Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ރޭފަނާ – 7

EXO
EXO Level 210 Stories100 Login
August 31, 2025 5 Mins Read
0 Comments

ދޯނިތައް ދޮންވެލިގަނޑަށް ބީއްސާލުމާއެކު އެންމެ ފުރުތަމަވެސް ފުންމާލީ ބިޔަ ޖާނުން ވަރުގަދަ ކަޅުކަންގަދަ މީހެކެވެ. އެމީހާގެ އެއް ލޯ މަދެވެ. އެމީހާގެ މޫނުމަތީ ޒަހަމްތަކުގެ ނިޝާން ހުއްޓެވެ. އެމީހާގެ މަޑު ރަތް އިސްތަށިގަނޑު ދިގެވެ. އެމީހާގެ އެއް އަތުގައި ފޮތްބޮނޑިޔެއް އޮތެވެ. އެއީ ބަކުރުބެގެ އެންމެ މޮޅު ތަޖުރިބާކާރު ފާރަވެރިޔާކަމުގައިވާ ހުސެންއެވެ. ހުސެންއަކީ ބަކުރުބެގެ އެއް އަތްފަދަ މީހެކެވެ. މުޅި އުމުރު ކުޑައިރުންސުރެ ހުސްކުރީ ބަކުރުބެއާއެކުއެވެ. ބަކުރުބެ ކައިރިން އުނގެނި ވަރުގަދަ ފަންޑިތަވެރިޔަކަށް ހުސެން ވެގެންދިޔައީ ވަރަށް ހިތާމަވެރި ވާހަކަޔަކުންނެވެ.

