“އަހަރެން ކަހަލަ ރީތި މީހަކު ހުވަފެނުންވެސް ހަޑި ކުއްޖަކު ބަލާނެތަ؟” ވަރަށް ވެލާފައި އަހަރެންވެސް އަޔާން އަށް ރައްދުދިނީމެވެ. އެކަހަލަ ގޮތަކަށް މަޖާ އަނގަތެޅުމުގައި ތިއްބާ ގެއަށް އާދެވިއްޖެއެވެ. ރާއްޖެތެރެއާ ބަލާފައި ފެންވަރު ރަނގަޅު ގެއެކެވެ. ގެރާނާފައި ވާގޮތުން ގޯތި ބޮޑުކަމަށް ދައްކައެވެ. ގޯތިތެރޭގެ ހުސް ބައިގައި ގައު އަތުރާފައިވެއެވެ. ހިޔަވަރުގެ ފެންޑާކޮޅެއްވެސް ޖޯލިފަތި ބަހައްޓާފައި ހުއްޓެވެ. އެނތެރެއަށް ވަންނަމުން އައިޝާ ދައްތަ ކޮޓަރި ދެއްކިއެވެ. ބޮޑުނޫނަސް ހިޔަވަރު ވަރެއްގެ ސިޓިންރޫމް ކޮޅަކަށް ނިކުމެވޭ ގޮތަށް ހުރި […]
“ސިއާން. . އަދިވެސް ނިދަން އޮތީތަ. . ޔަގީން މިއަދަކު ޗެކިން އަކަށް ލައްވާ ނުލާނެކަން. . ސިއާން. . ” ދޮރުގައި ތަޅައިގަތީ މަންމައެވެ. އަހަރެން ނުހޭލަނީ ކަމަށް ހީކޮށެވެ. އެކަމަކު އަހަރެންނަށް ވުރެ ކުރިން ހޭލި މީހަކު ހުންނާނެހެނެއް ހިޔެއް ނުވެއެވެ. އެހެން ނުވާންވީ ކީއްވެހެއްޔެވެ؟ އޮސްޓްރޭލިޔާއިން އަހަރެންގެ ކިޔެވުން ނިމިގެން މާލެ އައިސް މިވީ ހަފްތާއެއްގެ ތެރޭގައި އަހަރެން މޮޔަވާން ކައިރި ނުވީ ކިރިޔާއެވެ. ކުޑައިރުއްސުރެ އުޅެ ބޮޑުވީ އޮސްޓްރޭލިޔާގައި ކަމުން އަހަރެން […]
“ސިއާން. . އަދިވެސް ނިދަން އޮތީތަ. . ޔަގީން މިޔަދަކު ޗެކިން އަކަށް ލައްވާ ނުލާނެކަން. . ސިއާން. . “ ދޮރުގައި ތަޅައިގަތީ މަންމައެވެ. އަހަރެން ނުހޭލަނީ ކަމަށް ހީކޮށެވެ. އެކަމަކު އަހަރެންނަށް ވުރެ ކުރިން ހޭލި މީހަކު ހުންނާނެހެނެއް ހިޔެއް ނުވެއެވެ. އެހެން ނުވާންވީ ކީއްވެހެއްޔެވެ؟ އޮސްޓްރޭލިޔާއިން އަހަރެންގެ ކިޔެވުން ނިމިގެން މާލެ އައިސް މިވީ ހަފްތާއެއްގެ ތެރޭގައި އަހަރެން މޮޔަވާން ކައިރި ނުވީ ކިރިޔާއެވެ. ކުޑައިރުއްސުރެ އުޅެ ބޮޑުވީ އޮސްޓްރޭލިޔާގައި ކަމުން އަހަރެން […]
