. 🤍 Eekko 🤍 says:
    September 22, 2025 at 9:41 am

    Omg!!!
    Hama aslu ves yumna ah ehery jinni avalaafae!
    Heyo nuvaane yumna salaamai khodhee!
    Btw mi part ves varah reethi!
    When next????
    😊👍

    1. Mariyam Imna Mariyam Imna says:
      September 23, 2025 at 9:20 am

      Hi Eekko!
      Yes Yumna ah jinni avalaafa huree😮‍💨
      I’ll try to save her…. (hopefully)
      I’m glad you loved this part as well!
      Insha Allah Wednesday or Thursday ga next part upload kohllaanan💪

Comments are closed.

Next Episodeހަވޭލީ – ފަންސަވީސްވަނަ ބައި←


All Right Reserved!