ހުސެންގެ އުމުރުން ދިހަ އަހަރުގައި އޭނާގެ ރަށުން މީހުން ގެއްލޭ ވާހަކަ އަޑުއިވެމުންދިޔައެވެ. ހުސެންގެ މަންމައާ ބައްޕަ އަދި ހުސެންއަކީ ދަރުކޮށައިގެން އޭގެ ވިޔަފާރިކޮށްގެން އުޅެމުން އަންނަ ބަޔެކެވެ. އެހެން ކަމުން ކޮންމެ ދުވަހަކުވެސް ވަލަށް ވަންނަން މަޖުބޫރެވެ. ބިޔަ ބޮޑު އެ ވަލުގައި ހަވީރުވަންދެން ވަގުތު ހޭދަކުރުމަށްފަހު އިރުއޮއްސުމުގެ ކުރިން ނުކުންނަންޖެހެއެވެ. މި ގޮތުގައި އުޅެނިކޮށް އެއްދުވަހަކު ހުސެންއަށް ނުދެވުނު ދުވަހެއްގައި އިރުއޮއްސުނުއިރުވެސް މައިންބަފައިން ނައިސްގެން ދޮރުމަތީގައި އިންތިޒާރުގައި ހުއްޓެވެ. މިހެން ހުއްޓާ ދުރުން އަނދިރިގަނޑުތެރެއިން ދެ މީހަކު އަންނަތަން ފެނުނެވެ. ކޮނޑުގައި ދަރުބޮނޑިޔެއްއޮތެވެ. އެއީ މައިންބަފައިންކަން އެނގުމުން ހުސެންގެ ހިތަށް ހިތްހަމަ ޖެހުންލިބުނެވެ. މަންމައާ ބައްޕަ ގެޔަށް އައިސް ވަނުމަށްފަހު މަޑުމައިތިރިކަމާއެކު ބައްޕަ އިށީނުމުން މަންމަ ދިޔައީ ކޮޓަރިޔަށްށެވެ. ހުސެން ވާހަކަ ދައްކާ ދައްކާވެސް ބައްޕަ އަނގައިން ނުބުނުމުން ވާހަކަ ހުއްޓާލުމަށްފަހު ގޮސް މަންމަ ކައިރިޔަށް ކޮޓަރިޔަށްވަނެވެ. އެހިނދު މަންމަ ހުރީ ފުރަގަސްދީގެންނެވެ. ހުއްޓިގެން ހުރި މަންމައާ ދިމާލަށް ބަސް ބުނެބުނެ އަނގައިން ނުބުނުމުން ހުސެއިން ހައިރާންވިޔެވެ. ދެން ފެނިގެން ދިޔައީ މަންމަ ތުރުތުރުއަޅަންފެށިތަނެވެ. މަންމަގެ ދެ އޮނަގަނޑު ފަޅާލާފައި ބިރުވެރި ސިފަޔެއް ލިބިފައިވާ ދެ އަތް ނުކުތެވެ. އެ އަތުގެ ހަންގަނޑު ކަޅެވެ. ނިޔަފަތިތައް ދިގެވެ. ދެން ފެނިގެންދިޔައީ މަންމަގެ ބޯ ހުސޭނުއާ ދިމާލަށް ފަހަތަށް އަނބުރާލިތަނެވެ. މަންމަގެ ދެލޯވަނީ ނޭފަތާ ހަމަޔަށް ފައިބާފައެވެ. ނޭފަތްވަނީ ދެފަޅިޔަށް އިރިފައެވެ. އަނގަވަނީ ދެފަޅިޔަށް ދަމާލާފައެވެ. އިސްތަށިގަނޑުވަނީ މެޔަށްވުރެ ތިރިޔަށް ފައިބާފައެވެ. ބިރުވެރި އަޑަކުން ހުސެންގެ ނަން ބުނުމުން ބިރުން ހުސެން ބައްޕައަށް ގޮވަމުން ނުކުތެވެ. އެހިނދު ބައްޕަ ބިންމަތީ ފިރުކެމުން އާދެއެވެ. ބައްޕަގެ ހަތަރެސްފައިވަނީ ދިގުވެފައެވެ. ބުރަކަށިންވަނީ ދިގު ކަށިތަކެއް ފަޅާފައެވެ. މޫނުމަތިވަނީ ބިރުވެރި ސިފަޔަކަށް ބަދަލްވެފައެވެ. އަނގައިން ލޭފައިބާ ފައިބާ ހުއްޓެވެ. މި މަންޒަރު ފެނި ހުސެން ބިރުން ހަޅޭއްލަވަންފެށިޔެވެ. އެއިރު މަންމަ ސިފައިގަ ހުރި ފުރޭތަ އައިސް ހުސެންއާ ހަމަކޮށްފިޔެވެ. ހުސެން އެނބުރުނުތަނާހެން ފުރޭތަ ހުސެންގެ މޫނުމަތީ ވަކިދަމާލިޔެވެ. އެޔަށްފަހު ހިފަހަށްޓާފައި އެއް ލޯ ކޮނެލައިގެން ނެގުމަށްފަހު ކާލިޔެެވެ. ދެން ހަމަ އެހިނދު ބައްޕަ ސިފައިގަ އޮތް ފުރޭތަ އައިސް ހުސެން ގައިގާ އަތްތައް އޮޅާލިގޮތަށް ބޮލުގައި ދަތްއަޅަން އުޅެނިކޮށް ވަރުގަދަ ކިޔެވެއްޔެއްގެ އަޑު ދެ ފުރޭތަގެ ކަންފަތުގައި ޖެހުނެވެ. އެހިނދު ހުސެން ދުރަށް ހޫރުވާލުމަށްފަހު ދެ ފުރޭތަ ކަންފަތުގައި އަތްއަޅާގެން ހަޅޭއްލަވަމުން ނުކުތެވެ. އެހިނދު ދެފައި ވައްކޮށްލައިގެން އިން މީހަކު ފެނުނެވެ. އެމީހާ ކައިރީ ބިމަށް ޖަހާފައިވާ ވަރުގަދަ ދެ ކަތިވަޅި ފެންނަންއިނެވެ. އެމީހާ ކިޔެވެލި ކިޔަވަމުން ދެ ކަތިވަޅި ނަގައިގެން ދުވެފައި އައިސް ފުރުތަމަވެސް މަންމަ ސިފައިގަ ހުރި ފުރޭތަގެ އަތްތަކަށް ހަމަލާތައްދީ ބުރިކޮށްލިލިޔެވެ. އެޔަށްފަހު ކަތިވަޅިތަކުން ޖަހާ ބޯ ބުރިކޮށްލިޔެވެ. އަދި އަވަސް އަވަހަށް ބައްޕަ ސިފައިގަ އޮތް ފުރޭތަގެ އަތްތަކާ އެއްޗެހި ބުރިކޮށްލާ ކަރު ބުރިކޮށްލުމަށްފަހު މަރާލިޔެވެ. ދެ ފުރޭތަ މަރާލުމަށްފަހު އެމީހާ ގެޔާ ދިމާލަށް މަޑުމަޑުން ހިނގާފައި އައިސް ހުށިޔާރުކަމާއެކު ދޮރުން އެތެރެޔަށްވަނެވެ. އެހިނދު ގޭގެ ފާރު ކައިރިޔަށް އެއްލާލާފަ އޮތް ހުސެން އެމީހާއަށް ފެނުނެވެ. އެމީހާ ހުސެން ކައިރިޔަށް އައިސް ހުއްޓުމާއެކު ހުސެން މަޑު މަޑުން ފާރުގަ އަތް ވިއްދާން ތެދުވިޔެވެ. މުޅި ހަށިގަނޑު އެއިރުގާ ތުރުތުރު އަޅައެވެ. ކޮނެލާފަ އިން ލޮލުން ހޯސްލާފަ ލޭތައް ފައިބަމުންދިޔައެވެ. ފާރުގައި ލެނގިލުމަށްފަހު ހުސެން ބާރަކަށް ރޯންފެށިޔެވެ. ހުސެން ރޮއެ ނިމެންދެން އެމީހާ މަޑުކޮށްލައިގެން ހުއްޓެވެ. އެޔަށްފަހު އޭނާގެ އަތުން ހުސެންގެ ބޮލުގައި ފިރުމާލިޔެވެ. އެޔާއެކު ހުސެން އެމީހާއަށް ބަލަހައްޓާގެން ހުރެވުނެވެ. އެމީހާގެ ހިތްހެޔޮ ހިނިތުންވުން ފެނި ހުސެންގެ ހިތަށް ހިތްހަމަ ޖެހުން ލިބުނެވެ. ހުސެން ގޮވައިގެން އެ ގެއިން ނުކުމެގެން ދިޔަ މަގުމަތީ ހުސެންއަށް ދެ ފުރޭތަ މަރާލާފައި އޮތްތަން ފެނުނެވެ. އެހިނދު އޭނާ ހުއްޓިހުރެ އެ ދެފުރޭތައަށް ބަލަންފެށިޔެވެ.