އޮފީހަށް ދިޔުމަށްޓަކައި އަހަރެން ތައްޔާރުވަމުން ގެންދިޔައީމެވެ. ނަބީލާ ސައި ތައްޔާރުކުރާ އަޑު އަހަންނަށް އިވެމުންދިޔަ އެވެ. އަހަރެންގެ ހިތް ވަރަށް ބާރަށް ތެޅުނެވެ. އެއްކޮޅުން ބަލާއިރު، އެއީ ކުރަންވާ ވަރުގެ ސަމާސައެއްބާ އެވެ؟ އަނެއްކޮޅުން ބަލާއިރު، އެ ސަމާސަ ކާމިޔާބުވާނެބާ އެވެ؟ އިނދެގެން އުޅޭތާ އަށާރަ އަހަރުވެފައިވާތީ، އަހަރެންގެ ހުރިހާ ޙަޤީޤަތެއް ނަބީލާ އަށް އެނގޭނެ އެވެ. ދެން ހިތަށްއެރި އެވެ. މީ ދުވަހަކު ވެސް ނުކުރާ ކަހަލަ ސަމާސައެކެވެ. ފަހަރެއްގައި ކާމިޔާބު ވެދާނެ އެވެ. ކުއްލިއަކަށް […]
އެއްދުވަހަކު އަކުބަރު ރަސްގެފާނާއި ދެ ދަރިކަލުން އެކުގައި ނާނާފުޅު ފިއްލަވަން ކޯރަށް އެރިވަޑައިގަންނަވަން ވަޑައިގަތެވެ. މިބޭފުޅުން އަރިއަހުގައި ބީރުބޮލު ވަޒީރުވެސް ގެންދެވިއެވެ. ރަސްގެފާނާއި ބޭފުޅުން ކޯރަށް އެރިވަޑައިގަންނަވަމުން ހެދުންކޮޅުތައް ބީރުބޮލު ވަޒީރާއި ހަވާލުކުރެއްވިއެވެ. ހެދުންކޮޅުތައް ކޮޑެއްގައި އަޅުއްވައިގެން ބީރުބަލް ވަޒީރު ކޯރުގެ އައްސޭރީގައި މަޑުކޮށްލަވައިގެން އިންނެވިއެވެ. ރަސްގެފާނަށް ބީރުބޮލު ވަޒީރު މިހެން ހުންނަވަނިކޮށް ފެނިވަޑައިގެން ބީރުބޮލު ވަޒީރާއި ސަމާސާކޮށްލަވައި ހިއްޕުޅުވެއްޖެއެވެ. ބީރުބޮލު ވަޒީރު ހިވަނީ އެއްޗެހި ދޮންނަމީހަކު ގެންގުޅޭ ހިމާރެއްގެ ބުރަކަށި މައްޗަށް ހެދުން އަޅާ ބަރުކޮށްފައި […]
އާދަނާއި ތަކުރަކީ ދެ ވިޔަފާރިވެރިންނެވެ. ތަކުރު ވިޔަފާރި ދަތުތުރުތަކުގައި ޗައިނާއަށް ގޮސްއުޅުނެއްކަމަކު މިއީ އާދަނު ޗައިނާއަށް ކުރިފުރަތަމަ ދަތުރެވެ. އެއާރޕޯޓުން ހޮޓަލަށް ދެވުމާއެކު ދެމީހުން ތިބެންހަމަޖެހިފައިވާ ކޮޓަރީގެ ތަޅުދަނޑި ޙަވާލުކުރެވިއްޖެއެވެ. ޗައިނާގައި ކިރިޔާވެސް ނިދާލެވޭވަރުގެ ހޮޓަލެއްވިއްޔާ ނުހަނު އަގުބޮޑެވެ. އެހެންވެ އާދަނާއި ތަކުރު އަދިވެސް ގިނަ ދިވެހި ވިޔަފާރިވެރިން ގޮސްތިބެނީ ވަރަށް އާދައިގެ ހޮޓާތަކުގައެވެ. މިފެންވަރުގެ ހޮޓާތަކުގެ ފާޚާނާގައި މުސްލިމް ޝަވަރެއް ނުހުރެއެވެ. ޠާހިރުވާން ހަދާނެގޮތަކާމެދު އާދަނު ވަރަށް ވިސްނިއެވެ. އެކަމަކު ތަކުރު ކާރީގައި މިވާހަކަ އަހައިފިއްޔާ […]
