Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ހަވޭލީ – އެކާވިސްވަނަ ބައި

Mariyam Imna
Mariyam Imna Level 210 Stories100 Login
September 6, 2025 3 Mins Read
6 Comments

އެއޮއް ހުރިހާ ދުވަހު އެ ފޮތް ތެރޭގައި މަ ބާއްވައިގެން އުޅުނީމަ ޖެހޭނެއްނު އޭގެ ބަދަލު ދޭން؟ ނޫންތަ؟” އެ މަޚްލޫޤު ޔުމްނާގެ ކުރިމަތީގައި ހުއްޓެމުން ބުންޏެވެ. “މިއީ ތި ފަކީރުގެ ނަސީބު. މިހާރު އަދކިރިޔާ ތިޔަ ފެނުނީ މިއޮޢް ހުރިހާ ދުވަހު ލޯބިވި މަންމަގެ ހަޤީޤީ ކުލަވަރު! ދެރަވޭތަ؟ އޭނ؟!” ޔުމްނާ ތަޅުވަމުން އެ މަޚްލޫޤު ބުންޏެވެ. “ހުސްނާއަށް އެ ދުވަހު އެ ހުރިހާ ކުޅިވަރެއް ކުޅެދިނީ މަށަށް މަޖުބޫރުވެގެން. އެކަމަކު މިހާރު؟ މިހާރު ކުޅިވަރު ކުޅެން ޖެހޭނީ ހުސްނާ. އެ ކުޅިވަރު ބަލަން ހުންނާނީ އަހަރެން.” މިހެން ބުނެ ކުއްލިއަކަށް އެ މަޚްލޫޤު ދުންގަނޑަކަށް ބަދަލުވިއެވެ. އަދި މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެ ދުންގަނޑު ޔުމްނާގެ ހަށިގަނޑުގެ ތެރެއަށް ދެމިގަތެވެ.

*** 21 ވަނަ ބައި ***

ޔުމްނާގެ ހަށިގަނޑަށް ބާރުގަނޑެއް އަރައިގެން ދިޔައެވެ. މަޑުމަޑުން ޔުމްނާގެ ހޭވެރިކަން އޭނާ ދޫކޮށްފައި ދާކަހަލަ އިހުސާސެއް އޭނާއަށް ކުރެވިގެންދިޔައެވެ. އޭނާގެ ބޮލަށް އާދަޔާޚިލާފަށް ފިނިވަމުންދިޔައެވެ. ޔުމްނާ ހޭނުނެތި ވޭތޯ ވަރަށް މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް މާ ގިނަ އިރަކު ޔުމްނާއަކަށް ހިފަހައްޓައެއް ނުލެވުނެވެ. ޔުމްނާ ތަޅުންގަނޑުގެ މައްޗަށް ދެމުނެވެ.

***

ހުސްނާ ހަވޭލީއާއި އަރާ ހަމަވީއިރު ހުރީ ރީއްޗަށްވެސް ގުނބު ހިލިފައެވެ. ނަމަވެސް ހުއްޓުމެއް ނެތި ގޮސް ގޭގެ ދޮރު ހުޅުވުމަށްފަހު ޔުމްނާގެ ކޮޓަރިއާއި ދިމާއަށް ދުއްވައިގެތެވެ.

ޔުމްނާގެ ކޮޓަރިއާއި އަރާ ހަމަވުމުން އަވަސްއަވަހަށް ހުސްނާގެ ހެދުމުގެ ޖީބުން ތަޅުދަނޑި ނެގުމަށްފަހު ދޮރު ހުޅުވިއެވެ. ނަމަވެސް ހުސްނާއަށް ދެން ފެނުނު މަންޒަރުން ހުސްނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ.

ޔުމްނާ ހުރީ ކޮޓަރި ތެރޭގައި ކޮޅަށެވެ. ހުސްނާއަށް ފުރަގަސްދީގެން ކުޑަ ދޮރުން ބޭރު ބަލާށެވެ. “ދަ..ދަރިފުޅާ..؟” ހުސްނާގެ އަޑު ތުރުތުރު އަޅާހާލު ޔުމްނާއަށް ގޮވާލިއެވެ. ޔުމްނާ ޖަވާބެއް ނުދިނެވެ. މިހެންވެ ހުސްނާ ކޮޓަރި ތެރެއަށް މަޑުމަޑުން ވަނެވެ. ޔުމްނާއާއި އަރާ ހަމަވުމުން ހުސްނާ ޔުމްނާގެ ކޮނޑުމަތީގައި އަތް ބާވައިލިއެވެ. “ދަރިފުޅާ….މަންމައާއި ދިމާއަށް ބަލާލަބަލަ…” ހުސްނާ އެދުނެވެ.

