Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
މަޖާ

ބިރުވެރި ސަމާސަ

Unkn0wn Level 110 Stories
December 17, 2013 4 Mins Read
19 Comments

އޮފީހަށް ދިޔުމަށްޓަކައި އަހަރެން ތައްޔާރުވަމުން ގެންދިޔައީމެވެ. ނަބީލާ ސައި ތައްޔާރުކުރާ އަޑު އަހަންނަށް އިވެމުންދިޔަ އެވެ. އަހަރެންގެ ހިތް ވަރަށް ބާރަށް ތެޅުނެވެ. އެއްކޮޅުން ބަލާއިރު، އެއީ ކުރަންވާ ވަރުގެ ސަމާސައެއްބާ އެވެ؟ އަނެއްކޮޅުން ބަލާއިރު، އެ ސަމާސަ ކާމިޔާބުވާނެބާ އެވެ؟ އިނދެގެން އުޅޭތާ އަށާރަ އަހަރުވެފައިވާތީ، އަހަރެންގެ ހުރިހާ ޙަޤީޤަތެއް ނަބީލާ އަށް އެނގޭނެ އެވެ. ދެން ހިތަށްއެރި އެވެ. މީ ދުވަހަކު ވެސް ނުކުރާ ކަހަލަ ސަމާސައެކެވެ. ފަހަރެއްގައި ކާމިޔާބު ވެދާނެ އެވެ. ކުއްލިއަކަށް ނަބީލާ ވަނެވެ.

“ސައި ހެދިއްޖެ! އަވަހަށް އާދޭ!” ނަބީލާ ބުންޏެވެ.

އަހަރެން ދެ ލޯ ބޮޑުކޮށްގެން ނަބީލާ އަށް ބެލީމެވެ. ނަބީލާ ފާޑަކަށް ބަލަން ހުއްޓެވެ. ކުއްލިއަކަށް އަހަރެން އެނދުމައްޗަށް ވެއްޓިގަތީމެވެ. ނޭވާ ނުލެވިގެން ތެޅެންފެށީމެވެ. ނަބީލާ އަޅާ ވެސް ނުލި އެވެ. ދޮރުމަތީގައި ހުރީ އެވެ. އެތައް އިރަކު އަހަރެން ކެއްސަކެއްސާފައި، ނަބީލާ އަޅާނުލުމުން ބަލައިލީމެވެ. ނަބީލާ ހުރި ފިޔަވަޅުމަތިން ގުޑާ ވެސް ނުލި އެވެ.

“ނިމުނީ؟” ނަބީލާ އެހި އެވެ. “ދެން އަންނަންވީނު ސައިބޯން. ތިހެން އުޅެނިކޮށް ގަޑިޖެހިދާނެ.”

އަހަރެން މަޑުމަޑުން ތެދުވެ، ގަމީސް ރީތިކޮށްލުމަށް ފަހު ސައިބޯން ނުކުތީމެވެ.

“ކިހިނެއް ނަބީ އަށް އެނގުނީ؟” ގޮނޑީގައި އިށީންނަމުން އަހަރެން އެހީމެވެ.

“ބަލަ އަހަންނޭ ކޮންމެ ދުވަހަކު ކަލަންޑަރުން ދުވަސް ކަނޑަނީ. އަހަންނަކަށް ނުފެންނާނެތަ މިއަދަކީ އެޕްރީލް އެކެއް ކަމެއް؟” ނަބީލާ އެހި އެވެ. “މި ފިރިހެނުން އަބަދު ވެސް ހީކުރާނީ އަހަރުމެން އަންހެނުންނަކީ މޮޔައިން ކަމަށް. ރާޝިދު ކިހިނެއް މަ ފޫލް ހައްދާނީ؟.”

އޮފީހަށް ގޮސް މަސައްކަތުގައި ބިޒީވެގެން އުޅުނުއިރު ވެސް، ދެރަ ގަބޫލުކުރާކަށް އަހަރެން ބޭނުމެއް ނުވި އެވެ. ނަބީލާއަކީ އަހަރެންގެ އަންހެނުންނެވެ. އޭނަ އަށް ލަނޑެއް ދޭން އަހަންނަށް އެނގެން ޖެހޭނެ އެވެ. ކޮންމެވެސް ގޮތެއް އޮންނާނެ އެވެ. އަހަރެން ޝިފާއުއާ މަޝްވަރާ ކުރީމެވެ.