ހުސެން : މީގެ މާނައަކީ އަހަރެންގެ މަންމައާ ބައްޕަ މިދުނިޔެއަކު ނެތޭ ދޯ؟

ބަކުރުބެ : އާނ. އެމީހުންވަނީ ކާލެވިފަ. އެހެންވެ ތި ދެ ފުރޭތައަށް އެމީހުންގެ ސިފަ ޖެހެވުނީވެސް

ހުސެން : (އަތް މުއްކަވާލާފަ) އަހަރެން ބޭނުން ބަދަލް ހިފަން. އެންމެ ފުރޭތައެއްވެސް ދޫކުރާކަށް ބޭނުމެއްނޫން

ބަކުރުބެ : ފުރުތަމަ ކަލޭގެ ޒަޙަމްތަކަށް ބޭސްކުރާނީ. އެޔަށްފަހު އެހެން ކަމަކާ އުޅޭނީ

ހުސެން : ވާ ތަދަށް އަޅާ ވޭނަކަށް މަޑުކުރެވޭކަށްށެއް ނެތް. އަހަރެން މިހުރީ ތައްޔާރަށް. ބޭބެޔަށް އެނގޭ އެއްޗެއްވިއްޔާ އަހަރެންނަށް އުނގަންނާދީ. އެންމެ މަތީ ފަންތީގެ ވަރުގަދަ މީހަކަށް އަހަރެން ވާން ބޭނުން. ދުލެއް ނުކުރާނަން ހަމަ ހިލާ އެކަތިވެސް ދުލެއް ނުކުރާނަން

 

ހުސެންގެ ހިތްވަރު ފެނިފައި ބަކުރުބެ ހުސެންއަށް ބޭސްކޮށް ތަމްރީން ދިނުމަށް އެއްބަސްވިޔެވެ. އަހަރުތައް ފާއިތުވެ ހުސެންގެ ނަން މަޝްހޫރުވެގެންދިޔައެވެ. ހުސެން އަރާ ރަށެއް ވެއްޖެނަމަ އެރަށެއްގެ ރޫހާނީ ހުރިހާ ކަމެއް ހުއްޓުންއަރައެވެ. ސަބަބަކީ ހުސެން އެހާވެސް ވަރުގަދަވީމައެވެ. މިއަދު ހުސެންއަކީ ބަކުރުބެގެ އެއް އަތެވެ. ބަކުރުބެގެ ފަޙްރުވެރި ދަރިވަރެކެވެ.