ޔުމްނާ މަޑުމަޑުން ފަހަތަށް އެނބުރުނެވެ. ހުސްނާގެ ގައިން ދިޔައީ ހީބިހި ނަގައިގެންނެވެ. ނޫނެކެވެ. ޔުމްނާގެ ސިފަ ހުރީ ބަދަލުވެފައެއް ނޫނެވެ. ނަމަވެސް ހުސްނާ ބިރުގަތީ ޔުމްނާގެ ތުންފަތުގައި ކުޅެލަ ކުޅެލާ ހުރި މަކަރުވެރި ހިނިތުންވުން ފެނިފައެވެ. ހުސްނާ ވަގުތުން ފަހަތަށް ފިޔަވަޅު އަޅަން ފެށިއެވެ. “ކިހިނެތްވީ މަންމާ؟ ހާދަ ބިރުގަނެފަ؟” ޔުމްނާ މަލާމާތް ކުރާ ފަދައަކުން ބުންޏެވެ. “ދަ..ދަރިފުޅު މިއޮއް ހުރިހާ އިރު ނުނިދާ ކީއްކުރަނީ؟” ހުސްނާ ހަމަޖެހެވޭތޯ ބަލަމުން އެހިއެވެ.

“މަންމަ އަހަރެންގެ ކޮޓަރިއަށް ވަދެގެން ކީއްތިކުރަނީ؟” ޔުމްނާ ޝައްކުގެ ނަޒަރަކުން ބަލަމުން އެހިއެވެ. މިހެން ޔުމްނާ ބުނުމުން ހުސްނާގެ އަނގަ ބަންދުވިއެވެ. “ދަ..ދަރިފުޅު ނިދައިފިތޯ ބަލަންވެގެން….” ހުސްނާ މަޑުމަޑުން ބުންޏެވެ. ޔުމްނާ އެއް ބުމަ ހިއްލާލިއެވެ. “މިއޮއް ދަން ގަޑީގައި؟ ދެން މަންމަ ނުނިދާ ކީއްތިކުރަނީ؟” ޔުމްނާ ބުންޏެވެ. “މަ…މަންމައަށް ނުނިދިގެން….މިއުޅެނީ….” ހުސްނާ ދޮގެއް ހަދާލިއެވެ.

“މިހާރު އެނގިއްޖެއެއްނު އަހަރެން ނުނިދާކަން. ދެން އެހެންވީމަ ނުކުމޭ އަހަރެންގެ ކޮޓަރިން.” ޔުމްނާ އަމުރުކުރާ ފަދައަކުން ބުންޏެވެ. ހުސްނާ ހައިރާންވިއެވެ. ދުވަހަކުވެސް މިހެން ޔުމްނާ ހުސްނާއަކާއި ވާހަކަ ދައްކާފައެއް ނުވެއެވެ. ނަމަވެސް ހިނދިރުވާލުމަށްފަހު ހުސްނާ ކުޑަކުއްޖެއްހެން ޔުމްނާގެ ކޮޓަރިން ނުކުތެވެ.

ހުސްނާ ކޮޓަރިން ނުކުތުމުން ޔުމްނާ ގޮސް ރީތިވާ މޭޒުގައި ހަރުކޮށްފައި އިން ލޯގަނޑު ކައިރީގައި ހުއްޓުނެވެ. އޭރު ޔުމްނާގެ މުށި ކުލައިގެ ކަޅި ދިޔައީ މަޑުމަޑުން އަނގުރު ކުލައަށް ބަދަލުވަމުންނެވެ. ޔުމްނާ އެއް މިޔަކަނުން ހީލިއެވެ. “މިފަހަރު މި އާއިލާ މުޅިން ސުންނާފަތި ކޮށްފަ ނޫނީ ދުލެއް ނުކުރާނަން…” ޔުމްނާ މިހެން ބުނި އިރު ޔުމްނާގެ އަޑު ހުރީ ބަރުވެފައެވެ.

***

ހުސްނާ އޭނާގެ ކޮޓަރިއަށް ވަދެ ގޮސް އެނދުމަތީގައި އިށީން އިރު ވެސް އޭނާގެ ބޮލުގެ ތެރޭގައި އެނބުރެމުން ދިޔައީ ދެންމެ ޔުމްނާ ވާހަކަ ދެއްކި ގޮތެވެ. އެއީ ހަމަ އޭނާގެ އުފަން ދަރިފުޅު ހެއްޔެވެ؟ ނޫނީ….

ކުއްލިއަކަށް މީހަކު ކޮޓަރި ދޮރުގައި ޓަކި ޖެހުމުން ހުސްނާ ދިޔައީ ސިއްސައިގެންނެވެ. އެނދުން ތެދުވުމަށްފަހު ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރީ ޔައުޤޫބެވެ.