“އަހަރެން ބޭނުން އޭނަ ފޫލް ހައްދާލަން. ކަލޭ ގުޅައިފަ ބުނެބަލަ އަހަރެން މަރުވެއްޖޭ!” އަހަރެން ބުނީމެވެ.

“މަރާ ސަމާސަކުރާކަށް ނުވާނެ،” ޝިފާއު ބުންޏެވެ. “އަހަރެން ދީފާނަން ރަނގަޅު އައިޑިޔާއެއް. އަހަރެން ނަބީ އަށް ގުޅާނީ އިނގޭ. ގުޅާފަ ބުނާނީ ފިރިމީހާ އެހެން ބިޓެއް ނަގައިފިޔޭ. އަހަރެން ބުނެފިއްޔާ ގަބޫލުކުރާނެ.”

“އޭރުންނޯ؟ އޭނަ ނައްޓައިފިއްޔާ ޔޯ؟ އަހަރެން އެހީމެވެ.

“އޭރުން އޭނަ ފޫލް ހެއްދުނީނު. ފަހުން އަހަރެން ގުޅާފަ ބުނާނަމޭ އެއީ އެޕްރީލް ފޫލެކޭ،” ޝިފާއު ޚިޔާލުދިނެވެ.

އަހަރެން އިރުކޮޅެއްވަންދެން ވިސްނާލީމެވެ. އަދި އެއްބަސްވީމެވެ. އެކަމަކު ކުޑަ ތަފާތަކާ އެކުގަ އެވެ.

“ޝިފާއު ގުޅީމަ ވެސް އޭނަ އަށް ޝައްކުވެދާނެ. މި ފަހަރު ޖެހޭނެ ނިކަން އަސްލާ އެއްގޮތް ކޮށްލަން. ހިނގާ މި ތަނުން ކޮންމެވެސް އަންހެންކުއްޖެއް ލައްވާ ގުޅުވަން،” އަހަރެން ބުނީމެވެ. “ލީޒާ ރަނގަޅުވާނެ. އޭނަގެ އެކްޓިން ވެސް ފައްކާވާނެ.”

އަހަރުމެން ލީޒާއާ ވާހަކަދެއްކީމެވެ. އޮފީހުގެ ނަންބަރު ނަބީލާ އަށް އެނގޭނެތީ، ލީޒާ ގުޅީ އޭނަގެ މޯބައިލް ފޯނުންނެވެ. އެންމެން ކަންފަތް ކައިރިކޮށްގެން، ނޭވާ ހިފާއްޓާލައިގެން ތިބީމެވެ. ލީޒާ ވަރަށް ކުޅަދާނަ އެވެ.

“ތީ ކާކު؟” ނަބީލާ އެހި އެވެ.

“އަހަރެން މީ އެ ގޭދޮށުގެ ގެއެއްގައި އުޅޭ މީހެއް. އެ އަންހެންމީހާ އަކީ ކުރިން އަހަރެންގެ ބޭބެއަކާ އިނދެގެން އުޅުނު މީހެއް،” ވަގުތުން ލީޒާ ވާހަކައެއް ހަދާލި އެވެ. “އަހަރެން އެންމެ ފަހުން އަޑުއެހި ގޮތުގައި، ވަރަށް އަވަހަށް ނަބީލާ ވަރިކޮށްފަ، އެ އަންހެންމީހާއާ އިންނަން ފިރިމީހާ އުޅެނީ. ވީހާ ވެސް އަވަހަކަށް އެ ކަން ހުއްޓުވާ!”

“ކޮބާ ހެއްކަކީ؟” ނަބީލާ ސީރިޔަސްވެފައި އެހި އެވެ.

“މި ރޭ ފިރިމީހާ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ގެއިން ނުކުންނާނެ. ފިރިމީހާގެ ޖީބު ޗެކްކޮށްލާ. އޭރުން ޔަގީންވާނެ.”

އެ ހިސާބަށް ބުނެފައި ލީޒާ ފޯނު ކަނޑާލީ އެވެ. ނަބީލާ ވަގުތުން ގުޅި އެވެ. ލީޒާ ފޯނެއް ނުނެގި އެވެ. ތަކުރާރުކޮށް އެތައް ފަހަރަކު ނަބީލާ ގުޅުމުން ވެސް ލީޒާ ޖަވާބެއް ނުދިނެވެ.

