
އެދިގެން ކަލާ ލިބޭތޯ 2

“މާމާ…” ލިވިންރޫމްއިން މައްޗަށްދެވޭގޮތަށް އިންނަ ޑިޒައިނަރ ސިޑިއާއި ދިމާލުން އިވުނު އަޑާއިއެކު ކުރިއަށް ފިޔަވަޅު އަޅައަޅާ ހުރެފައިވެސް ޝެރީންއަށް ވަގުތުން ފަސްއެނބުރިބަލާލެވުނެވެ. އެއާއިއެކު ފެނުނު ސޫރައާއިއެކު ލިބުނު ހައިރާންކަމާއިއެކުވެސް ވަގުތުން މޫނަށްގޮތެއްހަދާލެވުނެވެ.
ކަންފަތުގައި ޖެހިގެންދިޔަ އަޑާއިއެކު އައިސްފައިހުރި ގަދަރުޅީގެ މަތީންވެސް ޒައިތޫން ހަނދާން ނެތުނު ފަދައެވެ. ވަގުތުން މޫނުމަތީވީ ރޫތައް ފިލައިގެންދިޔައިރު އޭނަގެ ނަޒަރު ސިޑިބަރިއާއި ދިމާލަށް ދަތުރުކުރީ އަޑުދަތުރުކުރާހާ ބާރުމިނުގައެވެ.
“މާމާ…” ދެވަނަފަހަރަށްވެސް އިވިގެންދިޔަ އަޑަށް ޒައިތޫންއަށް ޖަވާބުނުދެވެނީސް ސިޑީގެ ދެވަނަ ހަރުފަތުގައި ހުރެފައި ފޭބި ހިޒްޔާން ދުވެލައިފައި އައިސް ކުޑަކުއްޖެއް ފަދައިން ޒައިތޫންގެ އަތުގެ ތެރެއަށް ވަދެގަތެވެ. އެއާއިއެކު ލުއިގޮތަކަށް ހީލަމުން ޒައިތޫން ނުހަނު ލޯތްބާއިއެކު މާމަދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ. އޭރު ތަންވަޅުގެ ބޭނުންހިފައިިގެން ޝެރީން ބޭރަށް ދެމިގަތްފިއެވެ.
“ދަރިފުޅު އައީ ކޮންއިރަކުތަ؟ މާމަ ގާތު ބުނެވެސްނުލަމެއްނު… ބައްޕަ ގާތު ނަންގަތިންތަ؟ ނާދްވެސް ރަނގަޅެއްނު…. ބުނެވެސްނު…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.