Skip to content
އެސްފިޔަ

100% ކޮޓަން

100 ޕަސެންޓް ކޮޓަން.
ގިނަ މީހުންނަކީ އުމުރުން ދުވަސްވުމުން، ޒަމާނީ ފެޝަންތަކެއްޗަށް އެހާބޮޑު އިސްކަމެއް ދޭ މީހުންނެއް ނޫނެވެ. ނަމަވެސް އާބިދާއަކީ އުމުރުން 55 އަހަރުވެފައި އިނަކަސް އެންމެ ފަހުގެ ޒަމާނީ ތަކެއްޗަށް ލޯބިކުރާ އަންހެނެކެވެ. އާބިދާ ދިރިއުޅެމުން ގެންދަނީ މާލޭގައި ކަމަށްވެފައި އަދި ބޭނުންވާ ހުރިހާ ވައްތަރެއްގެ އެއްޗެއް ގަތުމުގެ މާލީ ތަނަވަސްކަން ހުންނާތީ އާބިދާ ބޭނުންވާ ހުރިހާއެއްޗެއް ވެސް ވަރަށް ފަސޭހައިން ހޯދެއެވެ. އާބިދާގެ ފިރިމީހާ ނަސީރަކީ ވަރަށް ތަނަވަސް މީހަކަށް ވީކަމީ، އާބިދާކަހަލަ، އެންމެ ފަހުގެ އަގުބޮޑު ތަކެއްޗަށް ލޯބިކުރާ މީހަކަށް ލިބިފައިވާ ވަރަށް ބޮޑު ނަސީބެކެވެ.
” ވަރަށް ވަރުބަލި ވެއްޖެ.” އާބިދާ އައިސް ކޮޓަރިއަށް ވަންނަމުން އޭނާގެ ފިރިމީހާ، ނަސީރުގާތު ބުންޏެވެ.
” އެހެންނު ވާނީ. މުޅިމީހާގެ ދެއަށް ފުރިފައި ތިހުރީ ކޮތަޅުތަކުން. ހުރިހާ ފިހާރައެއް ހުސްކޮށްގެން ވިއްޔާ ތިއައީ.” އާބިދާގެ ދެއަތުގައި ހުރި ކޮތަޅުތަކަށް ބަލާލަމުން ނަސީރު ބުންޏެވެ.
” އެންމެ ބޭނުން ވެގެން މިއުޅޭ އެއްޗެއް ނުލިބުނު މިރޭވެސް.” ވަރަށް މާޔޫސީ ވެފައި އާބިދާ ބުނެލިއެވެ.
” ކިހިނެތްވީތަ؟.. ރުފިރާ ހުސްވީތަ؟. އަހަރެންގެ ވޮލެޓުން 2000 ރުފިޔާ ނަގާ..” ނަސީރު އެނދުގައި އޮށޯންނަމުން ބުންޏެވެ.
” ރުފިޔާ ނެތީއެއް ނޫނޭ. 100 ޕަސެންޓް ކޮޓަން ޓީޝާޓެއް ނުލިބުނީ.” ގެނައި އެއްޗެހިތައް ބަލަމުން އާބިދާ ބުނެލިއެވެ.
” މިއޮއްބޮޑު މާލެއިން ނުލިބުނު 100 ޕަސެންޓް ކަފަ ޓީޝާޓެއް؟” ވަރަށް ހައިރާންވެފައި އަހާލިއެވެ.
” އާން.. ނުލިބުނު. ގަނެދީބަލަ. މިހާރު އެއްކަލަ ފާތުންވެސް ލަނީ އެކަހަލަ ޓީޝާޓޯ. އަހަރެންވެސް ބޭނުން.” އާދޭހުގެ ރާގަކަށް އާބިދާ ބުނެލިއެވެ.
” މާދަމާރޭ ގަނެދޭނަން.” ނަސީރު ވަރަށް ޔަގީންކަމާއި އެކު ބުނެލިއެވެ.
ޖެހިގެން އައި ދުވަހުގެ ރެއެވެ. އާބިދާ ވަރަށް އަވަދިނެތި ބަދިގޭގައި ރިހަ ކެއްކުމަށްޓަކައި ހަރަކާތްތެރިވަމުން ދިޔައެވެ.
” އާބިދާ.. މިއޮތީ ޓީޝާޓް. ހެޔޮވަރުވާނެ ދޯ.” ކޮތަޅުގައި އޮތް ޓީޝާޓް ނަގަމުން ނަސީރު ބުނެލިއެވެ.
އާނ… ހެޔޮވަރުވާނެ. 100 ޕަސެންޓް ކޮޓަންތަ މީ؟ ” އާބިދާ ޓީޝާޓުގައި ހިފަމުން ބުނެލިއެވެ.
” 100 ޕަސެންޓް ކަފައިން ހަދާފަ ހުރި ޓީޝާޓެއް ދޭށޭ ބުނީމަ ދެއްކި އެއްޗެއް ތީ.” ވަރަށް ހަމަޖެހިލާފައި ނަސީރު ބުންޏެވެ.
” މީ އެކަމަކު 100 ކަފައިން ހަދާފައި ހުރި ޓީޝާޓެއް ނޫން. އާބިދާ ވަރަށް ބޮޑަށް ބެލުމަށްފަހުގައި ބުންޏެވެ.
” ތީ 100 ޕަސެންޓް ކަފަ ހަމަ. މި އިނީނު ޓެގްކޮޅުގައި 100 ޕަސެންޓް ކޮޓަން ޖަހާފަ. އެވަރު އެނގެޔޭ މަށަށްވެސް. ޓީޝާޓުގައި އިން ޓެގްކޮޅު ދައްކާފައި ނަސީރު ބުނެލިއެވެ.
” ތީ އޭ މައްސަލައަކީ… މި ކަހަލަ ކިތަމެ ޓީޝާޓެއް އަހަރެން ރޭގައިވެސް ދުށިން. އެކަމަކު 100 ޕަސެންޓް ކޮޓަންއަށް ވާނީ ޓެގްކޮޅުވެސް ކޮޓަން ވީމައެއްނު. 100 ޕަސެންޓް އޭ ލިޔެފަ، އެކަމަކު ޓެގްކޮޅު މިހުންނަނީ އެހެން މެޓީރިއަލްއަކުން. ކަމަކު ނުދާނެ. ހަމަ 100 ޕަސެންޓް ކޮޓަން ޓީޝާޓެއް ބޭނުމީ.” ނަސީރު އަތައް ކޮތަޅުދެމުން އާބިދާ ބުނެލިއެވެ.
*******ނިމުނީ*******

