Skip to content
އެސްފިޔަ

އޯޕަން ކުލޯޒް

އޯޕަން އަދި ކުލޯޒް

ދުވަހަކީ ރަމަޞާން މަހުގެ ފަހު ދުވަހެވެ. ޝާކިރު އަލަށް މާލެ ބަދަލުވީތާ ފުރަތަމަ ހަފުތާއެވެ. މަންމަ އެދުމުގެ މަތީން 14 އަހަރުގެ ޝާކިރު ފިހާރައަށް ދިޔައީ އެއްޗެއް ގަތުމަށެވެ އާދެ! ހަގަށްހުރި ކޮއްކޮ އަށް ބޫޓެއް ގަތުމަށްޓަކައެވެ.
“މަންމާ.. ކިތައް ފޫޓުގެ ބޫޓެއްތަ ގަންނަވީ؟” ބޯކަހާލަމުން ޝާކިރު މަންމަގާތު އަހާލިއެވެ.
“ސާބަހޭ ދަރިފުޅަށް. ކިތައްފަހަރު ބުނީމަތަ އެނގޭނީ ކައިވަތެއް ވަރުގެ ބޫޓެކޭ. މިހާރު މިހެންވެސް ކިތައްފަހަރު ބުނެވިއްޖެތަ؟” ޝާކިރުގެ ގަމާރުކަން ހިތައްއަރާފައި ރުޅިވެރި ރާގަކަށް އައިސާ ބުނެލިއެވެ.
“ހަނދާން ނެތުނީއޭ.” މިހެން ބުނެފައި ޝާކިރު ފޯނުބޭއްވުމަށްފަހު ފިހާރައަށް ދިޔުމަށްޓަކައި ހިނގައިގަތެވެ.
ފިހާރައަށް ވަނުމަށްފަހު ވަރަށް ނުފަރިތަ ގޮތަކަށް ޝާކިރު ހަރަކާތްތެރިވަމުން ދިޔައީ ބޫޓެއް ހޯދުމަށްޓަކައެވެ. ޝާކިރުގެ ކައިވަތަކާއި އެއްވަރުގެ ބޫޓެއް ފެނުމުން އެ ބޫޓު ނަގައިގެން ދިޔައީ ފައިސާދެއްކުމަށްޓަކައެވެ.
” ކިހާވަރެއް؟” ސޭޓުގާތުގައި ބޫޓުގެ އަގު ޔަގީންކޮށްލުމަށްޓަކައި އަހާލިއެވެ.
“175 ރުފިޔާ.” ޖަވާބުގައި ސޭޓް ބުނެލިއެވެ.
ފައިސާ ދެއްކުމަށްފަހު ޝާކިރު ހިނގައިގަތީ ފިހާރައިން ނިކުތުމަށެވެ. ނަމަވެސް ޝާކިރުއަކަށް ފިހާރައިން ނިކުމެވޭގޮތެއް ނުވިއެވެ. ޝާކިރު ހަދާނެ ގޮތް ހުސްވެފައި ހުރެ ފިހާރަތެރޭގައި ދެކޮޅަށް ހިނގާންފަށައިފިއެވެ. އަދި މޫނުމަތީން ނުތަނަވަސްކަމުގެ އަސަރުވެސް ފާޅުވާން ފަށައިފިއެވެ. ފިހާރައަށް ބީރައްޓެހި ޝާކިރު މިރޭ މަންމަ އެދުމުގެ މަތީން ފިހާރައަށް އައުމުން ގެއަށް ނުދެވުނީއެވެ.
ފިހާރައިގެ ދޮރުކައިރީގައި ހުއްޓިގެން ހުރި ޝާކިރު މޫނުމަތިން އޮއްދާ ހިއްލާންވެސް ފަށައިފިއެވެ. ކަންތައް ބޮޑުވާން ފަށައިފިއެވެ. މެހެން ހުއްޓައި ފޯނު ރިންގުވާން ފަށައިފިއެވެ.
” ހަލޯ. ޝާކިރު، އަދިވެސް ބޫޓެއް ނުލިބެނީތަ؟ ހާދަ ލަސްވެއްޖޭ. އެއޮއް ފިހާރަ ބަންދުކުރާގަޑި ޖެހެނީ.” ޝާކިރު ގެއަށް ނައިސް ލަސްވުމުން މަންމަ ގުޅައިބުންޏެވެ.
” މަންމާ… ބަންދުކުރާކަށް ނެތް. ބަންދުކޮށްފި، އަހަރެން މިހުރީ ފިހާރައިގައި ތާށިވެފައި. ދެން ގެއަށް ދެވޭނީ މާދަން” ރޮވިފައިވާ އަޑަކުން ޝާކިރު ބުނެލިއެވެ.
“ކީކޭ؟ ބަންދުކުރީއޭ. އެކަމަކު އަދި 10.30 އެވީ. 11.00 ޖަހާއިރު ފިހާރަތައް ބަންދުކުރާނީ. ކޮން ފިހާރައެއްގަ ތި ހުރީ. ބޭބެ ފޮނުވަން އެބަ.” ހާސްވެފައި މަންމަ ބުންޏެވެ.
“ޔުއަރ ސްޓެޕްސްގަ.” ރޮމުން ރޮމުން ޝާކިރު ޖަވާބުދިނެވެ.