“ޖީބު ޗެކް ކޮށްލާށޭ؟ ކޯޗެއް ޖީބުގަ އޮންނާނީ؟” އަހަރެން އެހީމެވެ.

“ޖީބުގަ ބާއްވާ އެޕްރީލް ފޫލް ޖަހާފަ އޮތް ކަރުދާސްކޮޅެއް. އޭރުން އިތުރު ވާހަކައެއް ދައްކަން ނުޖެހި ސަލާމަތްވާނެ. އެނގޭނެ މިހާރު ނަބީ އެ ވާހަކަ ކިހާ ވަރަކަށް ގަބޫލުކޮށްފިކަން،” ހީގެންފައި ލީޒާ ބުންޏެވެ. “ބެސްޓް އޮފް ލަކް!”

އަހަރެން ގެ އަށް ދިޔައީ ވަރަށް ފޮނި އުންމީދަކާ އެކުގަ އެވެ. އެހެންނަމަވެސް، ގެ އަށް ވަނުމުން ނަބީލާ ފެނިފައި، ހިތުގައި ރިހުމެއް އުފެދުނެވެ. ނަބީލާ އެހާ މާޔޫސްވެފައި ހުއްޓައެއް އަހަރެން ނުދެކެމެވެ. ކުރިން އަހަރެން ގެ އަށް ވަންނައިރަށް ދުވެފައި އައިސް ބައްދައިގަންނަ އަނބިމީހާ ހުރީ މުޅިން ހިމޭންވެފަ އެވެ. މުޅި މޫނު ހުރީ މިލާފަ އެވެ. އެއްވެސް ދިރުމެއް ނެތެވެ.

“މި ރޭ އަހަރެން މި އުޅެނީ ވަރަށް މީރު އެއްޗެއް ހަދަން. ގޭގަ ހުންނާނަމެއްނު ދޯ؟” ނަބީލާ އެހި އެވެ.

“ހާދަ ދެރައޭ. މި ރޭ އެބަޖެހޭ އޮފީސް މީޓިންއަކަށް ދާން.” އަހަރެން ބުނީމެވެ.

“ކެންސަލު ކޮށްލާ!” ނަބީލާ ބުންޏެވެ.

“ނުވާނެ. ސޮރީ! ވަރަށް މުހިންމު މީޓިންއެކޭ!” އަހަރެން ދެރަވެލާފައި ބުނީމެވެ. “ތަންކޮޅެއް ކުރިން ހަދައިފިއްޔާ އެތިކޮޅެއް ކާލައިގެން ދެވިދާނެ. ކޯޗެއް ހަދަން ތި އުޅެނީ؟”

“އެއީ ސަޕްރައިޒެއް! ވަރަށް ބޮޑު ސަޕްރައިޒެއް!” ނަބީލާ ބުންޏެވެ.

ރޭގަނޑު އަހަރެން ފެންވަރަން ހުރިއިރު ވެސް ވަރަށް ހިނިއައެވެ. އެކަމަކު، ހިތްވަރުކޮށްލައިގެން ހުރީ އެވެ. ހިތަށްއެރި އެވެ. ބުނާނީ އެންމެ ފަހު ވަގުތުގަ އެވެ. ނުކުތުމުގެ ކުރިން އަހަރެންގެ ޖީބު ވެސް ނަބީލާ ޗެކު ކުރާނެކަން އަހަންނަށް އެނގެއެވެ.

ގަޑިން ރޭގަނޑު އަށްގަޑި ބައިވިއިރު، އަހަރެން ރީތިވެގެން ނުކުމެއްޖައީމެވެ. ހުރިލެއް ނުރަސްމީކަމުން ނަބީލާ ސުވާލުކުރި އެވެ.

“ތި ލައިގެން މީޓިން އަށް ދަނީ؟” ނަބީލާ ޝައްކުގެ ނަޒަރަކުން ބަލަމުން އެހި އެވެ.

“އާނ! ނުރަސްމީ މީޓިންއެކޭ!” އަހަރެން ބުނީމެވެ.

ކާން ތައްޔާރުކޮށްފައި ހުރީ، ކުރިން އަހަރެން ނުދެކޭ އެއްޗެކެވެ. ހީވަނީ އާ ވައްތަރެއްގެ ބަތެއްހެންނެވެ. ފުރަތަމަ ސުވާ އަހަރެން އަނގަ އަށް ލީއިރު ވެސް، ފާޑަކަށް ބަލަހައްޓައިގެން ނަބީލާ އިނެވެ. އޭނަ ނުވެސް ކައެވެ.

