މުޅިން ހިލޭ!
އެމެރިކާގެ ރައްޔިތަކު އޭނާގެ ޕެޓްރޯލުގެ ވިޔަފާރި އިތުރަށް ކުރިއެރުވުމަށްޓަކައި “ފުލްޓޭންކް ޕެޓްރޯލް އެޅި ކޮންމެ މީހަކަށް މުޅިން ހިލޭ ދޮނެއްދެމެވެ.” މިހެން ލިޔެފައި ޕެޓްރޯލް ޝެޑްގައި ބޯޑެއް ހަރުކުރިއެވެ. ޕެޓްރޯލް އަޅަން އައި މީހަކު އޭނާގެ ކާރަށް ޓެންކް ފުލްކޮށް ޕެޓްރޯލް އެޅުމަށްފަހު ހިލޭ ދޭ، ދޮން ހޯދުމަށް އެދުނެވެ. ޝެޑްގެ ވެރިޔާ ބުނީ 1 ން 10 އަކާ ދެމެދުން ނަންބަރެއް ނަގާށެވެ. އަދި އޭނާ ހިތުލީ ނަމްބަރު ނެގިއްޖެނަމަ ދޮނެއްދޭނަމޭ ވެރިޔާ ބުންޏެވެ. ޕެޓްރޯލް އަޅަންއައި މީހާ ނެގީ ދެއެކެވެ. ނަމްބަރު ނެގުމާއެކު ޝެޑްގެ ވެރިޔާ ބުނީ މުޅިން ނުބައެވެ. އަހަރެން ހިތުލީ ފަހެކެވެ. މިއަދަކު ދޮނެއް ނުލިބޭނެ!
[sociallocker id=”1329″]
އޭގެ ހަފުތާއެއްގެ ފަހުން އެއްކަލަ މީހާ އޭނާގެ ރަޙުމަތްތެރިޔާ އާއި އެކުގައި އެއްކަލަ ޕެޓްރޯލް ޝެޑަށް ދެވަނަ ފަހަރަށް ޕެޓްރޯލް އަޅަންއައެވެ. މިފަހަރުވެސް އޭނާޔަށް ނުބައި ނަންބަރެއް ނެގިގެން ކަންތައްވީ ކުރީ ފަހަރު ވީ ގޮތަށެވެ. ބޭނުން ވެގެން އުޅުނު ދޮނެއް ނުލިބުނެވެ. އެނބުރިދަމުން ރަޙުމަތް ތެރިޔާ ކައިރީ ގައި ބުންޏެވެ. “އެޕެޓްރޯލް ޝެޑްގެ ވެރިޔާއަކީ މުޅިން ހީލަތްތެރިއެކެވެ. ހަދަނީ މުޅިންވެސް ދޮގެވެ. އެހެނީ މިއަދާ ހަމަޔަށްވެސް އޭނާ އެދޮނުގެ ޝަރުޠެއް ފުރިހަމައެއް ނުކުރެއެވެ.”
ރަހުމަތްރެރިޔާ ޖަވާބުގައި ބުންޏެވެ. “ނޫން ނޫން ތިބުނީ މުޅިން ރަނގަޅަކަށް ނޫނެވެ. އޭނާ އެއީ ލަނޑުދޭ، ހީލަތް ތެރިއެއްނޫނެވެ. މިދިޔަ ހަފުތާގަ ދެފަހަރު އަހަރެންގެ އަންހެނުން އެކަން ކާމިޔާބު ކުރިއެވެ.”
[/sociallocker]
13 Comments!
Comments are closed.


ވަރަށް މަޖާ
ހެހެހެހެ ވ މަޖާ
ކޮޕީ…
ހެހެހެ ވ މަޖާ
ިޖިކ
ހެހެހެހެހެ ވ މަޖާ
Very funny
hehe
minahttaalanee petrol alhan
kon numbereh nagaanee
I think 5 hen rangalhu num ak.. Ma hy by halaaku mi story kiyaign…. V v mama adhi nice…….
Maja
Good
hehehe…girls kudin diyaima ekani libey ehccheh dhw ey…not bad…anyway vaahaka v nice
hehehehe…… nice story eh… kiaa ves story writer akah vaa hiy vejje