“އެ ކޮއި ރަނގަޅުތަ؟” ޔައުޤޫބު އެ އެހީ ޔުމްނާގެ ވާހަކައެވެ. ހުސްނާ ވަގުތުން ބޯ ހޫރާލިއެވެ. “އަހަރެން ދިޔަ އިރުވެސް އޭނާ އިނީ ހޭލާ. އަހަރެންނާއި ވާހަކަ ދެއްކީ ވެސް ވަރަށް ފާޑަކަށް..” ހުސްނާ ބުންޏެވެ. “މިރޭ އެ ސަލާމަތްވި ޖިންނި އަނބުރާ އެއްބަސްވުމަށް ގެނައުމަކީ އަހަރެންނަށް ކުޅަދާނަ ކަމެއް ނޫން. އަހަރެން ލަފާ ދޭނީ ހުވަދޫ އިން ބަޔަކު ގެންނަން”. ޔައުޤޫބު ބުންޏެވެ. ހުސްނާ އެއްވެސް އެއްޗެއް ނުބުނެ ބޯ ޖަހާލިއެވެ. އޭނާ އަދިވެސް ހުރީ ދެންމެ ދިމާވި ކަންތައްތަކާއި މެދު ފިކުރު ބޮޑުވެފައެވެ. “އެއްޗެއް އަހާލަންތަ؟” ކުއްލިއަކަށް ޔައުޤޫބު ބުންޏެވެ. ހުސްނާ ވަގުތުން އެލާޓަށް އައެވެ. “އަނެއްކާ ކިހިނެއް ވީ؟” ހުސްނާ ހިތް ނުތަނަވަސްވެފައި ހުރެ އެހިއެވެ.

“ހުސްނާ އެ ޖިންނިއާއެއްކޮށް ކޮން އެއްބަސްވުމަކަށްތަ ދެމީހުން އެއްބަސްވީ؟” ޔައުޤޫބު އެހިއެވެ. ހުސްނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. “މި ގަޑީގައި އަހަރެންނަކަށް ތި ވާހަކަ  ތަފްސީލުކޮށް ކިޔައިދެވޭކަށް ނެތް. އެކަމަކު…..އަހަރެން އެއްބަސްވީ އޭނާގެ ފަރާތުން މަދަދު ލިބުމަށް”. ހުސްނާ ކޮޓަރި ތެރެއަށް ނަޒަރު ހިންގާލަމުން ބުންޏެވެ.

“ކޮންޗެއް ހޯދަން؟” ޔައުޤޫބު ވަގުތުން އެހިއެވެ.

“……އާރާއި ބާރު. މީހުންގެ ޤަދަރު. މީހުންގެ އިހްތިރާމް. މީހުންނަށް….އޮޅުވާލަން.” ހުސްނާ ބުންޏެވެ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mariyam Imna
Follow Me Written By

Mariyam Imna

Level 210 Stories100 Login

Other Articles

Previous

ޝިރާތް 15 ފަހުބައި

Next

އަބަދުވޭ ހިތުގާ މަގޭ 1

Next
September 6, 2025

އަބަދުވޭ ހިތުގާ މަގޭ 1

Previews
September 6, 2025

ޝިރާތް 15 ފަހުބައި

6 Comments!

  1. Oreo gurll says:
    September 6, 2025 at 7:56 pm

    Ooooh. This part is also very interesting. Shouldn’t Husna understand that something is very very wrong cause Yumna talked to her like that??
    And, what?? What did she wanna hide from everybody? I think, Faraa maraali kan kanneynge. Varah heevey.
    Anyways, varah interesting ingey. When’s the next episode?

    1. Mariyam Imna Mariyam Imna says:
      September 7, 2025 at 1:46 pm

      Hi Oreo Gurl!
      Yes Husna should know but Husna doesn’t know….yet👀
      We never know what Husna has up her sleeve, and yes it’s possible that she’s trying to hide Fara’s death.
      Im glad you loved this part as well!🫶🤍
      Insha Allah next Wednesday ga next part upload kohllaanan💪

  2. Kudu says:
    September 6, 2025 at 9:15 pm

    Mi part ves v Reethi Maashaa Allah 💗💗
    Ohhh no no no no
    Alhey yumna ah kihineth thi hedhy 😭😭😭😭
    Husna ge amilla edhunverikamuge bodukamun hedhi deal ge hithikan mihaaru e fenany 😔😥
    Ummmm did husna get rid of faraa 🤔
    Cuz faraa ge habareth vess nuvaathy 👀
    When next
    TC
    Lysm 💕

    1. Mariyam Imna Mariyam Imna says:
      September 7, 2025 at 1:49 pm

      Hi Kudu!
      Sorry I had to do that to Yumna but its for the plot😭
      Yes you know what they say, thiba fey hunu iloshi fatheege iloshi hereynee thimaage lolah. That’s pretty much what happened
      Let’s see if Fara is there or not very soon!👀
      V ufaavejje mi bai kamudhiyaeema!🤍🫶
      Insha Allah next Wednesday ga dhen oi bai upload kohllaanan💪

  3. 🤍 Eekko 🤍 says:
    September 6, 2025 at 10:28 pm

    Alhey… yumna salaamathun bahatachey!😭😭😭
    Then yumna anehka rangalhu vaane tha??!!
    😭😭
    Btw mi part vx vrh vrh reethi!
    Super curious for the next one!
    Lysssm 😘

    1. Mariyam Imna Mariyam Imna says:
      September 7, 2025 at 1:51 pm

      Hey Eekko!
      Hehe I will try to keep her safe….(hopefully)
      We’ll see soon if she regains control of her body or not
      V ufaavejje mi bai ves kamudhiyaeema!🫶🤍🤍
      Stay tuned!

Comments are closed.

Next Episodeހަވޭލީ – ބާވިސްވަނަ ބައި←


All Right Reserved!