އެއްދުވަހަކު އަކުބަރު ރަސްގެފާނާއި ދެ ދަރިކަލުން އެކުގައި ނާނާފުޅު ފިއްލަވަން ކޯރަށް އެރިވަޑައިގަންނަވަން ވަޑައިގަތެވެ. މިބޭފުޅުން އަރިއަހުގައި ބީރުބޮލު ވަޒީރުވެސް ގެންދެވިއެވެ. ރަސްގެފާނާއި ބޭފުޅުން ކޯރަށް އެރިވަޑައިގަންނަވަމުން ހެދުންކޮޅުތައް ބީރުބޮލު ވަޒީރާއި ހަވާލުކުރެއްވިއެވެ. ހެދުންކޮޅުތައް ކޮޑެއްގައި އަޅުއްވައިގެން ބީރުބަލް ވަޒީރު ކޯރުގެ އައްސޭރީގައި މަޑުކޮށްލަވައިގެން އިންނެވިއެވެ. ރަސްގެފާނަށް ބީރުބޮލު ވަޒީރު މިހެން ހުންނަވަނިކޮށް ފެނިވަޑައިގެން ބީރުބޮލު ވަޒީރާއި ސަމާސާކޮށްލަވައި ހިއްޕުޅުވެއްޖެއެވެ. ބީރުބޮލު ވަޒީރު ހިވަނީ އެއްޗެހި ދޮންނަމީހަކު ގެންގުޅޭ ހިމާރެއްގެ ބުރަކަށި މައްޗަށް ހެދުން އަޅާ ބަރުކޮށްފައި […]