“އަހަރެން ކީއްކޮށްގެން ރާޝިދު އެހެން އަންހެނެއް ގާތަށް ތި ދަނީ؟” ނަބީލާ ކުޑަކޮށް ފެންކަޅިވެފައި އެހި އެވެ.

“އެހެން އަންހެނެކޭ؟” އަހަރެން ވަރަށް ސީރިޔަސްވެފައި އެހީމެވެ. “ކާކު ބުނީ؟”

“ދައްކަބަލަ ޖީބު؟” ނަބީލާ އެދުނެވެ.

ވަގުތުން ޖީބުގައި އޮތް ކަރުދާސްކޮޅު މޭޒުމައްޗަށް ޖަހާފައި އަހަރެން އަޑުގެކޮޅަށް ހީގަތީމެވެ. ނަބީލާ ކަރުދާސްކޮޅު ނަގާފައި ނިއުޅުވާލި އެވެ.

“އެޕްރީލް ފޫލް!” އަހަރެން ބުނީމެވެ.

އެ ވަގުތު އަހަރެންގެ ބަނޑަށް ތަދެއް ވެސް އެރި އެވެ. ނަބީލާގެ ދެ ލޯ ތަންމިނަށް ހުޅުވިގެންދިޔަ އެވެ. އޭނަ ގަނޑުވެފައި ހުރީ އެވެ.

“އެޕްރީލް ފޫލް؟ އެއީ ސަމާސައެއްތަ؟” ނަބީލާ ބިރުވެރި އަޑަކުން އެހި އެވެ. “އަޅޭ..”

ނަބީލާ ބަލައިލީ ސިންކު ކައިރީގައި ހުރި މީދާ މަރާ ބޭސްފުޅިއަށެވެ. އަހަރެންގެ ބަނޑުގެ ރިހުން ތަންކޮޅެއް ގަދަވި އެވެ. އެ ހިސާބުން، ވަރަށް ގޯސްކަމެއް ވެއްޖެކަން އަހަންނަށް ޔަގީންވި އެވެ.

“ކުރާ ކަންތައް. އެމްބިއުލާންސަށް ގުޅާ!” ނަބީލާ ހަޅޭއްލަވައިގަތެވެ. “ކުރާ ކަންތައް.”

ބަނޑުގައި އުފެދެމުންދިޔަ ރިހުން ގަދަވާންފެށުމުން، އަހަރެން ބަނޑުގައި އަތް އަޅާފައި ގުދުވީމެވެ. ނަބީލާ އެ ފަދަ ކަމެއް ކޮށްފާނެކަމަކަށް އަހަރެން ހިއެއްނުކުރަމެވެ. ނަބީލާ އެމްބިއުލާންސަށް ގުޅި އެވެ.

“އަޅެ އެންގޭޖް! ސައިކުގަ ދެވޭނެތަ؟ އަހަރެން ދުއްވަފާނަން.” ނަބީލާ ބުންޏެވެ.

ފިރުކިފައި ނަމަވެސް ހޮސްޕިޓަލަށް ދާން އަހަންނަށް މަޖުބޫރެވެ. އޭރު، މަރުގެ ހިތި ރަހަ، އަހަރެންގެ އަރުތެރޭގައި ލާންފަށަފި ކަހަލަ އެވެ. އެއީ، އަހަރެންގެ މޮޔަކަމުން ވީ ގޮތެކެވެ. އެ ކަހަލަ ސަމާސަ ކޮށްގެން ނުވާނެ އެވެ. އިސާހިތަކު އަހަރުމެން ތިބީ ސައިކަލުގަ އެވެ. އަހަރެން އިނީ، ވަރަށް ބާރަށް ނަބީލާގެ ގައިގައި ހިފާއްޓައިގެންނެވެ. ދުއްވުނުހާ ބާރަކަށް ގޮސް، އޭޑީކޭ ހުރަސްކުރި އެވެ. ހާސްވެފައި ހުރިވަރުން ނަބީލާ އަށް ހޮސްޕިޓަލު ނުފެނުނީ އެވެ.

“އެ ދިޔައީ ހޮސްޕިޓަލް!” އަހަރެން ބުނީމެވެ.

