Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާ

އަޅޭ ކަތީބާ ! ؟

Unkn0wn Level 110 Stories
May 10, 2013 2 Mins Read
11 Comments

އަލަށް އެއްޗެއް ތަޢާރަފުވާ ކޮންމެ ފަހަރަކީ އާ ކަންތައްތައް އަބަދުވެސް ހިނގާފަހަރު ތަކެކެވެ. މިގޮތުން އެކި ފަހަރު ހިނގަނީ އެކި ގޮތަށެވެ. ބަޔެއް ފަހަރު އެއީ ހެއްވާ މަޖާ ކަންތަކަށް ވެފައި އެބަހުއްޓެވެ. އަނެއް ބައި ފަހަރު އެއީ ނުހަނު ހިތާމަވެރި ހާދިސާތަކަށްވެސް ވެފައި އެބަހުއްޓެވެ. މިސާލަކަށް ކަރަންޓު އިސްތިރި ގެނައިތާ ކައިރީ އޭގެ ދަށްފުށް ރީތިވެފައި އޮމާންވީމާ އަތުން ބަލާލާ ހިތްވެގެން، އިސްތިރި ނުހަނު ދޮންބޮޑު ވެފައި ހުއްޓައި އަތްކާތާލެވިގެން އަތް ފިހިފައިވެސް އެބަހުއްޓެވެ. އެކަމަކު މިފަހަރު އެހެން ވާހަކައެކެވެ.

ރާއްޖޭގެ އުތުރު ރަށެކެވެ. ސަންފަ، ގޯތި ތެރެ ކުނި ކަހަން އޮއްވާ ފޯނު ބޫތުން ފޯނެއް ސަންފައަށް އަންނަ ވާހަކަ އަޑު އިވިގެން ދުއްވައިގަތީ އެޔާ ދިމާއަށެވެ. ސަންފަގެ ފިރިމީހާ ގުޅާނީ އަބަދުވެސް ކޮންމެސް ކަހަލަ އުފާވެރި ޚަބަރެއް ދޭށެވެ. ނަމަވެސް މިއަދު އެ ދޭން އުޅެނީ ކޮން ޚަބަރެއް ބާއޭ ހިތަށް އަރަމުން އެކަން އޮޅުން ފިލުވުމުގެ ބޮޑު ބޭނުމުގައި ސަންފަ ދިޔައީ ނުހަނު ހަލުވި ދުވެލީގައެވެ.

މީގެ ދުވަސްކޮޅެއް ކުރިން ސަންފައަކީ މީގެ ފޯނު ބޫތުތަކަށް ވަދެ އުޅޭ މީހެއް ނޫނެވެ. އެތަނަށްވަނީމާ ފައި ތުރުތުރު އަޅާފައި ދެން އެވާ ގޮތްތަކަކީ ބުނެދޭންވެސް އުނދަގޫ ގޮތްތަކެއް ކަމަށް ސަންފަ ބުނެއެވެ. މިކަންވެސް ރަނގަޅުވީ ސަންފަ ބުނާގޮތުން ވިއްޔާ ލައްކަގިނަ ފަންޑިތަވެސް ހަދައިގެންނެވެ. އެކަމަކު ސަންފަ ފޯނު ބޫތަށް ވަންނަން މަޖުބޫރުވީ ސަންފަގެ ލޯބިވާ ފިރިމީހާ ހުރިހަމައެކަނި ދަރިފުޅު ގޮވައިގެން އެސޮރަށް ކިޔަވައި ދޭން މާލެ ފޭބި ފަހުންނެވެ. ގައިމު އެހެން އަންހެންވެރިން އެމީހުންގެ ދުރުތާ ތިމާގެ މީހުންނާއި އަދި ފިރިންނާއި ވާހަކަދައްކާފައި ފޯނު ބޫތުން އެނުކުންނަނީ ގަދަވެ ސަލާމަތުން ހެމުން އުފަލުން ފޮޅިފައި ތިބިގެންނެވެ. ވީމާ ސަންފައަށް މިހުރިހާ މަންޒަރެއް ފޯނު ބޫތަށް ވަންނަން މަޖުބޫރު ކުރުވީއެވެ.

ފޯނަށް ޖަވާބު ދީ ނިމުނު އިރު ސަންފަގެ ބަޑި، ހިއްކިމިރުހެއް އަވީގައި އޮވެ ފެޅޭހެން ފެޅިއްޖެއެވެ. ސަންފަ ދުއްވައިގަތީ ގެޔާ ދިމަޔަށެވެ. ގެޔަށް ގޮސް އަވަސް އަވަހަށް މަތި ހަދާލައިގެން ބޮޑު ފޮށި ހުޅުވާލާފައި އޭގެން ލިޔުންތަކެއް ނަގައިފިއެވެ. އެތަނުގައި އޮތީ އުފަންދުވަހުގެ ސެޓިފިކެޓުތަކާއި، އަދި އައިޑީ ކާރޑުތަކެކެވެ. އަވަސް އަވަހަށް މިއެއްޗެހި ހިފައިގެން އޮފީހަށް ހިނގައްޖެއެވެ.

އެދުވަސްވަރަކީ އަލަށް ރާއްޖޭގެ ރަށްތަކަށް ފޯނުލައިން ލައި،ފެކުސް ކުރަން ފެށި ދުވަސްވަރެވެ. ފެކުސް މެޝިން ބަލަހައްޓަމުން އައީ ސީދާ ރަށުގެ ކަތީބުގެ ބެލެހެއްޓުމުގެ ދަށުންނެވެ. ފެކުސް މެޝިނުގައި އަތްލުމާއި ހިސާބުންފެށިގެން ބޭނުންކުރުމާއި ހިސާބަށް ހުއްދަ އޮންނަނީ ކަތީބަށް އެކަންޏެވެ. އެހެންމީހުން ލައްވާ މި މެޝިން ފޮޅާ ސާފުކުރުމަކީވެސް ކަތީބު މުޅީން މަނާކުރައްވާފައިވާ ކަމެކެވެ.

