Skip to content
އެސްފިޔަ

ދެ އެކުވެރިން

މިއީ އަހަރެންގެ އެކުވެރިންގެ މެދުގައި ކިޔާ އުޅުނު ޖޯކެކެވެ. މިފަދަ ސައިޓެއްގައި ހިއްސާކޮށް ލަން ބޭނުންވީ އެވެ. އަދި މި ޖޯކުގެ އަސްލަކީ ކޮބައިކަން ނޭންގެއެވެ.

ނަސީރު އާއި އިސްމާލު އަކީ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. މި ދެރަހުމަތްތެރިންގެ ގާތް ކަން އުފެދުމުގެ އެންމެ ބޮޑު ސަބަބަކީ އެކުގައި ކޮފީ ބޮއި، ސިގިރޭޓް ބުއިމެވެ.

އެއްދުވަހެއްގެ ހެނދުނުގެ ކޮފީ އެއްގައި އިނުމަށް ފަހު ނަސީރު އިސްމާލާއި ސުވާލު ކުރިއެވެ. “އަހަރެމެން ދެ މީހުންނަކީ ވަރަށް ގާތް ދެރަހުމަތްތެރިންދޯ. ކަލެއަށް މި ކަމުގެ އަސްލު އެނގޭތަ؟” “އެއީ މިގޮތަށް އެކީގައި ސިގިރޭޓް ބުއިން”، އިސްމާލު ރައްދު ދިނެވެ. ނަސީރު އެއާއި ވިއްދާފައި ސުވާލު ކުރިއެވެ. “އެހެންވެއްޖެއްޔާ، އަހަރެން މަރުވުމުން އިސްމާލު އަހަރެންނަށްޓަކައި ކޮށްދޭނީ ކޮންކަމެއް؟”. “އަހަރްން ދުނިޔޭގައި ހުއްޓާ ނަސީރު މަރުވެއްޖެއްޔާ، އަހަރެން ސިގިރޭޓް ބޯ ހިއްވާ ކޮންމެ ފަހަރަކު، ނަސީރަށްޓަކައިވެސް ސިގިރޭޓެއް ބޯނަން. އެއީ ރަނގަޅު ގޮތެއްނު”.

ނަސީބު ދިމާކުރީ ވަރަށް ދެރަކޮށެވެ. މާ ގިނަ ދުވަހެް ނުވެ، ނަސީރު އަބަދުގެ އަބަދަށް ލޯ މަރައިލައިފިއެވެ. އިސްމާލު އެކަމާ ދެރަވެ ހިތާމަ ކުރިއެވެ. ފުން ހިތައިމައާއި އެކު ކަށުކަމާއި ކެމީގެ ކަންތައް ނިމި ނަސީރު ވަޅު ލައިފިއެވެ.

ހިތާމަޔާއި ހާސްކަމުން މަސްހުނި ވެފައިވާ އިހުސާސްތަކާއ ފިކުރުތަކުން ދުރުވުމަށް، ސިގިރޭޓެއް ބުއިމަށް އިސްމާލު ބޭނުންވިއެވެ. އަދި އެވަގުތު ނަސީރަށް ވެފައިވާ ވައުދުގެ މަތިން ހަނދާންވިއެވެ. އިސްމާލު ޖީބުގައި އޮތް ސިގިރޭޓް ފޮށިން ދެ ސިގިރޭޓް ނަގާ ތުބުގައި ޖަހާ، ދެ ސިގިރޭޓް ރޯކޮށް ބޯން ފެށިއެވެ.

އިސްމާލު ދެ ސިގިރޭޓް ބޯން ހުއްޓާ، އިސްމާލުގެ ބޮޑު ބޭބެ އެތަނަށް އަތުވެއްޖެއެވެ. “އިސްމާލު ތިވަރު ނުކުރިއަސް ސިގިރޭޓް ބޯ މީހަކަށް ވާނެ”. “މިއީ އެހެން ވާ ކަމެއް ނޫން. މިއީ އަހަރެން، އަހަރެންގެ ރަހުމަތްތެރި ނަސީރަށްޓަކައި ވީ ވައުދެއް. އަހަރެން ސިގިރޭޓް ބޯ ހިއްވާ ކޮންމެ ފަހަރަކު ނަސީރަށްޓަކައި ސިގިރޭޓެއް ބުއިން”. އިސްމާލުގެ ބޮޑުބޭބެ ބުނާނެ އެއްޗެއް ނޭންގި، ދެފަރާތަށް ބޯ ހޫރާލުމަށް ފަހު ހިނގާގަތެވެ.