ހުސެން އައިސް ބަކުރުބެ ކައިރިޔަށް ހުއްޓި ފުންނޭވާޔެއް ދޫކޮށްލިޔެވެ. ފޮތްތައް ބެހެއްޓުމަށްފަހު މީހުންތައް ވަޅުލުމުގައި އެހީތެރިކަން އަދާކުރިޔެވެ. އަދި ވަޅުލައި ނިންމުމަށްފަހު ފޮތްތައް ނަގާ ކިހިލި ޖަހާލުމަށްފަހު ބަކުރުބެއާ ހަތަރުކަޅި ހަމަކޮށްލިޔެވެ.

ހުސެން : ބޭބެ ޒަޙަމްތަކަށް ފަރުވާކުރަން އުޅޭ. މި ރަށުގައި އަހަރުމެން މަޑުކުރާނީ ދެ ދުވަހު އެޔަށްފަހު ދަތުރު ފަށާނީ

ބަކުރުބެ : (މަޑު ހިނިގަނޑެއް ޖަހާލާފަ) އެހާ ބޮޑަށް ހާސްނުވޭ ބޭބެ އަދި ރަނގަޅޭ

ހުސެން : (ކުޑަކޮށް ހަރުކަށިވެލާފަ) ބޭބެ މަ ބުނާގޮތް ހަދާ މިއަދު. އިއްޔެ މަ ހެދީ ބޭބެ ބުނާ ގޮތް

ބަކުރުބެ : އާނ އާނ އެންމެ ރަނގަޅު އަލުން ތިވާހަކަ ނުފަށާ. ޒުވާނުން ހެ ހެ.

ބަކުރުބެ ދެފައި ވައްކޮށްލައިގެން އިށީނުމުން ބޭސްވެރިން އައިސް ފަރުވާ ފެށިޔެވެ. ހުސެން އޭނާގެ ފޮތްތައް ބިންމަތީ އަތުރާލުމަށްފަހު ދެފައި ވަށްކޮށްލައިގެން އިށީނުމަށްފަހު ބަކުރުބެއަށް ފަރުވާކޮށް ނިމުމުން ބަކުރުބެ ނިދަން އަމުރުކުރިޔެވެ. އެޔަށްފަހު ބަކުރުބެ ނިދުމުން ހުށިޔާރުކަމާއެކު ފާރަޔަށްއިނެވެ. ބަކުރުބެ ތެދުވަންވާއިރަށް ދެން ތިބި މީހުން ކާނާ ހޯދާ ތައްޔާރުކޮށް ފޭލިގެތައް ޖަހާލިޔެވެ. ބަކުރުބެ ތެދުވުމުން އެންމެ އެއްކޮށް ކައިބޮއެހެދިޔެވެ. އެޔަށްފަހު ބަކުރުބެގެ ކުރިމަތިލުމުގެ ތަޖުރިބާ ކިޔާދިނެވެ. އަދި ބަކުރުބެއާއެކު އުޅުން ޒުވާނުންކޮޅު މަރުވެދިޔުމުން އެކަމާ އެންމެންވެސް ހިތާމަކުރިޔެވެ. ނަމަވެސް އަޒުމް ވަރުގަދަކުރިޔެވެ. ކުރިޔަށް އޮތީ މާ ވަރުގަދަ ކުރިމަތިލުމެއްކަން ހަނދާންކޮށްދިނެވެ.

ޖެހިގެން އައި ދުވަހު އިރު އެރުމާއެކު ބަކުރުބެއާ އޭނާގެ މީހުން ދޯނިތަކަށް އަރައިގެން އެމީހުން ދާން އޮތް މަންޒިލްއަށް ދަތުރު ފަށާފިޔެވެ. ބަރާބަރު ދެ ދުވަހުގެ ދަތުރަކަށްފަހު އެމީހުންނަށް ރަށުގެ ބަނދަރަށް ވަދެވިއްޖެއެވެ. ރަށުން އެމީހުންނަށް ހޫނު މަރުހަބާއެއް ކިޔުމަށް ރައްޔިތުންނާއެކު ކަތީބުވެސް ނުކުމެ ހުއްޓެވެ. ބަކުރުބެމެން ފޭބުމުން އެމީހުނަށް މެހެމާންދާރީ އަދާކުރުމަށް ކަތީބު އެންގިޔެވެ. އެޔަށްފަހު ފަހު ހިނިތުންވެލައިގެން ހުއްޓެވެ. މިހެން ހުއްޓާ ބަކުރުބެ އައިސް ކަތީބުއާ ސަލާމްކޮށްލިޔެވެ. އެހިނދު އާދަޔާޙިލާފު ލޮޅުންތަކެއް ދެމީހުންގެ ސިކުނޑިޔަށް އައިސްގެންދިޔައެވެ. ހަތަރުކަޅި ހަމަކޮށްލައިގެން ދެމީހުން ހިނދުކޮޅަކު ބަލަން ހުރުމަށްފަހު ދެމީހުންގެ ސަލާމް ދޫކޮށްލިޔެެވެ.

