އެސްފިޔައިގެ ލިޔުންތެރިންނާއި ކިޔުންތެރިންނަށް އައްސަލާމް ޢަލައިކުމް އެސްފިޔައިގެ މެސެޖު ކުރުމުގެ ސިފައަށް ލިބުނު ގަޔާވާ ޝުޢޫރުތަކަށް އެންމެހާ ލިޔުންތެރިންނާއި ކިޔުންތެރިންނަށް ޝުކުރު އަދާކުރަމެވެ. މެސެޖު ކުރުމުގެ ސިފަ ތަޢާރަފް ކުރުމާއި އެކު ވަރަށް ގިނަ މެމްބަރުން “ޗެޓް” ކުރުމުގެ ސިފަ ހިމެނުމަށް ޚިޔާލު ފޮނުވިއެވެ. އެޚިޔާލުތަކާއި އެއްގޮތަށް 4 ޖޫން 2013 އިން ފެށިގެން “ޗެޓް” ކުރުމުގެ ސިފަ “އަނގަތެޅުން ” މިނަމުގައި ހިމެނިގެންދާނެއެވެ. ދިވެހިންގެ ކާބަފައިން އަނގަތަޅާ އުޅޭ މަޝްހޫރު ތަނަކީ ހޮޅުއަށިގައި ކަމުގައިވާތީ […]
އެމެރިކާގެ ރައްޔިތަކު އޭނާގެ ޕެޓްރޯލުގެ ވިޔަފާރި އިތުރަށް ކުރިއެރުވުމަށްޓަކައި “ފުލްޓޭންކް ޕެޓްރޯލް އެޅި ކޮންމެ މީހަކަށް މުޅިން ހިލޭ ދޮނެއްދެމެވެ.” މިހެން ލިޔެފައި ޕެޓްރޯލް ޝެޑްގައި ބޯޑެއް ހަރުކުރިއެވެ. ޕެޓްރޯލް އަޅަން އައި މީހަކު އޭނާގެ ކާރަށް ޓެންކް ފުލްކޮށް ޕެޓްރޯލް އެޅުމަށްފަހު ހިލޭ ދޭ، ދޮން ހޯދުމަށް އެދުނެވެ. ޝެޑްގެ ވެރިޔާ ބުނީ 1 ން 10 އަކާ ދެމެދުން ނަންބަރެއް ނަގާށެވެ. އަދި އޭނާ ހިތުލީ ނަމްބަރު ނެގިއްޖެނަމަ ދޮނެއްދޭނަމޭ ވެރިޔާ ބުންޏެވެ. ޕެޓްރޯލް […]
އަލަށް އެއްޗެއް ތަޢާރަފުވާ ކޮންމެ ފަހަރަކީ އާ ކަންތައްތައް އަބަދުވެސް ހިނގާފަހަރު ތަކެކެވެ. މިގޮތުން އެކި ފަހަރު ހިނގަނީ އެކި ގޮތަށެވެ. ބަޔެއް ފަހަރު އެއީ ހެއްވާ މަޖާ ކަންތަކަށް ވެފައި އެބަހުއްޓެވެ. އަނެއް ބައި ފަހަރު އެއީ ނުހަނު ހިތާމަވެރި ހާދިސާތަކަށްވެސް ވެފައި އެބަހުއްޓެވެ. މިސާލަކަށް ކަރަންޓު އިސްތިރި ގެނައިތާ ކައިރީ އޭގެ ދަށްފުށް ރީތިވެފައި އޮމާންވީމާ އަތުން ބަލާލާ ހިތްވެގެން، އިސްތިރި ނުހަނު ދޮންބޮޑު ވެފައި ހުއްޓައި އަތްކާތާލެވިގެން އަތް ފިހިފައިވެސް އެބަހުއްޓެވެ. އެކަމަކު […]
ނާދިޔާ އިލްއޮށިފަތި ހިފައިގެން އައިސް ފެށީ ޖެހިގެން ހުރި މަރިޔަނބު މެން ގެއިން ވެއްޓުނު ބަނބުކެއޮ މޯޅި އަކާ ހަމަ އެގަހުން ވެއްޓުނު ދެތިން ފަތެއް ކަހަންށޭ…ކަހަން އޮވެގެން ނާދިޔާ ކިއެވެ…”ޑޮކުޓްރަކު ދީފަ ހުންނަ ބޭހެއް ގަޑިން ގަޑިއަށް ކާހެން މިކަމެހްވެސް އެބަކުރަންޖެހޭ ދުވާލަކު ހަގަޑިން ހަގަޑިން..”މިހެން ނާދިޔާ އަށް ބުނެވުނު އިރު މަރިޔަނބު ހުރީ އަޑު އަހައާށޭ..މިއަޑު އެހުމައްފަހު މަރިޔަނބު، ގެއެއް ގޯއްޗެއް ދޮރެއް ދޮރޯއްޓެއް ނުބަލާ ފެށީ ނާދިޔާ އާ ޖަދަލް ކުރަންށޭ…”ކޮންމެހެން އަހަރުން […]