ސަންފަ މިއެއްޗެހި ހިފައިގެން އައި އިރު ކަތީބުވެސް އޮފީހަށް ވަންނަވަނީއެވެ. އަވަސް އަވަހަށް ސަންފަ ފެކުސް ކުރަން ޖެހޭ އެއްޗެހި ކަތީބު އަތަށް ދެއްވައިފިއެވެ.

ކަތީބު: ކިހިނެއްވެގެން ހާދަ އަވަސް އަރުވާލާފައި މި ފެކުސް ކުރަން ތި އުޅެނީ.

ސަންފަ: އަޅުގަނޑުމެންގެ ސޮރު އެކްސިޑެންޓު ވެގެން. ސަރުކާރުގެ އެހީ ލިބެން އޮތީ ތިއެއްޗެހި އެކޮޅަށް ލިބިގެން ކަމަށް ވާތީ.

ކަތީބު ބޯހަލުވާލެއްވިއެވެ. މިޒަމާނުގެ ކުދިން ހަލަނި ވާހަކަޔާ ތަނެއްގައި މައިތިރި ވެގެން ނުތިބެވޭ ވާހަކަ ދައްކަވަން ފަށައިފިއެވެ. ސަންފަވެސް އާނހޫން ކިޔާލަ ކިޔާލަ ހުއްޓެވެ.

ކުއްލިއަކަށް ދުނިޔެ މަތި އަނދިރި ކޮށްލައިފިއެވެ. ނުހަނު ރީއްޗަށް މޫސުން އޮވެފައި ވިދާލި ވިދުވަރާއެކު ބޯވާރޭ ވެހެން ފަށައިފިއެވެ. ހީވަނީ ޓިނުތައް ވެސް ތޮރުފާލަފާނެ ހެންނެވެ. އޭރު ކަތީބު ފެކުސް ކުރައްވަން ޖައްސަވައިފިއެވެ. އެވަގުތު ސަންފަގެ ބުއްދިއަށް ކުއްލިއަކަށް ލިބުނު އިލްހާމަކުން ހިތަށް ލިބުނީ އިތުރު ބިރުވެރިކަމެކެވެ. އަވަސް އަވަހަށް ކަތީބު ކައިރިއަށް ޖެހިލާފައި ވައި އަޑަކުން އެބަ ބުނެއެވެ. ” އަޅޭ ކަތީބާ. މިއޮއް ވިއްސާރައިރު ތިޔަ ފެކުސް ކުރެއްވީމާ ތޭމޭނީ ނޫންތޯ؟”

އޭރު ކަތީބަށްވެސް މިކުރެވުނު ކަމެއް އަދި ރޭކާލީއެވެ. ކުށްވެރިއެއްފަދައިން ބޯކަހާލައްވައިފިއެވެ. ކަތީބުވެސް މިވާހަކަ ނުދައްކާށޭ ބުނާކަހަލަ ގޮތަކަށް އިޝާރާތްކުރައްވަމުން ވައި އަޑަކުން ބުނެލިއެވެ. “ދެން ވިއްސާރަ ހުއްޓީމާ އަލުން ކުރާނީ ދޯ”

Tags:

ކަތީބުމަޖާފެކްސްޖޯކު

Share Article

Follow Me Written By

Unkn0wn

Level 110 Stories

Other Articles

Previous

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 20

Next

އަގުބޮޑު ދިރިއުޅުން…..

Next
May 11, 2013

އަގުބޮޑު ދިރިއުޅުން…..

Previews
May 8, 2013

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 20

11 Comments!

  1. Milli Adam says:
    May 12, 2013 at 12:56 pm

    ފޮތޯ އާއި ލޔުން ހާދަ ގުޅޫން ކުޑާއޭ. ރަނަގަޅު، ރީތި ޖޯކެއް

  2. MaLu says:
    May 12, 2013 at 5:23 pm

    ސަޅި ފަހުބައި.

  3. fathimath Asim says:
    May 13, 2013 at 8:38 am

    ރީތި އައިޑިއާއެއް

  4. azra aishath says:
    May 14, 2013 at 2:55 pm

    ހެހެހެހެހެހެެހެ،،،،،………..މިއަދުވެސް ތެމިދާނެ ދޯ ފެކްސް ކުރާ އެއްޗެހި…….ވިއްސާރަ ވީމަ…..

  5. Ahmed Majdhee says:
    June 6, 2013 at 8:05 pm

    ސަޅި

  6. mysterious girl says:
    April 21, 2014 at 7:28 pm

    me hykuree pixxa eh fax kurane kamah accident vi kuhja ah kaan dheyn

  7. testing carried says:
    May 10, 2015 at 2:29 pm

    hi unknown.. i am kiara.. very funny igea..

  8. nanni says:
    May 13, 2015 at 10:29 pm

    stunning

  9. july says:
    May 18, 2015 at 10:25 pm

    i wes hykury fax mechine in pizza libeny kamah…ekam ves dhn ok…vaahaka hama habeys…..v maja

  10. ހައުލާ says:
    January 20, 2016 at 3:00 pm

    varareet

  11. azoo says:
    July 30, 2020 at 9:40 pm

    Kiriyaa gayah hees nulevunss

Comments are closed.



All Right Reserved!