ބަކުރުބެ : ރަށުގެ ހާލަތު ކިހިނެއް މިދުވަސްކޮޅު އުޅެނީ؟

ކަތީބު : އެކަހަލަ މިކަހަލަ ގޮތެއް.

ބަކުރުބެ : އަހަރުމެން މިރަށަށް މިއައީ މިރަށުގައި ނުރައްކަލެއް އުޅޭކަމުގެ ޙަބަރުތައް ލިބިގެން

ކަތީބު : ކޮންކަހަލަ ނުރައްކަލެއްތޯ؟

ބަކުރުބެ : ނާމަން ކަމެއް. މި ރަށުން އެއްވެސް މީހަކު ގެެއްލުނުތަ؟

ކަތީބު : އާނ. މި ދޭތެރެއިން މިރަށުން މީހުންތަކެއްް ގެއްލުން ހަމަ ވީގޮތެއްް ނޭނގެ އެއްގޮތަކަށްވެސް

ބަކުރުބެ : ހާސްނުވޭ. އަހަރުމެން ތިޔަ ކަންތައް ހައްލުކޮށްފައި ފުރައިގެންދާނީ

ކަތީބު : ތިޔަ ބޭފުޅުންނަށް ވީ ހާއްސަ ގެ އިންނާނެ ރަށުގެ ތުނޑީކޮޅު. ދުރުވޭ އަވަހަށް އަރާމްކޮށްލަން

ބަކުރުބެ ހިނގައިގަތުމުން ހުސެންވެސް ބަކުރުބެއާ އަރާ ހަމަކޮށް ހިނގައިގަތެވެ. އަދި ފަހަތަށް ނަޒަރު ހިނގާލުމަށްފަހު ކަތީބުއާ ދިމާލަށް ބަލާލުމަށްފަހު ބަކުރުބެއާ ކޮނޑާ ކޮނޑު ޖެހޭ ހިސާބަށް އެރިޔެވެ.

 

ހުސެން : ބަކުރުބެ…..

ބަކުރުބެ : މަށަށް އެނގޭ. ހާސްނުވޭ.

ހުސެން : ކޯންޗެއްތޯ؟

ބަކުރުބެ : ކަލޭ ރިހާކުރު ނުކާނެކަން

ހުސެން : (ދެކަކޫ މައްޗަށް ތިރިވެފަ) ރިހާކުރު؟ ނޫން…. ތިޔަ ގޯސްވީ……

ބަކުރުބެ : (ވަރުގަދަ ހިނިގަނޑެއް ޖަހާލާފަ) ލިބޭނެ ލިބޭނެ ހާސްނުވޭ. މިރަށުން ކަލެޔަށް ރިހާކުރު ލިބޭނެ. އަދި ދޮން އަނބެއްވެސް ލިބިދާނެ. ބަލާބަ އެތިބަ ރީތި ކުދިން…..

ހުސެން : ބަކުރުބޭ…… ހަމަ ހުވާ މިބުނީ ފުއްޓަކި ތަޅާލަންވީ ހިފަހައްޓާފަ

ބަކުރުބެ : ރިހާކުރު އެންމެ މީރު ގެޔަކުން ދޮން ދިޔެ އެއް ހޯދާ މަގޭ ހުސޭނާ ދެވާނީ ހޮ ހޮ ހޯ