މުޅި ކޯޓުތެރެ އޮތީ ފުރިބާރުވެފަ އެވެ. ދުވަހަށް ކަނޑައަޅާފައި އޮތް ޝަރީއަތެއްގެ ސަބަބުންނެވެ. އެޖެންޑާގައި އެއީ ހެކިން ހާޒިރުކޮށް ސުވާލުކުރަން ހަމަޖެހިފައި އޮތް ދުވަހެވެ. ފަނޑިޔާރު ވަޑައިގެން އިށީންނެވި އެވެ. އަދި މަރުހަލާ ފެށުމަށް އިޝާރާތްކުރެއްވި އެވެ. ދިފާއީ ވަކީލު ތެދުވެ ހެކިން ހާޒިރުކުރަން އިޝާރާތްކުރި އެވެ. މުސްކުޅި އެހެނަސް ފިސާރި ހިތްވަރެއް ހުރި އަންހެނަކު ފުލުހުންގެ ހިމާޔަތުގައި ކޯޓަށް ވަނެވެ. އެއީ މުޅި އަވަށަށް މަޝްހޫރު ކަތްދާތަ އެވެ. ބުނެވޭ ގޮތުގައި ކަތްދާތަ އަކީ ތެދުވެރި، […]
ނާދިޔާ އެޅި ރާޑަރުން އިލޮށިފައްޗެއް ފެނުނީ ކުރިމައްޗައް ހުރި ގޭގެ، ކުރިމަތީ ހުރި ގޭގެ ބޮޑުކޮޓަރި ކައިރިހުރި ކުޑަކޮޓަރީގެ ކުޑައެނދު ބިއްދޮށުގާހުރި ބޮޑުއެނދު ދަށުގައިހުރި ބޮޑުފޮށީ ކައިރިހުރި މެދުފޮށީގެ އިރުމަތީ ފަރާތުގައި ބާއްވާފައި އޮއްވައެވެ. ބަލާކަށްނުހުރެ ނާދިޔާ ދުއްވައިގަތީ އިލޮށިފަތި ބަލައެވެ. އެވަގުތު ބުޅަލަށް ހީވީ ހިނދުކޮޅު އައިހެނެވެ. ބުޅާ ދުއްވާގަތް ގޮތް އަޅުގަނޑު ކީއްކުރަންތޯއޭ، މޮޅެތި ބަބުޅަމުން އަންނަ ލިޔުންތެރިންނަށްވެސް ވަނީ ބަޔާން ނުކުރެވިފައެވެ. އެވަގުތު ނާދިޔާ ބުޅަލާ ދިމާއަށް ބުނެލިއެވެ. ”މަ ކޮންމެހެން އިލޮށިފަތި […]
މިއީ އަހަރެންގެ އެކުވެރިންގެ މެދުގައި ކިޔާ އުޅުނު ޖޯކެކެވެ. މިފަދަ ސައިޓެއްގައި ހިއްސާކޮށް ލަން ބޭނުންވީ އެވެ. އަދި މި ޖޯކުގެ އަސްލަކީ ކޮބައިކަން ނޭންގެއެވެ. ނަސީރު އާއި އިސްމާލު އަކީ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. މި ދެރަހުމަތްތެރިންގެ ގާތް ކަން އުފެދުމުގެ އެންމެ ބޮޑު ސަބަބަކީ އެކުގައި ކޮފީ ބޮއި، ސިގިރޭޓް ބުއިމެވެ. އެއްދުވަހެއްގެ ހެނދުނުގެ ކޮފީ އެއްގައި އިނުމަށް ފަހު ނަސީރު އިސްމާލާއި ސުވާލު ކުރިއެވެ. “އަހަރެމެން ދެ މީހުންނަކީ ވަރަށް ގާތް […]
ނާދިޔާގެ ބުޅަލަކީ ވަރަށް ބަސްއަހާ، ގޮތްދޫނުކުރާ، ބޯހަރު ވަރަށް ވިޔާނުދާ ބުޅަލެކެވެ. އެހެން ކަމުން ނާދިޔާ އެބުޅާ ދެކެ ވަރަށް ލޯބި ވެއެވެ. އިލޮށިފަތިން ކުރަތްޕަށް ނުކުރާވަރަށް ނާދަޔާ އެބުޅަލަށް ލޯބި ކުރެއެވެ. ނާދިޔާގެ ބުޅަލަށް ކާންދެނީ ކޮންކްރިޓާއި ކޮންކްރިޓް ގަށާ މެޝިނާއި އުވައޮޑިއާއި އުދެއްޔާއި އިސްކޫރު ފަދަ އޮއްޓަރުލީ ކާނާއެވެ. ނާދިޔާ ތަނަކަށް ދާނަމަ ބުޅާ ވެސް ނާދިޔާ ފަހަތުން ދެއެވެ. ނާދިޔާގެ ފަހަތުން އެބުޅާ ދަނީ ލޮނުމެދު ކައިގެންދާ ގިތާ އެއްޗިހި ދާހެންނެވެ. ބުޅާ […]
ނާދިޔާ އަައް ކުއްލިއަކަ ހޭލެވުނީ ކަންފަތް މައްޗައް ގަރުދިޔަ ކައިގެން އަތް ދޮވެލިތަނާއެވެ…މި އަމަލު ހިންގި ކަމައް ބެލެވެނީ ހަމީދާ މަޖީދް އެވެ….ހަމީދާ މަޖީދް ދުވަމުން ދިޔައީ ގަރުދިޔަ ގަރުދިޔަ މިތާވެސް ގަރުދިޔަ އޭ ގޮވަމުނެވެ… ނާދިޔާގެހިތުގާ އަަޅަމުންމިދާ އިހުސާތަކާ ވޭން ތަހައްމަލް ކުރެވެނީ ހަމަެކަނި ނާދިޔާގެ ބުޅަލަށެވެ….އެވަގުތު އެ ބުޅާ އޮތީ 32 ދަތް ދައްކާގެން އަޑުން އަޑު ނަގާގެން ޙޭށެވެ…މި މަންޒަރު ފެނިފާ ނާދިޔާ ގެ ހިތައް އަރަމުން ދިޔައެވެ މި މަންޒަރު ބަލަން […]