ތިންމަސް ފަހުން އަނެއްކާވެސް ބޮޑުބޭބެ އަށް އިސްމާލު ފެނުނެވެ. ނަމަވެސް އިސްމާލު ހުރީ އެންމެ ސިގިރޭޓެއް ބޯށެވެ. ބޮޑުބޭބެ، އިސަމާލު ތިން މަސް ކުރިން ދިން ޖަވާބ ހަނދާންކޮށް ދިނެވެ. އިސްމާލުގެ ޖަވާބު ވަރަށް ސާދާއެވެ. “މިއީ އެހެން ވާ ކަމެއް ނޫން. އަހަރެން ޑޮކްޓަރަށް ދެއްކުމުން ސިގިރޭޓް ބުއިން ހުއްޓާލުމަށް ވަނީ އަންގާފަ. އެހެންވެ، މިހާރު މި ބޮނީ ހަމައެކަނި ނަސީރަށްޓަކައި ބޯ ސިގިރޭޓް”. މި ފަަހަރުވެސް ބޮޑުބޭބެ އިސްދަށަށް ޖަހައިގެން ބުނާނެ އެއްޗެއް ނޭންގިފައި ހުއްޓެވެ.

Comments (25)

  1. ހަދީ

    ވާއު…….

  2. Rose

    ހަގީގީ އެކުވެރި ކަމަކީ އެއީ… ވަރަށް ރީތި ހަގީގަތުގަވެސް…

  3. ނައިން10

    ވަރަށް މަޖާ

  4. greeknee19

    ސަޅި….:)

  5. asmmode

    ހެހެހ. ފައްކާ އިނގޭ. އެއްކަލަ. އިއްސޭ އަދި ނަސީރު ސާރ.

  6. nashaa

    މަޖާ އަދި އެހެންމެ ޓަޗިންވެސްމެ

  7. Agüero

    ހަމަ ހަބޭސް!

  8. އަޚްމަދު ފާތިޙް

    ސަޅި

  9. ފަރޭ

    ހަބޭސް……….

  10. ދަލޭކަ

    އެ ހުސްދޮގު ނަސީރުސަރ އަދި މަރެއްވެސް ނުވޭ… އަދި އިސްމާލު އެއީ ސިގިރޭޓް ކިޔަންވެސް އިނގޭ މީހެއްނޫން… ދެން ބޯނީކިހިނެއް؟…. ހުމްމްމްމް އެކަމް ނަސީރުސަރ މިކަމާ ވިސްނާލަން އެބަޖެހޭ…

  11. ޔަޒާނު

    އޮސަމް……………

  12. MaLu

    ވަރަށް ރީތި ވާހަކަ.

  13. azra aishath

    ހެހެހެހެހެ…..ޑޮކަޓަރު ބުނީމަވެސް ރަހުމަތް ތެރިޔާ އަށް ޓަކާ ހުއްޓާ ނުލެވުނު ދޯ……

  14. ސަންޕަ

    ވާހް ކިޔާ ބާތުހޭ

  15. Moosa Adam

    އޮބިނައިޒްޑް

  16. Nau Nausha

    ހަގީގީ އެކުވެރި ކަމަކީ މީ… ވަރަށް ރީތި ހަގީގަތުގަވެސް3>

  17. muru

    thii ekuveri nakii va vaa

  18. zeenaa

    Shalhi.

  19. princess

    awwww 🙂

  20. mysterious girl

    hahaha

  21. REEE

    varah majaa sir! Ehehehe 😛

  22. ހައުލާ

    ވަރަށް ރީތި

  23. Rozy

    Reethi ekuveri kamaki gada fada bare dho

  24. Sheen

    Rahtehin vaan v ehenney… salhi.. !! Majrr dhen… dho

  25. nasru

    Majaa catogery in 10 vaahaka keeiru, majaavi furathama vaahaka mee…

Comments are closed.