“މިހާރު ދަސްވެއްޖެތަ ފޫލް ހައްދަން؟ އެ އަށް ގިތި ފަޅޯ އެޅީމަ ތި ބަނޑުގަ ރިއްސަނީ. ހަމަޖެހިބަލަ! ހާދަ ފިނޑި ފިރިހެނުން ވެސް އުޅެޔޭ ދޯ؟” ޗޮކެއްކަނޑާލާފައި ނަބީލާ ބުންޏެވެ. “މި ދަނީ ރެސްޓޯރަންޓަކަށް ކާށޭ!”

(ނިމުނީ)

Share Article

Follow Me Written By

Unkn0wn

Level 110 Stories

Other Articles

Previous

މުސްލިމުންނަށް ކީރިތި ޤުރުއާންގެ މުހިންމުކަން

Next

ފެނު ޕަރީ

Next
December 22, 2013

ފެނު ޕަރީ

Previews
December 16, 2013

މުސްލިމުންނަށް ކީރިތި ޤުރުއާންގެ މުހިންމުކަން

19 Comments!

  1. afsa says:
    December 17, 2013 at 1:57 am

    mee binmaa ge story eh 😮 kon hahgeh ovegen meethi thi post kuree

  2. faathy says:
    December 17, 2013 at 2:08 am

    unknow…….amilla ufehdhumeh liyan neygenya……thaakun fennaha ehcheh post nukohbala…….site situga hunnahaa vaahakaeh copykohgen postkurumakee thimaa ah livibigen vaa hahgeh kamah heenukurey……..esfiya admin…..plx unkown ge post thah publish nukohdheebala check nukoh……i request you admin

  3. ފާތީ says:
    December 17, 2013 at 2:12 am

    އަމިއްލައަށް ވާހަކަ އެއް ލިޔަން ނޭނގެންޏާ ….އާދޭސްކޮށްފަ މިބުނީ….އެހެން މީހުންގެ ވާހަކަތައް ކޮޕީކޮށްގެން ޕޯސްޓް ނުކޮށްބަލަ…….އެސްފިޔާގެ އެޑްމިންއަށް ބުނެލަން……އަންނޯންގެ ޕޯސްޓްތައް ޗެކްނުކޮށް ޕަބްލިޝް ނުކޮށްދިނުމަށް……..ވަރަށްބޮޑަށް އެދޭ އެދުމެއްމީ……އެހެންނޫނީ މިސައިޓްގެ އަގުވެއްޓޭނީ…….ވިސްނާލުން ބުއްދިވެރި…

  4. sakka says:
    December 22, 2013 at 3:27 pm

    Vaahaka rangalhu ekam liunumeehaa nengeythy

  5. sahpi says:
    January 4, 2014 at 12:32 am

    heehehehe copy kurias boduvaru

    1. abaan says:
      March 2, 2014 at 5:49 pm

      majaa vaahaka eh

  6. green girl says:
    April 4, 2014 at 4:59 pm

    copy cat

  7. mysterious girl says:
    April 11, 2014 at 5:51 pm

    First point this is a copy story
    Second point april fool is for Christians not for Muslims

  8. mysterious girl says:
    April 11, 2014 at 5:52 pm

    Second point april fool is for Christians not for Muslims

  9. pie says:
    April 28, 2014 at 2:22 pm

    v maja

  10. Muslim eekko says:
    June 27, 2014 at 6:38 pm

    V maja

  11. xiantieto says:
    August 1, 2014 at 11:42 pm

    what a copyyy i read it before

  12. ygy7 says:
    November 25, 2014 at 11:46 am

    yt7

  13. some girl says:
    March 15, 2015 at 5:36 pm

    vedhaanennu my binma liyefa in vaahaka eh kamah ves.. mee ga nethey nan jahaafa… kankamuge dhekolhu nubalaa nuvaane faadufaaduge ehchehi kiyaakah.

    1. Lily says:
      January 9, 2025 at 1:06 am

      I have seen this story before…. please stop posting others stories

  14. july says:
    May 19, 2015 at 3:14 pm

    knme myhaku liyunas mi story v nice…n v maja

  15. kamana says:
    April 7, 2016 at 10:18 pm

    copppppyyyyyy cat

  16. raffiii says:
    May 23, 2016 at 10:26 pm

    ??

  17. Unknown says:
    May 29, 2016 at 10:48 pm

    ???

Comments are closed.


All Right Reserved!