Skip to content
އެސްފިޔަ

ނާދިޔާގެ ބުޅާ

ނާދިޔާގެ ބުޅަލަކީ ވަރަށް ބަސްއަހާ، ގޮތްދޫނުކުރާ، ބޯހަރު ވަރަށް ވިޔާނުދާ ބުޅަލެކެވެ. އެހެން ކަމުން ނާދިޔާ އެބުޅާ ދެކެ ވަރަށް ލޯބި ވެއެވެ. އިލޮށިފަތިން ކުރަތްޕަށް ނުކުރާވަރަށް ނާދަޔާ އެބުޅަލަށް ލޯބި ކުރެއެވެ. ނާދިޔާގެ ބުޅަލަށް ކާންދެނީ ކޮންކްރިޓާއި ކޮންކްރިޓް ގަށާ މެޝިނާއި އުވައޮޑިއާއި އުދެއްޔާއި އިސްކޫރު ފަދަ އޮއްޓަރުލީ ކާނާއެވެ. ނާދިޔާ ތަނަކަށް ދާނަމަ ބުޅާ ވެސް ނާދިޔާ ފަހަތުން ދެއެވެ.  ނާދިޔާގެ ފަހަތުން އެބުޅާ ދަނީ ލޮނުމެދު ކައިގެންދާ ގިތާ އެއްޗިހި ދާހެންނެވެ. ބުޅާ ގޭގައި ބައިންދާފައި ނާދިޔާ ގެއިން ބޭރަށް ހިނގައްޖެނަމަ ނާދިޔާ ގެއަށް އަންނަންވާއިރަށް ގޭގެ ހަތަރުފާރު ބުޅާ ވައްޓާލައެެވެ. ނާދިޔާ ގެއަށް އައުމާއިއެކު އެބުޅާ “ވުފްްފް.. ވުފްްފްްފްް..” ކިޔާ ނާދިޔާއަށް ހަތަރު ފާރު ދައްކާލައެވެ. މިކަންތައްތައް މިގޮތަށް ދިމާވާތީ ނާދިޔާ ވަރަށް އުފާވެއެވެ. އުފާވަނީ ނާދިޔާ އެކަންޏަކުން ނޫނެވެ. ޚުދު އަހަރެންވެސް ވަރަށް އުފާވެއެވެ. ނާދިޔާ ފެނުމުން ބުޅާ އެސޮރުގެ ރީތި އަޑުން “ވުފްްފް.. ވުފްްފްްފްް..” ކިޔާ ނާދިޔާ އަށް ގޮވާ ހަދައެވެ.

ބުޅަލުގެ އެންމެ ރަނގަޅު އެއްސިފައަކީ ގޭގައި މީދާ ނޫޅޭނަމަ ރެޔާ ދުވާލެއްގެ މަށްޗަަށް ދޮޅަހަކަށް މީދާ ގޮނޑުން ގެނެސް ވައްދާ ކަމެވެ.

މިއަދަކީ ހުކުރު ދުވަހެވެ. ބުޅަލަށް ކެވޭ ކަހަލަ އޮއްޓަރުލީ އެއްޗެއް ގެއަކު ނެތެވެ. ނާދިޔާ މިކަމާ ވަރަށް ދެރަވެއްޖެއެވެ. އެހެންކަމުން ޖެހިގެން ހުރިގޭގައި ހުރި ސެކަންޑް ހޭންޑް ޔަމަހާ އިންޖީނެއްގެ ފްލައިވީލް ގެނެސް ބުޅަލަށް ކާންދީފިއެވެ. އެހެންނަމަވެސް ބުޅަލުގެ ބަނޑު ފުރޭ ގިޮތެއް ނުވިއެވެ. އެހެންކަމުން ނާދިޔާ ދިޔައީ ބުޅަލަށް ކާންދޭން ބަންގާޅީއެއް ހޯދުމަށް ރަށުގެ އިޖުތިމާޢީ މަރުކަޒު އަޅާ ސަރަހައްދަށެވެ. ހުކުރު ދުވަސް ކަމަށްވާތީ އެތަނުގައި މަސައްކަތް ކުރާ އެއްވެސް ބަންގާޅީއަކު އެތަނުން ފެންނާކަށް ނެތެވެ. އެހެންވުމުގެ ސަބަބުން ނާދިޔާ އަނެއްކާވެސް އަންނަންޖެހުނީ އަނބުރާލައިފައި ގެއަށެވެ. ގެއަށް އައިސް މާމަ ކޮޓަރީގެ ދޮރު މައްޗަށް ހުއްޓިލިތަނާ ކޮޓަރިތެރޭން އިވުނު އަޑަކީ މާމައާއި ބުޅާ ލަވަ ކިޔާ އަޑެވެ. ހީވާ ގޮތުގައި މާމައަށް ޖުލައި ސައްބީސް އައިސް ލައިގަތީއެވެ. އަވަސް އަވަސް ކޮށްލާފައި ނާދިޔާ މާމަ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ކުއްލިއަކަށް ނާދިޔާގެ މޫނުމައްޗަށް ވެރިވެގެން ދިޔައީ ވަރަށް އުފާވެރި ކުލަވަރުތަކެކެވެ. ނާދިޔާގެ ބުޅާ ނާދިޔާގެ މާމަ ކާލަނީއެވެ. ނާދިޔާ މިކަމާ ވަރަށް އުފާކޮށްފަ ބުޅަލަށް ހިތްވަރު ދިނުމުގެ ގޮތުން އަތްޖަހާލިއެވެ. އަދި ބުނެލިއެވެ. ” ބުޅާ ތިކޮށްދޭވަރު ހެޔޮކަމެއް މިރަށަށް ހަފްތާއަކު އެއްރޭ އެ އަރާ ފުރޭތަވެސް ނުކޮށްދޭނެ. ބުޅާ ތިވަރަށް ބަނޑުހައި ވެފައިވާނަމަ މާމަ ކާލުމަކީ އެއީ ކުށެއް ނޫން. އަވަސްވީ ގޮތަކަށް ބިސްމި ކިޔާފާ މާމަ ކާލާ.”