Comments (19)

  1. އައިޝް

    ހެހެހެހެ ވ މަޖާ!

  2. ލިލީ

    ހެހެހެ…ވަރަށް މަޖާ

  3. Happie

    ތި ޓީޝާޓު ދުވަހަކުވެސް ނުފެންނާނެތާ. ވަރަށް މަޖާ!

    1. Ria
      Happie

      Hey, that’s the grsaetet! So with ll this brain power AWHFY?

    2. briefly covers
      Happie

      Hallelujah! I needed this-you’re my savior.

  4. shaziyya

    ހެހެހެ، އާނ ދޯ… އެކަހަލަ ޓީޝާޓެއް އުފައްދަންވީ. 🙂

  5. shaziyya

    ޝުކުރިއްޔާ ހުރިހާ ބޭފުޅުންނަށް ވެސް. 🙂

  6. unknown

    v v v v habeys

  7. ޒީޝާން

    ހެހެހެ….. ވަރަށް މަޖާ.ވަރަށް ސަޅީ…… އަހަރެންވެސް ބޭނުމީ 100 ޕަސެންޓް ކޮޓަން ހެދުމެއް…. އެ ބްރޭންޑް ހުރޭތަ……………!

  8. zam-aa

    hahahahahahahahaha majaakamun angain bas ves husvejje

  9. shaziyya

    ހިޔެއް ނުވޭ ޒީޝާން. މި ލިޔުމުގައި ބުނާ ގޮތުންނަމަ 100% ކޮޓަން ޓީ ޝާޓް ހުންނަ ހެނެއް ހިޔެއް ނުވޭ

  10. shaziyya

    ހެހެހެ.ޝުކުރިއްޔާ ޒަމްއާ

  11. Anonymous

    މިޖާ

  12. SHAAKKO

    . HEHE. HEE HEE HALAAKU. ABIDHAA HAADHA GAMAAREY DHW

  13. Jocineia

    I’m so glad I found my sotoilun online.

  14. mysterious girl

    I want a one too

  15. corresponds

    It’s wonderful to have you on our side, haha!

  16. ma

    lol

  17. :P

    trolollooooooo

Comments are closed.