ކުއްލިއަކަށް ރަށުތެރެ ހަލަބޮލި ވެއްޖެއެވެ. ވެގެން އުޅެނީ ކީއްތޯ އެކިމީސްމީހުން ކައިރީ އަހަމުން ދަނިކޮށް އާދަނަށް އެނގުނީ އޭނަގެ ނުހަނު ގާތް ރަޙުމަތްތެރި ތަކުރު ނިޔާވެގެން އުޅޭކަމެވެ. އާދަނު ބަލާކަށްނުހުރެ ދުވެފައި ތަކުރުގެ ގެއަށް ދިޔައެވެ. މީހުންތަކުގެ ތެރެއިން ފުރޭނިގެން އާދަނު މައްޔިތާ ބާއްވާފައި އޮތްހިސާބަށް ވާސިލުވެއްޖެއެވެ. މޫނާ ބޮލާއެކު ބެންޑޭޖުކޮށްފައި އޮތެއްކަމަކު ނިޔާވެފައިއޮތް ތަކުރުގެ ނިތްކުރިމަތިން އޭރުވެސް ލޭ އައިސްފައި ހުއްޓެވެ. މިތަންފެނިފައި އާދަނު އަދި މާބޮޑަށް މޮޅިވެ ރޮވޭގޮތް ވެއްޖެއެވެ. އެކަމަކު ތަކުރު މަރުވާން […]
100 ޕަސެންޓް ކޮޓަން. ގިނަ މީހުންނަކީ އުމުރުން ދުވަސްވުމުން، ޒަމާނީ ފެޝަންތަކެއްޗަށް އެހާބޮޑު އިސްކަމެއް ދޭ މީހުންނެއް ނޫނެވެ. ނަމަވެސް އާބިދާއަކީ އުމުރުން 55 އަހަރުވެފައި އިނަކަސް އެންމެ ފަހުގެ ޒަމާނީ ތަކެއްޗަށް ލޯބިކުރާ އަންހެނެކެވެ. އާބިދާ ދިރިއުޅެމުން ގެންދަނީ މާލޭގައި ކަމަށްވެފައި އަދި ބޭނުންވާ ހުރިހާ ވައްތަރެއްގެ އެއްޗެއް ގަތުމުގެ މާލީ ތަނަވަސްކަން ހުންނާތީ އާބިދާ ބޭނުންވާ ހުރިހާއެއްޗެއް ވެސް ވަރަށް ފަސޭހައިން ހޯދެއެވެ. އާބިދާގެ ފިރިމީހާ ނަސީރަކީ ވަރަށް ތަނަވަސް މީހަކަށް ވީކަމީ، އާބިދާކަހަލަ، […]
އޯޕަން އަދި ކުލޯޒް ދުވަހަކީ ރަމަޞާން މަހުގެ ފަހު ދުވަހެވެ. ޝާކިރު އަލަށް މާލެ ބަދަލުވީތާ ފުރަތަމަ ހަފުތާއެވެ. މަންމަ އެދުމުގެ މަތީން 14 އަހަރުގެ ޝާކިރު ފިހާރައަށް ދިޔައީ އެއްޗެއް ގަތުމަށެވެ އާދެ! ހަގަށްހުރި ކޮއްކޮ އަށް ބޫޓެއް ގަތުމަށްޓަކައެވެ. “މަންމާ.. ކިތައް ފޫޓުގެ ބޫޓެއްތަ ގަންނަވީ؟” ބޯކަހާލަމުން ޝާކިރު މަންމަގާތު އަހާލިއެވެ. “ސާބަހޭ ދަރިފުޅަށް. ކިތައްފަހަރު ބުނީމަތަ އެނގޭނީ ކައިވަތެއް ވަރުގެ ބޫޓެކޭ. މިހާރު މިހެންވެސް ކިތައްފަހަރު ބުނެވިއްޖެތަ؟” ޝާކިރުގެ ގަމާރުކަން ހިތައްއަރާފައި ރުޅިވެރި […]