ބުޅާ ލަހެއް ފަހެއް ނުޖެހެއެވެ. އެބުނި ހިނދުން މާމަ ކައްޓާ މަހާ ހުރި ގޮތަށް އަރުވާލައިފިއެވެ. އަދި ނާދިޔާއާއި ދިމާއަށް ބުޅާ ވައެއް ލިއެވެ. ބުޅާ އެލީ ވައިގެ ވަހުގައި އެކުލެވިގެންވަނީ މާމަގެ ފޮށާގެ ވަހެވެ. ބުޅާ އެކޮށްދިން ހެޔޮކަމަށް ނާދިޔާ ވަރަށް ބޮޑަށް ޝުކުރުުވެރި ވެއްޖެއެވެ. “ބުޅަލާ.. ބުޅާ ތިކޮށްދިން  ހެޔޮކަންތަކަށް އަހަރެންގެ ހިތުގެ އެންމެ އަޑިން ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.”

ދުވަސްތައް ފާއިތުވަމުން ދެއެވެ. އެއްދުވަހު ނާދިޔާގެ ބުޅާ ވަރަށ ބޮޑަށް ބަލި ވެއްޖެއެވެ. ކޮންމެއަކަށް ނާދިޔާ މިކަމާ ވަރަށް ހިތާމަ ކޮށްފައި ނާދިޔާ ދިޔައީ ބޭސް ފިހާރައަށް ބުޅަލަށް ކާންދޭން ބޭސް ގަންނާށެވެ. އެދުވަހު ބުޅަލަށް ކާންދިނީ ޕެނަޑޯލް ކިލޯ އަކާއި ޑިސްޕްރީން ބަސްތާއެކެވެ. މާގިނައިން ބޭސް ކާންދިނުމުގެ ސަބަބުން ބުޅާ މަރުވެއްޖެއެވެ. ޖެހިގެން އައިދުވަހު، ބުޅާ މަރުވިގޮތަށް ނާދިޔާވެސް މަރުވެއްޖެއެވެ.

=ނިމުނީ=

Comments (12)

  1. ޓާއީ

    ހަހަހަހަހަހާ…. ހީ ހީ ހަލާކު

  2. pinky

    ލޯލް ހަހަހަހަހަހަ ބުނަން މަޖާ.. ފުރަތަމަ ފަހަރަށް އިންސާނުންނާ އިންޖީނު އެއްޗިހި ކާ ބުޅަލެއްގެ ވާހަކަ އަޑު އެހީ.. ވ.މަޖާ

  3. ހަދީ

    ވ.މަޖާ ފާތިޙް

  4. greeknee19

    ފާތިހް ލިޔާ ވާހަކައިގަ އެބަހުރި ބެބުޅުން..ސަޅި އިނގޭ..:)

  5. ނޭނގެ

    ޖިމޯގެ ރިކޯޑިންއެއްގެ ކޮޕީއެއް. :ޕ

  6. nukiya

    faathy thy fake meeheh …. hus kopy vaahaka.. isthiufaa

  7. shiyaa

    އިސްތިއުފާއަކީ ހުރިހާ ކަމެއްގެ ހައްލުތަ؟ ފާތިހު ބޭނުންވަނީ ކުރިއެރުން. ހިތްވަރާއެކު މަސައްކަތްކޮށްލާ. އިރާދަކުރެއްވިއްޔާ ތި ބޭނުންވާ މިސްރާބަށް ދެވޭނެ.

  8. ނާދިޔާ

    ހާދަ ރީއްޗޭ!!! މަށަށްވެސް ވާހަކަ ލިޔަން ދަސްކޮށްދީބަ!!!

  9. ziaan

    maves thi kahala cat eh beynun thats really nice talent brooo 🙂 love you:) haahahahahahahahahaha

  10. luv luvy.

    Lol. Mi knkahala vaahakaeh.. Ma hyhy halaku ….. Hahahahahah vavavavaa..

  11. Naadhiyaage Bulhaa

    Haadha rythi vaahakaekey. Aeves adhi mashaa beheygothun. Thigothuga kuriyahdhey. :p

  12. Naadhiyaage dhari

    Mageyy mom aky bulhaadheke v biru ganna myheh …. story v nice

Comments are closed.