ހުސެން : ބަކުރުބޭ….. ލާނެއްތް މުސްކުޅިޔާ

ބަކުރުބޭގެ މީހުންނަށް ހަމަޖެހިފައިވާ ގޭދޮށަށް އާދެވުމުން އެންމެންވެސް އަރާމުކުރަން ޖައްސާލިޔެެވެ. ހުސެން އޭނާގެ ފޮތްތައް ތަރުތީބުން ބިންމަތީ އަތުރާލުމަށްފަހު ހުޅުވާފައި ބެހެއްޓިޔެވެ. ހުރިހާ މުހިންމު ސޮފުހާތައް ފާހަގަކޮށް ބަކުރުބެއަށް ކިޔަވަން ފަސޭހަކޮށް ބަހައްޓާލިޔެވެ. އެޔަށްފަހު އެކި ކަންކަމައިގެން އުޅެނިކޮށް ޖާފަތް ހިފައިގެން އުމްނިއްޔާއެކު އާދިލްގެ ދެމަފިރިން އައިސް ގޭގެ ކުރިމައްޗަށް ހުއްޓުނެވެ. އެހިނދު ހުސޭނު އިންތަނުން އިސް އުފުލާލާ އެ ދެމަފިންނަށް ބަލާލިޔެވެ. އާދިލްއާ ހަތަރު ކަޅި ހަމަކޮށްލުމުން ހުސެންއަށް އުނދަގޫތަކެއް އިހުސާސްވިޔެވެ. ނަމަވެސް އެކަން ނުދެނަހުރިކަމަށް ހަދާ ގޮސް ދެމަފިރިން އަތުން ޖާފަތް ނެގުމަށްފަހު ގެނެސް ބަހައްޓާފައި ގޮސް އާދިލްއާ އުމްނިއްޔާއާ ސަލާމްކޮށްލިޔެވެ. އާދިލް އަތުގައި ހިފުމާއެކު ހީވީ މުޅި މީހާގެ ހަށިގަނޑުގައި ހުޅުހިފާލިހެންނެވެ. ނަމަވެސް ހިތްވަރުކޮށްފައި ހުސެން މަޑުން ހުރުމަށްފަހު އަތުން ދޫކޮށްލާފައި ދެމަފިރިން ފޮނުވާލިޔެވެ. އެޔަށްފަހު އަވަސް އަވަހަށް އައިސް ބަކުރުބެ އަތުގައި ހިފައިގެން ދުރަށް ޖެހިލިޔެވެ.

 

ހުސެން : ބޭބޭ. މިއީ އާދައިގެ ދަތުރެއްނޫންކަން އަހަރެންނަށް އިހުސާސްވެއްޖެ

ބަކުރުބެ : ކިހިނެއްވީ؟

ހުސެން : ދެންމެގަ އައި ޒުވާން ދެމަފިރިންކުރެ ފިރިހެންމީހާ ތަފާތުކަމަށް އަހަރެންނަށް އިހުސާސްވޭ. އަހަރެން އޭނާ އަތުގައި ހިފުމުން ހީވީ ގައިގާ ރޯވިހެން

ބަކުރުބެ : ތިޔަފަދަ އާދަޔާ ޙިލާފު އިހުސާސެއް އަހަރެން ކަތީބު އަތުގައި ހިފި ވަގުތުވެސް ވެގެންދިޔަ.

ހުސެން : އެހެންވީމާ ކިހިނެއް ކަންތައް ކުރަންވީ

ބަކުރުބެ : މިރޭ ކިޔަވާނީ ވަރުގަދަޔަށް ކިޔަވާނީ އޭރުން އެނގިދާނެތާ ވާގޮތް

 

އިރުއޮއްސި އަނދިރިވުމުން ފަންޑިތަވެރިން އެއްތަނެއްގައި ތިބެ ކިޔަވަންފެށިޔެވެ. ވަރުގަދަޔަށް އަޑުގަދަކޮށްށެވެ. ދަންވި ދަންވިހެން ރަށުތެރެއިން އިވެމުންދިޔައީ ނާމާން އަޑުތަކެވެ. މި ފެށެނީ ކިހާވަރެއްގެ ހަނގުރާމައެއްކަން ހަމަ ހިލާ އެކަކަށްވެސް ނޭނގެއެވެ.

  • – ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

EXO
Follow Me Written By

EXO

Level 210 Stories100 Login

from vaahaka.com to esfiya i feel great getting an opportunity to write again. so here i am to bring you short stories.

Other Articles

Previous

މަޢާފް އެދެމުން 53

Next

މާސްކު (ޕާޓް 12)

Next
September 1, 2025

މާސްކު (ޕާޓް 12)

Previews
August 31, 2025

މަޢާފް އެދެމުން 53



All Right Reserved!