” އެކޮއި ކިހިނެތްވީ ތި ރޮނީ؟ ގެއަށްދާން ނޭނގުނީތަ؟” ޝާކިރު ރޯންފެށުމުން ފިހާރާގައި ހުރި ސޭޓް އައިސް ޝާކިރުގެ ގާތުގައި އަހާލިއެވެ.
“ނޫން، ގެއަށް ނުދެވިފައި” ނޭފަތް ފޮހެލަމުން ޝާކިރު ބުންޏެވެ.
” ކީއްވެ ގެއަށް ނުދެވެންވީ؟ ބެލެނިވެރިޔަކު ނާއިސްގެންތަ؟” ޝާކިރު ރޯ ސަބަބެއް އޮޅުން ފިލުވުމަށްޓަކައި ސޭޓް އަހާލިއެވެ.
” ނޫން. ފިހާރަ ބަންދުކޮށްފައި ހުރީމަ.” ދޮރަށް އިޝާރާތް ކުރަމުން ޝާކިރު ބުނެލިއެވެ.
“ކީކޭ ބުނާނީ ދޯ. އެކޮއި އެއީ ބަންދުކޮށްފައި ހުރީއެއްނޫނޭ. އެއީ ބޭރަށް ހުޅުވާފައިކަން އެންގުމަށްޓަކައި ބޯޑު ބަހައްޓާއިރު އެތެރެއަށް ހުންނާނީ ބަންދު ބައި ފެންނަން. އެހެން އެވަނީ. އެތެރެއަށް ވަންނައިރު ހުޅުވާފައި ދެން ބޭރަށް ނިކުންނަން ބަލާއިރު ބަންދުކޮށްފައި ހުންނަނީއެއް ނޫން.” ސޭޓް ހެމުން ހެމުން ބުންޏެވެ.
*****ނިމުނީ*****

Comments (9)

  1. އައިޝް

    ވަރަށް މަޖާ! ހާދަ މޮޅޭ ޝަޒިއްޔާ މަޖާ އެއްޗެހި ލިޔަން!

  2. ލިލި

    ހެހެހެ…ވ މަޖާ

  3. shaziyya

    ވަރަށް ބޮޑަށް ޝުކުރިއްޔާ!

  4. އެފް.އޭ ގެ. ގާޑު ތަލަ

    ޝަޒީ. މަށައް އެއްޗެއް ލިޔެބާ. ޕޮލީޒް.

  5. shaziyya

    ހެހެހެ. ލިޔަންވީ އެތި އަންގާލާ އިނގޭ… 🙂

  6. lixxy

    impressive

  7. Fiza

    ވަރަށް ބެސްޓް އިނގޭ

  8. Ayya ayya

    Aaachaa salhi

  9. Yooha

    oh my god!!!!! really very funny

Comments are closed.